-

ގަވާއިދު ނަންބަރު 58/2013 (ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދު ) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 10/2014)

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

4.  ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މިގަވާއިދަށް އަމަލުކުރަން ފަށާނީ 5 ފެބުރުވަރީ 2014 އިން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔަންކޮށްފައި ވީނަމަވެސް، މި ގަވާއިދުގެ 13 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ 5 އެޕްރީލް 2014 އިންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، މިގަވާއިދުގެ 14 ވަނަ މާއްދާއަށް އަމަލު ކުރަންފަށާނީ 5 މޭ 2014 އިން ފެށިގެންނެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔަންކޮށްފައި ވީނަމަވެސް، މިގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަށް އަމަލުކުރަން ފަށަނީ 5 އޭޕްރީލް 2014 އިން ފެށިގެންނެވެ.

 

2 ވަނަ މާއްދާ -  މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 58/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު