ގެދޮރުވެރިޔާ ސްކީމު ގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު
(އުސޫލު ނަންބަރު 2022-20)
(މި އުސޫލަށް އަމަލުކުރަން ފެށީ 26 ޖޫން 2022 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅައިފައިވާ ސިޔާސަތުގެ ދަށުން، "ގެދޮރުވެރިން" މި ނަމުގައި ކުރިޔަށްގެންދާ ޕްރޮގްރާމުގެ ތެރެއިން، ދިވެހި ރައްޔިތުންނަށް ފުލެޓު ދޫކުރުމަށް ޓަކައި ހިންގާ "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށް ޓަކައި ކަނޑައަޅައިފައިވާ އުސޫލެކެވެ.
(ށ) މި އުސޫލަށް ކިޔާނީ، "ގެދޮރުވެ ރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓު ދޫކުރުމުގެ އުސޫލު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި އުސޫލުގެ މަގުސަދަކީ، ދިވެހި ރައްޔިތުންނަށް ފުލެޓު ދޫކުރުމަށް ޓަކައި ހިންގާ "ގެދޮރުވެރިން" ޕްރޮގްރާމުގެ ދަށުން ފުލެޓު ދޫކުރުމުގެ ކަންކަން އިންތިޒާމުކޮށް ހިންގަނީ ކަނޑައެޅިފައިވާ ހަމަތަކެއްގެ މަތީން، ތަނަވަސް ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރުސަތު ފަހިވާގޮތަށްކަން ކަށަވަރު ކުރުމެވެ.
3 ވަނަ މާއްދާ - ފުލެޓު ހޯދުމަށް އެދޭ މީހުންގެ ށަރުތުތައް
މި ސްކީމުގެ ދަށުން ފުލެޓު ހޯދުމަށް އެދޭ މީހުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ހުންނަންވާނެއެވެ.
(ހ) ދިވެހި ރައްޔިތަކަށް ވުން.
(ށ) އުމުރުން 18 (އަށާރަ) އަހަރު ވެފައިވާ މީހެއް ކަމުގައި ވުން. އުމުރު ގުނުމުގައި ބަލާނީ، މި ސްކީމަށް ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީހަށެވެ.
(ނ) މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 (ފަނަރަ) އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް)، ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 (ފަނަރަ) އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް).
(ރ) އެޕްލިކަންޓާއި ކޯ-އެޕްލިކަންޓަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަށްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން.
(ބ) އެޕްލިކޭށަން ހުށަހަޅާ ފަރާތަކީ، މާލެ ސިޓީން ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން 600 (ހަސަތޭކަ) އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް/ބިމެއް ގަނެފައިވާ، ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ކޯ-އެޕްލިކަންޓް).
(ޅ) އެޕްލިކޭށަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، މާލެ ސިޓީގައި ދިރިއުޅުމަށް ހޯދައިފައިވާ 600 (ހަސަތޭކަ) އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން. (އެޕްލިކަންޓް/ ކޯ-އެޕްލިކަންޓް).
(ކ) މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60،000 (ފަސްދޮޅަސްހާސް) ރުފިޔާއަށްވުރެ އިތުރަށްލިބޭ ފަރާތެއް ކަމުގައި ނުވުން (މައި އެޕްލިކަންޓާއި، ކޯ-އެޕްލިކަންޓް ވަކިން).
4 ވަނަ މާއްދާ - ފުލެޓަށް އެދި ހުށަހެޅުން
މި ސްކީމުން ފުލެޓު ހޯދުމަށް އެދި ހުށަހެޅޭނީ، ވަކި ފަރުދަކަށެވެ. ނަމަވެސް، ކޯ-އެޕްލިކަންޓެއްގެ ގޮތުގައި އަނބިމީހާ ނުވަތަ ފިރިމީހާ ބައިވެރި ކުރެވިދާނެއެވެ.
5 ވަނަ މާއްދާ - ފުލެޓު ލިބޭ ފަރާތްތައް ކަނޑައެޅުން
މި ސްކީމުގެ ދަށުން ފުލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޕޮއިންޓް ދެވޭ ގޮތްތައް، ތިރީގައި މިވަނީއެވެ.
6 ވަނަ މާއްދާ - ފުލެޓު ހަވާލުކުރުން
ފުލެޓު ލިބޭ ފަރާތާ ފުލެޓު ރަސްމީކޮށް ހަވާލުކުރާނީ، މި ސްކީމު ހިންގާ ފަރާތުން ކަނޑައަޅާ ފަރާތަކާ ފުލެޓު ލިބޭ ފަރާތާ ދެމެދުގައި ވެވޭ އެގްރީމަންޓަކުންނެވެ.
7 ވަނަ މާއްދާ - ފުލެޓު ހަވާލުކުރުމުގެ އެގްރީމަންޓް
(ހ) ވަކި ފަރުދެއްގެ ގޮތުގައި ހުށަ ހަޅައިގެން ލިބޭ ފުލެޓުގެ އެގްރީމަންޓް ކުރެވޭނީ، ފުލެޓު ލިބުނު ފަރާތުގެ ނަމުގައި އެކަންޏެވެ.
(ށ) ކޯ-އެޕްލިކަންޓަކާއެކު ހުށަހަޅައިގެން ލިބޭ ފުލެޓުގެ އެގްރީމަންޓް ކުރެވޭނީ، އެ ދެ މީހުންގެ ނަމުގައެވެ.
8 ވަނަ މާއްދާ - ފުލެޓުގެ އަގު ނެގުން
(ހ) ފުލެޓުގެ އަގާއި، އަގު ނަގާނެ ގޮތް ކަނޑައަޅާނީ، މި ސްކީމް ހިންގާ ފަރާތުންނެވެ.
(ށ) މި ސްކީމުގެ ދަށުން ފުލެޓު ލިބޭ ފަރާތުން މާލެ ސަރަހައްދުގައި އެ މީހާގެ އެކަނި ނަމުގައި އޮންނަ ބިންކޮޅު ދޫކޮށްލާނަމަ، އަގު ނެގުމުގައި އަމަލުކުރާނީ އަންނަނިވި ގޮތްތަކުގެ މަތީންނެވެ.
- 400 (ހަތަރުސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާނަމަ، ފުލެޓުގެ އަގު ހިލޭ ކޮށްދެވޭނެއެވެ.
- 400 (ހަތަރުސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާނަމަ، އެ ބިމުގެ އަގު ފުލެޓުގެ އަގުން އުނިކުރެވޭނެއެވެ. ދޫކޮށްލާ ބިން އަގުކުރާނީ، 3،500 (ތިންހާސް ފަސްސަތޭކަ) ރުފިޔާއަށް އަކަފޫޓެއްގެ ރޭޓުންނެވެ.
9 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގާނޫނު/ގަވާއިދު
ނެތް
ކިޔުންތެރިންގެ ހިޔާލު