ދޫނި އެތެރެކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 4/2012)
1 ވަނަ މާއްދާ - ތައާރަފާއި ނަން
(ހ) މިގަވާއިދަކީ ދިވެހިރާއްޖޭގައި ތަފާތު ވައްތަރުގެ ދޫނީގެ ވިޔަފާރި ކުރުމަށް ނުވަތަ ދިވެހިރާއްޖޭގައި ދޫނި އާލާކުރުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖެ އިން ބޭރުންދޫނި އިމްޕޯޓްކުރުމަށް ނިޒާމެއް ގާއިމް ކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަކީ ގާނޫނު ނަންބަރު (6/2008 (އާންމު ގަވާއިދު ތަކާއި ބެހޭ ގާނޫނު) ގެ 2 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ގަވާއިދެކެވެ.
(ނ) މިގަވާއިދަށް އަމަލުކުރަން ފެށުމުން ރާއްޖެއަށް އެއްވެސް ބާވަތެއްގެ ދޫންޏެއްގެ ބިހެއް އެތެރެކުރެވޭނީ ހަމައެކަނި ކެއުމަށާއި ރިސާރޗް ހެދުމުގެ ބޭނުމަށެވެ.
(ރ) މިގަވާއިދަށް ކިޔާނީ "ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު" މިހެންނެވެ. މި ގަވާއިދަށް އަމަލު ކުރަން ފެށުމުން ރާއްޖެއަށް ޕެޓް (އޮޅުކޮށްގެން ގެންގުޅޭ) ގެ ގޮތުގައި ދޫނިގެންގުޅެވޭނީ ހަމައެކަނި މިގަވާއިދު ހުއްދަކުރާގޮތުގެ މަތިންނެވެ. މިގަވާއިދުގައި ކަރަންޓީން ކުރުމަށް ހިފަހައްޓާ/ބަހައްޓާ ދޫންޏެއް ނުހިމެނޭނެއެވެ.
2 ވަނަ މާއްދާ - ދޫނި އެތެރެކުރާ ފަރާތްތަކަށް ލައިސަންސް އަދި އިމްޕޯޓް ޕާމިޓް ދޫކުރުން
(ހ) ދިވެހިރާއްޖޭ ގައި ދޫނި އާލާ ކުރުމަށްޓަކައި ދޫނި އެތެރެކުރެވޭނީ މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އިން ދޫކުރާ ލައިސަންސް އޮންނަ ފަރާތަކަށެވެ. ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފޯރމް ޖަދުވަލު 1 (އެކެއް) ގައި އެވަނީއެވެ. ލައިސަންސްދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާ ފަރާތްތަކަށް ގިނަވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ;
- ހަމައެކަނި ދިވެހިރާއްޖެއަށް ދޫނިއިމްޕޯޓްކުރުމުގެ ހުއްދަކުރާ ދޫނީގެ ބާވަތްތައް އެތެރެކުރުމަށެވެ. މިބާވަތްތަކުގެ ލިސްޓް މިގަވާއިދުގެ ޖަދުވަލު 2 (ދޭއް) ގައި އެވަނީއެވެ.
- އިންސާނުން ދިރިނޫޅޭ އިމާރާތެއްގައި ކޮށިއަޅައިގެން ދޫނިގެންގުޅުމަށް ދޫނިކޮށި ތައްޔާރުކޮށް ފައިވާ ފަރާތްތަކަށެވެ.
(ށ) ލައިސަންސް ދޫކުރެވޭ ފަރާތްތަކުން "ރާއްޖޭގައި ދޫނިގެންގުޅުމުގެ އުސޫލް" އަށް އަމަލުކުރަންޖެހޭނެއެވެ. މި އުސޫލް މިގަވާއިދު ގެ ޖަދްވަލް 3 (ތިނެއް) ގައި އެވަނީއެވެ.
(ނ) މިލައިސަންސް ގެ ދަށުން އެތެރެކުރެވޭ ކޮންމެ ދޫނީގެ ށިޕްމަންޓް އަކާއި އެކު މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އިން ދޫކޮށްފައިވާ އިމްޕޯރޓް ޕާރމިޓްއެއް އޮންނަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އިމްޕޯރޓް ޕާރމިޓް ފޯރމް މި ގަވާއިދު ގެ ޖަދްވަލް 4 (ހަތަރެއް) ގައި އެވަނީއެވެ.
(ރ) ކޮންމެ ލައިސަންސް އަކަށް ދޫކުރެވޭނީ މިގަވާއިދުގެ ޖަދުވަލު 2 ގައި ރާއްޖެއެތެރެކުރުން ހުއްދަކުރާ ދޫނީގެ ބާވަތްތަކުން ކޮންމެ ބާވަތަކުން 50 ދޫންޏެވެ.
3 ވަނަ މާއްދާ - ސްޓޭޓް ވެޓްރިނަރީ ސެޓްފިކެޓެއް ނެތި ދޫނި އެތެރެ ނުކުރުން
(ހ) ހުއްދަ ލިބިގެން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރާއިރު، އެދޫނި ގެންނަ ގައުމެއްގެ ސަރުކާރުން ހުއްދަކުރާ އިދާރާއަކުން ދޫކޮށްފައިވާ، ތިރީގައި އެވާ މައުލޫމާތުތައް އެކުލެވޭ ސްޓޭޓް ވެޓެރިނަރީ ސެޓްފިކެޓެއް ގެނެސް ޕްލާންޓް އެންޑް އެނިމަލް ކަރަންޓީނު ޔުނިޓަށް ހުށަހަޅަންވާނެއެވެ.
- އިމްޕޯޓް ކުރާ ފަރާތުގެ ލައިސަންސް ނަމްބަރ، ނަން އަދި އެޑްރެސް
- އެތެރެކުރަން އެދޭ ދޫނީގެ އަދަދު
- ދޫނީގެ ، އާންމުނަން، ސައިންޓިފިކް ނަމާއި ނަސްލު
- މި ގަވާއިދުގެ ޖަދުވަލު 5(ފަހެއް) ގައިވާ މައުލޫމާތު
- އެތެރެކުރާ ދޫންޏާއި ގުޅޭގޮތުން މިގަވާއިދުގެ އެހެން މާއްދާތަކުގެ ދަށުން ފުރިހަމަކުރަންޖެހޭކަންކަން އަންގައިދޭ ސެޓްފިކެޓްއެއް ހުށަހަޅަންޖެހޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ސްޓޭޓް ވެޓްރިނަރީ ސެޓްފިކެޓެއް ހުށަނާޅާ ދިވެހިރާއްޖެއަށް އެއްވެސް ދޫންޏެއް އެތެރެކުރުމަކީ މަނާކަމެކެވެ.
4 ވަނަ މާއްދާ - އެތެރެކުރާ ދޫނީގައި ހުންނަންޖެހޭ ސިއްހީ މިންގަނޑު
(ހ) ދިވެހިރާއްޖެއަށް އެތެރެކުރާ ދޫ ނިވާންވާނީ ދޫންޏަށްއާންމުކޮށް ޖެހޭ ބަލިތަކުން ސަލާމަތްވެފައިވާ ސަރަޙައްދަކުން ނުވަތަ ގައުމަކުން އެތެރެކުރާ ދޫންޏަކަށެވެ. އަދި އެއެއްޗެހި ވާންވާނީ ސިއްޙަތު ރަނގަޅު ސްޓޮކަކުން އުފައްދާ އެއްވެސް އައިބު ސިފައެއް ނިށާނެއް ފެންނަން ނެތް ސިއްހަތެއްހުރި ދޫންޏަކަށެވެ.
(ށ) ރާއްޖެއަށް ދޫނި އެތެރެކުރާ ގައުމަކީ ދޫނިރޯގާ؛ (Influenza Avian Pathogenic Highly) އިން ސަލާމަތްވެފައިވާ ގައުމަކަށް ނުވަތަ ސަރަހައްދަކަށް ވާންޖެހޭނެއެވެ.
(ނ) ރާއްޖެއަށް އެތެރެކުރާ ދޫންޏަށް ތިރީގައިވާ އެއްވެސް ބައްޔެއް ޖެހިފައި ނުވާކަމަށް ވެޓެރެނަރީ ސެޓްފިކެޓް ގައި ބަޔާންކުރެވިފައިވާންޖެހޭނެއެވެ.
- އޭވިއަން އިންފްލުއެންޒާ
- މަރެކްސް ޑިސީސް
- ނިއުކާސްލް ޑިސީސް
(ރ) ރާއްޖެއަށް އެތެރެކުރެވޭ އެއްވެސް ދޫންޏަކީ ވައިލްޑް(ވިއްސައިގެން ނޫންގޮތަކަށް އުފެދިފައިވާ) ދޫންޏެއް ކަމުގައިވެގެންނުވާނެއެވެ. ރާއްޖެ އެތެރެކުރާ ދޫނި ވާންވާނީ އެގެންގުޅޭ ގައުމެއްގެ ވެޓްރިނަރީ އިންސްޓިޓިއުޓް ގަބޫލުކުރާ، ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމްއިއްޔާ (އޯ.އައި.އީ) ގެ އިންޓަރނޭށަނަލް އެނިމަލް ހެލްތް ކޯޑްގައިވާ ގޮތުގެ މަތިން ބަލަހައްޓަމުންދާ ތަނެއްގައި އާލާކުރެވިފައިވާ ދޫންޏަކަށެވެ.
(ބ) އާންމު ސިއްޙަތު ރައްކާތެރިކުރުމާބެހޭ އިދާރާއިން، ވަކި ގައުމަކުން، ދޫނި ފަދަ ތަކެތި އެތެރެކުރުމަކީ އާންމު ސިއްޙަތައް ނުރައްކާތެރިކަމެއް ކަމުގައި ކަނޑައަޅާއިފިނަމަ، އެ ގައުމަކުން ދޫނި އެތެރެ ކުރުމަކީ މަނާކަމެކެވެ.
5 ވަނަ މާއްދާ - ރާއްޖެއަށް އެތެރެކުރެވޭ ދޫނި ޕެކް ކުރެވިފައި ހުންނަންޖެހޭ މިންގަނޑު
ރާއްޖެއެތެރެކުރާ ދޫނި ހުންނަންޖެހޭނީ އައު ފޮށީގައި ބަންދުކުރެވިފައެވެ. އަދި މިތަކެތި ވާންޖެހޭނީ އެހެން ދިރޭތަކެއްޗަކާއި އެކުނުވާގޮތަށް ބަންދުކުރެވިފައިވާ ތަކެއްޗަށެވެ. ބަންދުކުރެވިފައިވާ ފޮށީގައި އެއްވެސް ނަޖިހެއް، ނުވަތަ ހަޑިމުޑުދާރު ކަމެއް ހުރެގެން ނުވާނެއެވެ.
6 ވަނަ މާއްދާ - ރާއްޖެއަށް އެތެރެކުރާ ދޫނި އިންސްޕެކްޓް ކުރުން
ދޫނި ރާއްޖެއަށް އެތެރެކުރުމުގެ 1 (އެކެއް) ދުވަހުގެ ކުރިން (ބަންދު ދުވަސްތައް ނުހިމަނާ) ދޫނި ރާއްޖެ ގެންނަކަން ދޫނި އެތެރެކުރާ ފަރާތުން މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ ގެ ކަރަންޓީން ޔުނިޓަށް އަންގަންޖެހޭނެއެވެ. އަދި ކަރަންޓީން ސާރވިސަސް އިން އިމްޕޯރޓް ޕާރމިޓް އަދި ވެޓެރިނަރީ ސަރޓިފިކެޓް އާއި ދޫނިތަކުގެ ހާލަތު ބަލާޗެކްކުރެވޭނެއެވެ. އެއްވެސް ދޫންޏަކުން ބައްޔެއްގެ ނިށާނެއް ފެނިއްޖެނަމަ ނުވަތަ އެދޫނި އެތެރެކުރެވިފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމާބެހޭ އިދާރާއިން މަނާކޮށްފައިވާ ގައުމަކުންނަމަ، ނުވަތަ އެ ދޫނިތައް އެތެރެކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއްނޫންކަމަށް ށައްކު ކުރެވޭނަމަ، ކަރަންޓީނު ކުރެވޭނެއެވެ.
7 ވަނަ މާއްދާ - ރާއްޖެއަށް އެތެރެކުރެވޭނެ ދޫނީގެ ވައްތަރުތައް ރިވައިސް ކުރުން
(ހ) މިގަވާއިދުގެ ޖަދުވަލު 2 ގައި ވާ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަދެވޭ ދޫނީގެ ވައްތަރުތައް ރިވައިސްކޮށް ލިސްޓަށް ބަދަލެއްގެނެވޭނީ ކަމާ ބެހޭ މިނިސްޓްރީ ތަކުގެ މަށްވަރާއާއި އެކީގައި ހަމައެކަނި މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އަށެވެ. ލިސްޓަށްބަދަލެއް ގެނެވިއްޖެނަމައެކަން އާންމުކޮށް އިއުލާން ކުރެވޭނެއެވެ.
(ށ) މިލިސްޓްގައި ކަނޑައެޅިފައިވާ ބާވަތެއް ފިޔަވާ އެހެންވައްތަރެއްގެ ދޫންޏެއް، ރާއްޖެއެތެރެކޮށް ރާއްޖޭގައި ވިއްސައިގެން ގެންގުޅޭނަމަ އެ ދޫންޏެއް ކޮންފިސްކޭޓް ކޮށް ނައްތާލުމުގެ ބާރު މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އަށް ލިބިގެންވެއެވެ.
(ނ) މިލިސްޓުގައިވާ ދޫނިތަކުގެ ތެރެއިން ބާވަތެއްގެ ދޫންޏަކުންވެސް، އާންމު ސިއްހަތައް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އާންމު ސިއްހަތާބެހޭ އިދާރާއިން ލަފާދީފިނަމަ، އެދޫންޏެއް ކޮން ފިސްކޭޓް ކުރުމުގެ ބާރު މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އަށް ލިބިގެންވެއެވެ.
8 ވަނަ މާއްދާ- ރާއްޖެއަށް އެތެރެކުރެވޭ ދޫނި ކަރަންޓީން ކުރުން
(ހ) ރާއްޖެއަށް އެތެރެކުރާ ދޫނި އެއްވެސް ޓެސްޓެއް ކުރަންޖެހިއްޖެނަމަ، އެދޫންޏެއް 4 ހަފްތާވަންދެން ކަރަންޓީން ކުރުމުގެ ބާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ. ކަރަންޓީންކޮށްފައިވާ ދޫނިމަރުވެއްޖެ ނަމަ ނުވަތަ ގެއްލުމެއްލިބިއްޖެނަމަ މިކަމަށް ބަދަލެއް މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އަކުން ނުދެވޭނެއެވެ.
9 ވަނަ މާއްދާ- ގަވާއިދާ ހިލާފުވުން
(ހ) މިގަވާއިދާ ހިލާފަށް ރާއްޖެއެތެރެކުރެވޭ ދޫނި ޕްލާންޓް އެންޑް އެނިމަލް ކޮރަންޓީން ސާރވިސަސްއިން ކޮންފިސްކޭޓް ކޮށް ނައްތާލެވޭނެއެވެ.
(ށ) މި ގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް ދޫނި އެތެރެކުރާ ފަރާތްތަކާ މެދު، އެ ހިލާފުވި ކަމެއްގެ ބާވަތަށް ބަލައި، ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށް ނުވަތަ ގޮތްތަކަށް އަމަލު ކުރުމުގެ ބާރާއި އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- 10000.00 (ދިހަ ހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން.
- ރާއްޖެއަށް ދޫނި އެތެރެކުރުމުގެ ލައިސަންސް 1 އަހަރު ދުވަހުގެ މުއްދަތަކަށް ބާތިލް ކުރުން
(ނ) މި މާއްދާގެ (ހ) ގެ ދަށުން އެތެރެކުރި ގގައުމަކަށް އަނބުރާ ފޮނުވާލުމަށާއި އެތެރެކުރި ދޫނި ނައްތާލުމަށް ދާ ހުރިހާ ހަރަދެއްގެ ޒިންމާ އުފުލަންޖެހޭނީ ވެރިފަރާތް ނުވަތަ ދޫނި އެތެރެކުރި ފަރާތުންނެވެ.
10 ވަނަ މާއްދާ- އިންތިޒާމްތައް ހަމަޖެއްސުމާއި އުސޫލްތައް ހެދުމުގެ ބާރު
(ހ) މި ގަވާއިދަށް އަމަލު ކުރުމަށްޓަކައި ނުވަތަ މިގަވާއިދު ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަށާއި ހަދަންޖެހޭ އުސޫލުތައް ހަދާ ހިންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
11 ވަނަ މާއްދާ - އަމަލުކުރަން ފެށުން
(ހ) މިގަވާއިދަށް އަމަލު ކުރަން ފަށާނީ މި ގަވާއިދު އާންމުކޮށް އިއުލާން ކުރާ ތާރީހުން ފެށިގެންނެވެ.
(ށ) މިގަވާއިދަށް އަމަލުކުރަމުން ދަނިކޮށް ދުނިޔޭގައި ދޫނީގެ ސަބަބުން ފެތުރޭ ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައިގެން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބަލިއު. އެޗް.އޯ) ނުވަތަ މިނިސްޓްރީ އޮފް ހެލްތް އެންޑް ވެލްފެއަރ އިން ނެރުއްވާ ގަވާއިދަކާ ގުޅިގެން ނުވަތަ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާ ގުޅިގެން އުފެދޭ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްބަސްވުންތަކުގައި ރާއްޖެއިން ބައިވެރިވުންފަދަ ހާލަތެއްގައި ދޫނި އެތެރެކުރުން މަނާކުރަންޖެހިއްޖެ ހިދެއްގައި މިކަން ކުރުމުގެ ބާރު މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ އަށް ލިބެގެންވެއެވެ.
12 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައިވާ ބަސްބަސް މާނަ ކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
"ދޫނި" ކަމުގައި ބުނެފައިއެވަނީ އެއްގަމުގައިވިޔަސް ނުވަތަ ކަނޑުގައި ނުވަތަ ފެނުގައިވިޔަސް އުޅޭ ހުރިހާ ވައްތަރެއްގެ ނުވަތަ ހުރިހާ ބާވަތެއްގެ ދިރުންހުރި ދޫނީގެ ތެރެއިން، އިންސާނުން ކެއުމަށް ނޫންގޮތުގައި، ވިޔަފާރިއަށް ނުވަތަ އާލާކުރުމަށް، ނުވަތަ އޮޅުކުރުމަށް ގެންގުޅެވޭ ދޫނީގެ ބާވަތްތަކެވެ.
"ޕްލާންޓް އެންޑް އެނިމަލް ކޮރަންޓީން ސާރވިސަސް" ކަމުގައި ބުނެފައިއެވަނީ މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރގެ ދަށުން، ގަސްގަހާ ގެއްސާއި ދިރޭ ޖަނަވާރު ކޮރަންޓީން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ޕްލާންޓް އެންޑް އެނިމަލް ކޮރަންޓީން ޔުނިޓަށެވެ.
"މިނިސްޓްރީ" ކަމުގައި ބުނެފައިއެވަނީ މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ، މާލެ، ދިވެހިރާއްޖެ އަށެވެ.
-----------------
ޖަދުވަލު 1
(މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ދިވެހިރާއްޖޭގައި ދޫނި ގެންގުޅުމަށް ދޫނި އިމްޕޯރޓް ކުރުމަށް ލައިސަންސްއަށް އެދޭ ފޯމް" މި ގަވާއިދުގެ ޕީޑީއެފް ފައިލްގައި ވާނެއެވެ.)
-----------------
ޖަދުވަލު2
( މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަކުރާ ދޫނީގެ ބާވަތަށް" މި ގަވާއިދުގެ ޕީޑީއެފް ފައިލްގައި ވާނެއެވެ.)
-----------------
ޖަދުވަލު 3
ދިވެހިރާއްޖޭގައި ދޫނި ގެންގުޅުމުގެ އުސޫލް
ތައާރަފް
އޮޅުކޮށްގެން ދިރޭދޫނި ގެންގުޅުމަކީ އިންސާނުންނަށް ނުހަނު ހިންހަމަޖެހުމާއި އުފާ ލިއްބައިދޭކަމެކެވެ. ވުމާއިއެކު ދޫނި ގެންގުޅޭ ފަރާތްތަކުންވެސް ދޫންޏައް އޯގާތެރިކަމާއި ލޯބި ދޭންޖެހެވެ. އޮޅުކޮށްގެން (ޕެޓްދޫނި) ކަމުގައި ބެލެވެނީ އާންމުކޮށް ކުދި އޮށާއި ފޮނި (ނެކްޓަރ) ކެއުމަށް ބޭނުންކުރާ ދޫނީގެ ބާވަތްތަކެވެ. ނުވަތަ މިސޮރުމެންގެ މުޅިޙަޔާތް ނުވަތަ ހަޔާތުގެ ބޮޑުބައެއް ކޮށީގައި ގެންގުޅޭ ބާވަތްތަކެވެ. މި އުސޫލަކީ މައިދޫނީގެ ގޮތުގައިދޫނި ރާއްޖެއަށްއެތެރެކޮށް ވިއްސާ އާލާކޮށް އޭގެ ވިޔަފާރި ކުރާފަރާތްތަކުންނާއި ޕެޓް ގެގޮތުގައި ދޫނި ގެންގުޅޭފަރާތްތަކުން އަމަލު ކުރަންވީ ގޮތުގެ މައުލޫމާތު އަންގައިދޭ ލިޔުމެކެވެ. އަދި މިއުސޫލަކީ ރާއްޖޭގައި ދޫނި އާލާކުރުމަށް ދިރޭދޫނި އެތެރެކުރުމުގެ ގަވާއިދު ގެ 1 ވަނަ ނަމްބަރުގެ (ރ) ގައިބުނެވިފައިވާ އުސޫލެވެ
މި އުސޫލުން ކޮށީގައި ގެންގުޅޭ ދޫނި ރައްކާތެރިގޮތެއްގައި ބެލެހެއްޓުމަށްޓަކައި އެތަކެތި ގެންގުޅޭގޮތާއި މިންގަ ނޑުތަކަކީ ދޫނި ދުޅަހެޔޮގޮތެއްގައި ދިރި ތިބުމަށް އެކަށޭނަ ކަންތައްކަން ލާޒިމުކުރެއެވެ. ވީމާ ރާއްޖެ އެތެރެކުރުމަށް ލައިސަންދޫކުރެވޭ ފަރާތްތަކުންނާއި އާންމުކޮށް ދޫނި ގެންގުޅޭ ހުރިހާފަރާތްތަކަކުން ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަން ދޭންޖެހޭނެއެވެ. އަދި މިހާރު ދުނިޔޭގައި ޖަނަވާރާ ދޫނީގެ ބާވަތްތަކަށް ޖެހޭބަލި އިންސާނުންނަށް ޖެހުމުގެ ބިރު ބޮޑުވަމުން ދިއުމާއިގުޅިގެން ދޫނި ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ ބަޔޯސެކިއުރިޓީ މިންގަޑުތަކަކީ ދޫނިވިޔަފާރިކުރާ އަދި އޮޅުކޮށްގެން ދޫނިގެންގުޅޭ ފަރާތްތަކުން ވަރަށް ޒިންމާދާރުކޮށް އަމަލު ކުރަންޖެހޭނެ މިންގަ ނޑުތަކެކެވެ. މިއުސޫލްގައި މައިގަނޑު ގޮތަކަށް އަލި އަޅުވާލެވިފައިވާނީ ތިރީގައި މިދަންނަވާ 5 ބައިގެ މައްޗަށެވެ.
(ހ) ދުޅަހެޔޮ ސިިއްހަތެއްގައި ދޫނި ދިރިހުރުމަށްޓަކައި ބޭނުންވާ ކާނާއިފެން އަބަދަށް ލިބެންހުރުން
(ށ) ބޯހިޔާވަހިކަމަކީ ދޫނި ރައްކާތެރި ގޮތުގައި ތިބެވޭނެ ތަނެއްކަމުގައި ވާންޖެހުން
(ނ) ދޫނީގެ ސިިއްހަތު ސަލާމަތުން ބޭތިއްބުން
(ރ) ދޫނިވިއްކުމުގައި ނުވަތަ އެހެންފަރާތަކާ ހަަވާލުކުރެވޭއިރު ބަލަންޖެހޭ މިންގަޑުތައް
(ބ) ބަޔޯސެކިއުރިޓީ
(ހ) ދޫންޏަށް ބޭނުންވާ ފެނާއި ކާނާ
ދޫންޏަށް ސާފުބޯފެނާއި ކަނާ ދިނުމަކީ ދޫނިގެންގުޅުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އެއްކަންތަކެވެ. މިގޮތުން ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދޭންޖެހޭނެއެވެ.
- ދޫންޏަށް ބޭނުންވާ ސާފުފެން ހުރިހާވަގުތެއްގައި ލިބެންހުންނަންޖެހޭނެއެވެ. ފެން ބެހެއްޓިފައިހުންނަ ތަކެތިދުވާލަކު އެއްފަހަރު ސާފުކޮށްބަލަހައްޓަންޖެހޭނެއެވެ.
- ދޫންޏަށް ބޭނުންވާކާނާ ހުރިހާވަގުތެއްގައި ލިބެންހުންނަންޖެހޭނެއެވެ. އަދި ދޫންޏަށް ދެވޭ ކާނާވާންވާނީ ތާޒާ ، ސާފު އަދި އެކަށީގެންވާގޮތަކަށް ރައްކާކުރެވިފައި ހުރިކާނާއަކަށެވެ.
- ދޫންޏަށް ބޭނުންވާ ބެލެންސްޑް ޑައެޓް ދިނުމަށް ސަމާލުކަންދޭންޖެހެނެއެވެ.
- ކާންއަޅާ ތަށިފަދަ ތަކެތި ދުވާލަކު އެއްފަހަރު ސާފު ކޮށް ބަލަހައްޓަން ޖެހޭނެއެވެ. އަދި އެތަކެތި ވާންޖެހޭނީ ދޫނީގެ ކޮށިންނެރެގެން ދޮވެ ސާފު ކުރެވޭގޮތައް ހަރުކުރެވިފައިވާތަކެއްޗަށެވެ.
(ށ) ދޫންޏަށް ބޭނުންވާ ބޯހިޔާވަހިކަން
- ދޫނިގެންގުޅެން ތައްޔާރުކޮށްފައިވާ ކޮށި ހުންނަން ޖެހޭނީ އިންސާނުން ދިރިނުއުޅޭ އިމާރާތެއްގައެވެ. އަދި މިތަނަކީ ދޫންޏަށް އެކަށީގެންވާ މިންވަރަކަށް ހެލިފެލި އުޅެވޭ ޖާގަ ހުރިތަނަކަށް ވާން ޖެހޭނެއެވެ. ދޫނި ގެންގުޅުމަށް މައި ކޮށި އަދި މިކޮށިން ބޭރުގައި ބައިތިއްބަން ޖެހިއްޖެ ހިނދެއްގައި ކުދި ކޮށި ހުންނަންޖެހޭނެއެވެ. މިކޮށިތަކުގައި ދޫންޏަށް ޖާގަ ހުންނަންޖެހޭ މިންގަނޑުތައް ތާވަލް 1 އަދި 2 ގައި އެވަނީއެވެ.
-----------------
ތާވަލް 1
ވަކި ކޮށިތަކުގައި ދޫނި ގެންގުޅުމަށް ތައްޔާރުކުރެވޭ ކޮށީގައި އެންމެ ކުޑަވެގެން ހުންނަންޖެހޭ މިންތައް
ދޫނީގެ ބޮޑުމިން (ދިގުމިން/cm) |
ފްލޯރ އޭރިއާ/cm² (އެންމެ ކުޑަވެގެން) |
ދޫނީގެ އަދަދު |
އުސްމިން/cm (އެންމެ ކުޑަވެގެން) |
އިތުރަށް ވާ ކޮންމެ ދޫންޏަކަށް އިތުރުކުރަންޖެހޭ ފްލޯ އޭރިއާ/cm² |
10 |
1،000 |
2 |
34 |
500 |
20 |
1،600 |
2 |
34 |
800 |
30 |
5،000 |
2 |
70 |
2,500 |
40 |
8،000 |
2 |
70 |
5،000 |
50 |
22،500 |
2 |
100 |
7،500 |
90 |
36.000 |
2 |
120 |
12،000 |
ތާވަލް 1
މައިކޮށިތެރޭގައި ކުދި ކޮށި އަޅައިގެން ދޫނި ގެންގުޅޭ ނަމަ ކޮށީގައި އެންމެ ކުޑަވެގެން ހުންނަންޖެހޭ މިންތައް
ދޫނީގެ ބޮޑުމިން (ދިގުމިން/cm) |
ފްލޯރ އޭރިއާ/cm² (އެންމެ ކުޑަވެގެން) |
ދޫނީގެ އަދަދު |
އުސްމިން/cm (އެންމެ ކުޑަވެގެން) |
އިތުރަށް ވާ ކޮންމެ ދޫންޏަކަށް އިތުރުކުރަންޖެހޭ ފްލޯ އޭރިއާ/cm² |
10 |
3,700 |
2 |
180 |
1,800 |
20 |
7,200 |
2 |
180 |
3،600 |
30 |
10,000 |
2 |
180 |
5،000 |
40 |
15،000 |
2 |
180 |
7،500 |
50 |
25،500 |
2 |
180 |
12،500 |
90 |
50،000 |
2 |
180 |
25،000 |
2. އަލަށްގެންނަ ދޫނި އެހެން ދޫނިތަކާއި އެއްކުރުމުގެ ކުރިން ކަރަންޓީން ގައި މަދުވެގެން 30 ދުވަހު ބައިތިއްބުމަށްޓަކައި ކަރަންޓީނު ސަރަހައްދެއް ވަކިން ދޫނީގެމައިކޮށީގައި ނުވަތަ ވަކި ކޮށިތަކެއް ގެގޮތުގައި ހުންނަންޖެހޭނެއެވެ.
3. ދޫނި ކޮށި އެޅިފައި ހުންނަންޖެހޭނީ ވަރުހުރި ބާވަތެއް ބޭނުންކޮށްގެނެވެ. އަދި މިތަކެތި ވާންޖެހޭނީ ދޮވެސާފުކުރަން ފަސޭހަ ބާވަތަކަށެވެ. މިއީ އެއްވެސް ވައްތަރެއްގެ ވިހައެކުލެވޭ ނުވަތަ ތޫނު އެއްޗަކުން ތައްޔާރުކުރެވިފައިވާ އެއްޗަކަށްވެގެން ނުވާނެއެވެ.
4. ދޫނި ކޮށީގެ ތަޅުމަކީ ހިއްކާ ސާފުތާހިރުކޮށްއަބަދުވެސްއޮންނަ ތަނަކަށްވާންޖެހޭނެއެވެ. ކޮށީގައި އެއްވެސް ބާވަތެއްގެ ލިޓަރ (ހުއި ، ވެލި ފަދަތަކެތި) ބޭނުންކުރާނަމަ އަހަރަކު އެއްފަހަރު މިތަކެތި ބަދަލުކުރަން ޖެހޭނެއެވެ.
5. ދޫނި ކޮށީގައި ދޫންޏައް އެދޫންޏެއްގެ ސްޕީސީސް އަށް ބޭނުންވާ ވައްތެރެއްގެ ނިދާ ސަރަހައްދެއް ކަނޑައެޅިފައި ހުންނަންޖެހޭނެއެވެ.
6. ކޮށިން ދޫންޏައް ފަސޭހައިން ނުކުމެގެން ނުދެވޭގޮތައް ކޮށި ޑިޒައިން ކޮށްފައިހުރުންމުހިންމެވެ. އަދި ކޮށްޓަށްއެކަށީގެންވާ މިންވަރަށް އަލި ލިބި، ވައި ދައުރުކުރެވެންޖެހޭނެއެވެ.
7. ދޫނި ފެންވަރަން ބޭނުންކުރުމަށް ސާފު ފެން ކޮށްޓަށް ލިބެން ހުންނަންޖެހޭނެއެވެ. ފެންވަރުވަން ބޭނުންކުރާ ގޮތަކީ ދޫނީގެ ބާވަތަށް އެކަށީގެން ވާ ގޮތަކަށްވާންޖެހޭނެއެވެ.
8. އެއް އާއިލާ ނުވަތަ ސޕީސީސް އެއްގެ ދޫނި އެއްކޮށްޓެއްގައި ބައިތިއްބުން މުހިންމެވެ. އެއީ ތަފާތު ސްޕީސީސް ނުވަތަ އާއިލާތައް އެއްތަނެއްގައި ބޭތިއްބުމުން ދޫނި ދިރިއުޅުމަށް ނޭދެވޭއަސަރެއްކޮށްފާނެތީވެއެވެ.
9. ކުދި ވަކިކޮށީގައި ދޫނި ބައިތިއްބާނަމް ކޮށިތައް އެއްކޮށިއަނެއްކޮށްޓާއި ޖެހިފިތިފައިހުރެގެންނުވާނެވެ.
10. ދޫންޏައް ގެއެލުންދޭ ވައްތަރެއްގެ ފަނި ފަކުސައެއް ކޮށްޓަށް ވަދެވޭ ގޮތަށް ކޮށި ހުރެގެންނުވާނެއެވެ.
ކޮށީގައި ޖަހަންބެނުންކުރާ ނަރުދާ
- ކޮށީގައި ޖަހަންބޭނުންކުރާނަރުދަލަކީ އޭގައި ޒިންކް ނުވަތަ ލެޑް މިދެމާއްދާ އެކުލެވޭ ބާވަތެއްނަމަ ގެ ނުވަތަ ކޮށީގައި ޖެހުމުގެ ކުރިން ރަނގަޅަށްނަރުދާ ބުރުސްއަޅާ ސާފުކުރަންޖެހޭނެއެވެ. އެއީ މިދެމާއްދާގެ ސަބަބުން ދޫނި (ހާއްސަކޮށް ޕެރަޓްގެ ބާވަތްތައް) ވިހަވެދާނެތީވެއެވެ. އަދި އައުނަރުދާ ދޮވެލުމަށްފަހު ކޮށީގައި ޖެހުމަށް ބޭނުންކުރުން މުހިންމެވެ.
- ކޮށީގައި ޖަހާނަރުދާ ގެ ގޮޅީގެ ބޮޑުމިން ހިޔާރު ކުރާނީ ދޫންޏައް ކޮށުމުގެ ހުނަރު ލިބިފައިވާ މިންވަރައްބަލާފައެވެ. މިފަދަ ނަރުދަލުގެ ފަލަމިނުގެ އަންދާސީ ސައިޒް ތިރީގައިއެވަނީ އެވެ.
- މެދުމިނުގެ ޕެރަޓްސް --------------- 6.1 މިލިމީޓަރު
- ކުދި ޕެރަޓސް އަދި ފިންޗެސް ------ 7.1 މިލިމީޓަރު
- ނަރުދަލުގެ ގޮޅީގެ މިން ހިޔާރުކުރާނީވެސް ދޫނީގެ ކުޑަބޮޑުމިނަށް ބަލާފައެވެ. އާނމުކޮށް ކުދި އަދި މެދު ސައިޒުގެ ދޫންޏައްބޭނުންކުރާނި 12 × 12 މިލިމީޓަރު ނުވަތަ 12 × 25 މިލިމީޓަރެވެ.
(ށ) ބަލިތަކުން ރައްކާތެރިކުރުން
ބަންދުކޮށްގެން ދޫނި ގެންގުޅޭއިރު ދޫނީގެ ސިއްހަތާމެދު ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ދޫނި މިގޮތަށް ކޮށީގައި ބަންދުކޮށްގެން ގެންގުޅޭއިރު ބަލި ޖެހުން ވަރަށް އަވަހެވެ.
- ބަލިޖެހުމުން ބަލިދެނެގަނެ ފަރުވާދިނުމަށް ވީހާވެސް އަވަހަކަށް ވެޓެރެނޭރިއަން އެއްގެ ހިދްމަތް ހޯދުން މުހިންމެވެ.
- ދޫންޏަށް ބަލިޖެހިފައިވޭތޯ ބަލާ ގަވާއިދުން ޗެކްކުރަން ޖެހޭނެއެވެ. ދޫނީގެ ސިއްހަތު ދެނެގަތުމަށް ކުރެވިދާނެމުހިންމު ކަންތައް ތިރީގައި އެވަނީއެވެ.
- އެސޮރުމެންގެ ނަޖިހުގެ މިންވަރާއި ފެންވަރުބެލުން
- ދޫނި ކާނާ އާއިފެން ބޭނުންކުރުމަށް އަންނަ ބަދަލު
- ހެލިފެލިވެ އުޅޭގޮތް ·
- ނިދުމާއި ފިޔަ ފައިބާ މިންވަރު
- ބަރުދަން
- ނޭވާލާ މިންގަނޑު
ދޫންޏަށް ބައްޔެއް ޖެހިފައިވާކަމުގެ ނިށާންތައް
- ނޭފަތް، ލޯއަދި ތުބުން ދިޔަވަރެއްފޭބުން
- އާދަޔާ ޙިލާފަށް ފިޔަފޭބުން ނުވަތަ ފިޔަ އައިބުވުން
- ދުޅަވުން
- ކާހިތްނުވެ ބަރުދަން ލުއިވާންފެށުން
- ހޮޑުލުން ނުވަތަ އާދަޔާ ހިލާފަށް ކާނާއި ފެންދިރުވަން އުދަގޫވުން
- ގައިން ތަންތަން ފާރުވެހަލާކުވެފައި ހުރުން ނުވަތަ ލޭފޭބުން
- ލޯ ގިނަވަގުތު މެރިފައި ހުރުން
- ފައިދުޅަވެ ނުވަތަ ފާރުވެ ހިގަން އުދަގޫވުން
- ތުން އަދި ނިޔަފަތިތައް އާދަޔާ ހިލާފަށް ދިގުވުން
- ލޮލާއި ނޭފަތުގެ ވަށައިގެން ލައް ނުވަތަ ބިހިފެޅުން - ބަލި ދޫނިތައް ސިއްހަތުރަގަޅު ދޫންޏާއި ވަކިކޮށް އެސޮރުމެންނަށް ފަރުވާ ދޭންޖެހޭނެއެވެ. މިއީ ބަލި އިތުރަށް ބޮޑުނުވެ، އަދި ބަލި އެހެންދޫނިތަކަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެކެވެ.
- ދޫނީގެ ހަށިގަނޑުގެއެތެރޭގައި އަށަގެންފާނެ ޕެރަސައިޓަކުން (ފަނިފަކުސަ) ދިފާއު ކުރުމަށްޓަކައި އެ ދޫންޏަކަށް ކަ ނޑައެޅިފައިވާ ބޭސް، ކާނާނުވަތަފެނާއި އެކުގައި ދިނުމަކީ އެންމެ އެކަށީގެންވާގޮތެވެ. ދޫނީގެ ހަށިގަ ނޑުގެ ބޭރު ގައި ޕެރެސައިޓެއް އަށަގަންފިނަމަ ކަނޑައެޅފިއިވާ އިންސެކްޓިސައިޑެއް ބޭނުންކޮށްގެން ދޫނި، ދޫނި ކޮއްޓާއި ފެނާއި ކާނާދޭން ބޭނުންކުރާ ތަށިފަދަ ތަކެތި ދޮވެ ސާފުކުރަންޖެހޭނެއެވެ.
(ރ) ދޫނި ވިއްކުމުގައި ބަލަންޖެހޭ މިންގަނޑުތައް
ދޫނި ވިއްކުމުގައި ތިރީގައިވާ މިންގަ ނޑުތަކަށް ބަލަންޖެހޭނެއެވެ. (ނުވިއްކިނަމަވެސް ދޫންޏެއް އެހެންފަރާތަކާއި ހަވާލުކުރެވޭއިރުވެސް މިމިންގަނޑުތައް ބަލަންޖޭހޭނެއެވެ.)
- ދޫނި ޕެޓެއް ގޮތުގައި ނުވަތަ ވިއްސާ އާލާކުރުމަށް އެކަށީގެންވާ ކޮށި ހުރިފަރާތަކަށްނޫނީ ދޫނި ނުވިއްކުން
- ދޫނި ގެންގުޅުމަށް ބޭނުންވާ އާންމު ކަންތައްތައް (ކާންދީބޯންދީފެންވެރުވުން ފަދަ) އެގޭފަރާތަކަށްވުން. އަދި ވިއްކާފަރާތުން ގަންނަފަރާތައް މިފަދަ މަޢުލޫމާތު ލިޔުމަކުން ފޯރުކޮށްދިނުން
- ދޫނި ވިއްސާއާލާ ކުރުމަށްޓަކައި ދޫނި ވިއްކާނަމަ ގަންނަފަރާތަކީ ލައިސަންސް އޮތްފަރާތެއް ކަމުގެ ޔގީންކަން ހޯދުމަށް ފަހުނޫނީ ދޫނި ނުވިއްކުން
- ދޫނި ވިއްކާއިރު ޅައުމުރު ނުވަތަ ބަލިޖެހި ފައިވާ ދޫނި ، ދޫނި ބެލެހެއްޓުމުގެ ގާބިލް ކަންހުރިފަރާތްތަކަށް ނޫނީ ނުވިއްކުން ނުވަތަ ދޫނީގެ ޙާލަތު އަންގައިދޭ ލިޔުމަކާއި އެކު ނޫނީ ނުވިއްކުން
- ދޫނި ޕެޓް ގެގޮތުގައި ގަންނަފަރާތްތަކުން ދޫނި ވިއްކާފަރާތުގެ ލައިސަންސް އޮތްކަން ޔަގީން ކުރަންޖެހޭނެއެވެ.
(ބ) ދޫނި ހިފައިގެންގުޅުމާއި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައި އަމަލުކުރަންވީގޮތް
- ދޫނި ކޮށީގައި ތިއްބާ ހިފަން އުޅޭ ވަގުތަކީ އެސޮރުމެން ވަރަށްފިކުރުބޮޑުވެ ހާސްވާވަގުތެކެވެ. ވީމާ ދޫނިކޮށިން ހިފާހިރު އެސޮރުމެން ވީހާވެސް މަޑުމަޑުން ފަހައިގެން ހިފުން މުހިންމެވެ. ( މިސާލަކަށް ދޫނީގެ ފިޔަފަތް ނުވަތަ ފައި ފަދަ ތަނެއް ގައި ހިފާދަމައިގަނެގެން ދޫނި ނުހިފުން އަދި ހަމައެގޮތުން ކުޑަކުދިން ދޫންޏާއި ކައިރިވެހިފާއެޅޭއިރު ބޮޑުމީހެއްގެ އެހީތެރިކަމާއިއެކު ހިފުން(
- ދޫނިވާޖަހައިގެން ގެންގުޅެންވާނީ ވީ އެންމެ ކުޑަ ހިދުކޮޅަކަށެވެ. ވާޖަހައިގެން ގެންގުޅެންޖެހިއްޖެ ހިދެއްގައި ދޫންޏަށް ގެއްލުމެއްނުލިބޭ ގޮތަށް ދޫނީގެ ހަށިގަނޑަށް ސަޕޯރޓްކޮށް ދިނުމުން ދޫންޏައްގެލުމެއްނުލިބޭނެއެވެ.
- ދޫނީގައި ހާއްސަ ފާހަގައެއް ޖަހަން ބޭނުންވެއްޖެނަމަ ، ފައިގެ އިގިލީގައި އިގިއްޔަށް ރަނގަޅަށް ހެޔޮވަރުގެ އަގޮޓިއެއް އެޅުވުމުން ފިޔަވައި ދޫންޏައް އަނިޔާއެއްލިބޭ ކަމެއްކޮށްގެންނުވާނެއެވެ. އަދި އަގޮޓީގެ ސަބަބުން ދޫންޏައް އެއްވެސް އަނިޔާއެއްލިބިއްޖެނަމަ، އަގޮޓި ނަގައި އަނިޔާ އަށް ފަރުވާދޭންޖެހޭނެއެވެ. (ދޫނިފާހަގަ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަކީ މައިކްރޮޗިޕް ބޭނުންކުރުމެވެ. މިވަސީލަތް ރާއްޖޭގައިވެސް ބޭނުންކުރުމާއި މެދު މިސްނުން މުހިންމެވެ.(
- ދޫންޏައް ކޮށީތެރޭގައި އުދުހި އުޅުމުގެ ފުރުސަތު ދެވެންޖެހޭނެއެވެ. ވީމާ ނުއުދުހެވޭގޮތައް ފިޔަތައްކޮށާ ފިޔަ ކްލިޕް ކޮށްގެން ދޫނިގެންގުޅެގެންނުވާނެއެވެ.
- ދޫނީގެ ތުބާއި ނިޔަފަތިތައް އާދަޔާއި ހިލާފަށް ދިގުވުމަކީ އެސޮރުމެންނަށް އަނިޔާވާކަމެވެ. އެހެންކަމުން ޤަވާއިދުން ދޫންޏައް އަނިޔާނުވާ ގޮތަކަށް ނިޔަފަތި ތަކާއި ތުންކޮށަންވާނެއެވެ.
- ދޫނި އުފުލާގެންގުޅުމުގައި ބަލަންޖެހޭ ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދޭންޖެހޭނެއެވެ.
- ދޫނި އެއްތަނުން އަނެއްތަނަށް އުފުލާ ދަތުރުކުރާ އިރު އެސޮރުމެން ހާސްވެ ނުތަނަވަސްކަން އިޙްސާސް ކުރެއެވެ. ވީމާ ސިއްހަތުދެރަ ދޫނި ދުރަށްނުއުފުލުމަށް ސަމާލުކަން ދޭންޖެހެއެވެ.
- ދޫނި އެއްތަނުން އަނެއްތަނަށް އުފުލާ ދަތުރުގައި ބައިތިއްބަންޖެހޭނީ ކޮށީގައެވެ. މިކޮށްޓަކީ ދޫނިގެ ވައްތަރަށްބަލައި އެސޮރަށް ހެލިފެލިވެ އުޅެވޭވަރުގެ ބޮޑުމިންހުރި މި އިސޫލުގެ ޓޭބަލް 2 ގައި ބުނެވިފައިވާ ސައިޒްގެ ކޮށްޓަކަށް ވާންޖެހޭނެއެވެ. ދަތުރުމަތީގައިވެސް ދޫންނަށް ގަވާއިދުން ކާންދީ ފެންދެވެންޖެހޭނެއެވެ.
- ދަތުރުމަތިގައި ދޫނި އެސޮރުމެންނަށް ނުއެކަށޭނަ ނުވަތަ ކެތްނުކުރެވޭ ފަދަ ތިމާވެއްޓަކަށް ނުނެރުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ.
(ބ) ބަޔޯސެކިއުރިޓީ
ބަޔޯސެކިރިޓި އަކީ ދޫނިގެންގުޅުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭންވީ ކަމެކެވެ. މިގޮތުން :
- ދޫނިގެންގުޅޭކޮށި އިންސާނުން ދިރިއުޅޭ އިމާރާތެއްގައި ހުރެގެންނުވާނެއެވެ.
- ވިއްސާއާލާ ކުރުމަށްގެންގުޅޭ ދޫނިތަކާއިއެކު ވައިލްޑް ބާރޑްސް ނުގެންގުޅުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އަދި ކޮށްޓައް މިފަދަ އޮޅު ނޫންދޫނި، ބުޅާ ފަދަ އެހެން ޖަނަވާރަށް ނުވަދެވޭނެ ގޮތައް ކޮށި ބެހެއްޓުން މުހިންމެވެ.
- ދޫނީ ކޮށި ސާފުތާހިރު ކޮށް ބަލަހައްޓަން ޖެހޭނެއެވެ.
- ދޫނި ތަކާ އިންސާނުން ގައިގޯޅިވުން ވީހާވެސް މަދުކުރުން މުހިންމެވެ. އަދި ދޫނި ކޮށްޓާއި ދޫނީގެ މަސައްކަތްތައް ކުރާއިރު އަތަށް އަންގި ލުމާ ވަކިހާއްސަ ފައިވާން އަދި ހެދުމެއްލުމަކީ ވަރަށް މުހިންމުކަމެކެވެ. މަސައްކަތް ނިމުމުން ހެދުންބާލާ އަތްފަޔާއި ހަށިގަނޑު ސައިބޯނި ލައިގެން ދޮވެ ސާފުކުރަންވާނެއެވެ. އަދި ބޭނުންކުރާ ހެދުމާއި ފައިވާން ފަދަ ތަކެތި ވީހާވެސް ގިނަގިނައިން ދޮވެ ސާފު ކުރަންޖެހޭނެއެވެ.
- މަރުވާ ދޫނި ވީހާވެސް އަވަހަކަށް ކޮށިން ނެރެ ނައްތާލަންޖެހޭނެއެވެ.
- ކޮށީގެ ކުންނާ ބޭނުންކޮށްފައި ހުންނަ އެއްލާލަންޖެހޭ ގްލަވްސް ފަދަ ތަކެތި ބަންދު އެއްޗެއްގައި ބެހެއްޓުމަށް ފަހު މަދުވެގެން 1 ހަފްތާތެރޭގައި އުކާލަންޖެހޭނެއެވެ.
- ދޫނި ކޮށިބެލުމަށް މީހުންނަށް ދައުވަތުދީގެން ނުގެނައުން މުހިންމެވެ.
- އެހެން ދޫނިގެންގުޅޭ ފަރާތަކުން ކޮށީގައި ގެންގުޅޭ އާލާތްފަދަ ތަކެތިބޭނުންކުރުމަށް ގެންނަމަ އެތަކެތި ޑިޓަރޖަންޓަކުން ދޮވެސާފުކުރުމަށް ފަހުނޫނީ ކޮށީގައި ބޭނުން ނުކުރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.
- ދޫނިމެދުވެރިވެގެން އިންސާނުންނަށް ޖެހޭ އެންމެ ނުރައްކާތެރި ބަލި އޭވިއަން އިންފްލުއެންޒާ ގެ ނިށާންތައް ދޫނި ގެންގުޅޭ ފަރާތްތަކައް ސާފުކޮށް އެގުމަކީ ވަރަށް މުހިންމުކަމެވެ. މި އުސޫލާއިއެކު މިކަންއަންގައިދޭ ލީފްލެޓެއް ހިމަނާލެވިފައިވާނެއެވެ.
---------------------
ޖަދުވަލު 4
ޖަދުވަލު 4 ގައި ހިމެނިފައިވާ ދިވެހިރާއްޖެއަށް ދޫނި އެތެރެ ކުރުމަށް ހުށަހަޅާ އިމްޕޯޓް ޕާރމިޓް ފޯރމް މި ގަވާއިދުގެ ޕީޑީޢެފް ފައިލްގައި އެޓޭޗް ކުރެވިފައިވާނެއެވެ)
---------------------
ޖަދުވަލު 5
ދިވެހިރާއްޖެއަށް ދޫނި އެތެރެކުރާއިރު ހުށަހަޅަންޖެހޭ ވެޓެރިނަރީ ސެޓްފިކެޓްގައި ހިމަނަންޖެހޭ މައުލޫމާތް
VETERINARY CONDITIONS TO BE STATED IN THE VETERINARY CERTIFICATE ISSUED BY THE EXPORTING COUNTRY FOR THE IMPORTATION OF PET BIRDS(OTHER THAN DOMESTIC BIRDS) TO THE REPUBLIC OF MALDIVES
1
COUNTRY OF EXPORT
(Must be a country free from Highly Pathogenic Avian Influenza according to Organisation of World Animal Health- OIE)
2
PURPOSE
3
VETERINARY CERTIFICATION
3.1
Each consignment of birds shall be accompanied by a veterinary certificate dated within seven (7) days of import signed by a government veterinary authority or registered veterinarian of the country of export and endorsed by the government veterinary authority, giving details of the consignment (consignor, consignee, quantity and species or breed of birds) and certifying to the effect that
3.1.1
The country has been free from highly pathogenic avian influenza, Newcastle Disease and Marex Disease for the past six (6) months prior to export
3.1.2
The birds were kept in isolation in a facility approved by the government veterinary authority since they were hatched or for the 21 days prior to shipment and showed no clinical signs of infectious diseases, including avian influenza during the isolation period
3.1.3
During the isolation period at term (3.1.2) above all birds or a sample of birds from one consignment were subject to
a. Avian influenza virus testing according to OIE guidelines
b. The birds were examined on the day of export and found to be free from any clinical signs of infectious or contagious diseases
c. The birds are transported in new and clean containers, according to IATA requirements
Issued by
Ministry of Fisheries and Agriculture
Ghaazee Building, Ameer Ahmed Magu
Male; MALDIVES
Tel: (960) 333 9264 & (960) 3339246
Fax: (960) 3326558
Email: [email protected]
ކިޔުންތެރިންގެ ހިޔާލު