-

ނޫސްމަޖައްލާއާއި އަދި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު (2018-03)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 ޖަނަވަރީ 2018 ގައި)

 

(ހ) މިއީ ގާނޫނު ނަންބަރު 1978-47 "ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު" ގެ 1 ވަނަ މާއްދާގެ ތައާރަފު ދަށުން އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދުގެ މަގްސަދަކީ، ގާނޫނު ނަންބަރު 1978-47 "ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު"ގެ ދަށުން ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީކޮށް ށާއިއު ކުރުމުގައި އަމަލުކުރަންވީ ހަމަތައް ބަޔާންކުރުމެވެ.

 

2 ވަނަ މާއްދާ - ނަން

މި ގަވާއިދަށް ކިޔަނީ "ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީކުރުމުގެ ގަވާއިދު" އެވެ.

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ގަވާއިދަށް އަމަލުކުރުން ތާރީހުން ފެށިގެންނެވެ. 

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ކުރިން އަމަލު ކުރަމުން ދިޔަ، "ނޫސް މަޖައްލާ ފަދަ ތަކެތި ށާއިއުކުރުމާބެހޭ ގަވާއިދު" ބާތިލުވީއެވެ. 

 

4 ވަނަ މާއްދާ - ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުން  

(ހ) ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި، އެއްވެސް ވަސީލަތެއް މެދުވެރިކޮށް (އަތުން ލިޔެގެން، ޗާޕް ކޮށްގެން، ފޮޓޯކޮޕީ ހަދައިގެން، އިލެކްޓްރޯނިކްކޮށް) ށާއިއު ކުރަންވާނީ މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ. މީގެ ތެރޭގައި ތައުލީމީ މުއައްސަސާތަކުން ށާއިއުކޮށް ކިޔެވުމާ ބެހޭގޮތުން ނެރެ އެތަންތާނގައި ގެންގުޅޭ މިފަދަ ތަކެއްޗެއް ނުހިމެނެއެވެ. 

(ށ) ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ށާއިއުކުރުމަށް ކަނޑައަޅާ އިދާރާގައި އެ ނޫހެއްގެ ނަން ގާނޫނު ނަންބަރު 2011-09 (ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިބަހުން އާންމުކޮށް ފެންނަން ހުންނަންވާނެއެވެ.

(ނ) ވަކި މުނާސަބަތަކާއި ގުޅިގެން ނުވަތަ ވަކި ކަމެއް ފާހަގަކުރުމުގެ ގޮތުން ލުއިފޮތެއް ނުވަތަ އަތްމަތީފޮތެއްގެ އެންމެ އަދަދެއް ށާއިއުކޮށް ނެރޭނަމަ، މި ގަވާއިދުގެ ދަށުން އެފަދަ ތަކެތި ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެއެވެ.

(ރ) ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީކޮށްދެވޭނީ، އެކަމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ، ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީކުރުމަށް އެދޭ ފޯމު؛
  2. މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އެ ފޯމުގައި ބަޔާންކުރާ ލިޔުންތައް

 (ބ) ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކޮށްދެވޭނީ، ކަނޑައެޅޭ ވަކި މުއްދަތު ތަކެއްގައި ސިލްސިލާކޮށް ނެރުމަށެވެ.

 

5 ވަނަ މާއްދާ - ނޫސް މަޖައްލާތަކަށް ނުވަތަ މިނޫންވެސް މިފަދަ ތަކެއްޗަށް ނަން ކިޔުން

(ހ) ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެއްޗަށް ނަން ކިޔަންވާނީ ތިރީގައިވާ ކަންތައްތަކަށް
ރިއާޔަތްކުރުމަށްފަހުއެވެ.

  1. ރަޖިސްޓަރީ ކުރަން ހުށަހަޅާ ނަމަކީ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ އެއްޗަކަށް ކިޔާ ނަމެއް ކަމުގައި ނުވުން؛
  2. ރަޖިސްޓަރީ ކުރަން ހުށަހަޅާ ނަމަކީ، ރާއްޖޭން ބޭރުގައި މިހާރު ނެރެވެމުންދާ، ނުވަތަ ކުރިން ނެރެފައިވާ ނޫސް މަޖައްލާ ނުވަތަ އެނޫންވެސް އެފަދަ އެއްޗަކަށް ކިޔާ ނަމަކަށް ނުވުން.
  3. ނޫސް މަޖައްލާއަށް ނުވަތަ އެނޫންވެސް މިފަދަ ތަކެއްޗަށް ކިޔުމަށްޓަކައި، ރަޖިސްޓަރީ ކުރަން ހުށަހަޅާ ނަމަކީ، މުޖުތަމައު ގަބޫލުކުރާ އަހުލާގީ މިންގަނޑުތަކަށް ފެތޭ ނަމަކަށްވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ެއއްޗަކަށް ކިޔާ ނަމެއް، އެ ނަން ރަޖިސްޓަރީ ކޮށްދީފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް ރަޖިސްޓަރީ ކޮށްދެވޭނީ، އެ ނޫސް މަޖައްލާއެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް އުވާލިތާ 6 (ހައެއް) މަސްދުވަސް ފަހުންނެވެ. ރަޖިސްޓަރީކޮށްފައިވާ ނޫހެއްގެ މަސްއޫލުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރާ ހާލަތުގައި މި އުސޫލުން އިސްތިސްނާވާނެއެވެ.

(ނ) ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ގޯއްޗަކަށްފަދަ ތަނަކަށް ކިޔާ ނަމެއް، ނޫސް މަޖައްލާއެއްގެ ނުވަތަ މިނޫންވެސް މިފަދަ ެއއްޗެއްގެ ނަމެއްގެ ގޮތުގައިރަޖިސްޓަރީކޮށްދެވޭނީ، އެ ކުންފުންޏެއްގެ ނުވަތަ އެ ގޯއްޗެއްގެ ވެރި ފަރާތަށެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މި ގަވާއިދުގެ މަގްސަދު ހާސިލުކުރުމަށްޓަކައި އިސްލާމީ ށައާއިރުތަކާއި ހުރުމަތްތެރިވެގެންވާ ތަންތަނަށް ކިޔާ ނަން، ނޫސް މަޖައްލާތަކަށް ނުވަތަ މިނޫންވެސް މިފަދަ ތަކެއްޗަށް ކިޔާ ނަމުގެ ގޮތުގައި ރަޖިސްޓަރީކޮށް ނުދެވޭނެއެވެ.

 

6 ވަނަ މާއްދާ - ނޫސް ަމޖައްލާ ނުވަތަ މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީކޮށްދެވޭ ބައިތައް

ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކޮށްދެވޭނީ ތިރީގައިވާ ބައިތަކުގެ ތެރެއިން ބައެއްގައެވެ. 

(ހ) ދުވަހު ނޫސް: ދުވަހު ނޫހަކީ، ހަބަރާއި، މަޒުމޫނާއި، ރިޕޯޓާއި، ހިޔާލު ފަދަ ތަފާތު ލިޔުންތަކާއި އިއުލާނާއި އިށްތިހާރު ހިމެނޭގޮތަށް ދުވާލަކު 1 (އެކެއް) ފަހަރު ޕްރިންޓް މީޑިއާ ނުވަތަ އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ށާއިއު ކުރާ ތަކެއްޗެވެ. 

(ށ) ހަފްތާ ނޫސް: ހަފްތާ ނޫހަކީ، ހަބަރާއި، މަޒުމޫނާއި، ރިޕޓާއި، ހިޔާލު ފަދަ ތަފާތު ލިޔުންތަކާއި އިއުލާނާއި، އިށްތިހާރު ހިމެނޭގޮތަށް ހަފުތާއަކު 1 (އެކެއް) ފަހަރު ޕްރިންޓް މީޑިއާ ނުވަތަ އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ށާއިއު ކުރާ ތަކެއްޗެވެ. 

(ނ) މަޖައްލާ: މަޖައްލާއަކީ ހަބަރާއި، ރިޕޯޓާއި، ތަފާތު މައުޒޫއަށް، ތަފާތު މީހުން ލިޔެފައި ހުންނަ މަޒުމޫނާއި ވާހަކަ ފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ހިމެނޭ ގޮތަށް މައުލޫމާތު ދިނުމަށާއި، މުނިފޫހިފިލުވުމަށްޓަކައި ދުވާލަކު 1 (އެކެއް) ފަހަރު ނޫންގޮތަށް ޕްރިންޓް މީޑިއާ ނުވަތަ އިލެކްޓޯނިކް މީޑިއާ މެދުވެރިކޮށް ށާއިއު ކުރާ ތަކެއްޗެވެ. މަޖައްލާގެ ތެރޭގައި ހަފުތާ މަޖައްލާ، މަހު މަޖައްލާ އަދި އަހަރީ މަޖައްލާ ހިމެނެއެވެ.

(ރ) ޖާނަލް: ޖާނަލްއަކީ ވަކި ކަމަކާ ގުޅޭ އިލްމީ މައުލޫމާތު އާންމު ކުރުމުގެ ގޮތުން އިލްމުވެރިންގެ ލިޔުންތައް ހިމެނޭގޮތަށް ޗާޕުކުރާ ތަކެއްޗެވެ. މިފަދަ ތަކެތީގައި ށާއިއުކުރާ ލިޔުންތަކަކީ ކަމާގުޅޭ ދާއިރާތަކުން ކުރިން ޗެކުކޮށް ފާސްކުރެވިފައިވާ ލިޔުންތައް ކަމުގައި ވާންޖެހޭނެއެވެ.

(ބ) ކޮމިކް: ކޮމިކް މަޖައްލާއަކީ މުނިފޫހިފިލުވުމުގެ މަގްސަދުގައި ކުރެހުން ނުވަތަ ފޮޓޯއިން ވާހަކަ ނުވަތަ ޖޯކް ހުށަހަޅައިދިނުމަށް ޕްރިންޓް މީޑިއާ ނުވަތަ އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ށާއިއުކުރާ ތަކެއްޗެވެ. 

(ޅ) ބްލޮގް: ބްލޮގްއަކީ ހަބަރާއި މައުލޫމާތާއި ހިޔާލު ހާމަކޮށް، ފެތުރުމަށްޓަކައި އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ހިންގާ ބްލޮގްތަކެވެ. 

(ކ) އޮންލައިން ނޫސް މަޖައްލާ ނުވަތަ މި ނޫންވެސް މިފަދަ ތަކެތި: މިއީ އިންޓަރނެޓް މެދުވެރިކޮށް ށާއިއުކުރާ އޮންލައިން ނޫސް މަޖައްލާ ނުވަތަ މި ނޫންވެސް މިފަދަ ތަކެއްޗެވެ.

 

7 ވަނަ މާއްދާ - މަސްއޫލުވެރިާޔާ

(ހ) ނޫސް މަޖައްލާއެއްގެ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ މަސްއޫލުވެރިޔަކު ކަމުގައި ރަޖިސްޓަރީ ކޮށްދެވޭނީ ވަކި މީހެއް ނުވަތަ ވަކި ގާނޫނީ ށަހްސެކެވެ. 

 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ނޫސް މަޖައްލާއެއްގެ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ މަސްއޫލުވެރިއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަނީ ގާނޫނީ ވަކި ށަހްސެއްނަމަ، އެފަދަ ހާލަތުގައި އެ ގާނޫނީ ށަހްސުގެ ފަރާތުން މަސްއޫލުވާނެ ތަބީއީ ފަރާތެއް ކަނޑައަޅަންޖެހޭނެއެވެ.

(ނ) ނޫސް މަޖައްލާއެއްގެ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ މަސްއޫލުވެރިޔެއްގެ ގޮތުގައި ގާނޫނީ ށަހްސެއް ރަޖިސްޓަރީކޮށްދެވޭނީ އެތަނެއްގެ މަސައްކަތްތަކުގެ ތެރޭގައި ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ ތަކެތި ށާއިއުކުރުން ހިމެނިފައިވާނަމައެވެ. 

 

8 ވަނަ މާއްދާ - މަސްއޫލުވެރިޔާގެ ށަރުތުތައް

މަސްއޫލުވެރިޔެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވާ މީހުންނެވެ.

(ހ) އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން؛

(ށ) ދިވެހިރައްޔިތެއްކަމުގައިވުން؛

(ނ) ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލުހިންގުމުގެ ކުށް ސާބިތުވެފައި ނުވުން؛

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި، އެ ނޫން ކުށެއް ކުރިކަން ށަރީއަތަށް ސާބިތުވެ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 5 (ފަހެއް) އަހަރުދުވަސް ވެފައިވުން؛

(ބ) ބުއްދި ސަލާމަތުން ހުރި މީހެއް ކަމަށްވުން.

 

9 ވަނަ މާއްދާ - އެޑިޓަރު 

ނޫސް މަޖައްލާއެއް ނުވަތަ މިނޫންވެސް މިފަދަ އެއްޗެއް ށާއިއުކުރާނަމަ، ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއެއްގެ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ ކޮންޓެންޓް މޮނިޓަރ ކުރުމަށްޓަކައި މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ އެޑިޓަރެއް ހުންނަންޖެހޭނެއެވެ.

 

10 ވަނަ މާއްދާ - ނޫސް ނުވަތަ މަޖައްާލގެ އެޑިޓަރުގެ ށަރުތުތައް

ނޫސް ނުވަތަ މަޖައްލާއެއްގެ އެޑިޓަރު ކަމުގައި ރަޖިސްޓަރީ ކުރެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވެފައިވާ މީހެކެވެ.

(ހ) އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން؛ 

(ށ) ދިވެހިރައްޔިތެއް ކަމުގައިވުން؛

(ނ) ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ށާއިއުކުރާ ނޫހެއްގައި 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛

(ރ) ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ކުޑަކުދިންނާބެހުމުގެ އެއްވެސް ކުށެއް ސާބިތުވެފައި ނުވުން.

(ބ) ގާނޫނު ނަންބަރު 2016-15 (އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު) ގައި ބަޔާންކުރާ ކުށެއް ސާބިތުވެފައި ނުވުން.

(ޅ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށެއް ސާބިތުވެ ކުށުގެ ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު ނުވަތަ އެ ކުށުގެ އަދަބު މާފުކޮށްދެވުނުތާ 5 (ފަހެއް) އަހަރުދުވަސް ފާއިތުވެފައިވުން.

 

11 ވަނަ މާއްދާ - ޖާނަލްގެ އެޑިޓަރުގެ ށަރުތުތައް

ޖާނަލްއެއްގެ އެޑިޓަރު ކަމުގައި ރަޖިސްޓަރީ ކުރެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވެފައިވާ މީހެކެވެ. 

(ހ) އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން؛

(ށ) ދިވެހިރައްޔިތެއް ކަމުގައިވުން؛

(ނ) ޖާނަލް ނެރެވޭ ދާއިރާއަކުން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއެއްގައި 5 (ފަހެއް) އަހަރުދުވަހު  މަސައްކަތްކޮށްފައިވުން؛

(ރ) ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ކުޑަކުދިންނާބެހުމުގެ އެއްވެސް  ކުށެއް ސާބިތުވެފައި ނުވުން.

(ބ) ގާނޫނު ނަންބަރު 2016-15 (އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު) ގައި ބަޔާންކުރާ ކުށެއް ސާބިތުވެފައި ނުވުން.

(ޅ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ކުށެއް ސާބިތުވެ ކުށުގެ ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު ނުވަތަ އެ ކުށުގެ އަދަބު މާފުކޮށްދެވުނުތާ 5 (ފަހެއް) އަހަރުދުވަސް ފާއިތުވެފައިވުން.

 

12 ވަނަ މާއްދާ - ކޮމިކްގެ އެޑިޓަރުގެ ށަރުތުތައް

ކޮމިކްގެ އެޑިޓަރު ކަމުގައި ރަޖިސްޓަރީ ކުރެވޭނީ ތިރީގައިވާ ށަރުތުތައް ފުރިހަމަވެފައިވާ މީހެކެވެ.

(ހ) އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވުން؛

(ށ) ދިވެހިރައްޔިތެއް ކަމުގައިވުން؛

(ނ) ގްރެފިކްސް ނުވަތަ ޕްރޮޑިއުސިންގގެ ދާއިރާއެއްގައި 5 (ފަހެއް) އަހަރުދުވަހު  މަސައްކަތްކޮށްފައިވުން؛

(ރ) ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ  ކުޑަކުދިންނާބެހުމުގެ އެއްވެސް ކުށެއް ސާބިތުވެފައި ނުވުން.

(ބ) ގާނޫނު ނަންބަރު 2016-15 (އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ  މިނިވަންކަމުގެ ގާނޫނު) ގައި ބަޔާންކުރާ ކުށެއް ސާބިތުވެފައި ނުވުން.

(ޅ) ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން ކުށެއް ސާބިތުވެ ކުށުގެ ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު ނުވަތަ އެ ކުށުގެ އަދަބު މާފުކޮށްދެވުނުތާ 5 (ފަހެއް) އަހަރު ދުވަސް ފާއިތުވެފައިވުން.

 

13 ވަނަ މާއްދާ - އެޑިޓަރު މަގާމުން ވަކިވުން

(ހ) ނޫސް މަޖައްލާއެއް ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ އެޑިޓަރު ށަރުއީގޮތުން ބަންދުކުރުން ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ނުވަތަ އެޑިޓަރުގެ މަސްއޫލިއްޔަތު ނުއުފުލޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ނުވަތަ އެޑިޓަރުގެ މަގާމުން ވަކިކުރުން ނުވަތަ އެ މަގާމުން އިސްތިއުފާދިނުން ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެފަދަ ހާލަތެއް މެދުވެރިވާ ތާރީހުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ މަސްއޫލުވެރިޔާ އެކަން ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް، މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ ނޫސް މަޖައްލާއެއްގެ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ އެޑިޓަރު ވަޒީފާއިން ވަކިކޮށްފިނަމަ ނުވަތަ އިސްތިޢުފާދީފިނަމަ، 3 (ތިނެއް) ދުވަހުގެ ތެރޭގައި އެޑިޓަރު އެކަން ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް އަންގަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެޑިޓަރުގެ މަސްއޫލިއްޔަތުތައް އުފުލާނޭ މީހަކު ހަމަޖައްސައި، އެ މަސްއޫލިއްޔަތާ ހަވާލުވި ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއަކާއި، މި ގަވާއިދުގައި އެޑިޓަރުގެ ކިބައިގައި ހުރުން ލާޒިމުކުރާ ށަރުތުތައް ފުރިހަމަވާކަމުގެ ލިޔުންތަކާއެކު، އެ ކަމެއް ހިނގާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް މަސްއޫލުވެރިޔާ އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އެޑިޓަރު ކަމަށް ހަމަޖައްސާ މީހަކު ވާންވާނީ މި ގަވާއިދުގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ މީހަކަށެވެ.

 

14 ވަނަ މާއްދާ - ނޫސް މަޖައްލާއާއި މިނޫންވެސް  މިފަދަ ަތކެތި ށާއިއުކުރުން

ޕްރިންޓް މީޑިއާގެ ޒަރީއާއިން ށާއިއުކުރާ ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ ތަކެތި ށާއިއުކުރުމުން، އެފަދަ އެއްޗެއްގެ ކޮޕީ މިނިސްޓްރީއަށް ބޭނުންވެއްޖެ ހިނދެއްގައި، މިނިސްޓްރީން އަންގާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އެ އެއްޗެއްގެ ކޮޕީ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

15 ވަނަ މާއްދާ - ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ ތަކެތީގައި ށާއިއު ނުކުރެވޭނެ ލިޔުންތަ 

(ހ) އިސްލާމްދީނާ ހިލާފު ހަބަރެއް، ފޮޓޯއެއް، ކުރެހުމެއް، ނުވަތަ ލިޔުމެއް ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގައި ށާއިއު ކޮށްގެން ނުވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އުސޫލަކާ ހިލާފު ހަބަރެއް، ފޮޓޯއެއް، ކުރެހުމެއް، ނުވަތަ ލިޔުމެއް، ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގައި ށާއިއު ކޮށްގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އާ ހިލާފުވެއްޖެނަމަ، އެ ށާއިއުކުރި ހަބަރެއް، ފޮޓޯއެއް ކުރެހުމެއް ނުވަތަ ލިޔުމެއް ށާއިއުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބެއް އެ ފަރާތަކަށް ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

(ރ) ރާއްޖެއާ ސިޔާސީގޮތުން ގުޅިފައިވާ އެއްވެސް ގައުމަކާ ރާއްޖެއާ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމަށް ބުރޫއަރާފަދަ ދޮގު ހަބަރެއް ނުވަތަ ދޮގު މައުލޫމާތެއް، ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ ތަކެތީގައި ށާއިއުކޮށްގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ - ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގައި ށާއިއުކުރާ ލިޔުމާއި އެހެނިހެން ތަކެތި

(ހ) ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ ތަކެތީގައި، ބޭރުގެ އެއްވެސް ފަރާތަކުން ރާއްޖޭގައި އާންމުކުރާ ބަޔާނެއް، ނުވަތަ ލިޔުމެއް ށާއިއު ކުރަންވާނީ، އެއީ މިވެނި ފަރާތަކުން ފޮނުވި ބަޔާނެއްކަން ނުވަތަ ލިޔުމެއްކަން ސާފުކޮށް އެނގޭގޮތަށެވެ. ލިޔުނު ފަރާތް ނޭނގޭގޮތަށް ލިޔެފައިވާ ލިޔުން ބެލެވޭނީ އެއީ އެ ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ ފަރާތުން ލިޔެފައިވާ ލިޔުން ކަމަށެވެ.

(ށ) ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގައި ށާއިއުކުރާ އެކިއެކި ލިޔުންތަކުގައި ﷲ ގެ އިސްމުފުޅުތަކާއި، ކީރިތި ގުރުއާނުގެ އާޔަތްތަކާއި، ނުވަތަ ކީރިތި ރަސޫލާގެ ހަދީސްތައް ނުވަތަ އާޔަތެއްގެ ބައެއް ނުވަތަ ހަދީސެއްގެ ބައެއްވިޔަސް، ލިޔާނަމަ ލިޔެފައި އޮންނަންޖެހޭނީ އަރަބި އަކުރުން ސާފުކޮށް ކިޔަން އެނގޭގޮތަށް ފިލިޖަހާފައެވެ.

 

17 ވަނަ މާއްދާ - ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ ތަކެތި އުވާލުން

(ހ) ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއެއް ނުވަތަ މިނޫންވެސް މިފަދަ އެއްޗެއް، އެއްވެސް މަގުބޫލު އުޒުރެއްނެތި، ގަވާއިދުން ޖެހިޖެހިގެން 3 (ތިނެއް) ފަހަރު ނުނެރެވިއްޖެނަމަ އެ ނޫސް މަޖައްލާއެއް ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ ރަޖިސްޓަރީ ބާތިލުކުރެވޭނެއެވެ. 

(ށ) ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއެއް ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ މަސްއޫލުވެރިއަކު ގާނޫނީ ގޮތުން ނުވަތަ ށަރުއީގޮތުން ބަންދުވެއްޖެނަމަ، ބަންދުވާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނޫސް މަޖައްލާ ނުވަތަ މިނޫންވެސް މިފަދަ އެއްޗެއްގެ މަސްއޫލުވެރިކަމަށް އެހެން ފަރާތެއް އައްޔަނުކޮށް، ރަޖިސްޓަރީ ކުރުމަށް މިނިސްޓްރީއަށް ހުށަނާޅައިފިނަމަ، އެ ނޫސް މަޖައްލާއެއް ނުވަތަ އެނޫންވެސް މިފަދަ އެއްޗެއް އުވާލެވޭނެއެވެ.

(ނ) ރަޖިސްޓަރީ ކޮށްފައިވާ ނޫސް މަޖައްލާއެއް ނުވަތަ މިނޫންވެސް މިފަދަ އެއްޗެއް ނެރުން ހުއްޓާލާނަމަ، އެކަން މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެއެވެ.

 

18 ވަނަ މާއްދާ - ފިޔަވަޅު  އެޅުން

މި ގަވާއިދުގެ އެއްވެސް މާއްދާއަކާއި އެއްވެސް މީހަކު ހިލާފުވެއްޖެނަމަ، ގާނޫނު ނަންބަރު 2011-04 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން، 2000 (ދެ ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން އެމީހަކު ޖޫރިމަނާކުރެވޭނެއެވެ.

 

19 ވަނަ މާއްދާ - މާނަކުރުން

ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު:

(ހ) "ނޫސް" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތައް ހިމެނޭ ގޮތަށެވެ.

  1. ދުވަހު ނޫސް: ދުވާލަކު އެއްފަހަރު ށާއިއު ކުރާ ނޫސް.
  2. ހަފުތާ ނޫސް: ހަފުތާއަކު އެއްފަހަރު ށާއިއު ކުރާ ނޫސް.
  3. އޮންލައިން ނޫސް: އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ށާއިއުކުރާ ނޫސް

 (ށ) "މަޖައްލާ" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތައް ހިމެނޭ ގޮތަށެވެ.

  1. ހަފުތާ މަޖައްލާ: ހަފުތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ށާއިއުކުރާ މަޖައްލާ.
  2. މަހު މަޖައްލާ: މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ށާއިއުކުރާ މަޖައްލާ.
  3. އަހަރީ މަޖައްލާ: އަހަރަކު ތިންފަހަރު ނުވަތަ ހަތަރުފަހަރު ނުވަތަ ހަފަހަރު ށާއިއުކުރާ މަޖައްލާ.
  4.  އޮންލައިން މަޖައްލާ: އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ށާއިއުކުރާ މަޖައްލާ.

(ނ) "މި ނޫންވެސް މި ފަދަ ތަކެތި" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމަށްޓަކައި ޕްރިންޓް މީޑިއާ މެދުވެރިކޮށް މައުލޫމާތާއި ހަބަރު ފެތުރުމަށް އާންމުކުރެވޭ ލިޔުންތަކާއި، އިލެކްޓްރޯނިކް މީޑިއާގެ މެދުވެރިކޮށް ށާއިއުކުރާ ވެބްސައިޓާއި ޕޭޖާއި ބްލޮގްތައް ހިމެނޭ ގޮތުންނެވެ.

(ރ) "މަސްއޫލުވެރިޔާ" ކަމަށް ބުނެފައި އެވަނީ، ނޫސްމަޖައްލާއެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ހިންގުމުގެ އެންމެހައި ކަންތައްތަކާ ގާނޫނީ ގޮތުން ހަވާލުވެ، ނޫސް މަޖައްލާގެ މަސްއޫލުވެރިއެއްގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވޭ ފަރާތަށެވެ. 

(ބ) "އެޑިޓަރު" ކަމަށް ބުނެފައި އެވަނީ، ނޫސް މަޖައްލާއެއް ނުވަތަ މިނޫންވެސް އެފަދަ އެއްޗެއްގައި ށާއިއުކުރެވޭ އެންމެހައި ލިޔުންތައް ށާއިއުކުރުމުގެ ޒިންމާ އުފުލުމަށް، ނޫސް މަޖައްލާގެ އެޑިޓަރުގެ ގޮތުގައި މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވޭ ފަރާތަށެވެ.

(ޅ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ނޫސް މަޖައްލާތައް ރަޖިސްޓަރީކުރުމުގެ މަސްއޫލިއްޔަތު އެ ވަގުތަކު ހަވާލުވެފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ކ) "ތައުލީމީ މުއައްސަސާ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ސްކޫލްތަކާއި، މަދަރުސާތަކާއި، ޔުނިވަރސިޓީތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭށަނުން ހުއްދަ ދީގެން ހިންގާ އެހެނިހެން ތައުލީމީ މަރުކަޒުތައް ހިމެނޭ ގޮތުންނެވެ.

(އ) "އިލެކްޓްރޯނިކް މީޑިއާ" ކަމަށް ބުނެފައި އެވަނީ، ވެބްކާސްޓާއި، ބްލޮގްތަކާއި، ވެބްސައިޓުތަކާއި، ޕޭޖުތަކާއި، އޮންލައިންކޮށް ށާއިއުކުރާ ނޫސް މަޖައްލާތަކާއި، އިންޓަރނެޓް މެދުވެރިކޮށް މައުލޫމާތު ފެތުރުން ހިމެނޭ ގޮތުންނެވެ.

 

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ނޫސްމަޖައްލާއާއި އަދި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2018-03)

 

މައި ގާނޫނު

ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު (ގާނޫނު ނަންބަރު 1978-47)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު