-

ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިގެން ކުންފުނި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1034/2019)

އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 47/2021)

 

ގަވާއިދު ނަންބަރު 1034/2019 (ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިގެން ކުންފުނި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާތައް އިތުރުކުރުން.

"އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަން" އަށް އެދުން 1-7.

(ހ) މި ގަވާއިދުގެ 2 ވަނަ މާއްދާގެ ދަށުން އުވައިލުމަށް ކަނޑައަޅައި، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އުވައިލައިފައިވާ ކުންފުންޏަކާ ގުޅޭ ގޮތުން، ށަރުއީ ކޯޓަކަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން، ނުވަތަ ވަކި މައްސަލައެއް ށަރުއީ ކޯޓަކަށް ހުށަހެޅުމުގެ ބޭނުމަށް، ނުވަތަ ކުންފުނި އުވައިލުމުގެ މަރުހަލާގައި އެ ކުންފުންޏާ ގުޅޭ އިލްތިޒާމްތައް، ށަރުއީ ކޯޓެއްގެ ހުކުމަކާ ގުޅިގެން ފުރިހަމަކޮށްފައި ނުވާ ކުންފުންޏެއް ނަމަ، "އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަން" (Administrative Restoration) އަކަށް، ށަރުއީ ކޯޓަކުން، ނުވަތަ ދައުލަތުން، ނުވަތަ މައްސަލައެއް ކޯޓަށް ހުށަހެޅި ފަރާތަކުން، ނުވަތަ އެ ކުންފުނި އުވައިލި ތާރީހުގައި ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން %75 (ހަތްދިހަ ފަހެއް އިންސައްތަ) ތަމްސީލުކުރާ ފަރާތްތަކުން މިނިސްޓްރީގައި އެދެވިދާނެއެވެ.

(ށ) މި ގަވާއިދުގެ 1-7 ގެ ދަށުން، އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަނަކަށް އެދެވޭނީ، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކުންފުނި އުވައިލި ފަހުން 24 (ސައުވީސް) މަސްދުވަސް ފާއިތު ނުވާ ހާލަތްތަކުގައެވެ.

(ނ) އުވައިލައިފައިވާ ކުންފުންޏެއްގެ އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަންއަށް އެދޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ހުށަހެޅި ހުށަހެޅުމަކަށް ރިއާޔަތްކޮށް، މިނިސްޓްރީން ގޮތެއް ނިންމައި، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް، އެ ހުށަހެޅުމާމެދު ނިންމި ގޮތް އަންގާންވާނެއެވެ. އަދި ކުންފުނި އުވައިލިއިރު، ދައުލަތަށް ދައްކާންޖެހި، އެއްވެސް ފައިސާއެއް ނުދައްކާ އޮތްނަމަ، އެ ފައިސާއެއް ދެއްކުމަށް، އެ ކުންފުންޏަކަށް އަންގާންވާނެއެވެ.

(ރ) އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަންއަށް ހުއްދަ ދޭ ކޮންމެ ކުންފުންޏަކީ، "ރިސްޓޯރޑް" (Restored) ކުންފުންޏެއްގެ ގޮތުގައި، ކުންފުނީގެ ދަފުތަރުގައި ރެކޯޑުކޮށް، އެ ފަދަ ކުންފުނިތަކުގެ ދަފުތަރެއް ވަކިން ބަލަހައްޓާންވާނެއެވެ.

(ބ) ރިސްޓޯރޑް ކުންފުނިތަކަކީ، ހަމައެކަނި ށަރުއީ މަރުހަލާގައި ނިންމާ ނިންމުންތަކާބެހޭ މުއާމަލާތްތައް ހިންގުމުގެ ހުއްދަ އޮތް ކުންފުނިތަކެކެވެ. މިއީ، ވިޔަފާރިކުރާ ނުވަތަ ޓްރޭޑިންގ ކުންފުނިތަކެއް ނޫނެވެ.

(ޅ) އުވައިލައިފައިވާ ކުންފުންޏެއްގެ އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަންއަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ހުއްދަ ދިނުމާއެކު، އެކަން އާންމުކޮށް އަންގައި އިއުލާނުކޮށް، ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާންވާނެއެވެ

(ކ) މި ގަވާއިދުގެ ދަށުން، އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަންގެ ހުއްދަ ދޭ ކޮންމެ ކުންފުންޏަކުން ވެސް، އެ ކުންފުންޏަކުން ނުވަތަ އެ ކުންފުންޏެއްގެ މައްޗަށް ށަރުއީ ކޯޓަކަށް ހުށަހަޅައިފައިވާ މައްސަލަ ވަކި ގޮތަކަށް ނިމި،   އެ ކުންފުންޏެއްގެ މައްޗަށް ސާބިތުވާ އެއްވެސް އިލްތިޒާމެއް އޮތްނަމަ، އެ އިލްތިޒާމެއް ފުރިހަމަކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ ކުންފުނީގެ ހިއްސާދާރުންގެ ގަރާރަކުން، މައްސަލަ ނިމުނު ގޮތް، ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އަންގާންވާނެއެވެ. 

އުވައިލައިފައިވާ ކުންފުނިތަކުގެ ނަމާމެދު އަމަލުކުރާނެ ގޮތް 2-7.

މި ގަވާއިދުގެ ދަށުން، އުވައިލައިފައިވާ ކުންފުންޏެއްގެ ނަން، އެ ކުންފުނި އުވައިލާތާ 12 (ބާރަ) މަސްދުވަސް ފާއިތުވަންދެން އެއްވެސް ފަރާތަކަށް ބޭނުންކުރުމުގެ ހައްގު ލިބިގެނެއް ނުވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން.

12 މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަން" ކަމުގައި ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 1034/2019 (ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިގެން ކުންފުނި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތުން، އުވައިލައިފައިވާ ކުންފުންޏަކާބެހޭ ގޮތުން، ށަރުއީ ކޯޓަކުން، ނުވަތަ ދައުތަލުން، ނުވަތަ އުވައިލި ތާރީހުގައި ކުންފުނީގެ ހިއްސާދާރަކަށް ހުރި ފަރާތަކުން ކޯޓަށް މައްސަލައެއް ހުށަހެޅުމަށް، އެ ކުންފުނީގެ ނަން، ކުންފުނިތަކުގެ ދަފުތަރުގައި ބޭއްވުމެވެ.

(ށ) "ރިސްޓޯރޑް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން، އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަންގެ ހުއްދައަކަށް އެދުމުން، އެފަދަ ހުއްދައަކަށް އެދޭ ފަރާތުގެ ކުންފުނިން ށަރުއީ ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ވުޖޫދުގައި އޮތް ކުންފުންޏެއްގެ ގޮތުގައި، ކުންފުނީގެ ދަފުތަރުގައި ރެކޯޑުކޮށްފައި އޮންނަ އޮތުމަށެވެ.  

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިގެން އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1034/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު