ޓޫރިސްޓް ރިޒޯޓް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-07)
އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2016-02)
1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ޅ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައްކަންޖެހޭ ފީ ގެ 8 އިންސްޓޯލްމަންޓުގެ ތެރެއިން، ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާއިރު ދައްކާފައިނުވާ އިންސްޓޯލްމަންޓުތަކުގެ ފީ، 05 ފެބުރުވަރީ 2016 ގެ ކުރިން ދައްކައި ހަލާސްކޮށްފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން އަރާފައިވާ ޖޫރިމަނާ ދައްކަން ނުޖެހޭނެއެވެ. އަދި ޖޫރިމަނާގެ ފައިސާ ދައްކާފައިވާ ފަރާތްތަކުން ދެން ދައްކަންޖެހޭ އިންސްޓޯލްމަންޓެއްގެ ތެރެއިން އެ ފައިސޤ އެ ފަރާތްތަކަށް އުނިކޮށްދެވޭނެއެވެ.
2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދަށް ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.
3 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު