ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-21) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2017-53)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 ޖުލައި 2017 ގައި)
ގަވާއިދު ނަންބަރު 2016-21 (ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.
(ރ) މި މާއްދާގެ (ށ) އާއި (ނ) އެހެން އޮތް ަނމަވެސ،ް ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ އޭޖެންސީތަކުން، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ކުރުމަށް ލާޒިމުވާނ،ީ އަދި މި މާއްދާގެ (ނ) އެފަރާތްތަކުގެ މައްޗަށް ހިނގަން ފަށާނީ، 1 ޖަނަވަރީ 2018 އިން ފެށިގެންނެވެ.
2 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-21)
ކިޔުންތެރިންގެ ހިޔާލު