-

މަސްތުވާތަކެތީގެ ކުށުގެ ދައުވާ އުފުލިފައިވާ ފަރާތްތަކުގެ ޑްރަގް ޑިޕެންޑެންސް އެސެސްމެންޓް ހެދުމަށް ލައިސަންސް ދިނުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 28/2012)

 

1 ވަނަ މާއްދާ - ތައާރަފް

(ހ) މިއީ، ގާނޫނު ނަންބަރ 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު ) ގެ 50 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެ ގާނޫނުގެ 63 ވަނަ މާއްދާ (ޅ) އަށް ރިއާޔަތްކޮށް އެކުލަވާލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ނަން

މިގަވާއިދަށް ކިޔާނީ " މަސްތުވާތަކެތީގެ ކުށުގެ ދައުވާ އުފުލައިފައިވާ ފަރާތްތަކުގެ ޑްރަގް ޑިޕެންޑެންސް އެސެސްމަންޓް އަދި އިންޑިކޭޓިވް އެސެސްމަންޓްހެދުމަށް ލައިސަންސް ދިމުނުގެ ގަވާއިދު" މިހެންނެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން

މިގަވާއިދަށް އެއްވެސް އިސްލާހެއް ގެނެވޭނީ ނޭށަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ލަފަޔާއެކު ނެށަނަލް ޑްރަގް އޭޖެންސީ އަށެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަންފެށުން

މިގަވާއިދަށް އަމަލު ކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށައިއުކުރާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - ޑްރަގް ޑެޕެންޑެންސް އަދި އިންޑިކޭޓިވް އެސަސްމަންޓްގެ ސައިސަންސަށް އެދޭ ފަރާތްތަކުގެ ށަރުތުތަށް

(ހ) ޑްރަޑް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސަސްމަންޓް ހެދުމުގެ ލައިސަންސަށް އެދޭ ފަރާތްތަކުގެ ކިބައިގައި ށަރުތުތަށް ފުރިހަމަ ވާނެއެވެ.

  1. ސައިކޮލޮޓީ ނުވަތަ ކައުންސެލިންގެ ދާއިރާއިން ޑިގްރީ އެއް ހާސިލް ކޮށްފައިވުމާއި އެކު މަދުވެގެން 1 (އެކެއް) އަހަރު މަސްތުވާތަކެތީގެ ފަރުވާދޭ ފާއިރާއަކުން ތަޖުރިބާ ލިބިފައިވުން ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތަކަށް ކައުންސެލިންގގެ ހިދުމަތް ދިނުމގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛

    ޑިޕްލޮމާ އިން ސައިކޮލޮޖީ ނުވަތަ ކައުންސެލިންގެ ސެޓުފިކެޓެއް ހަސިލްކޮށްފައި އޮތުމާއި އެކު މަދުވެގެން 2 (ދޭއް) އަހަރުގެ މަސްތުވާތަކެތީގެ ފަރުވާދޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކައުންސެލިންގގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛

    އެޑްވާންސް ސެޓްފިކެޓް އިން ސައިކޮލޮޖީ ނުވަތަ ކައުންސެލިންގގެ ދާއިރާއަކުން ހާސިލްކޮށްފައިވުމާއެކު މަދުވެގެން 3 (ތިނެއް) އަހަރުގެ މަސްތުވާތަކެތީގެ ފަރުވާދޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކައް ކައުންސެލިނގގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ލިބިފައިވުން

  2. މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އިތުބާރު ގެއްލޭފަދަ ކުށެއް ކޮށްފައިވާ މީހެކަމުގައި ނުވުން؛
  3. ނޭށަނަލް ޑްރަގް އޭޖެންސީ ކުރިއަށްގެންދާ ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ޓްރެއިނިންގައި ބައިވެރިވެ ޓްރެއިނިންގ ފުރިހަމަ ކޮށްފައިވުން
  4. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ށައުގުވެރިކަން ހުރި މީހަކު ކަމުގައުވުން
  5. ނޭށަނަލް ޑްރަގް އޭޖެންސީގެ ބޯޑު މަންބަރެއް ކަމުގައި ނުވުން؛

 

6 ވަނަ މާއްދާ - ލައިސަންސް ދޫކުރުން

(ހ) މިގަވާއިދުގެ ދަށުން ސައިސަންސް ހޯދުމަށް އެދޭ ފަރާތްތަކުން، މިގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުފުރިހަމަކޮށް، އެފޯމާއެކު ހުށަހަޅަންޖެހޭ މައުލޫމާތާއެކު ނޭށަނަލް ޑްރަގް އެޖެންސީޢަށް ހުށަހަޅާނީޢެވެ. 

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފޯމު ހުށަހަޅާ ފަރާތްތަކުގެތެރެއިން މިގަވާއިދުގެ 4 ވަނަ މާއްދާގައި ބުނެފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ލައިސަންސް ދޫކުރާނީ ނޭށަނަލް ޑްރަގް އެޖެންސީންނެވެ. 

(ނ) މިމާއްދާގައިވާ ގޮތުގެމަތިން އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ޑްރަގް ޑިޕެންޑެންސް އެސެސްމަންޓްވެސް ހެދޭނެއެވެ. 

 

7 ވަނަ މާއްދާ – ޑްރަގް ކޯޓަށް ޖަވާބުދާރީވުން

(ހ) އިންޑިކޭޓިވް އެސެސްމަންޓް ނުވަތަ ޑްރަގް ޑިޕެންޑެންސް އެސެސްމަންޓާ ބެހޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ނުވަތަ ޑްރަގް ކޯޓަށް ޖަވާބުދާރީވާންޖެހޭ ހާލަތުތަކުގައި އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ފަރާތަށް އެކަން އެންގުމަކީ ނޭށަނަލް ޑްރަގް އެޖެންސީގެ ޒިންމާއެކެވެ.

(ށ) އިންޑިކޭޓިވް އެސެސްމަންޓް  ނުވަތަ ޑްރަގް ޑިޕެންޑެންސް އެސެސްމަންޓް ރިޕޯޓާބެހޭ ގޮތުން ޑްރަގް ކޯޓަށް ޖަވާބުދާރީވާން ކޯޓުން އަމުރުކޮށްފިނަމަ އެ އަމުރާ އެއްގޮތަށް ލައިސަންސް ދޫކުރެވިފައިވާ ފަރާތުން އަމަލުކުރަންވާނެއެވެ.

(ނ) ޑްރަގް ޑިޕެންޑެންސް އެސެސްމަންޓާ ބެހޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ޖަވާބުދާރީވާންޖެހޭ ހާލަތުތަކުގައި ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލައިސަންސް ލިބިފައިވާ ފަރާތުން ޖަވާބުދާރީވާންވާނެއެވެ.

 

8 ވަނަ މާއްދާ – ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެފުމުގެ ހުއްދަ ދެވިފައިވާ މީހަކު ޖިނާއީ ކުށެއްކުރުން

(ހ) ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ހުއްދަ ލިބިފައިވާ މީހެއްގެ މައްޗަށް ޖިނާއީ ކުށްތަކުގެ ތެރެއިން އިތުބާރު ގެއްލޭފަދަ ކުށެއްގެ ތުހުމަތުކުރެވިއްޖެނަމަ، ވަގުތީގޮތުން އެމީހެއްގެ ލައިސަންސް ހިފެހެއްޓުމުގެ ބާރު ނޭށަނަލް ޑްރަގް އެޖެންސީ އަށް ލިބިގެންވެއެވެ.

(ށ) ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ހުއްދަ ލިބިފައިވާ މީހެއްގެ މައްޗަށް މިމާއްދާގެ (ހ) ގައު ބުނާ ކުށެއް ސާބިތުވެ ހުކުމް ކޮށްފިނަމަ، އެފަރާތުގެ ލައިސަންސް ބާތިލު ކުރެވޭނެއެވެ.

(ނ) ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ މައްޗަށް ކުށް ސާބިތުވެ، ހުކުމްކުރެވުނީ މިގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށަކަށް ކަމުގައިވާނަމަ، ހުކުމް ތަންފީޒުކޮށް ނިމުނަސް، އެފަރާތުން ސައިސަންސް އާކޮށެއް ނުދެވޭނެއެވެ.

 

9 ވަނަ މާއްދާ - ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ހުއްދަ ލިބިފައިވާ ފަރާތަކާގުޅޭ ގޮތުން ށަކުވާ ހުށަހެޅުން

(ހ) ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ހުއްދަ ލިބިފައިވާ ފަރާތަކާގުޅޭ ގޮތުން ކޮންމެ މީހަކަށްވެސް ށަކުވާ ހުށަހެޅިދާނެއެވެ.

(ށ) ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ހުއްދަ ލިބިފައިވާ ފަރާތަކާގުޅޭ ގޮތުން ށަކުވާ ހުށަހެޅާނީ މިކަމަށް ހާއްސަކޮށްގެން ނޭށަނަލް ޑްރަގް އެޖެންސީން ތައްޔާރުކޮށްފައިވާ " ށަކުވާ ހުށަހަޅާ ފޯމު" ންނެވެ.

(ނ) މި މައްދާގެ (ހ) ގެ ދަށުން ހުށަހަޅާ ފޯމުތަކަށް، ފޯމު ހުށަހަޅާތާ 7 (ހަތެއް) ދުވަހުގެތެރޭގައި ނޭށަނަލް ޑްރަގް އެޖެންސީން ޖަވާބުދެއްވާނެވެ.

 

10 ވަނަ މާއްދާ - ދުވަހުގެތެރޭގައި ނޭށަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުން ފިޔަވައި އެހެނިހެން ފަރާތްތަކުން ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ލައިސަންސަށް އެދުން

(ހ) ދުވަހުގެތެރޭގައި ނޭށަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުން ފިޔަވައި އެހެނިހެން ފަރާތްތަކުން ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ލައިސަންސަށް އެދެވިދާނެއެވެ.

(ށ) މި މއްދާގެ (ހ) ގެ ދަށުން ލައިސަންސައްއެދޭ ފަރާތަކީ އެސެސްމަންޓް ހެދުމަށް ނޭށަނަލް ޑްރަގް އެޖެންސީން ކަނޑައަޅާ ތަނަކަށް އެ އެޖެންސީން ކަނޑައަޅާ ގަޑިއަކަށް ހާޒިރުވެވޭ ފަދަ މީހަކަށް ވާންޖެހޭނެއެވެ.

 

11 ވަނަ މާއްދާލައިސަންސް ހިފެހެއްޓުން ނުވަތަ ލައިސަންސް ބާތިލްކުރުން

(ހ) ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ދޫކުރެވިފައިވާ ލައިސަންސް ހިފެހެއްޓުމާއި އަދި އެ ލައިސަންސް ބާތިލްކުރުމުގެ ބާރު ނޭށަނަލް ޑްރަގް އެޖެންސީއަށް ލިބިގެންވެއެވެ.

(ށ) ޑްރަގް ޑިޕެންޑެންސް ނުވަތަ އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ލައިސަންސް ލިބިފަވާ ފަރާތަކުން ޑްރަގް ޑިޕެންޑެންސް ނުވަތަ އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓް ނޭށަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަންޖެހޭ ތާރީހަށް ހުށަނާޅައިފިނަމަ ކަމުގެ ކުޑަބޮޑުމިނަށް ރިއާޔްތްކޮށް 1 (އެކެއް) މަހާއި 3 (ތިނެއް) މަހާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ހެފެހެއްޓޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސް ހިފެހެއްޓޭ ފަރާތްތަކުގެ ލައިސަންސް އާކޮށްދެވޭނީ ނޭށަނަލް ޑްރަގް އެޖެންސީން އެފަރާތާ ބައްދަލުކޮށް ވާހަކަދެއްކުމަށްފަހު، ދެން އެފަދަކަމެއް ތަކުރާރުވެއްޖެނަމަ އިތުރު އެންދުމަކާ ނުލައި ލައިސަންސް ބާތިލު ކުރެވޭނެކަން ލިޔުމުން އެންގުމަށް ފަހުގައެވެ.

(ރ) ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން އެސެސްމަންޓް ހޯދޭ މައުލޫމާތާއި އަދި އެސެސްމަންޓް ހެދޭ ފަރާތުގެ މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތަކަށްނޫން އެހެން ފަރާތެއް ނުވަތަ ފަރާތްތަކަކާ ހިއްސާކުރުމަކީ މަނާކަމެކެވެ. މިފަދަ ކަމެއްކުރިކަން ނޭށަނަލް ޑްރަގް އެޖެންސީއަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، އެމީހަކާމެދު ގާނޫނީ ފިޔަވަޅުއަޅައި، އެފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރެވޭނެއެވެ.

(ބ) ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ލައިސަންސް ލިބިފަވާ ފަރާތަކުން، ވަކި މީހަކަށް ފައިދާވާގޮތަށް ނުވަތަ ގެއްލުންލިބޭ ގޮތަށް އެސެސްމަންޓް ހެދިކަން ނޭށަނަލް ޑްރަގް އެޖެންސީއަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، 1 (އެކެއް) މަހާއި 3 (ތިނެއް) މަހާއި ދެމެދުގެ މުއްދަތަކަށް، ވަގުތީގޮތުން ލައިސަންސް ހިފަހައްޓާ، ކަންވީގޮތް ރަނގަޅަށް ބެލުމަށްފަހު ލައިސަންސް ބާތިލު ކުރެވޭނެއެވެ.

(ޅ) ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ލައިސަންސް ލިބިފަވާ ފަރާތަކުން، އާއިލީ ގުޅުމެއް އޮތް މީހެއްގެ އެސެސްމަންޓް ހެދުމަކީ މަނާކަމެކެވެ. މިގޮތަށް ކަންތައްކުރިކަން ނޭށަނަލް ޑްރަގް އެޖެންސީއަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނަމަ، އެފަރާތުގެ ލައިސަންސް ބާތިލު ކުރެވޭނެއެވެ.

(ކ) ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ލައިސަންސް ލިބިފަވާ ފަރާތަކުން އެސެސްމަންޓް ހެދުމުގައި ރިށްވަތު ހިފުމާއި މަގާމުގެ ނުފޫޒުބޭނުންކޮށްގެން އެސެސްމަންޓުގެ ހަގީގަތް ގެއްލޭފަދަ އެއްވެސް އަމަލެއް ކުރިކަމުގެ ށަކުވާ ކުރެވިއްޖެނަމަ އެފަރާތެއްގެ ލައިސަންސް ނޭށަނަލް ޑްރަގް އެޖެންސީ ވަގުތޯގޮތުން ހިފަހައްޓާ އެފަރާތާދެމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ހަވާލުކުރެވޭނެއެވެ. އަދި އެފަދަ ކުށެއް އެފަރާތުގެ މައްޗަށް ސާބިތުވެއްޖެނަމަ، އެފަރާތުގެ ލައިސަންސް ބާތިލުކުރެވޭނެއެވެ. އަދި އަލުން ލައިސަންސް އެފަރާތަކަށް ދުލެއް ނުކުރެވޭނެއެވެ.

(އ) ނޭށަނަލް ޑްރަގް އެޖެންސީން " ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ލައިސަންސް" ދޫކޮށްފައިވާ މީހެއްގެ ލައިސަންސް އެއްވެސް ސަބަބަކާހުރެ ހިފެހެއްޓުމަށް ޑްރަގް ކޯޓުން ނުވަތަ އެހެން ކޯޓަކުން އަމުރުކޮށްފިނަމަ، ނުވަތަ އެފަރާތެއް ވަކިމިއްދަތަކަށް ކޯޓަށް ހާޒިރުނުކުރެވޭގޮތަށް ކޯޓަކުން ކަނޑައަޅައިވިނަމަ، އެދަފަ މީހެއްގެ ލައިސަންސް ބާތިލްކުރުމުގެ ނުވަތަ ހިފެހެއޓުމުގެ ބާރު ނޭށަނަލް ޑްރަގް އެޖެންސީއަށް ލިބިގެންވެއެވެ.

(ވ) މިއުސޫލުގެ ދަށުން ލައިސަންސް ދޫކުރެވޭ ފަރާތްތަކަށް މައުލޫމާތު ހިމެނޭ ދަފްތަރެއް ނޭށަނަލް ޑަރަގް އެޖެންސީން ބަލަހައްޓަންވާނެއެވެ. މިގޮތުން ބަލަހައްޓާ ދަފަތަރުގައި ލައިސަންސް ހިފެހެއްޓޭ އަދި ލައިސަންސް ބާތިލުކުރެވޭ ފަރާތްތަކުގެ މައުލޫމާތު އަޕްޑޭޓްކޮށް ބަލަހަށްޓަންވާނެއެވެ.

(މ) ޑްރަގް ޑިޕެންޑެންސް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ލައިސަންސް ހިފެހެއްޓިއްޖެނަމަ އަދި ބާތިލުކުރެވިއްޖެނަމަ ލައިސަންސް ދޫކުރެވިފައިވާ ފަރާތަށް ލިޔުމުން އެކަން އަންގާ، ނޭށަނަލް ޑްރަގް އެޖެންސީގައި މިލިޔުމުގެ ކޮޕީ ފައިލު ކުރަންވާނެއެވެ.

 

12 ވަނަ މާއްދާލައިސަންސް ނުދެވޭނެ ފަރާތްތައް

އަންނަނިވި ކުށްކުށުގެ ތެރެއިން ކުށެއްގެ ދައުވާ އުފުލިފައިވާ މީހުނާއި، އެއިން ކުށެއް ސާބިތުވެ، ހުކުމް ތަންފީޒިކޮށް ނިމިފައިނުވާ ފަރާތްތަކަށް ޑްރަގް ޑިޕެންޑެންސް އެސެސްމަންޓް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ލައިސަންސެއް ނުދެވޭނެއެވެ.

(ހ) މީހަކު މެރުމުގެ ކުށް؛

(ށ) ޓެރަރިޒަމްގެ ކުށް؛

(ނ) ގާނޫނު ނަންބަރ 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނު) ގައި ކަނޑައަޅާފައިވާ ކުށެއް؛

(ރ) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛

(ބ) ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް

(ޅ) މިމާއްދާގެ (ހ) އިން ފެށިގެން (ބ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށަފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރުމުގައި ބައިވެރިވުމުގެ ކުށް އެއިން ކުށެއް ކުރުމުގައި އެހީތެރިވެދިނުމުގެ ކުށް.

 

13 ވަނަ މާއްދާ – ޑްރަގް ޑިޕެންޑެންސް އެސެސްމެންޓް

"ޑްރަގް ޑިޕެންޑެންސް އެސެސްމަންޓް" އަކީ، ގާނުނު ނަންބަރ 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 16 ވަނަ މާއްދާގައި ބުނާގޮތަށް، ކުށުގެ ދައުވާ އުފުލައިފައިވާ މީހާ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނިސްބަތް ދެނެގަތުމުގެގޮތުން ޕްރެސެކިއުޓަރ ޖެނެރަލްގެ އެންގުމަކަށް ހަދާ އެސެސްމަންޓްއެކެވެ.

 

14 ވަނަ މާއްދާ – އިންޑިކޭޓިވް އެސެސްމަންޓް

އިންޑިކޭޓިވް އެސެސްމަންޓަކީ ގާނޫނު ނަންބަރ 17/2011 (މަސްތުވާތަކެއްޗާބެހޭ 6 (ހައެއް) ވަނަ މާއްދާގައި ބުނާ ގޮތަށް ކުށުގެ ދައުވާ އުފުލިފައިވާ މީހާ މަސްތުވާތަކެއްޗަށް ދެވިފައިވާ ނިސްބަތް ދެނެގަތުމަށާއި، އޭނާއަށް ދޭންޖެހޭ ފަރުވާ ކަނޑައަޅުމުގެ ގޮތުން ޑްރަގް ކޯޓުގެ އެންގުމަށް ހަދާ އެސެސްމަންޓެކެވެ.

 

15 ވަނަ މާއްދާ – އިތުބާރު ގެއްލޭފަދަ ކުށް

މިގަވާއިދުގައި އިތުބާރު ގެއްލޭފަދަ ކުށްކުށުގެ ގޮތުގައި ބަލަނީ ތިރީގައިވާ ބަޔާން ކުރެވިފައިވާ ކުށްތަކުގެ ތުހުމަތު ކުރެވިފައިވާ، ތަހުގީގު މަރުހަލާގައިވާ ނުވަތަ ކުށް ސާބިތުވެފައިވާ ކުށްކުށެވެ.

(ހ) ގާނޫނުލްއުގޫބާތުގައި ބަޔާންކުރެވިފައިވާ މާރާމާރީގެކުށް؛

(ށ) ގާނޫނުލްއުގޫބާތުގައި ބަޔާންކުރެވިފައިވާ ވައްކަން، ޓެކުން، ހިޔާނަތްތެރިވުމާއި މަކަރާއި ހިލަތް އަދި ފޭރުމުގެ ކުށް؛

(ނ) ގާނޫނު ނަންބަރ 2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގެ ދަށުން ކުށެއްކަމަށް ކަނޑައަޅާފައިވާ ކުށްތައް.

 

16 ވަނަ މާއްދާ – އާއިލީގުޅުން

މިގަވާއިދުގެ ބޭނުމަށްޓަކައި އާއިލީގުޅުން މަނާ ކުރެވިފައިވަނީ، ލޭގެ ގުޅުން، ކައިވެނީގެ ގުޅުން އަދި ކައުންސެލަރުން އަމަލުކުރަންޖެހޭ މިންގަނޑުތަކާ ފުށުއަރާ ފަދަ ގުޅުމެއް ނުވަތަ ގުޅުންތަކަށެވެ.

 

---------------

 

(ޖަދުވަލު 1)

(މަސްތުވާތަކެތީގެ ކުށުގެ ދައުވާ އުފުލިފައިވާ ފަރާތްތަކުގެ ޑްރަގް ޑިޕެންޑެންސް އެސެސްމަންޓް އަދި އިންޑިކޭޓިވް އެސެސްމަންޓް ހެދުމުގެ ލައިސަންލަށް އެދޭ ފޯމު މި ފައިލާއެކު އެޓޭޗްކުރެވިފައިފާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާެނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)

 

މައި ގާނޫނު

މަސްތުވާތަކެއްޗާބެހޭ ގާނޫނު (ގާނޫނު ނަންބަރު 17/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު