-

މުސާރައާބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ތަންޒުކުރުމާބެހޭ ގަވާއިދު 2016 (ގަވާއިދު ނަންބަރު 98/2016) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 60/2018)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 ޖޫން 2018 ގައި)

 

1 ވަނަ މާއްދާ - ގަވާއިދުގެ 7 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިޞްލާހުކުރުން.

(ބ)  މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޖޫރިމަނާ ފައިސާގެ އެއްވެސް އަދަދެއ،ް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނަގާނ،ީ 1 ޖަނަވަރީ 2019 އިން ފެށިގެންނެވެ. 

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނ،ީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މުސާރައާބެހޭ ކަންކަން ވަޒީފާދޭ ފަރާތުގެ މައްޗަށް ތަންފީޒު ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 98/2016)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު