-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 189/2015)

 

އިލްކްށަންސް ކޮމިށަނުގެ ގަވާއިދަށް އަންނަނިވި އިސްލާހު ގެނައުން.

 

1  ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

6. މީޑިއާ އަށް މައުލޫމާތު ދިނުން

(ނ) މޮނިށަނުގެ ސިޔާސަތުތައް ހާމަކޮށް އަދި މޮމިށަނުގެ ނިންމުންތަކާ ގުޅޭގޮތުން މީޑިއާއަށް ހަމަކުރަންޖެހޭ މައުލޫމާތު ހާމަކުރާނީ ކޮމިށަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އެވެ. ކޮމިށަނުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުރުން ކޮމިށަނުން، ކޮމިށަނުގެ ސިޔާސަތުތައް ހާމަކޮށް އަދި ކޮމިށަނުގެ ނިންމުންތަކާ ގުޅޭގޮތުން މީޑިއާއަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމަށް ކޮމިށަނުގެ ފަރާތުން ކަނޑައަޅާ ފަރާތަކަށް މީޑިއާއަށް މައުލޫމާތުދީ، މައުލޫމާތު ހާމަކުރެވިދާނެއެވެ.

 

2  ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަންގެ ގަވާއިދު (ގަވާއިދު ނަންބަރު 6/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު