-

ޓޫރިސްޓް ރިޒޯޓް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރ 7/2010) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 149/2015)

 

ގަވާއިދު ނަންބަރު 7/2010 (ޓޫރިސްޓް ރިޒޯޓް ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ބ) ގެފަހަތަށް (ޅ) ގެ ގޮތުގައި އިތުރު އަކުރެއް އިތުރުކުރުން.

13. (ޅ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައްކަންޖެހޭ ފީގެ 8 އިން އިންސްޓޯލްމަންޓުގެ ތެރެއިން، ޓޫރިސްޓް ރިޒޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފަށާއިރު ދައްކާފައިނުވާ އިންސްޓޯލްމަންޓުތަކުގެ ފީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކޮށްފިނަމަ، އަދި  މި މާއްދާގެ (ހ) ގެ ދަށުން އަރާފައިވާ ޖޫރިމަނާ ދައްކަން ނުޖެހޭނެއެވެ. އަދި ޖޫރިމަނާގެ ފައިސާ ދައްކާފައިވާ ފަރާތްތަކުން ދެން ދައްކަންޖެހޭ އިންސްޓޯލްމަންޓެއްގެ ތެރެއިން އެ ފައިސާ ކަނޑައިދެވޭނެއެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއެއްގެ ބަޔަކަށް ހަވަލާދީފައިވާ ތަންތަން، މި ގަވާއިދަށް ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

3 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ރިޒޯޓު ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 7/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު