-

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު 2016 (ގަވާއިދު ނަންބަރު 2016-21) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2017-97)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޑިސެމްބަރު 2017 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ށ) އާއި (ނ) އެހެން އޮތްކަމުގައިވީނަމަވެސް، ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީ ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވާ އޭޖެންސީތަކުން، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ކުރުމަށް ލާޒިމުވާނ،ީ އަދި މި މާއްދާގެ (ނ) އެފަރާތްތަކުގެ މައްޗަށް ހިނގަން ފަށާނ،ީ 1 ޖުލައި 2018 އިން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2016-21)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު