-

ށޯޓް ކޯޑް ދޫކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 38/2021)

 

1 ވަނަ މާއްދާ - ތައާާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަަންގެ ގާނޫނު) ގެ 57 ވަނަ މާއްދާގެ (ބ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "ށޯޓް ކޯޑް ދޫކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ދެވޭ ޓެލެކޮމިއުނިކޭށަަންސްގެ ހިިދުމަތްތަކުގައި ބޭނުންކުރާ ނަންބަރުތަކުގެ ތެރެއިން އާންމު ހިިދުމަތްތަކުގައްޔާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް، ށޯޓް ކޯޑް (ކުރު ނަންބަރު) ދޫކުރާނެ އުސޫލުތައް ކަނޑައަޅައި، އެ ކަންކަން ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ށޯޓް ކޯޑުގެ ބައިތައް

ށޯޓް ކޯޑުގައި ހިމެނޭ ބައިތައް، ތިރީގައި މިވަނީއެވެ.

(ހ) 4 (ހަތަރެއް) އަކުރުގެ ނަންބަރުތައް؛

(ށ) 3 (ތިނެއް) އަކުރުގެ ނަންބަރުތައް.

 

4 ވަނަ މާއްދާ - ހަތަރު އަކުރުގެ ށޯޓް ކޯޑް

(ހ) 4 (ހަތަރެއް) އަކުރުގެ ށޯޓް ކޯޑުގެ ތެރޭގައި ހިމެނޭނީ، 1400 (އެއްހާސް ހަތަރުސަތޭކަ) އިން ފެށިގެން 1999 (އެއްހާސް ނުވަސަތޭކަ ނުވަދިހަ ނުވައެއް) އާ ދެމެދުގެ ނަންބަރުތަކެވެ.

(ށ) 4 (ހަތަރެއް) އަކުރުގެ ށޯޓް ކޯޑް ބަހައިލައިފައިވަނީ، 2 (ދޭއް) ކެޓަގަރީއަށެވެ. ކެޓަގަރީ A ގައި ހިމެނެނީ، ރީތި ނަންބަރުތަކެވެ. އަދި ކެޓަގަރީ B ގައި ހިމެނެނީ، އާންމު ނަންބަރުތަކެވެ.

(ނ) އެ އިރެއްގައި ލިބެން ހުންނަ ނަންބަރުތައް، އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) ގައި ފެންނާން ހުންނާނެއެވެ.

 

5 ވަނަ މާއްދާ - ހަތަރު އަކުރުގެ ށޯޓް ކޯޑް ދޫކުރުން

ށޯޓް ކޯޑް ނަންބަރުތައް، ރޭންޖުތަކަކަށް ބަހައިގެން އެ ވަގުތަކަށް ކަނޑައެޅިފައިވާ ރޭންޖަކުން ނުވަތަ ރޭންޖުތަކަކުން ނަންބަރު ދޫކުރާނީ އޮތޯރިޓީންނެވެ. މިގޮތުން ނަންބަރު ދޫކުރުމުގައި އަންނަނިވި ކަންތައްތަކަށް ރިއާާޔަތް ކުރެވޭނެއެވެ.

(ހ) ށޯޓް ކޯޑަށް އެދި ހުށަހަޅާ ފަރާތުން ފޯރުކޮށްދޭ ހިިދުމަތަކީ، ގިނަބަޔަކު އެ ހިިދުމަތެއް ބޭނުންކުރުމަށް ގުޅާންޖެހޭ ފަރާތަކަށްވުން؛

(ށ) ށޯޓް ކޯޑަށް ކަނޑައެޅިފައިވާ "ށޯޓް ކޯޑަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު އޮތޯރިޓީއަށް ހުށަހަޅައިފައިވުން.

 

6 ވަނަ މާއްދާ - ހަތަރު އަކުރުގެ ށޯޓް ކޯޑުގެ ފީ

އޮތޯރިޓީން ދޫކުރާ 4 (ހަތަރެއް) އަކުރުގެ ށޯޓް ކޯޑުތަކަށް ފީ ނެގޭނެ އުސޫލު ތިރީގައި މިވަނީއެވެ. 

(ހ) 4 (ހަތަރެއް) އަކުރުގެ ށޯޓް ކޯޑުތަކުގެ އަހަރީ ފީއާއި އެޕްލިކޭށަަން ފީ ނެގޭނެ ގޮތް:

  1. ރީތި ނަންބަރުގެ ކެޓެގަރީ A: 48,000 (ސާޅީސް އަށްހާސް) ރުފިޔާ؛
  2. އާންމު ނަންބަރުތަކުގެ ކެޓެގަރީ B: 24,000 (ސައުވީސް ހާސް) ރުފިޔާ؛
  3. ކެޓެގަރީ A އާއި ކެޓެގަރީ B ގެ އެޕްލިކޭށަަން ފީ: 2,000 (ދެހާސް) ރުފިޔާ.

(ށ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ށޯޓް ކޯޑެއް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ބާތިިލު ކުރެވޭ ހާލަތްތަކުގައި އެ ށޯޓް ކޯޑަކަށް ދައްކައިފައިވާ އަހަރީ ފީ އަނބުރާ ނުދެވޭނެއެވެ.

 

7 ވަނަ މާއްދާ - ހަތަރު އަކުރުގެ ށޯޓް ކޯޑު ބާތިިލު ކުރުން

މި ގަވާއިދުގެ ދަށުން ދޫކުރާ ށޯޓް ކޯޑު، ތިރީގައިވާ ހާލަތްތަކުގައި ބާތިިލު ކުރެވޭނެއެވެ.

(ހ) ށޯޓް ކޯޑު ދޫކުރެވުނު ތާރީހިުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، ށޯޓް ކޯޑް ދޫކުރި ހިިދުމަތް ފަށައިފައި ނުވުން؛

(ށ) ށޯޓް ކޯޑް ބޭނުންކުރުމަށް ދޫކޮށްފައިވާ ހިިދުމަތް ހުއްޓައިލުން؛

(ނ) ށޯޓް ކޯޑްގެ އަހަރީ ފީ ނުދައްކާތާ 3 (ތިނެއް) މަސްދުވަސް ފާއިތުވުން.

 

8 ވަނަ މާއްދާ - ހަތަރު އަކުރުގެ ށޯޓް ކޯޑު ބޭނުންކުރުން

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ށޯޓް ކޯޑު ބޭނުންކުރުމުގައި، ށޯޓްކޯޑް ދޫކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމަކަށް ށޯޓް ކޯޑު ބޭނުންކޮށްގެން ނުވާނެއެވެ. އަދި އޮތޯރިޓީގެ ހުއްދައެއް ނެތި އެހެން ފަރާތަކަށް ށޯޓް ކޯޑް ދީ ނުވަތަ ވިއްކައިގެން ވެސް ނުވާނެއެވެ.


9 ވަނަ މާއްދާ - ތިން އަކުރުގެ ށޯޓް ކޯޑް

3 (ތިނެއް) އަކުރުގެ ށޯޓް ކޯޑުގެ ރޭންޖްތައް ހަމަޖެހިފައިވަނީ، 100 (އެއްސަތޭކަ) އިން ފެށިގެން 199 (އެއްސަތޭކަ ނުވަދިހަ ނުވައެއް) އާ ހަމަޔަށެވެ. އެއީ ކުއްލި ހާލަތްތަކުގައްޔާއި މުއާސަަލާތީ ހިިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރުމަށެވެ.

 

10 ވަނަ މާއްދާ - ތިން އަކުރުގެ ށޯޓް ކޯޑް ދޫކުރުން

3 (ތިނެއް) އަކުރުގެ ށޯޓް ކޯޑް ދޫކުރުމުގައި، އަންނަނިވި ކަންކަމަށް ރިއާާޔަތް ކުރެވޭނެއެވެ.

(ހ) ކުއްލި ހާލަތްތަކުގައި ހިިދުމަތެއް ފޯރުކޮށްދޭ ފަރާތަކަށް ވުން.

(ށ) ޓެލެކޮމިއުނިކޭށަަންގެ މައިގަނޑު ލައިސަންސެއް ލިބިފައިވާ ފަރާތަކަށް ވުން.

 

11 ވަނަ މާއްދާ - ތިން އަކުރުގެ ށޯޓް ކޯޑުގެ ފީ

3 (ތިނެއް) އަކުރުގެ ށޯޓް ކޯޑަށް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

 

12 ވަނަ މާއްދާ - ބޭނުންކުރެވެމުންދާ ށޯޓް ކޯޑު ނަންބަރުތަކާމެދު އަމަލު ކުރެވޭނެ ގޮތް

މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ބޭނުންކުރަމުންދާ ށޯޓް ކޯޑު ނަންބަރުތަކުގެ ތެރެއިން މި ގަވާއިދާ އެއްގޮތަށް ހުރި ނަންބަރުތައް އެ ގޮތުގައި ބޭނުން ކުރެވޭނެއެވެ. ގަވާއިދާ ފުށުއަރާގޮތަށް ބޭނުންކުރެވެމުންދާ ށޯޓް ކޯޑުތައް، ގަވާއިދާ އެއްގޮތަށް ބަދަލުކުރުމަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ދެވޭނެއެވެ.


13 ވަނަ މާއްދާ - އިދާރީ ފިޔަވަޅު

މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ށޯޓްކޯޑެއް، އެ ށޯޓްކޯޑު ދޫކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމަކަށް ބޭނުންކޮށްފިނަމަ، ނުވަތަ އޮތޯރިޓީގެ ހުއްދައެއް ނެތި އެހެން ފަރާތަކަށް ށޯޓް ކޯޑް ދީފިނަމަ، ނުވަތަ ވިއްކައިފިނަމަ، އެ ފަރާތަކާމެދު، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަަންގެ ގާނޫނު) ގެ 74 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.


14 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން

މި ގަވާއިދަށް އިތުރު ހަރުދަނާކަމެއް ގެނައުމުގެ ގޮތުން މި ގަވާއިދު އިސްލާހުކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރާނީ އޮތޯރިޓީންނެވެ.

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށަާއިއާުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީހިުން ފެށިގެންނެވެ.


16 ވަނަ މާއްދާ - މާނަ ކުރުން

މި ގަވާއިދުގެ އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އާިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކޮމިއުނިކޭށަަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށެވެ.

(ށ) "ށޯޓް ކޯޑު" ކަމުގައި ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަަންގެ ވޮއިސް ހިިދުމަތް ހިމެނޭގޮތަށް، ބޭނުންކުރުމަށް ދޫކުރެވޭ 4 (ހަތަރެއް) އަކުރާއި 3 (ތިނެއް) އަކުރުގެ ނަންބަރަށެވެ.

(ނ) "ކުއްލި ހާލަތްތަކުގައި ހިިދުމަތެއް ފޯރުކޮށްދޭ ފަރާތްތައް" ކަމުގައި ބުނެފައި އެވަނީ، ސަރުކާރުން، ކުއްލި ހާލަތްތަކުގައި ހިިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމުގައި ކަނޑައަޅައިފައިވާ ފަރާތްތަކަށެވެ.

(ރ) "މައިގަނޑު ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ފިކްސްޑް ލައިންގެ ހިިދުމަތް، ނުވަތަ މޯބައިލް ފޯނުގެ ހިިދުމަތް، ނުވަތަ އިންޓަރނެޓުގެ ހިިދުމަތް، އެ ކުންފުންޏަކުން މުޅި ރާއްޖެއަށް ދިނުމަށް އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސަށެވެ.

 

މައި ގާނޫނު

ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 43/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު