ގެދޮރުވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލު
(އުސޫލު ނަންބަރު 2023-32)
(މި އުސޫލަށް އަމަލުރަން ފެށީ 24 ސެޕްޓެމްބަރު 2023 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއ،ީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، ދިވެހި ރައްޔިތުންނަށް ފުލެޓު ދޫކުރުމަށް ޓަކައި ހިންގާ "ގެދޮރުވެރިޔާ ސްކީމް" ގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމަށް ޓަކައި އެކުލަވައިލައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ގެދޮރުވެރިޔާ ސްކީމުގެ ދެވަނަ ވިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކ،ީ ދިވެހި ރައްޔިތުންނަށް ފުލެޓު ދޫކުރުމަށް ޓަކައި ހިންގާ "ގެދޮރުވެރިން" ޕްރޮގްރާމުގެ ދަށުން ފުލެޓު ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް ހިންގަނީ ކަނޑައެޅިފައިވާ ހަމަތަކެއްގެ މަތީން، ތަނަވަސް ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރުސަތު ފަހިވާގޮތަށްކަން ކަށަވަރުކުރުމެވެ.
3 ވަނަ މާއްދާ - ފުލެޓު ހޯދުމަށް އެދޭ މީހުންގެ ށަރުޠުތައް
މި ސްކީމުގެ ދަށުން ފުލެޓު ހޯދުމަށް އެދޭ މީހުންގެ ކިބައިގައި އަންނަނިވި ށަރުޠު ތައް ހުންނަންވާނެއެވެ.
(ހ) ދިވެހި ރައްޔިތަކަށް ވުން.
(ށ) އުމުރުން 18 (އަށާރަ) އަހަރު ވެފައިވާ މީހެއް ކަމުގައި ވުން. އުމުރު ގުނުމުގައި ބަލާނީ، މި ސްކީމަށް ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީހަށެވެ.
(ނ) މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 (ފަނަރަ) އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް)، ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 (ފަނަރަ) އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން )ހަމައެކަނި
މައި އެޕްލިކަންޓް).
(ރ) އެޕްލިކަންޓާއި ކޯ-އެޕްލިކަންޓަކ،ީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަށްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން.
(ބ ) އެޕްލިކޭށަން ހުށަހަޅާ ފަރާތަކީ މާލެ ސިޓީން ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން 600 (ހަސަތޭކަ) އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް/ބިމެއް ގަނެފައިވ،ާ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ކޯ-އެޕްލިކަންޓް).
(ޅ) އެޕްލިކޭށަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތ،ްވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައ،ި މާލެ ސިޓީގައި ދިރިއުޅުމަށް ހޯދައިފައިވާ 600 (ހަސަތޭކަ) އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ކޯ-އެޕްލިކަންޓް).
(ކ) މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60,000 (ފަސްދޮޅަސްހާސް) ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން (މައި އެޕްލިކަންޓާއ،ި ކޯ-އެޕްލިކަންޓް ވަކިން).
4 ވަނަ މާއްދާ - ފުލެޓަށް އެދި ހުށަހެޅުން
މި ސްކީމުން ފުލެޓު ހޯދުމަށް އެދި ހުށަހެޅޭނީ، ވަކި ފަރުދަކަށެވެ. ނަމަވެސް، ކޯ-އެޕްލިކަންޓެއްގެ ގޮތުގައި އަނބިމީހާ ނުވަތަ ފިރިމީހާ ބައިވެރި ކުރެވިދާނެއެވެ.
5 ވަނަ މާއްދާ - ފުލެޓު ލިބޭ ފަރާތްތައް ކަނޑައެޅުން
މި ސްކީމުގެ ދަށުން ފުލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޕޮއިންޓް ދެވޭ ގޮތްތައ،ް ތިރީގައި މިވަނީއެވެ.
(ހ) | ބޯހިޔާވަހިކަމާ ގުޅޭ ޕޮއިންޓްމައ-ިއެޕްލިކަންޓުގެ ނަމުގައި އަދި ކޯ-އެޕްލިކަންޓުގެ ނަމުގައި މާލެ ސަރަހައްދުގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު، ބޯހިޔާވަހިކަމެއް ނެތްނަމަ، | 25 |
(ށ) | މައ-ިއެޕްލިކަންޓުގެ 18 (އަށާރަ) އަހަރުން ދަށުގެ ދަރިންނާއި ށަރުއީގޮތުން ބެލުން ހަވާލުވެގެން ބަލަމުންގެންދާ 18 (އަށާރަ) އަހަރުން ދަށުގެ ކުދިންގެ އަދަދު |
ޕޮއިންޓް |
1. | 1 ކުއްޖަކު ނަމަ ނުވަތަ 2 ކުދިންނަމަ | 12 |
2. | 3 ކުދިން ނުވަތަ 4 ކުދިންނަމަ | 17 |
3. | 5 ކުދިން ނުވަތަ 6 ކުދިންނަމަ | 23 |
4. | 7 ކުދިން ނުވަތަ އެއަށްވުރެ ގިނަ ކުދިންނަމަ | 25 |
(ނ) | ދިރިއުޅުމުގެ ހާލަތު | ޕޮއިންޓް |
1. | ދިރިއުޅެނީ އެކަނި ނުވަތަ ދެމަފިރިން ވަކިންނަމަ | 5 |
2. | ދެމަފިރިން ނޫން 2 މީހުން އެއްކޮޓަރީގައި ނިދާނަމަ | 16 |
3. | ދެމަފިރިންނާއި 5 އަހަރުން ދަށުގެ ދަރިއެއް ފިޔަވައި 3 މީހުން އެއް ކޮޓަރީގައި ނިދާނަމަ | 21 |
4. | 4 މީހުން އެއް ކޮޓަރީގައި ނިދާނަމަ | 23 |
5. | 5 މީހުންނަށްވުރެ ގިނަ މީހުން އެއް ކޮޓަރީގައި ނިދާނަމަ | 25 |
6. | ދިރިއުޅޭ ތަނުގައި ނިދުމަށް ހާއްސަ ކޮޓަރިއެއް ނެތްނަމަ | 25 |
(ރ) | ބަދިގެއާއި ލިވިންގއޭރިޔާ | ޕޮއިންޓް |
1. | ބަދިގެ ހިމެނޭގޮތަށް ލިވިންގއޭރިޔާ 180 އަކަފޫޓަށްވުރެ ބޮޑުނަމަ | 0 |
2. | ބަދިގެ ހިމެނޭގޮތަށް ލިވިންގއޭރިޔާގެ ބޮޑުމިން 90 އަކަފޫޓާއި 180 އަކަފޫޓާ ދެމެދުނަމަ | 4 |
3. |
ބަދިގެ ހިމެނޭގޮތަށް ލިވިންގއޭރިޔާ 90 އަކަފޫޓަށްވުރެ ކުޑަނަމަ |
8 |
4. |
ކެއްކުމާއި ނިދުން ހަމަޖެހިފައިވަނީ 1 ކޮޓަރީގައި ނަމަ |
12 |
(ބ) | ފާހާނާ | ޕޮއިންޓް |
1. | ދެމަފިރިން ނުވަތަ އެކަނި ދިރިއުޅޭ ފަރާތަށް ވަކި ފާހާނާއެއް | 0 |
2. |
ދެމަފިރިންނާއި 5 އަހަރުން ދަށުގެ ދަރިން ފިޔަވައި 2 މީހުން އެއްފާހާނާ ބޭނުންކުރާނަމަ |
4 |
3. |
3 މީހުން ނުވަތަ 4 މީހުން އެއް ފާހާނާ ބޭނުންކުރާނަމަ |
6 |
4. |
5 މީހުން ނުވަތަ 6 މީހުން އެއް ފާހާނާ ބޭނުންކުރާނަމަ |
8 |
5. |
6 މީހުންނަށްވުރެ ގިނަ މީހުން އެއް ފާހާނާ ބޭނުންކުރާނަމަ |
13 |
(ޅ) |
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައި ޕޮއިންޓްމައ-ިއެޕްލިކަންޓަކީ ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އޭޖެންސީ (އެންސްޕާ) ގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފުތަރުގައި ހިމެނޭމީހެއްނަމަ، ނުވަތަ އެންސްޕާގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެދަފުތަރުގައި ހިމެނޭ ފަރާތެއް/ފަރާތްތަކެއް މައ-ިއެޕްލިކަންޓް ބަލަމުންގެންދާނަމަ |
10 |
6 ވަނަ މާއްދާ - ފުލެޓު ހަވާލުކުރުން
ފުލެޓު ލިބޭ ފަރާތާ ފުލެޓު ރަސްމީކޮށް ހަވާލުކުރާނީ، މި ސްކީމު ހިންގާ ފަރާތުން ކަނޑައަޅާ ފަރާތަކާ ފުލެޓު ލިބޭ ފަރާތާ ދެމެދުގައި ވެވޭ އެގްރީމަންޓަކުންނެވެ.
7 ވަނަ މާއްދާ - ފުލެޓު ހަވާލުކުރުމުގެ އެގްރީމަންޓް
(ހ) ވަކި ފަރުދެއްގެ ގޮތުގައި ހުށަ ހަޅައިގެން ލިބޭ ފުލެޓުގެ އެގްރީމަންޓް ކުރެވޭނީ، ފުލެޓު ލިބުނު ފަރާތުގެ ނަމުގައި އެކަންޏެވެ.
(ށ) ކޯ-އެޕްލިކަންޓަކާއެކު ހުށަހަޅައިގެން ލިބޭ ފުލެޓުގެ އެގްރީމަންޓް ކުރެވޭނީ، އެ ދެ މީހުންގެ ނަމުގައެވެ.
8 ވަނަ މާއްދާ - ފުލެޓުގެ އަގު ނެގުން
(ހ) ފުލެޓުގެ އަގާއ،ި އަގު ނަގާނެ ގޮތް ކަނޑައަޅާނީ، މި ސްކީމް ހިންގާ ފަރާތުންނެވެ.
(ށ) މި ސްކީމުގެ ދަށުން ފުލެޓު ލިބޭ ފަރާތުން މާލެ ސަރަހައްދުގައި އެ މީހާގެ އެކަނި ނަމުގައި އޮންނަ ބިންކޮޅު ދޫކޮށްލާނަމަ، އަގު ނެގުމުގައި އަމަލުކުރާނީ އަންނަނިވި ގޮތްތަކުގެ މަތީންނެވެ.
- 400 (ހަތަރުސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާނަމަ، ފުލެޓުގެ އަގު ހިލޭކޮށްދެވޭނެއެވެ.
- 400 (ހަތަރުސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާނަމަ، އެ ބިންކޮޅުގެ އަގު ފުލެޓުގެ އަގުން އުނިކުރެވޭނެއެވެ. ދޫކޮށްލާ ބިންކޮޅުއަގުކުރާނީ، 3,500 (ތިންހާސް ފަސްސަތޭކަ) ރުފިޔާއަށް އަކަފޫޓެއްގެ ރޭޓުންނެވެ.
9 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު/ގަވާއިދު
(ނެތް)
ކިޔުންތެރިންގެ ހިޔާލު