ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 85/2016) އަށް 2 ވަނަ އިސްލާހު ގެނެއުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1/2017)

0 occurrences found.

ގަވާއިދު ނަންބަރު 85/2016 (ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނެއުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1/2017) 

 

1 ވަނަ މާއްދާ - ބުނެވިދިޔަ 17 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) އަދި (ބ) އިތުރު ކުރުން.

17. (ރ) ސިޔާސީ ޕާރޓީއެއްގެ ޓިކެޓުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ނަމަ، ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ޕާޓީއެއްގެ ޕްރައިމެރީގައި ވާދަކޮށް، އެ ޕާޓީއެއްގެ ޓިކެޓް ލިބިފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އިންތިހާބުގައި ޓިކެޓް ހޯދުމަށް ސިޔާސީ ޕާޓީއެއްގެ ޕްރައިމެރީގައި ވާދަކޮށް، އެ ޕާޓީއެއްގެ ޓިކެޓް ލިބިފައިނުވާ ފަރާތްތައް ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 10 ވަނަ  މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ފަރާތެއް އެ އިންތިހާބުގައި ވާދަކުރުމަށް އެއްވެސް ހައިސިއްޔަތަކުން ހުށަހަޅައިފިނަމަ އެ ހުށަހެޅުން ބާތިލް ވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވައިދުގެ 17 ވަނަ މާއްދާގެ ފަހަތަށް 18 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

18. ސިޔާސީ ޕާޓީތަކުން ޕްރައިމެރީ ބޭއްވުން

(ހ) ސިޔާސީ ޕާޓީއަކުން ވާދިކުރާ ކެންޑިޑޭޓަކު ވާންޖެހޭނީ ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް، އެ ޕާޓީއެއްގެ ޓިކެޓް ލިބިފައިވާ ފަރާތަކަށެވެ.

(ށ) ސިޔާސީ ޕާޓީއަކުން ޕްރައިމަރީ ބޭއްވުމުގެ 2 (ދޭއް) ދުވަސް ކުރިން އެ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތު މި ގަވާއިދުގެ ޖަދުވަލު 13 (ތޭރަ) ގައިވާ ފޯމެޓާ އެއްގޮތައް ލިޔުމުން އިލެކްށަނަށް ފޮނުވަންވާނެއެވެ.

(ނ) ސިޔާސީ ޕާޓީއަކުން ބާއްވާ ޕްރައިމަރީއެއްގެ ނަތީޖާ، އެ ޕްރައިމެރީ ބޭއްވިތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލު 14 (ސާދަ) ގައިވާ ފޯމެޓާ އެއްގޮތަށް ލިޔުމުން އިލެކްށަން ފޮނުވަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާއަކީ، އެ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އެ މާއްދާއަށް (ށ) އިތުރުކުރުން.

(ށ) ބާތިލު ވޯޓެއްކަމަށް ކަނޑައެޅުމުގައި، ވޯޓުގުނަން ތިބޭ މީހުންގެ މެދުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާތިލު ވޯޓެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ވޯޓުލާ މަރިކަޒުގެ އިސްވެރިޔާއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ، 37 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރު އުނިކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވައިދުގެ 38 ވަނަ މާއްދާގެ (ހ) ގެ (2) އުނިކުރުން.    

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވައިދުގެ 38 ވަނަ މާއްދާގެ (ށ) އުނިކުރުން.    

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވައިދުގެ 39 ވަނަ މާއްދާގެ ފަަހަތަށް 40 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

40. ނުދޭ ވޯޓު 

ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިހާބުކުރަންޖެހޭ އަދަދަށްވުރެ މަދު ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް ބަލަންވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގައެވެ. މިފަދައިން އޮންނަ ވޯޓު ކަރުދާހުގައި  އިންތިހާބުކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށްވުރެ މަދުން ރަނގަޅު ފާހަގަ ޖަހާފައިވާނަމަ، އެ ރަނގަޅު ފާހަގަ ގުނާނީ ސައްހަ ވޯޓުގެ ގޮތުގައެވެ. މިގޮތުން އެ ކަރުދާހުގައި މަދުވާ ފާހަގަ ގުނާނީ ނުދޭ ވޯޓުގެ ގޮތުގައެވެ.

  

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވައިދުގެ 45 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯގައި ހިމެނޭ 7 (ހަތެއް) މެންބަރުންގެ ތެރެއިން މަދުވެގެން 4 (ހަތަރެއް) މެންބަރުންނަކީ ށަރުޢީ/ގާނޫނީ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހުން ހިމަނައިގެން ބިއުރޯ އެކުލަވައިލުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވައިދުގެ ޖަދުވަލު، 3، 5، 6، 8 އަދި 10 އަންނަނިވި ގޮތަށް އިސްލާހުކުރުން. އަދި ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 12 ގެ ފަހަތަށް ޖަދުވަލު 13 އަދި ޖަދުވަލު 14 އިތުރުކުރަން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވައިދަށް، މި ގަވައިދުން އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވައިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަރަކަށް ހަވާލާދީފައިވާ ތަންތަން، މިގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން މަދަލުކުރުން.

 

12 ވަނަ މާއްދާ - މި އިސްލާހަށް ޢަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 85/2016)

 

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com