-

ޗުއްޓީ ނެގުމާއި ސަލާމް ބުނުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(މޯލްޑިވްސް ޕޮލިސް ސަރވިސް) (ގަވާއިދު ނަންބަރު 55/2018)

 

ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން އެކުލަވައިލައިފައިވާ، "ޗުއްޓީ
ނެގުމާއި ސަލާމް ބުނުމާބެހޭ ގަވާއިދު" އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) އާއި (ބ) އަންނަނިވިގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ކ) ގެ ފަހަތަށް އޮތް އަކުރު، އެ މާއްދާގެ (އ) ގޮތުގައި ހަމަޖައްސައި، އެ މާއްދާއަށް (ވ) އިތުރުކުރުން.

އަހަރީ ޗުއްޓީ 5.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުލުހަކަށް ލިބޭ އަހަރީ ޗުއްޓީ ނުނަގައި ހުރެއްޖެނަމަ، އެ މީހެއްގެ އަހަރީ ޗުއްޓީގެ ދުވަސްތައް 3 އަހަރުދުވަސްވަންދެން ޖަމާކުރެވޭނެއެވެ. މިގޮތުން އެމީހެއްގެ އަހަރީ ޗުއްޓީގައި ގިނަވެގެން ޖަމާކުރެވޭނީ 114 ދުވަހެވެ. އަދި އަހަރީ ޗުއްޓީގައި 114 ދުވަހަށްވުރެ އިތުރުވާ ކޮންމެ ދުވަހަކަށް، އެ މުއްޒަފެއްގެ މުސާރައިން ދުވަހަކަށް ޖެހޭ މިންވަރު ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާ ދޭންޖެހޭ ފަރާތްތަކަށް ފައިސާދިނުމަށްޓަކައި، އެ މީހެއްގެ ޗުއްޓީގެ ބާކީގައި 114 ދުވަހަށްވުރެ އިތުރުވާ ދުވަސްތައް ޖަމާވާ ތާރީހުން ފެށިގެން ގިނަވެގެން 10 ދުވަހުގެ ތެރޭގައި ވައުޗަރާއެކު، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ޑިޕާޓްމަންޓުގެ ފަރާތުން ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވަންވާނެއެވެ.

(ވ) މޯލްޑިވްސް ޕޮލިސް ސަރވިސް ގައި މަސައްކަތްކުރާ ފުލުހުންނަށް ނުވަތަ ފުލުހުންގެ އާއިލާތަކަށް  ދިމާވާ ހާއްސަ ބޮޑެތި ކަންކަމަށް ޗުއްޓީ ދިނުމަށް ޗުއްޓީ ބޭންކުގެގޮތުގައި މުވައްޒަފުންގެ އަދަދަށް ޗުއްޓީ ޖަމާވެފައި ހުންނާނެއެވެ. މި ޗުއްޓީ ބޭންކުން ޗުއްޓީ ލިބޭނީ މުވައްޒަފުގެ އާއިލާއަށް ނުވަތަ މުވައްޒަފަށް ދިމާވާ ހާއްސަ ހާލަތްތަކާ ގުޅިގެން އަހަރީ ޗުއްޓީގެ ދުވަސްތައް ހުސްވެ އަދި މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ، ބޮޑެތިކަންތައްތަކާ ގުޅިގެންދޭ ޗުއްޓީ ހުސްވުމުން، އަހަރީ ޗުއްޓީއަށްވުރެ އިތުރަށް ކޮންމެހެން ޗުއްޓީ ބޭނުންވާ ހާލަތްތަކުގައި އެކަންޏެވެ. މިގޮތުން ޗުއްޓީ ބޭންކުން ޗުއްޓީ ނެގުމާގުޅޭ އޯޑަރެއް ނުވަތަ އުސޫ ެލ ްއ މި ގަވާއިދު ފާސްކޮށް ގެޒެޓްކުރާތާ ގިނަވެގެން 30 ދުވަހުގެތެރޭގައި ފާސްކޮށް އަމަލުކުރަން  ފަށަންވާނެއެވެ.

 

2 ވަނަ މާއްދާ -  މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޗުއްޓީ ނެގުމާއި ސަލާމް ބުނުމާބެހޭ ގަވާއިދު (2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު