-

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު

(އުސޫލު ނަންބަރު 2023-03)

(މި އުސޫލަށް އަމަލުކުރަން ފެށީ 18 ޖަނަވަރީ 2023 ގައި)

 

1 ވަނަ މާއްދާ - ތައާރަފު

މިއ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގައި ވަޒީފާ އަދާކުރާ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

 

2 ވަނަ މާއްދާ - ވަޒީފާއިން މުސްކުޅިކުރުން

އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ވުމުން އޮފީހުގެ މުވައްޒަފުން ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ. އަދި 55 (ފަންސާސް ފަހެއް) އަހަރު ވުމުން މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމަށް ހިތްވަރުދީ، ވަޒީފާއިން މުސްކުޅި ކުރެވިދާނެއެވެ. މި ދެ ގޮތުންކުރެ ގޮތަކުން މުސްކުޅި ކުރެވިއްޖެ ނަމަ، މި އު ސޫލުގެ އަންނަނިވި މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވަޒީފާއިން ވަކިކޮށް މުސްކުޅި ކުރުމުގެ އިނާޔަތް ލިބިދެވޭނެއެވެ.

 

3 ވަނަ މާއްދާ - 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރުން

މުވައްޒަފެއްގެ އުމުރުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

4 ވަނަ މާއްދާ - އުމުރުން 65 އަހަރު ވުމުންވަޒީފާއިން މުސްކުޅިކުރެވޭއިރުއިނާޔަތް ދެވޭނެ ގޮތް

ގަވާއިދު ނަންބަރު 2019-1079 (ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ މުވައްޒަފުންގެ ގަވާއިދު) ގެ 26 ވަނަ މާއްދާގެ ދަށުން 65 (ފަސްދޮޅަސް ފަހެއް) އަހަރު ވުމުން މި އޮތޯރިޓީ ގެ ވަޒީފާއިން މުވައްޒަފުން މުސްކުޅިކުރެވޭއިރު، މުސްކުޅިކުރުމުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް ތިރީގައި މިވާ ދެ ގޮތުން ކުރެ، އެ ފަރާތަކުން ބޭނުންވާ ގޮތެއްގެ މަތީން އިނާޔަތް ދެވޭނެއެވެ.

(ހ) ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިކުރެވުނުއިރު ލިބޭ މުސާރަޔާ އެއްވަރުގެ އެލަވަންސް 2 (ދޭއް) އަހަރުދުވަސް ވަންދެން ލިބުން (މި ފައިސާ ލިބޭއިރުޕެންށަނަރެއް ނަމަ، ޕެންށަނުގެ ފައިސާ ލިބޭނެއެވެ).

(ށ) ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހަމަޖައްސާ އިނާޔަތް


5 ވަނަ މާއްދާ - އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މި އޮތޯރިޓީން ހަމަޖައްސާ އިނާޔަތް ލިބުން

(ހ) މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް (މި އިނާޔަތް ލިބޭއިރު ޕެންށަނަރެއް ނަމަ)، ޕެންށަނުގެ ފައިސާ ދޫކޮށްލާގޮތަށް ނުވަތަ ޕެންށަނުގެ ފައިސާ ލިބޭގޮތަށް އިނާޔަތް ހަމަޖައްސައިދެވޭނެއެވެ. މަހުން މަހަށް ލިބޭ އިނާޔަތް ހިސާބުކުރާނީ، ޕެންށަނުގެ ފައިސާ ބޭނުންވާ ފަރާތްތަކަށް ޕެންށަނުގެ މުއްދަތު ނުހިމަނައެވެ.

  1. މަހުންމަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރާނީ ، ވަޒީފާއިން މުސްކުޅިކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރައަށާއި ސަރުކާރުގައިއުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް، އެ މީހަކަށް 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭއިރު ލިބެމުން އައި މުސާރައަށްވުރެ ބޮޑު ނަމަ، އެ މީހަކަށް މަހުން މަހަށް މުޅިއުމުރަށް ދެވޭ އިނާޔަތުގެ މިންވަރަކީ، އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބުކުރުމުން ޖެހޭވަރު 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ކުޑަ ނަމަ، އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކ 500 (ފަސްސަތޭކަ) ރުފިޔާއެވެ.
  2. މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުންނަމަ ހިސާބުކުރާނީ ،އެންމެ ފަހު ޕެންށަން ދެވުނު ތާރީހުން ފެށިގެން މުވައްޒަފަށް 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، ލިބެމުން އައި ޕެންށަނާ ނުވަތަ ޕެންށަންތަކާ އެއްކުރުމުންޖެހޭ ޖުމުލަ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ. 
  3. މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުން ނޫން ނަމަ، ނުވަތަ އެ ހިސާބަށް މުވައްޒަފަށް ޕެންށަން ލިބިފައި ނުވާނަމަ ހިސާބުކުރާނީ، މުވައްޒަފަށް 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާ 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.

(ށ) އެއްފަހަރާ ދެވޭ އިނާޔަތް

  1. 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގައި ހިދުމަތްކޮށްފައިވަނ 30 (ތިރީސް) އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށްވާނަމަ، އެ މީހަކު ސަރުކާރަށް ހިދުމަތްކުރި ކޮންމެ އަހަރަކަށް 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/3 (ތިންބައިކުޅަ އެއްބައި) އެއްފަހަރާ ލިބިދެވޭނެއެވެ.
  2. 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގައި ހިދުމަތްކޮށްފައިވަނ 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށް ވާނަމަ، އެ މީހަކު ސަރުކާރަށްހިދުމަތްކުރި ކޮންމެ އަހަރަކަށް 65 (ފަސްދޮޅަސް ފަހެއް) އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) އެއްފަހަރާ ލިބިދެވޭނެއެވެ.

 

6 ވަނަ މާއްދާ - 55 އަހަރު ވުމުން އަމިއްލައަށް އެދިގެން މުސްކުޅިކޮށް ވަކިކުރުން

(ހ) މުވައްޒަފެއްގެ އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވުމަށްފަހު، އަމިއްލައަށްބޭނުންވެގެން ވަޒީފާއިން މުސްކުޅިވުމަށް އެދޭނަމަ، ގަވާއިދު ނަންބަރު 2019-1079 (ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ މުވައްޒަފުންގެ ގަވާއިދު) ގެ 26 ވަނަ މާއްދާގެ ދަށުން ހުށަހެޅިދާނެއެވެ.

(ށ) މުވައްޒަފެއްގެ އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވެގެން ވަޒީފާއިންމުސްކުޅިކޮށް ވަކިކުރެވޭއިރު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ހިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، އެކަމަށް ރިއާޔަތް ކުރުމުގެ އިހްތިޔާރު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ލިބިގެންވެއެވެ.

(ނ) އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު، މި މާއްދާގައިވާގޮތުގެ މަތީން، މުސްކުޅިވާން އެދުނުކަމުގައި ވިޔަސް، އެ މުވައްޒަފަކ ޖިނާއ ބޮޑު ކުށެއްގެ ތުހުމަތުގައި އިދާރ ތަހުގީގަށް ރިއާޔަތްކޮށް ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފެއް ކަމުގައިވާ ނަމަ، އެ މައްސަލައެއް ބެލުމަށްފަހު، ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

7 ވަނަ މާއްދާ - 55 އަހަރުވުމުން މި އޮތޯރިޓީ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުން

(ހ) އަންނަނިވި ހާލަތްތަކުގައި، އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމުގެ އިހުތިޔާރު، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ލިބިގެންވެއެވެ.

  1. މުވައްޒަފުގެ މަސައްކަތުގެ ފެންވަރު އެކަށ ގެންވާ މިންވަރަށްވުރެ ދަށްވުން؛
  2. މުވައްޒަފުގެ ބަލިހާލަތު ހުރިގޮތުން ނުވަތަ ޖިސްމާނ ނުކުޅެދުންތެރިކަމެއްގެސަބަބުން ނުވަތަ ނަފްސާނ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ވަޒީފާއަދާކުރުމަށް ނުކުޅެދިއްޖެނަމަ، ސިއްހ ވުޒާރާގައި ރަޖިސްޓަރ ކޮށްފައިވާ ޑޮކްޓަރަކު، އެކަން ބަޔާންކޮށް، ދ ފައިވާ ލިޔުމެއް އޮންނަންވާނެއެވެ. 
  3. ސަރުކާރުގެ އޮނިގަނޑަށް ގެންނަ ބަދަލެއް ސަބަބުން ނުވަތަ އޮފީހުގެ ހިންގުމަށް ގެންނަ ބަދަލެއްގެ ސަބަބުން، މަސައްކަތް އުނިވެ، މަސައްކަތްކުރަން ތިބި މުވައްޒަފުން އިތުރުވެ، އިތުރުވާ މުވައްޒަފުންގެ ތެރޭގައި އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު ހުރުން؛
  4. މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން ވަޒީފާ އަދާނުކުރެވޭނަމަ، އެ ތަމްރީނެއްނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުސަތު އެ އޮފީހަކުން ތަނަވަސްކޮށްދިނުމަށްފަހު، މުވައްޒަފު އެ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ ނުވަތަ ދިން ފުރުސަތާ ގުޅިގެން ބޭނުންވާ މައުލޫމާތު ނުވަތަ ހުނަރު މުވައްޒަފަށް ލިބިފައިނުވުން؛
  5. މި އޮތޯރިޓީ ގެ އިދާރ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ނުވަތަ އޮފީހުގެހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެކަމަށް ނުވަތަ ތަނުން ދެވޭ ހިދުމަތުގެފެންވަރު ރަނގަޅުކުރުމުގެ ގޮތުން މުވައްޒަފު ވަޒީފާއިން މުސްކުޅިކުރަންބޭނުންވުން.

 

8 ވަނަ މާއްދާ - އުމުރުން 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދެވޭނެ ގޮތް

އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވުމުން މުސްކުޅިކުރެވޭ ފަރާތްތަކަށް އިނާޔަތް ހަމަޖެއްސުމުގައި އެ ފަރާތްތައް 2 (ދޭއް) ބަޔަކަށް ބަހައިލެވެއެވެ.

(ހ) އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ވުމުން، އަމިއްލައަށް އެދިގެން ނުވަތަ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅި ކުރުމުގެ އިނާޔަތް ދެވޭގޮތް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.

  1. މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، ވަޒީފާއިން މުސްކުޅިކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރައަށާއި ސަރުކާރުގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް އެ މީހަކު މުސްކުޅިކުރެވޭއިރު ލިބެމުން އައި މުސާރައަށްވުރެ ބޮޑުނަމަ، އެ މީހަކަށް މަހުން މަހަށް މުޅިއުމުރަށް ދެވޭ އިނާޔަތުގެ މިންވަރަކ އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބުކުރުމުން ޖެހޭވަރު 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ކުޑަނަމަ، އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ، 500 (ފަސްސަތޭކަ) ރުފިޔާއެވެ.
  2. މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުންނަމަ ހިސާބުކުރާނީ ،އެންމެ ފަހު ޕެންށަން ދިން ތާރީހުން ފެށިގެން މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، ލިބެމުން އައި ޕެންށަނާ ނުވަތަ ޕެންށަންތަކާ އެއްކުރުމުން ޖެހޭ ޖުމުލަ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.
  3. މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުން ނޫން ނަމަ، ނުވަތަ އެ ހިސާބަށް މުވައްޒަފަށް ޕެންށަން ލިބިފައި ނުވާނަމަ ހިސާބުކުރާނީ ، މުވައްޒަފު މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، މުސްކުޅި ކުރެވޭއިރު ގުނަކުރުމުން ލިބޭ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހައި އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ދުވަހަކު ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.

(ށ) އުމުރުން 55 (ފަންސާސް ފަހެއް) އަހަރުވުމުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް 2 (ދޭއް) އިނާޔަތެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެ އިނާޔަތްތަކުގެ ތަފުސީލު، ތިރީގ އި މިވަނީ އެވެ.

  1. އެއްފަހަރާ ދެވޭ އިނާޔަތް؛
    1.1  55 (ފަންސާސް ފަހެއް) އަހަރު ވުމުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގައި ހިދުމަތްކޮށްފައިވަނ 30 (ތިރީސް) އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށް ވާނަމަ، މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/3 (ތިންބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު، އެ މީހަކު ދައުލަތަށް ހިދުމަތްކުރި ޖުމުލަ އަހަރުގެ އަދަދާއި ރިޓަޔަރކުރެވޭއިރު އެ މީހެއްގެ އުމުރާ ގުނަކުރުމަށްފަހު، އެ އަދަދުގެ 1/65 (ފަސްދޮޅަސް ފަހެއް ބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު އެއްފަހަރާ ލިބިދެވޭނެއެވެ.
    1.2  55 (ފަންސާސް ފަހެއް) އަހަރު ވުމުން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގައި ހިދުމަތްކޮށްފައިވަނ 30 (ތިރީސް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށް ވާނަމަ، މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/2  (ދެބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު، އެ މީހަކު ދައުލަތަށް ހިދުމަތްކުރި ޖުމުލަ އަހަރުގެ އަދަދާއި ރިޓަޔަރކުރެވޭއިރު އެ މީހެއްގެ އުމުރާ ގުނަކުރުމަށްފަހު، އެ އަދަދުގެ 1/65 (ފަސްދޮޅަސް ފަހެއް ބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު އެއްފަހަރާ ލިބިދެވޭނެއެވެ.

  2. މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް؛
    2.1 މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރާނީ، ވަޒީފާއިން މުސްކުޅިކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރައަށާއި ސަރުކާރުގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް އެ މީހަކު މުސްކުޅިކުރެވޭއިރު ލިބެމުން އައި މުސާރައަށްވުރެ ބޮޑުނަމަ، އެ މީހަކަށް މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތުގެ މިންވަރަކ ،އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބުކުރުމުން ޖެހޭވަރު 500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ކުޑަނަމަ، އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ، 500 (ފަސްސަތޭކަ) ރުފިޔާއެވެ.
    2.2 މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި ، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުންނަމަ ހިސާބުކުރާނީ ،އެންމެ ފަހު ޕެންށަން ދިން ތާރީހުން ފެށިގެން މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، މުސްކުޅިކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ގުނަކުރުމުން ލިބޭ އަދަދު، ލިބެމުން އައި ޕެންށަނާއި ނުވަތަ ޕެންށަންތަކާ އެއްކުރުމުން ޖެހޭ ޖުމުލަ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.
    2.3 މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުން ނޫން ނަމަ، ނުވަތަ އެ ހިސާބަށް މުވައްޒަފަށް ޕެންށަން ލިބިފައި ނުވާނަމަ ހިސާބުކުރާނީ ، މުވައްޒަފު މުސްކުޅިކުރެވޭ ތާރީހާ ހަމަޔަށް ސަރުކާރު ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، މުސްކުޅި ކުރެވޭ އިރު ގުނަކުރުމުން ލިބޭ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހައި އެ މުވައްޒަފަކަށް ލިބެމުން އައި މު ސާރައިގެ 1/40 (ސާޅީސްބައިކުޅަ އެއްބައި) ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.

(ނ) 55 (ފަންސާސް ފަހެއް) އަހަރު ވެފައިވާ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރަން ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން ނިންމާނަމަ ނުވަތަ މުވައްޒަފަކު އަމިއްލަޔަށް އެދިގެން ރިޓަޔަރވާނަމަ، މުވައްޒަފު ވަޒީފާއިން މުސްކުޅިކުރުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން އެ މުވައްޒަފަކަށް ނުވަތަ ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަށް އެކަން އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - މުސްކުޅިކުރާ މުވައްޒަފުންގެ ހިދުމަތުގެ އަހަރު ބަލާނެ ގޮތް

މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރާއިރު ހިދުމަތުގެ އަހަރުގެ ގޮތުގައި ބަލާނީ، އެ މީހަކު ދައުލަތުގެ ވަޒީފާ އަދާކުރި ޖުމުލަ މުއްދަތަށެވެ. އެއީ އަހަރާއި މަހާއި ދުވަސް ހިދުމަތުގެ އަހަރުގެ ގޮތުގައި ގުނައިގެންނެވެ. ތިރީގައި މިވަނީ، ވަޒީފާއިން ވަކި ކުރެވޭއިރު، ހިދުމަތުގެ މުއްދަތު ހިސާބު ކުރާނެ ގޮތުގެ މިސާލެވެ.

މިސާލު: ވަޒީފާއިން މުސްކުޅިކުރެވޭއިރު ހިދުމަތުގައި ހޭދަކޮށްފައިވަނ 29 (ނަވާވީސް) އަހަރާއި 10 (ދިހައެއް) މަހާއި 10 (ދިހައެއް) ދުވަސް ކަމުގައިވާނަމަ އަހަރު ހިސާބުކުރާނީ، ތިރީގައި މިވާގޮތަށެވެ.

   29 އަހަރު +

   10 މަސްދުވަސް = 10/12 = 0.83 އަހަރު +

   10 ދުވަސްދުވަސް = 10/365 = 0.03 އަހަރު

ހިދުމަތުގެ ޖުމުލަ އަހަރު = 0.03+083+29 = 29.86 އަހަރު

 

10 ވަނަ މާއްދާ - އެހެނިހެން

މި ބަޔާންވެދިޔަ ގޮތަށް މުސްކުޅިކުރުމުގެ އިނާޔަތް ދެމުންގެންދާނީ، ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގައި ވަޒީފާ އަދާކުރާ މުވައްޒަފުން މުސްކުޅިކުރުމާބެހޭ ކަންތައްތައް ކަނޑައަޅާ ގާނޫނެއް ނުވަތަ އެހެން ގަވާއިދެއް އެކަށައެޅެންދެންނެވެ.

 

11 ވަނަ މާއްދާ - މާނަކުރުން

ރިޓަޔަރމަންޓް ޕެންށަންކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރިޓަޔަރމަންޓް ބެނިފިޓަށެވެ.

 

12 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފަށާ ތާރީހު

މި އުސޫލަށް އަމަލު ކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ނެތް

 

ގުޅުންހުރި ގާނޫނު/ގަވާއިދު

ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)

ނޭށަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1079)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު