-

އިލެކްށަންސް ކޮމިށަނުގެ ގަވާއިދަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2021-45)

 

ގަވާއިދު ނަންބަރު 2019-02 (އިލެކްށަންސް ކޮމިށަނުގެ ގަވާއިދު) އަށް، އަންނަނިވި އިސްލާހުތައް ގެނައުން.

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ މާއްދާގެ 2.3 އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ވަޒީފާއަށް މީހުން ހޯދުމަށް އިއުލާނު ކުރުން 2.

2.3 ކޮމިށަނުގެ ހުރިހާ މަޤާމަކަށް މީހުން ހޯދާންވާނީ އާންމުކޮން އިއުލާނު ކޮށްގެންނެވެ. މިގޮތަށް އިއުލާނު ކުރުމުގެ ކުރިން، މި ގަވާއިދުގެ ޖަދުވަލު 5 ގެ 4 ވަނަ މާއްދާގެ 4.2 ވަނަ ނަންބަރުގެ ދަށުން އަމަލު ކުރާންވާނެއެވެ .މީހުން ހޯދުމަށް ކުރާ އިއުލާނުތަކުގައި އަންނަނިވި މައުލޫމާތު އާންމު ކުރާންވާނެއެވެ.

  1. މަގާމުގެ ނަން؛
  2. ވަޒީފާ އަދާކުރާންޖެހޭ ތަން؛
  3. މަގާމުގެ ރޭންކާއި ށަރުތުތައް؛
  4. މަޤާމުގައި އަދާކުރާންޖެހޭ މައިގަނޑު މަސްއޫލިއްޔަތު؛
  5. މުސާރައާއި، މުސާރައިގެ އިތުރަށް ދެވޭ އެލެވަންސާއި އިނާޔަތްތައް؛
  6. ހުށަހަޅާންޖެހޭ ތަކެތި؛
  7. ޓެސްޓެއް ނުވަތަ ޕްރެޒެންޓޭށަނެއް ދޭންޖެހޭ ފަދަ މަޤާމެއް ނަމަ އެކަން؛
  8. ވަޒީފާއަކީ، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހީންނަށް އެކަނި ކުރިމަތިލެވޭނެ ވަޒީފާއެއްކަން ބަޔާންކުރުން؛
  9. ވާޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު.

 

2 ވަނަ މާއްދާ -ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 2 ވަނަ މާއްދާގެ 2.3 ގެ ފަހަތަށް 2.4 ގެ ގޮތުގައި ނަންބަރެއް އިތުރުކުރުން.

ވަޒީފާއަށް މީހުން ހޯދުމަށް އިއުލާނު ކުރުން 2.

2.4 މި ގަވާއިދުގެ 5 ވަނަ މާއްދާގައި، ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޢައްޔަނު ކުރުމަށް ވަކި ގޮތެއް ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިށަނަށް ފެނިއްޖެ ހިނދެއްގައި މި މާއްދާގެ 2.3 ގެ ދަށުން، ސެކްރެޓަރީ ޖެނެރަލް އައްޔަނު ކުރެވިދާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގެ 5 ވަނަ މާއްދާގެ 5.2 އުނިކުރުން.'

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދަށް ޢަމަލުކުރާން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިލެކްށަންސް ކޮމިށަނުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު