ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ނަގާނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2021-21)
1 ވަނަ މާއްދާ - ތައާާރަފު
މި ގަވާއިދަކީ، ގާާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާާނޫނު) ގެ 8 ވަނަ މާއްދާގެ (ޅ) އަށް ރިއާާޔަތްކޮށް، އެ ގާާނޫނުގެ 58 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ، "ފެނާއި ނަރުދަމާގެ ހިިދުމަތްތަކަށް ނަގާނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ފެނާއި ނަރުދަމާގެ ހިިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގާާއިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ ހިިދުމަތުން ނެގޭނެ އެންމެ މަތީ އަގު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، އެ ކަންކަން ތަންފީޒު ކުރުމެވެ.
4 ވަނަ މާއްދާ - ގަވާއިދު ތަންފީޒު ކުރުން
މި ގަވާއިދު ތަންފީޒު ކުރާނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީންނެވެ.
5 ވަނަ މާއްދާ - އެންމެ މަތީ އަގު ކަނޑައެޅުން
(ހ) ފެނާއި ނަރުދަމާގެ ހިިދުމަތް ދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިިދުމަތްތަކަށް ނެގޭނެ އެންމެ މަތީ އަގު ކަނޑައަޅާނީ، ދައުލަތުގެ ސިޔާސަތާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޮތޯރިޓީންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީން ކަނޑައަޅާ އަގަށްވުރެ މަތިން، ފެނާއި ނަރުދަމާގެ ހިިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ފެނާއި ނަރުދަމާގެ ހިިދުމަތަށް ފީ ނެގުމަށް ކަނޑައަޅާ އެންމެ މަތީ އަގުތައް، އޮތޯރިޓީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާާއިއާު ކުރަންވާނެއެވެ. އަދި މި އަގަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ ގެނައި ބަދަލުވެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާާއިއާު ކުރަންވާނެއެވެ.
6 ވަނަ މާއްދާ - ފެނާއި ނަރުދަމާދެ ހިިދުމަތުގެ ގިންތިތައް
ފެނާއި ނަރުދަމާގެ ހިިދުމަތަށް އަގު ކަނޑައަޅަންވާނީ، އަންނަނިވި ގިންތިތަކަށް ބަހައިގެން، ވަކިވަކީންނެވެ.
(ހ) ގޭބީސީތަކަށް؛
(ށ) ވިޔަފާރި ކުރާ ތަންތަނާއި، ސިިނާއާީ މަސައްކަތް ކުރާ ތަންތަން؛
(ނ) ސަރުކާރުގެ އިދާރާތަކާއި، އިޖުތިމާއާީ އިދާރާތައް.
7 ވަނަ މާއްދާ - ފެނުގެ ހިިދުމަތުގެ އެންމެ މަތީ އަގު ކަނޑައެޅުން
(ހ) ފެނުގެ އެންމެ މަތީ އަގު ކަނޑައެޅުމުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮންމެ ގިންތިއަކަށް ވަކިވަކީން އެންމެ މަތީ އަގު ކަނޑައަޅަންވާނެއެވެ.
(ށ) ފެނުގެ ފީގެ ގޮތުގައި އެންމެ މަތީ އަގު ކަނޑައަޅަންވާނީ، ކޮންމެ ގިންތިއެއް މަދުވެގެން 3 (ތިނެއް) ބޭންޑަށް ބަހައިލައިގެންނެވެ.
(ނ) ފެނުގެ ހިިދުމަތް ދިނުމުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކަށް، އަންނަނިވި ކަންކަމަށް ވަކިވަކީން އެންމެ މަތީ އަގު ކަނޑައަޅަންވާނެއެވެ.
- ފެން ގުޅައިދިނުމަށް؛
- ފެނުގެ ގުޅުން އެހެން ތަނަކަށް ބަދަލުކުރުން؛
- ވަގުތީގޮތުން ކަނޑައިލައިފައިހުރި ފެނުގެ ހިިދުމަތް އަލުން ގުޅުން؛
- ފެން މީޓަރު ޓެސްޓުކުރުން؛
- ފެން މީޓަރު، އައު މީޓަރަކަށް ބަދަލުކުރުން؛
- ބޫސްޓަރ ޕަންޕް އިންސްޓަލޭށާަން؛
- ކޮންސްޓްރަކްށާަން ފަދަ މަސައްކަތްތަކަށް ވަގުތީގޮތުން ފެން ގުޅައިދިނުމަށް؛
- ފެން ގުޅައިދިނުމުގައި ގޭގެ އިންފާރުން ފެށިގެން 3 (ތިނެއް) ފޫޓަށް ވުރެ ދުރަށް ގެންދަންޖެހޭ ހާލަތްތަކުގައި ހޮޅި ގެންދިޔުމަށް، ފޫޓަކަށް ނެގޭނެ އަގު؛
- ގަވާއިދާ އެއްގޮތަށް ބިލަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ބިލަށް ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު މިންވަރު.
8 ވަނަ މާއްދާ - ނަރުދަމާގެ ހިިދުމަތްތަކަށް ނަގާނެ އެންމެ މަތީ އަގު ކަނޑައެޅުން
(ހ) ނަރުދަމާގެ ހިިދުމަތްތަކަށް ފީގެ ގޮތުގައި ނަގާނެ އެންމެ މަތީ އަގު، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކަށް ވަކިވަކިން ކަނޑައަޅާންވާނެއެވެ.
(ށ) ނަރުދަމާގެ ހިިދުމަތް ދިނުމުގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކަށް، އަންނަނިވި ކަންކަމަށް ވަކިވަކީން އެންމެ މަތީ އަގު ކަނޑައަޅަންވާނެއެވެ.
- ނަރުދަމާ ގުޅައިދިނުމަށް؛
- ނަރުދަމާގެ ގުޅުން އެހެން ތަނަކަށް ބަދަލުކުރުން؛
- ނަރުދަމާގެ ޖަންކްށާަން އައުކުރުން؛
- ނަރުދަމާ ޖަންކްށާަން ސާފުކުރުން؛
- ނަރުދަމާ ގުޅައިދިނުމުގައި ގޭގޭގައި ބަހައްޓާ ކެޗްޕިޓް އެ ގޭގެ އިންފާރުން ފެށިގެން 3 (ތިނެއް) ފޫޓަށް ވުރެ ދުރަށް ގެންދަންޖެހޭ ހާލަތްތަކުގައި، ހޮޅި ގެންދިޔުމަށް، ފޫޓަކަށް ނެގޭނެ އަގު.
9 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިިދުމަތަށް ނަގާނެ އެންމެ މަތީ އަގު ކަނޑައެޅުމުގައި ރިއާާޔަތްކުރަންވީ ކަންކަން
ފެނާއި ނަރުދަމާގެ ހިިދުމަތަށް ނަގާނެ އެންމެ މަތީ އަގު ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާާޔަތް ކުރަންވާނެއެވެ.
(ހ) އިޖުތިމާއާީ ރައްކައުތެރިކަން ކަށަވަރުކުރުން؛
(ށ) ދެމެހެއްޓެނިވި ގޮތެއްގައި ހިިދުމަތް ދިނުމުގައި ކުރާނެ އަސަރު؛
(ނ) ހިިދުމަތް ހޯދާ ފަރާތްތަކަށް ހަރަދު ކުރުމުގެ ގާާބިލުކަން ލިބިފައިވާ މިންވަރު.
10 ވަނަ މާއްދާ - ހިިދުމަތް ދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
(ހ) ފެނާއި ނަރުދަމާގެ ހިިދުމަތަށް އެންމެ މަތީ އަގު ކަނޑައެޅުމަށް ޓަކައި، ހިިދުމަތް ދިނުމަށް ހިނގާ ހަރަދުގެ ތަފުސީލު ދެނެގަތުމަށް، އޮތޯރިޓީން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް، އަންނަނިވި މައާުލޫމާތު، ފެނާއި ނަރުދަމާގެ ހިިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން، މި ގަވާއިދަށް އާަމަލުކުރަން ފަށާ ތާރީހިުން ފެށިގެން، ގިނަވެގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
- ހިިދުމަތް ފުޅާކުރުމަށް ކުރިޔަށް އޮތް 5 (ފަހެއް) އަހަރުދުވަހަށް ރާވައިފައިވާ ރޭވުމާއި، އެ ރޭވުން ތަންފީޒު ކުރުމަށް ކުރާނެ އިންވެސްޓްމެންޓުގެ ތަފުސީލު؛
- ފާއިތުވެ ދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި، ސަރުކާރުން ގަބޫލުކުރާ އޮޑިޓަރަކު ކޮށްފައިވާ އަހަރީ ފައިނޭންށާަލް އޮޑިޓް ރިޕޯޓްތައް (ފައިދާއާއި ގެއްލުން ތަފުސީލުކޮށް އެނގޭ ގޮތަށް)؛
- ފާއިތުވެދިޔަ އަހަރާއި، ކުރިޔަށް އޮތް 5 (ފަހެއް) އަހަރުދުވަހަށް އަންދާޒާ ކުރާ، ތިރީގައިވާ މައާުލޫމާތުތަކުގެ ތަފުސީލު (ހިިދުމަތް ދޭ ކޮންމެ ރަށަކަށް އަދި ގިންތިއަކަށް ވަކިން)
- ހިިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު؛
- އާމްދަނީގެ ތަފުސީލު؛
- ހިންގުމަށް ކުރާ ހޭދަ؛
- ވިޔަފާރި ހޭދައިގެ (އިންވެސްޓްމަންޓުގެ) ތަފުސީލު.
(ށ) ފެނާއި ނަރުދަމާގެ ހިިދުމަތަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޓަކައި، ކޮންމެ މީލާދީ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން، ފެނާއި ނަރުދަމާގެ ހިިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތައް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
- ހިިދުމަތް ފުޅާކުރުމަށް ކުރިޔަށް އޮތް އަހަރަށް ރާވައިފައިވާ ރޭވުމާއި، އެ ރޭވުން ތަންފީޒު ކުރުމަށް ކުރާނެ އިންވެސްޓްމެންޓުގެ ތަފުސީލު؛
- ފާއިތުވެ ދިޔަ އަހަރުގެ ފައިނޭންށާަލް އޮޑިޓް ރިޕޯޓު (ފައިދާއާއި ގެއްލުން ތަފުސީލުކޮށްފައިވާ ގޮތަށް)؛
- ފާއިތުވެ ދިޔަ އަހަރާއި، ކުރިޔަށް އޮތް އަހަރަށް އަންދާޒާ ކުރެވޭ، ތިރީގައިވާ މައާުލޫމާތުތަކުގެ ތަފުސީލު (ލައިސަންސް ލިބިފައިވާ ކޮންމެ ރަށަކަށް އަދި ގިންތިއަކަށް ވަކިން)
- ހިިދުމަތް ހޯދާ ފާރާތްތަކުގެ އަދަދު؛
- އާމްދަނީގެ ތަފުސީލު؛
- ހިންގުމަށް ކުރާ ހޭދަ؛ އަދި
(ރ) ވިޔަފާރި ހޭދައިގެ (އިންވެސްޓްމަންޓުގެ) ތަފުސީލު.
11 ވަނަ މާއްދާ - އެންމެ މަތީ އަގު ކަނޑައަޅާ މުއްދަތު
(ހ) އޮތޯރިޓީން އެންމެ މަތީ އަގު ކަނޑައަޅަންވާނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށެވެ. 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތު ފެށޭނީ، އެންމެ މަތީ އަގު ކަނޑައަޅައިފައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާާއިއާުކުރާ ތާރީހިުން ފެށިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އަގު ކަނޑައަޅާ މުއްދަތު ހަމަވުމުގެ ކުރިން ކަނޑައަޅައިފައިވާ އެންމެ މަތީ އަގުތައް އޮތޯރިޓީން މުރާޖައާާކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާާއިއާު ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ އެހެން ބުނެފައި އޮތް ނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިން، އެންމެ މަތީ އަގު މުރާޖައާާކޮށް އަގަށް ބަދަލު ގެނައުމުގެ އިހިުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މިގޮތަށް ގެންނަ ބަދަލުތައް ގެންނަންވާނީ، ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތާއި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
(ރ) އެންމެ މަތީ އަގު މުރާޖައާާ ކުރުމުގައި، މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިިދުމަތް ދޭ ފަރާތްތަކުން ހުށަހަޅައިފައިވާ ލިޔުންތަކަށް ރިއާާޔަތް ކުރަންވާނެއެވެ.
12 ވަނަ މާއްދާ - އެންމެ މަތީ އަގު ކަނޑައެޅުމަށް ބޭނުންކުރާ ފޯމިއުލާ
(ހ) އެންމެ މަތީ އަގު ކަނޑައެޅުމުގައި އޮތޯރިޓީން ބޭނުންކުރަންވާނީ، ކޮސްޓް ޕްލަސް މެތެޑޮލޮޖީއެވެ.
(ށ) އެންމެ މަތީ އަގު ކަނޑައެޅުމުގައި ބޭނުންކުރަންވާނީ، ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅައިފައިވާ އެކައުންޓިންގގެ އުސޫލުތަކާއި މިންގަނޑުތަކެވެ. އެންމެ މަތީ އަގު ކަނޑައެޅުމުގައި ޑިޕްރިސިއޭށާަން ކޮސްޓާއި، ހިންގުމުގެ ހަރަދުތައް ހިމަނަންވާނެއެވެ.
13 ވަނަ މާއްދާ - އެންމެ މަތީ އަގު ކަނޑައެޅުމަށް، ފެނާއި ނަރުދަމާ ހިިދުމަތުގެ ހަރަދުތަކުގެ ބޭސްލައިނެއް ކަނޑައެޅުން
(ހ) ފެނާއި ނަރުދަމާގެ ހިިދުމަތްތައް ދިނުމުގައި ކުރެވޭ ހަރަދުތަކަށް ރިއާާޔަތްކޮށް، އަންނަނިވި ހަރަދުގެ ބޭސްލައިން ޔުނިޓް ކޮސްޓް، އޮތޯރިޓީން ކަނޑައަޅަންވާނެއެވެ.
- ފެން ޓަނެއް އުފެއްދުމަށާއި، ގޭގެއަށް ފޯރުކޮށްދިނުމަށް ދާ ހަރަދު؛
- ނަޖިސްފެން ސާފުކުރުމަށް އެވްރެޖްކޮށް ގެއަކަށް ދާ ހަރަދު؛
- ނަރުދަމާގެ ހިިދުމަތް ދިނުމަށް ގެއަކަށް އެވްރެޖްކޮށް ދާ ހަރަދު.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ބޭސްލައިން ޔުނިޓް ކޮސްޓް، އަހަރަކު އެއްފަހަރު އޮތޯރިޓީން މުރާޖައާާ ކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ބޭސްލައިން ޔުނިޓް ކޮސްޓަށް ވުރެ ހިިދުމަތް ދޭ ފަރާތެއްގެ ހަރަދު މަތިނަމަ، އޮތޯރިޓީން އެކަން ބަލައި، ހިިދުމަތް ދޭ ފަރާތާއެކު ހަރަދު ކުޑަކުރެވޭނޭ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭން ތަންފީޒު ކުރާގޮތް މޮނިޓަރ ކުރަންވާނެއެވެ.
14 ވަނަ މާއްދާ - އިސްތިސްނާ
ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނަށް، ފުރަތަމަ ފަހަރު ފެނާއި ނަރުދަމާ ގުޅައިދޭންވާނީ އަގު ނެގުމަކާ ނުލައެވެ.
15 ވަނަ މާއްދާ - ފިޔަވަޅުއެޅުން
މި ގަވާއިދާ ހިިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައަޅާނީ އަންނަނިވި އުސޫލުންނެވެ.
(ހ) އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް، ނުވަތަ މިނިސްޓްރީއާއި އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް މައާުލޫމާތެއް ފޯރުކޮށްދިނުމުގައި، ގަސްތުގައި އޮޅުވައިލައި ދޮގު މައާުލޫމާތެއް ފޯރުކޮށްދީފައިވާ ފަރާތެއްގެ އަދަބަކީ 50,000 (ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކަށް ޖޫރިމަނާކުރުމެވެ.
(ށ) މައާުލޫމާތު ހޯދުމަށް މިނިސްޓްރީން އެދުމުން، އެކަށީގެންވާ ސަބަބެއް ނެތި އެ މައާުލޫމާތެއް، މިނިސްޓްރީން މައާުލޫމާތު ހޯދުމަށް އެދިފައިވާ މުއްދަތުގައި ފޯރުކޮށްދީފައި ނުވާނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ 5000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
(ނ) ތަންފީޒީ އޮފިސަރަކު އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމާއި، ހިިދުމަތް ދިނުމަށް ދަތިކުރުމާއި، ހިިދުމަތުގައި އުޅެނިކޮށް ހިިދުމަތްދޭ މުވައްޒަފަކަށް ގަސްތުގައި ނުވަތަ އިހުމާލުން ވިޔަސް ޖިސްމާނީ ގެއްލުމެއް ދިނުމާއި، ގޯނާކުރުމާއި، މިނޫނަސް މަސައްކަތަށް އުނދަގޫކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފި ފަރާތެއްގެ އަދަބަކީ 5000 (ފަސްހާސް) ރުފިޔާއާއި 25,000 (ފަންސަވީސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، އެ ކުރި އާަމަލުގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ އެކަން ތަހުުުގާީގާު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމެވެ.
16 ވަނަ މާއްދާ - ގަވާއިދަށް އާަމަލުކުރަން ފެށުން
މި ގަވާއިދަށް އާަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާާއިއާުކުރާ ދުވަހުން ފެށިގެންނެވެ.
17 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އާިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ. މި ގަވާއިދުގައި މާނަކޮށްފައި ނުވާ ލަފުޒުތައް މާނަކުރަންވާނީ، ގާާނޫނު ނަންބަރު 2020-08 (ފެނާއި ނަރުދަމާގެ ގާާނޫނު) ގައި ބަޔާންވެފައިވާ މާނައިގައެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ސިޔާސަތު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާާނޫނު ނަންބަރު 2020-26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާާނޫނު) ގެ ދަށުން އުފައްދައިފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.
(ނ) "ހިިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ހިިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ.
(ރ) "އެންމެ މަތީ އަގު" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ހިިދުމަތަށް، ހިިދުމަތް ލިބިގަންނަ ފަރާތްތަކުން ނެގޭނެ އެންމެ މަތީ ފީއަށެވެ.
(ބ) "ކޮސްޓް ޕްލަސް މެތެޑޮލޮޖީ" ކަމަށް ބުނެފައި އެވަނީ، ހިިދުމަތަށް ހިނގާ ހަރަދުގެ އިތުރުން، ފައިދާގެ އިންސައްތަ ކަނޑައަޅާ މޮޑެލަކަށެވެ.
(ޅ) "ބޭސްލައިން ޔުނިޓް ކޮސްޓް" ކަމަށް ބުނެފައި އެވަނީ، ޔުނިޓަކަށް ދާ ހަރަދުގެ ގޮތުގައި ކަނޑައަޅައިފައިވާ އަގަށެވެ.
(ކ) "އިންވެސްޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި އިތުރަށް ފުޅާކުރުމަށް ކޮށްފައިވާ ހޭދައަށެވެ.
(އ) "ފައިނޭންށާަލް އޮޑިޓް ރިޕޯޓް" ކަމަށް ބުނެފައި އެވަނީ، ސަރުކާރު ގަބޫލުކުރާ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ކަނޑައެޅޭ ވަކި މުއްދަތަކަށް ވިޔަފާރި ހިސާބުކުރުމަށްފަހު ތައްޔާރުކުރާ ރިޕޯޓްތަކަށެވެ.
(ވ) "ބޭންޑު" ކަމަށް ބުނެފައި އެވަނީ، ފެން ބޭނުންކުރާ މިންވަރަށް ބަލައި، ބޭނުންކުރި ފެނަށް އަގު ނެގުމަށް ޓަކައި ދުވާލެއްގެ މައްޗަށް ފެން ބޭނުންކުރާ މިންވަރު ބައިބަޔަށް ބަހައިލުމަށެވެ.
ކިޔުންތެރިންގެ ހިޔާލު