-

އެއްމެދު އިމާރާތާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 37/2017)

 

01 އެޕްރީލް 2006 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަމަލުކުރަން ފެށި "އެއްމެދު އިމާރާތާބެހޭ ގަވާއިދު" އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން:

3. އެއްމެދު އިމާރާތެއްގެ ފްލެޓެއްކަމަށް ބެލޭނީ، 2 ބުރިއަށް ނުވަތަ އެއަށްވުރެ އުސްކޮށް ހުރި އިމާރާތެއްގައި، އެ އިމާރާތުގެ އޮނިގަނޑަށް ބަދަލުގެނައުމަކާނުލައި، ގޭބިސީއަކަށް ވަކިން ދިރިއުޅޭވޭގޮތަށް ނުވަތަ އެހެން ބޭނުންތަކަށް ބޭނުންކުރެވޭގޮތަށް، ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ފެނާއި، ކަރަންޓާއި، މިނޫންވެސް މުހިންމު އެހެނިހެން ވަސީލަތްތައް ވަކިން ގާއިމުކޮށްފައިހުރި ކޮންމެ ބައެކެވެ.

 

2 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއްމެދު އިމާރާތާބެހޭ ގަވާއިދު (21 މޭއި 2006)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްމެދު އިމާރާތާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2006)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު