-

ގަވާއިދު ނަންބަރު 22/2011  (ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދު) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 14/2016) 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

 26. (ހ) ޖޫރިމަނާގެ ފައިސާދެއްކުން

މި ގަވާއިދުގެ ދަށުން އެއްވެސް ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ފައިސާއެއް ދައްކަންޖެހޭނަމަ، އެ ފައިސާ ދައްކާނީ، މޯލްޑިވްސް އިންލްންޑް ރެވެނިއު އޮތޯރިޓީއަށެވެ.

 

(ށ) ޖޫރިމަނާގެ ފައިސާ ނުދެއްކުމުން ފިޔަވަޅުއެޅުން

މި ގަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ، ދައްކަންޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ، އެ ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 50 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސިން ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 22/2011)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު