-

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 17/2013) 

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 41 ވަނަ މައްދާގެ (ނ) އަންނަނިވިގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ބާތިލުކުރެވޭ މައްސަލައެއް އަލުން ހުށައަޅާނަމަ، އެ މައްސަލައެއް ބަލައިގަނެވޭނީ މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ މުއްދަތު ހަމަނުވާނަމައެވެ. އަދި، އެފަދަ މައްސަލައެއް ބަލައިގަނެވޭނީ 500 (ފަސްސަތޭކަ) ރުފިޔާގެ އިދާރީ ފީ އެއް ދެއްކުމުންނެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު - 2010 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު