-

އަމިއްލަ އިސްނެގުމުގެ މަތިން ސުލޫކީ މައްސަލަ ބެލުމާ ބެހޭ އުސޫލު

(އުސޫލު ނަންބަރު 2023-37)

(މި އުސޫލަށް އަމަލުކުރަން ފެށީ 18 ޑިސެމްބަރު 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ 54 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގާނޫނީ ފަންނުގެ ގާނޫނުގައި ނުވަތަ އެ ގާނޫނުން ބާރު ލިބިގެން، ބާ ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދެއްގައި، ގާނޫނީ ވަކީލުން އަމަލުކުރަން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑާ ހިލާފުވާ ވަކީލުންގެ މައްސަލަ، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބެލުމުގައި އަމަލުކުރާނެ އިޖުރާއަތު ކަނޑައަޅާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ "އަމިއްލަ އިސްނެގުމުގެ މަތިން ސުލޫކީ މައްސަލަ ބެލުމާބެހޭ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި އުސޫލުގެ ބޭނުމަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނީ ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި، ގާނޫނީ ވަކީލުންގެ ފަރާތުން މަސައްކަތުގެ ދާއިރާގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް ކުރާ ކަންތައްތަކަށް ފާރަވެރިވުމުގެ ގޮތުން އެކުލަވައިލައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަތައް، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލައި ފިޔަވަޅު އެޅުން.

(ށ) ގާނޫނީ ވަކީލެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ، ބާ ކައުންސިލުން ހިފަހައްޓައިފައިވަނިކޮށް، ގާނޫނީ ހިދުމަތް ފޯރުކޮށްދިނުމާއި ކޯޓުތަކުގައި މުވައްކިލުން ތަމްސީލުކުރަމުންދާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ މައްސަލަތައް، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލައި ފިޔަވަޅު އެޅުން.

(ނ) އާންމު މަސްލަހަތާ ގުޅުންހުރި މައްސަލަތަކުގައި މީސްމީޑިއާއާއި، އެހެނިހެން ޕްލެޓުފޯމުތަކުގައި ގާނޫނީ ވަކީލަކު ދައްކާ ވާހަކައަކުން ނުވަތަ ށާއިއުކުރާ ލިޔުމަކުން ނުވަތަ ފޮޓޯއަކުން، ގާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ އަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ، އެފަދަ ފަރާތެއްގެ މައްސަލައެއް، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، ފަންނުގެ ނަޒާހާތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

 

3 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގެ މަތިން، ބާ ކައުންސިލުން ބަލާނެ މައްސަލަތައް

ތިރީގައި ބަޔާންކޮށްފައިވާ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ އުސޫލަކާ ހިލާފަށް ގާނޫނީ ވަކީލަކު އަމަލުކޮށްފައިވާކަން، ބާ ކައުންސިލުގެ ސަމާލުކަމަށް އަތުވެއްޖެނަމަ، އެ މައްސަލައެއް، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބެލުމަށް ނިންމިދާނެއެވެ.

(ހ) ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު).

(ށ) ގަވާއިދު ނަންބަރު 2021-118 (ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދު).

(ނ) ގަވާއިދު ނަންބަރު 2019-1066 (ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު).

(ރ) ގަވާއިދު ނަންބަރު 2019-1067 (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ގަވާއިދު).

(ބ) މަތީގައި ބަޔާންކޮށްފައިވާ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން، ގާނޫނީ ވަކީލުން އަމަލުކުރުމަށް، ބާ ކައުންސިލުން އެކުލަވައިލައިފައިވާ ކޮންމެ ގަވާއިދެއް.

 

4 ވަނަ މާއްދާ - މައްސަލަ ބެލުމުގެ މުއްދަތު

މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ އުސޫލަކާ ހިލާފުވެގެން، ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލަން ކަނޑައަޅާ މައްސަލައަކ،ީ އެ މައްސަލައެއްގެ އަމަލު ހިނގިފަހުން 2 )ދޭއް( އަހަރުދުވަސް ވެފައިވާ މައްސަލައަކަށް ވެގެން ނުވާނެއެވެ.

 

5 ވަނަ މާއްދާ - ސެކްރެޓޭރިއޭޓުގެ ސަމާލުކަމަށް މައްސަލައެއް ގެނައުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް، މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނަކާ ނުވަތަ ގަވާއިދަކާ ގާނޫނީ ވަކީލަކު ހިލާފުވެފައިވާކަމަށް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކަށް ނުވަތަ ސެކްރެޓޭރިއޭޓުގެ މުވައްޒަފަކަށް ފާހަގަވެއްޖެނަމަ ، އެ މައްސަލައެއް، ބާ ކައުންސިލުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޖެނެރަލް ކައުންސެލް ނުވަތަ ޖެނެރަލް ކައުންސެލްގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތެއްގެ ސަމާލުކަމަށް ހުށަހަޅަންވާނެއެވެ.

  1. މީސްމީޑިއާއާއި އެހެނިހެން ޕްލެޓްފޯމުތަކުގައި ގާނޫނީ ވަކީލަކު ކުރާ ކަމަކީ ނުވަތަ ދައްކާ ވާހަކައަކީ ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއްކަމަށް ބެލެވުން؛ ނުވަތަ 
  2. ށަރުއީ ކޯޓަކުން ކުރާ ހުކުމެއްގައި ގާނޫނީ ވަކީލުން އަމަލުކުރުމަށް އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފު އަމަލެއް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، ބާ ކައުންސިލުގެ ސަމާލުކަމަށް އަންނަ މައްސަލައަކީ ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފު މައްސަލައެއްތޯ ބެލުމަށް ޓަކައި އެ މައްސަލައެއް، ބާ ކައުންސިލުގައި ދަފުތަރުކޮށް އެ މައްސަލައެއްގެ ށަކުވާ ވަޒަންކުރާ ފޯމެއް ތައްޔާރުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގެ މަތިން މައްސަލައެއް ބެލުމަށް ނިންމުން

(ހ) ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލައެއް ބެލުމާމެދު ގޮތެއް ނިންމާނީ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކުންނެވެ.

(ށ) މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ދަފުތަރުކުރެވޭ މައްސަލައެއް ބެލުމާމެދު ގޮތެއް ނިންމުމަށް އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުމުން، އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމައި، ބަލަން ނިންމާ މައްސަލަތަކުގެ ތަހުގީގު ކުރިޔަށްގެންދާނ،ީ ގަވާއިދު ނަންބަރު 2020-47 (ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާބެހޭ ގަވާއިދު) ގައި އެކަމަށް ކަނޑައަ ޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ނ) މި އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން، ބާ ކައުންސިލުގައި ދަފުތަރުކުރެވޭ މައްސަލައަކީ ޕަބްލިކް ނޯޓަރީގެ ގަވާއިދާ ހިލާފުވެގެން ހުށަހެޅޭ މައްސަލައެއްނަމަ، އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމައި، ބަލަން ނިންމާ މައްސަލަތަކުގެ ތަހުގީގު ކުރިޔަށްގެންދާނ،ީ ޕަބްލިކް ނޯޓަރީގެ ގަވާއިދުގައި އެކަމަށް ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ރ) މި އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން، ބާ ކައުންސިލުގައި ދަފުތަރުކުރެވޭ މައްސަލައަކ،ީ ގަވާއިދު ނަންބަރު 2019-1067 (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ގަވާއިދު) އާ ހިލާފުވެގެން ހުށަހެޅޭ މައްސަލައެއްނަމަ، އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމައި، ބަލަން ނިންމާ މައްސަލަތަކުގެ ތަހުގީގު ކުރިޔަށްގެންދާނ،ީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ގަވާއިދުގައި އެކަމަށް ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

7 ވަނަ މާއްދާ - ގަވާއިދުގައި ހިމެނިފައި ނުވާ ކަމެއް މެދުވެރިވުން

މި އުސޫލުގައި ހިމެނިފައި ނުވާ ކަމެއް މެދުވެރިވެއްޖެނަމަ، އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާނ،ީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

 

8 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި އުސޫލަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު