-

ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 42/2011)

 

1 ވަނަ މާއްދާގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު ) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ "ފުލުހުންނަށް ލލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދު" ގެ 44 ވަނަ މާއްދާގެ (ހ) އަދި (ށ) ތިރީގައި މިވާގޮތަށް އިސްލާހުކޮށް އަދި އެމާއްދާއަށް އަކުރެއްގެ ގޮތުގައި (އ) ތިރީގައި މިވާގޮތަށް އިތުރުކޮށްފީމެވެ.

44. ޑީ.އެން.އޭ އަދި އެހެނިހެން ޓެސްޓްތައް ހެދުމަށްޓަކައި ހަށިގަނޑުން ސާމްޕަލް ނެގުން 

(ހ) ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ނުވަތަ ބަންދުކުރެވޭ މީހުންގެ ޑީ.އެން.އޭ އަދި އެހެނިހެން ޓެސްޓްތައް ހެދުމަށްޓަކައި ހށިގަނޑުގެ އެތެރެއިންނާއި އެންމެ އިސް ފުލުހެއްގެ ހުއްދަ ލިބިގެން ސާމްޕަލް ނެގުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެން ވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެ ވަގުތަކު އެ ސްޓޭށަނެއްގެ ޑިއުޓީގައިހުރި އެންމެ އިސްފުލުހަކު، ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން ސާމްޕަލް ނެގުމަށް ދީފައިވާ ހުއްދަ ލިޔުމުން ރިކޯޑުކުރަން ވާނެއެވެ.

(އ) ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކުރިކަމަށް ބަލާނީ، ތިރީގައި މިވާ ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވުމުންނެވެ.

  1. ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ނުދޭނެކަމަށް ކަނޑައެޅިގެން ބުނުން؛
  2. ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން 24 ގަޑިއިރު ތެރޭގައި، ކުޑަކަމުދާ ތަކެތި ނުދިނުން؛
  3. ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާ ތަކެތި ނުދީ ހުރެ އަމިއްލަ ހަށިގަނޑަށް ކުޑަކަމުދިއުން؛
  4. ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާތަކެތި ނުދީ ހުރެ ކުޑަކަމު ދިއުން؛
  5. ކުޑަކިމުދާ ތަކެތި ދިނުމަށް އެންގުމުން ކުޑަކަމުދާ ތަކެތި ދިނުމުގެ ތެރޭގައި ގަޑުބަޑުކުރުން ނުވަތަ ގަޑުބަޑުކުރުމަށް މަސައްކަތްކުރުން؛
  6. ކުޑަކަމުދާ ތަކެތި އެންގުމުން ކުޑަކަމުދާ ތަކެތި ދިނުމުގެ ތެރޭގައި ކުޑަކަމުދާ ތަކެތި ނައްތާލުން ނުވަތަ ނައްތާލަން މަސައްކަތްކުރުން.

 

2 ވަނަ މާއްދާ - ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދަށް މި ގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާޙު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދު (2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު