ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމުގައި އަމަލުކުރާނެ އުސޫލު
(އުސޫލު ނަންބަރު 2022-44)
(މި އުސޫލަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2022 ގައި)
1 ވަނަ މާއްދާ - ތައާރަފު
މިއީ، ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ދިވެހި މުވައްޒަފުންގެ ތެރެއިން ވަޒީފާއިން މުސްކުޅިކޮށް އިނާޔަތް ދޭންޖެހޭ މުވައްޒަފުންނާ ގުޅޭ އުސޫލެވެ.
2 ވަނަ މާއްދާ - މަގުސަދު
ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފެއްގެ އުމުރުން 65 އަހަރު ވުމުން ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ. އަދި 55 އަހަރުވުމުން ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމަށް ހިތްވަރުދީ ވަޒީފާއިން މުސްކުޅި ކުރެވިދާނެއެވެ. މި ދެ ގޮތުންކުރެ ގޮތަކުން މުސްކުޅި ކުރެވިއްޖެނަމަ، މި ގަވާއިދުގެ އަންނަނިވި މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ވަޒީފާއިން ވަކިކޮށް މުސްކުޅި ކުރުމުގެ އިނާޔަތް ލިބިދެވޭނެއެވެ.
3 ވަނަ މާއްދާ - މި އުސޫލުގެ ދަށުން އިނާޔަތް ލިބުމުން އިސްތިސްނާވާ ފަރާތްތައް
ހުޅުމާލެ ހޮސްޕިޓަލުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާ މުވައްޒަފުން.
4 ވަނަ މާއްދާ - 65 އަހަރު ވުމުން ވަޒީފާއިން މުސްކުޅި ކުރުން
(ހ) ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުން ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވޭނެއެވެ.
(ށ) އުމުރުން 65 އަހަރުވުމުން ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅިކުރުމުގެ އިނާޔަތް މި އުސޫލުގައިވާ ގޮތުގެ މަތިން ލިބިދެވޭނެއެވެ.
5 ވަނަ މާއްދާ - އަހަރު ވުމުން އަމިއްލައަށް އެދިގެން މުސްކުޅިކޮށް ވަކިކުރުން
(ހ) ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމަށްފަހު، އަމިއްލައަށް ބޭނުންވެގެން ވަޒީފާއިން މުސްކުޅިވުމަށް އެދޭނަމަ، ވަޒީފާއިން މުސްކުޅިވުމަށް އެދޭ ތާރީހުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން ލިޔުމުން ހުޅުމާލެ ހޮސްޕިޓަލުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ހުށަހަޅަންވާނެއެވެ.
(ށ) ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފެއްގެ އުމުރުން 55 އަހަރުވެގެން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭއިރު، ހުޅުމާލެ ހޮސްޕިޓަލަށް ހިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ އެކަމަށް ރިއާޔަތްކުރުމުގެ އިހްތިޔާރު ހޮސްޕިޓަލުގެ މެނޭޖްމަންޓަށް ލިބިގެންވެއެވެ.
6 ވަނަ މާއްދާ - 55 އަހަރުވުމުން ހުޅުމާލެ ހޮސްޕިޓަލަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުން
(ހ) އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެއްޖެނަމަ، އުމުރުން 55 އަހަރު ވެފައިވާ މުވައްޒަފެއް މުސްކުޅި ކުރުމަށް ކަމާބެހޭ ލިޔުންތައް އެޗް.އާރ.އެމް.ޑީ ކޮމެޓީއަށް ހުށަހަޅާ، މަށްވަރާކުރަންވާނެއެވެ.
- މުވައްޒަފުގެ މަސައްކަތުގެ ފެންވަރު އެކަށީގެންވާ މިންވަރަށްވުރެ ދަށްވުން.
- މުވައްޒަފުގެ ބަލިހާލަތު ހުރިގޮތުން ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން، ވަޒީފާ އަދާކުރުމަށް ނުކުޅެދިގެން ސިއްހީ ވުޒާރާގައި ރަޖިސްޓަރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށް ލިޔުމެއް ދޫކުރުން.
- ހޮސްޕިޓަލުގެ އޮނިގަނޑަށް ގެނެވޭ ބަދަލެއްގެ ސަބަބުން މަސައްކަތް އުނިވެ، މަސައްކަތްކުރަން ތިބި މުވައްޒަފުން އިތުރުވެ، އިތުރުވާ މުވައްޒަފުންގެ ތެރޭގައި އުމުރުން 55 އަހަރުވެފައިވާ މުވައްޒަފެއް ހުރުން.
- މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިފައި ނެތުމުގެ ސަބަބުން، ވަޒީފާ އަދާނުކުރެވޭނަމަ އެ ތަމްރީނެއް ނުވަތަ ހުނަރެއް ލިބިގަތުމުގެ ފުރުސަތު ހޮސްޕިޓަލުން ތަނަވަސްކޮށްދިނުމަށްފަހު، މުވައްޒަފު އެ ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ ނުވަތަ ދެވުނު ފުރުސަތާ ގުޅިގެން ބޭނުންވާ މައުލޫމާތު ނުވަތަ ހުނަރު މުވައްޒަފަށް ލިބިފައިނުވުން.
- ހޮސްޕިޓަލުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ނުވަތަ ހޮސްޕިޓަލުގެ ހިންގުމަށް އެދެވޭ ބަދަލެއް ގެނެވިދާނެކަމަށް ނުވަތަ ހޮސްޕިޓަލުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މުވައްޒަފު ވަޒީފާއިން މުސްކުޅި ކުރަން ހޮސްޕިޓަލުން ބޭނުންވުން.
(ށ) މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން މުސްކުޅިކުރަން ނިންމައިފައިވާކަން މުވައްޒަފު މުސްކުޅި ކުރަން ބޭނުންވާ ތާރީހުގެ 1 މަސްދުވަހުގެ ކުރިން ލިޔުމުން އެ މުވައްޒަފަށް އަންގަންވާނެއެވެ.
7 ވަނަ މާއްދާ - މުއްދަތު ގުނުން
ވަޒީފާއިން މުސްކުޅި ކުރާއިރު ހިދުމަތުގެ އަހަރެއްގެ ގޮތުގައި ބަލާނީ، އެ މީހަކު ދައުލަތުގެ ވަޒީފާ އަދާކުރި ޖުމުލަ މުއްދަތަށެވެ. އެއީ، އަހަރާއި މަހާއި ދުވަސް ހިދުމަތުގެ އަހަރުގެ ގޮތުގައި ގުނައިގެންނެވެ. ތިރީގައި މިވަނީ، ވަޒީފާއިން މުސްކުޅި ކުރެވޭއިރު، ހިދުމަތުގެ މުއްދަތު ހިސާބުކުރާނެ ގޮތުގެ މިސާލެވެ.ވަޒީފާއިން މުސްކުޅި ކުރެވޭއިރު ހިދުމަތުގައި ހޭދަކޮށްފައިވަނީ 29) ނަވާވީސް) އަހަރާއި 10) ދިހައެއް) މަހާއި 10) ދިހައެއް) ދުވަސް ކަމުގައިވާނަމަ، އަހަރު ހިސާބު ކުރާނީ ތިރީގައި މިވާ ގޮތަށް:
29 އަހަރު +
10 މަސް = 0.83 އަހަރު +
10 ދުވަސް = 0.0.3 އަހަރު
ޖުމުލަ ހިދުމަތުގެ އަހަރު = 29+83.0+03.0 = 29.86 އަހަރު އުމުރުން 55 އަހަރުވުމުން
8 ވަނަ މާއްދާ - ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް މުސްކުޅި ކުރުމުގެ އިނާޔަތް ދެވޭނޭ ގޮތް
(ހ) އުމުރުން 55 އަހަރުވެގެން ވަޒީފާއިން މުސްކުޅިވުމުގެ ހައްގު ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދޭތީ، އެފަދައިން މުސްކުޅި ކުރެވޭ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު ތިރީގައި އެވަނީއެވެ.
(ށ) އުމުރުން 55 އަހަރުވުމުން މުސްކުޅި ކުރެވޭ ފަރާތްތަކަށް އިނާޔަތް ހަމަޖެއްސުމުގައި އެ ފަރާތްތައް 2 ބަޔަކަށް ބަހައިލެވެއެވެ. އެއީ،
- އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން މުސްކުޅި ކުރެވޭ މުވައްޒަފުން
- އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ނޫންގޮތަކަށް މުސްކުޅި ކުރެވޭ މުވައްޒަފުން
9 ވަނަ މާއްދާ - އުމުރުން 55 އަހަރުވުމުން މުވައްޒަފަކު އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅި ކުރުން
އުމުރުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ މަހުން މަހަށް އުމުރުދުވަހަށް ދެވޭ އިނާޔަތެވެ. އެ އިނާޔަތުގެ ތަފުސީލު ތިރީގައި އެވަނީއެވެ.
10 ވަނަ މާއްދާ - މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތް
(ހ) މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބު ކުރާނީ، ވަޒީފާއިން މުސްކުޅި ކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރަޔަށާއި، ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާ އަދާކުރި އަހަރުގެ އަދަދު މުއްދަތު ކަމުގައި ބަލައިގެންނެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް އެ މީހަކު މުސްކުޅި ކުރެވޭއިރު ލިބެމުން އައި މުސާރައަށްވުރެ ބޮޑުނަމަ އެ މީހަކަށް މަހުން މަހަށް މު ޅި އުމުރުދުވަހަށް ދެވޭ އިނާޔަތުގެ މިންވަރަކީ އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބު ކުރުމުން ޖެހޭވަރު 500 ރުފިޔާއަށްވުރެ ކުޑަނަމަ އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ 500 ރުފިޔާއެވެ.
(ށ) މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތް ހިސާބު ކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުންނަމަ، ހިސާބުކުރާނީ އެންމެ ފަހު ޕެންށަން ދެވުނު ތާރީހުން ފެށިގެން މުސްކުޅި ކުރެވޭ ތާރީހާ ހަމައަށް ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާ އަދާކުރި އަހަރުގެ އަދަދު މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 ގުނަކުރުމުން ލިބޭ އަދަދު، ލިބެމުން އައި ޕެންށަނާ ނުވަތަ ޕެންށަންތަކާ އެއްކުރުމުން ޖެހޭ ޖުމުލަ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.
(ނ) މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުން ނޫން ނަމަ، ނުވަތަ އެ ހިސާބަށް މުވައްޒަފަށް ޕެންށަން ލިބިފައިނުވާނަމަ ހިސާބު ކުރާނީ ، މުވައްޒަފު މުސްކުޅި ކުރެވޭ ތާރީހާ ހަމައަށް ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 ގުނަކުރުމުން ލިބޭ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތް ކަމުގައި ހަމަޖައްސާ ގޮތަށެވެ.
11 ވަނަ މާއްދާ - އުމުރުން 55 އަހަރު ވުމުން ހުޅުމާލެ ހޮސްޕިޓަލަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރުން
އުމުރުން 55 އަހަރުވުމުން ހޮސްޕިޓަލަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް އަންނަނިވި 2 ބާވަތުގެ އިނާޔަތް ދިނުމަށް ހަމަޖެހިފައިވެއެވެ.
(ހ) އެއްފަހަރާ ދެވޭ އިނާޔަތް
(ށ) މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތް
(ނ) މި ދެންނެވުނު ގޮތަށް މުސްކުޅިކުރުމުގެ އިނާޔަތް ދެމުން ގެންދާނީ ހުޅުމާލެ ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ މުވައްޒަފުން މުސްކުޅި ކުރުމާބެހޭ ކަންތައްތައް ކަނޑައަޅާ ގާނޫނެއް ނުވަތަ އެހެން ގަވާއިދެއް އެކަށައަޅައި އަމަލުކުރުމަށް ފެށުމާ ހަމަޔަށެވެ.
12 ވަނަ މާއްދާ - އުމުރުން 55 އަހަރު ވުމުން ހުޅުމާލެ ހޮސްޕިޓަލަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އެއްފަހަރާ ދެވޭ އިނާޔަތް
(ހ) 55 އަހަރުވުމުން ހުޅުމާލޭ ހޮސްޕިޓަލަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގައި ހިދުމަތް ކޮށްފައިވަނީ 30 އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށްވާނަމަ، މުސްކުޅި ކުރެވޭއިރު ލިބެމުން އައި މުސާރައިގެ 1/3 (ތިންބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު، އެ މީހަކު ދައުލަތަށް ހިދުމަތްކުރި ޖުމުލަ އަހަރުގެ އަދަދާއި ރިޓަޔަރ ކުރެވޭއިރު އެ މީހެއްގެ އުމުރާ ގުނަކުރުމަށްފަހު، އެ އަދަދުގެ 1/65 (ފަސްދޮޅަސްފަހެއް ބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު އެއްފަހަރާ ލިބިދެވޭނެއެވެ.
(ށ) 55 އަހަރުވުމުން ހުޅުމާލޭ ހޮސްޕިޓަލަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގައި ހިދުމަތް ކޮށްފައިވަނީ 30 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްކަމުގައި ކަމަށްވާނަމަ، މުސްކުޅި ކުރެވޭ އިރު ލިބެމުން އައި މުސާރައިގެ 1/2 (ދެބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު، އެ މީހަކު ދައުލަތަށް ހިދުމަތްކުރި ޖުމުލަ އަހަރުގެ އަދަދާއި ރިޓަޔަރ ކުރެވޭއިރު އެ މީހެއްގެ އުމުރާ ގުނަ ކުރުމަށްފަހު، އެ އަދަދުގެ 1/65 (ފަސްދޮޅަސް ފަހެއް ބައިކުޅަ އެއްބައި) އަށް ޖެހޭ އަދަދު އެއްފަހަރާ ލިބިދެވޭނެއެވެ.
13 ވަނަ މާއްދާ - އުމުރުން 55 އަހަރު ވުމުން ހުޅުމާލެ ހޮސްޕިޓަލަށް ލިބިދޭ އިހްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް މަހުން މަހަށް މުޅި އު މުރުދުވަހަށް ދެވޭ އިނާޔަތް
(ހ) މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތް ހިސާބުކުރާނީ ، ވަޒީފާއިން މުސްކުޅި ކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރަޔަށާއި ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް އެ މީހަކު މުސްކުޅި ކުރެވޭއިރު ލިބެމުން އައި މުސާރައަށްވުރެ ބޮޑުނަމަ، އެ މީހަކަށް މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތުގެ މިންވަރަކީ އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބުކުރުމުން ޖެހޭވަރު 500 ރުފިޔާއަށްވުރެ ކުޑަނަމަ، އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ 500 ރުފިޔާއެވެ.
(ށ) މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބޭ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުންނަމަ ހިސާބު ކުރާނީ، އެންމެ ފަހު ޕެންށަން ދެވުނު ތާރީހުން ފެށިގެން މުސްކުޅި ކުރެވޭ ތާރީހާ ހަމައަށް ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާގައި ވަޒީފާ އަދާކުރި އަހަރުގެ އަދަދު މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 ގުނަ ކުރުމުން ލިބޭ އަދަދު، ލިބެމުން އައި ޕެންށަނާ ނުވަތަ ޕެންށަންތަކާ އެއްކުރުމުން ޖެހޭ ޖުމްލަ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތްކަމުގައި ހަމަޖައްސާ ގޮތަށެވެ.
(ނ) މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުން ނޫންނަމަ، ނުވަތަ އެ ހިސާބަށް މުވައްޒަފަށް ޕެންށަން ލިބިފައިނުވާނަމަ ހިސާބު ކުރާނީ، މުވައްޒަފު މުސްކުޅި ކުރެވޭ ތާރީހާ ހަމައަށް ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގައި ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 ގުނަކުރުމުން ލިބޭ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތްކަމުގައި ހަމަޖައްސާގޮތަށެވެ.
14 ވަނަ މާއްދާ - އުމުރުން 65 އަހަރު ވުމުން ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން މުސްކުޅިކުރެވޭއިރު އިނާޔަތް ދެވޭނޭ ގޮތް
(ހ) އުމުރުން 65 އަހަރުވުމުން ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން މުސްކުޅި ކުރެވޭއިރު، މުސްކުޅިކުރުމުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް ތިރީގައި މި ދަންނަވާ ދެގޮތުން ކުރެ، އެ ފަރާތަކުން ބޭނުންވާ ގޮތެއްގެ މަތިން އިނާޔަތް ދެވޭނެއެވެ.
- ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރެވުނުއިރު ލިބޭ މުސާރައާ އެއްވަރުގެ އެލަވަންސް 2 އަހަރުދުވަސްވަންދެން ލިބުން) މި ފައިސާ ލިބޭއިރު ޕެންށަނަރެއް ނަމަ، ޕެންށަނުގެ ފައިސާ ލިބޭނެއެވެ. އަދި އަހަރުދުވަސްވުމުން އޭގެ ފަހުން ލިބޭނީ ނަންބަރު (2) ގައިވާ އިނާޔަތެވެ. ނުވަތަ ގާނޫނެއްގައި ކަނޑައަޅައިފައިވާނަމަ، އެ އިނާޔަތެކެވެ.
- ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ހުޅުމާލެ ހޮސްޕިޓަލުން ހަމަޖައްސަވާ އިނާޔަތް ލިބުން.
(ށ) މި ދެންނެވުނު ގޮތަށް މުސްކުޅިކުރުމުގެ އިނާޔަތް ދެމުން ގެންދާނީ، ހުޅުމާލެ ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ މުވައްޒަފުން މުސްކުޅި ކުރުމާބެހޭ ކަންތައްތައް ކަނޑައަޅާ ގާނޫނެއް ނުވަތަ އެހެން ގަވާއިދެއް އެކަށައަޅައި އަމަލުކުރުމަށް ފެށުމާ ހަމަޔަށެވެ.
15 ވަނަ މާއްދާ - އުމުރުން 65 އަހަރު ވުމުން ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތް
(ހ) މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތް ހިސާބު ކުރާނީ، ވަޒީފާއިން މުސްކުޅި ކުރެވޭއިރު މުވައްޒަފަށް ލިބެމުންދާ މުސާރަޔަށާއި ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާގައި އުޅެފައިވާ ހިދުމަތުގެ މުއްދަތަށް ބިނާކޮށެވެ. މިގޮތަށް ހިސާބުކުރުމުން ޖެހޭ އިނާޔަތް އެ މީހަކަށް 65 އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު ލިބެމުން އައި މުސާރައަށްވުރެ ބޮޑުނަމަ، އެ މީހަކަށް މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތުގެ މިންވަރަކީ އެ މުސާރައިގެ އަދަދެވެ. ނުވަތަ ހިސާބު ކުރުމުން ޖެހޭވަރު 500 ރުފިޔާއަށްވުރެ ކުޑަނަމަ، އެ މީހަކަށް މަހުން މަހަށް ދެވޭ އިނާޔަތުގެ އަދަދަކީ 500 ރުފިޔާއެވެ.
(ށ) މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތް ހިސާބު ކުރުމުގައި، މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުންނަމަ ހިސާބުކުރާނީ، އެންމެ ފަހު ޕެންށަން ދެވުނު ތާރީހުން ފެށިގެން މުވައްޒަފަށް 65 އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭ ތާރީހާ ހަމައަށް ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާ އަދާކުރި އަހަރުގެ އަދަދު މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، 65 އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 ގުނަކުރުމުން ލިބޭ އަދަދު، ލިބެމުން އައި ޕެންށަނާ ނުވަތަ ޕެންށަންތަކާ އެއްކުރުމުން ޖެހޭ ޖުމުލަ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތްކަމުގައި ހަމަޖައްސާ ގޮތަށެވެ.
(ނ) މަހުން މަހަށް މުޅި އުމުރުދުވަހަށް ދެވޭ އިނާޔަތް ހިސާބުކުރުމުގައި މިހާރު ލިބެމުންދާ ޕެންށަން ދަމަހައްޓަން މުވައްޒަފު ބޭނުން ނޫން ނަމަ، ނުވަތަ އެ ހިސާބަށް މުވައްޒަފަށް ޕެންށަން ލިބިފައިނުވާނަމަ ހިސާބު ކުރާނީ، މުވައްޒަފަށް 65 އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭ ތާރީހާ ހަމައަށް ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާ އަދާކުރި އަހަރުގެ އަދަދު އެއީ މުއްދަތު ކަމުގައި ބަލައިގެން، އެ އަދަދާއި، 65 އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 1/40 ގުނަކުރުމުން ލިބޭ އަދަދު އެއީ ކޮންމެ މަހަކު، އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު، ދެމުން ގެންދެވޭ އިނާޔަތް ކަމުގައެވެ.
16 ވަނަ މާއްދާ - އުމުރުން 65 އަހަރު ވުމުން ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް އެއްފަހަރާ ދެވޭ އިނާޔަތް
(ހ) 65 އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާގައި ހިދުމަތް ކޮށްފައިވަނީ 30 އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށްވާނަމަ، އެ މީހަކު ސަރުކާރަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ހިދުމަތްކުރި ކޮންމެ އަހަރަކަށް 65 އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 3/1(ތިންބައިކުޅަ އެއް ބައި) އެއްފަހަރާ ލިބިދެވޭނެއެވެ.
(ށ) 65 އަހަރު ފުރުމުގެ މުސްކުޅި ކުރެވޭ މުވައްޒަފު ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާ ހިދުމަތް ކޮށްފައިވަނީ 30 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށްވާނަމަ، އެ މީހަކު ސަރުކާރަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ހިދުމަތްކުރި ކޮންމެ އަހަރަކަށް 65 އަހަރު ފުރުމުގެ ސަބަބުން މުސްކުޅި ކުރެވޭއިރު އެ މުވައްޒަފަކަށް ލިބެމުން އައި މުސާރައިގެ 2/1) ދެބައިކުޅަ އެއްބައި) އެއްފަހަރާ ލިބިދެވޭނެއެވެ.
17 ވަނަ މާއްދާ - އުސޫލަށް އަމަލުކުރުން
މި އުސޫލަށް އަމަލުކުރާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު/ގަވާއިދު
ނެތް
ކިޔުންތެރިންގެ ހިޔާލު