-

ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 78/2020)

މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 83/2020 އިން އުވާލެވިފައި

ގަވާއިދު ނަންބަރު 52/2020 (ދިވެހިރާއްޖޭގައި ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

1 (ހ)

މި ގަވާއިދަކީ، ގާނޫނު ނަންބަރު 35/2015 (ގާނޫނު ނަންބަރު 69/1978 ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން، އެ މާއްދާގެ 20 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު (އުވިފައި)

ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 52/2020)

 

އުވި ގަވާއިދު

ގަވާއިދު ނަންބަރު 52/2020 (ދިވެހިރާއްޖޭގައި ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު) އުވައިލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 83/2020)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު