ރެމިޓެންސް ވިޔަފާރިއާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2017-31)
ފުރަތަމަ ބާބު
ފެށުން
1 ވަނަ މާއްދާ – ތައާރުފާއި ނަން
(ހ) މިއީ، ރެމިޓެންސް ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި، އެ ވިޔަފާރި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި ޢަމަލުކުރަންޖެހޭ ކަންތައްތަކާއި، އެ ވިޔަފާރި ހިންގާ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާއި، ރެމިޓެންސް ވިޔަފާރިއާގުޅޭ އެހެނިހެން ކަންތައްތައް ކަނޑައެޅުމުގެ ގަވާއިދެވެ.
(ށ) މިއީ ގާނޫނު ނަންބަރު 1981-06 މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981 ގެ 38 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ނ) މި ގަވާއިދަށް ކިޔަނީ، "ރެމިޓެންސް ވިޔަފާރިއާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރާ ތާރީހުން ފެށިގެންނެވެ.
ދެވަނަ ބާބު
ލައިސަންސް ދޫކުރުމާއި، ހިފެހެއްޓުން އަދި ބާތިލުކުރުން
3 ވަނަ މާއްދާ – ލައިސަންސް ދޫކުރުން
(ހ) ދިވެހިރާއްޖޭގައި ރެމިޓެންސް ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން މެނުވީ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ރެމިޓެންސް ވިޔަފާރިއެއް ހިންގައިގެން ނުވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭނީ ނުވަތަ ލައިސަންސް އާކުރެވޭނީ އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން، ރެމިޓެންސް ވިޔަފާރިކުރުމަށް އުފައްދާފައިވާ ކުންފުންޏަކަށްވުން؛ އަދި
- މި ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕެއިޑްއަޕް ކެޕިޓަލްގެ ގޮތުގައި އެންމެ މަދުވެގެން ބަހައްޓަންޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއްގެ ޕެއިޑްއަޕް ކެޕިޓަލް ހުރުން.
(ނ) މި ގަވާއިދުގެ ދަށުން ދެވޭ ލައިސަންސްގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ.
4 ވަނަ މާއްދާ – ލައިސަންސަށް އެދި ހުށަހެޅުން
(ހ) މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާގޮތަކަށް، އަދި އޮތޯރިޓީން އަންގާ މަޢުލޫމާތާއެކު، ލިޔުމުން އޮތޯރިޓީއަށެވެ.
(ށ) އެއްވެސް ފަރާތަކުން ލައިސަންސަށް އެދި ހުށަހަޅާއިރު އަންނަނިވި މަޢުލޫމާތާއި ލިޔުންތައް ހުށަހަޅަންވާނެއެވެ.
- އަސްލާ އެއްގޮތް ކޮޕީއެއް ކަމަށް ބުނެ ތަސްދީގުކޮށްފައިވާ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ ރަޖިސްޓްރޭށަނާބެހޭ ލިޔެކިޔުންތަކާއި އެ ފަރާތުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ ކޮޕީ؛
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މޭޖަރ ހިއްސާދާރުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި، އެގްޒެކެޓިވް އޮފިސަރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކުގެ ނަމާއި، ދާއިމީ އެޑްރެހާއި، މީގެ އިތުރުން އޮތޯރިޓީން ކަނޑައަޅާ އެފަރާތްތަކާބެހޭ އެހެނިހެން މަޢުލޫމާތު؛
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މޭޖަރ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ށަހުސުތަކުގެ ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ މާލީ ހިސާބުތައް؛ އަދި މޭޖަރ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ފަރުދުންގެ މާލީ ހާލަތު އަންގައިދޭ މާލީ ހިސާބުތައް.
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތާ ގުޅުންހުރި ފަރާތްތަކާއި، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މޭޖަރ ހިއްސާދާރުންނާ ގުޅުންހުރި ފަރާތްތަކުގެ މާލީ ހިސާބުތަކުގެ ކޮޕީ؛ މި ހިސާބުތައް ހުށަހެޅުމުގައި އޮޑިޓްކޮށްފައިވާ ހިސާބުތައް ހުށަހެޅުމަށް އަތޯރިޓީއަށް ކަނޑައެޅިދާނެއެވެ.
- އެއްވެސް ބާވަތެއްގެ ކުށެއް ށަރީޢަތަށް ސާބިތުވެފައިވާނަމަ ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީޢަތަށް ސާބިތުވެފައިނުވާނަމަ، ނުވަތަ އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅާފައިވާ ކުންފުންޏެއްގެ މެނޭޖްމަންޓުގައި ހަރަކާތްތެރިވެފައިވާނަމަ އެކަން ބަޔާންކޮށް ކޮންމެ މޭޖަރ ހިއްސާދާރެއް، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް އަދި އެގްޒެކެޓިވް އޮފިސަރެއް ވަކިވަކިން ސޮއިކޮށްފައިވާ ބަޔާނެއް؛
- ރެމިޓެންސް ވިޔަފާރި ހިންގުމަށް ގަސްދުކޮށްފައިވާ ކުންފުނީގެ ނަމާއި ވިޔަފާރިކުރުމަށް ހުށަހަޅާފައިވާ ތަން ނުވަތަ ތަނުގެ އެޑްރެސް؛
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން ރެމިޓެންސް ވިޔަފާރިކުރުމަށް ގަސްދުކޮށްފައިވާ ގޮތުގެ ތަފުސީލު؛ މީގެ ތެރޭގައި ކުރިއަށް އޮތް 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ލަފާކުރާ މާލީ ހިސާބުތަކާއި، ފައިސާ ޓްރާންސްފަރކުރާނެ ގޮތާއި، ސެޓްލްމަންޓް ހެދުމަށް ހަމަޖެހިފައިވާ ގޮތާއި، ރެމިޓެންސް މުޢާމަލާތްތައް ހިންގާނެ ގޮތް ހިމަނަންވާނެއެވެ.
- ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މެނޭޖްމަންޓް ރާވާފައިވާ ގޮތާއި ހިންގުމުގެ އިދާރީ އޮނިގަނޑު ކަނޑައަޅާފައިވާ ގޮތުގެ މަޢުލޫމާތު؛ މީގެ ތެރޭގައި އޭޖެންޓުން އައްޔަނުކުރާނަމަ، ނުވަތަ ބްރާންޗްތައް ގާއިމުކުރާނަމަ ނުވަތަ ރާއްޖޭގެ ނުވަތަ ބޭރުގެ ޕޭމަންޓް ސިސްޓަމެއްގައި ބައިވެރިވާނަމަ އެކަންކަމުގެ ތަފުސީލު ހިމަނަންވާނެއެވެ.
- ރެމިޓެންސް ވިޔަފާރީގައި ކުރިމަތިވެދާނެ ރިސްކް މެނޭޖްކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކާއި، އުސޫލުތަކާއި، އިންޓަރނަލް ކޮންޓްރޯލްތައް؛ އަދި
- ގާނޫނު ނަންބަރު 2014-10 މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރު ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، އޭގެ އިތުރުންވެސް މަނީ ލޯންޑްރިންގއާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކުގެ ތަފުސީލު.
(ނ) މި މާއްދާގެ (ށ) ގައިވާ ލިޔުންތަކާއި މަޢުލޫމާތުތަކުގެ އިތުރުން، އޮތޯރިޓީއަށް އިތުރު މަޢުލޫމާތެއް ބޭނުންވާކަމަށް ފެންނަނަމަ، އެ މަޢުލޫމާތު ހުށަހެޅުމަށް ލައިސަންސަށް އެދި ހުށަހަޅާ ފަރާތަށް އޮތޯރިޓީން އެންގިދާނެއެވެ.
(ރ) ލައިސަންސަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއި މަޢުލޫމާތާއި، ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ކުރިއަށް ގެންދިއުމަށްޓަކައި އިތުރު މަޢުލޫމާތެއް ބޭނުންވެއްޖެނަމަ، އޮތޯރިޓީއަށް ބޭނުންވެގެން އަންގާ އެހެނިހެން މަޢުލޫމާތު ލަސްނުކޮށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި ލައިސަންސަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ހުށަހަޅަންޖެހޭ މައުލޫމާތު ފުރިހަމައަށް ހުށަހަޅާފައި ނުވާނަމަ، ލައިސަންސަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ބާތިލުކޮށް، އެޕްލިކޭށަން ފީ އޮތޯރިޓީއަށް ހިފެހެއްޓިދާނެއެވެ.
5 ވަނަ މާއްދާ – ލައިސަންސް އާ ކުރުމަށް އެދި ހުށަހެޅުން
(ހ) މި ގަވާއިދުގެ ދަށުން ލައިސަންސް އާ ކުރުމަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާގޮތަކަށް، އަދި އޮތޯރިޓީން އަންގާ މަޢުލޫމާތާއެކު، ލިޔުމުން އޮތޯރިޓީއަށެވެ.
(ށ) ލައިސަންސް ލިބިފައިވާ ފަރާތަކުން އެ ފަރާތަށް ލިބިފައިވާ ލައިސަންސް އާކުރަން ބޭނުންވާނަމަ، އެ ލައިސަންސުގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން ލައިސަންސް އާކުރުމަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ފަހުން، އެހެންނަމަވެސް ލައިސަންސުގެ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި، އެފަދަ ހުށަހެޅުންތައް، ޖޫރިމަނާ ފީއަކާއެކު ބަލައިގަތުމުގެ އިހުތިޔާރު އަތޯރިޓީއަށް ލިބިގެންވެއެވެ.
(ނ) ލައިސަންސް ލިބިފައިވާ ފަރާތަކުން އެ ފަރާތަށް ލިބިފައިވާ ލައިސަންސް އާކުރުމަށް ހުށަހެޅުމުން، އެ ހުށަހެޅުމަކަށް ލައިސަންސް އާކޮށްދިނުމަށް ނުވަތަ ނުކޮށްދިނުމަށް އޮތޯރިޓީން ނިންމައި އަންގަންދެން ބެލެވޭނީ އެ ފަރާތަށް ލިބިފައިވާ ލައިސަންސް ދެމިއޮތްކަމަށެވެ.
6 ވަނަ މާއްދާ – އެޕްލިކޭށަން ފީ
(ހ) ލައިސަންސަށް އެދި ހުށަހަޅާއިރު، ގަވާއިދު ނަންބަރު 2016-80 (މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖުތަކާބެހޭ ގަވާއިދު) ގައި ރެމިޓެންސް ވިޔަފާރިކުރުމުގެ ލައިސަންސް އެޕްލިކޭށަން ފީގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާފައިވާ އަދަދު އޮތޯރިޓީއަށް ދައްކަންވާނެއެވެ. ލައިސަންސް ދޫކުރުމަށް ނުވަތަ ދޫކުރެވެން ނެތްކަމަށް އޮތޯރިޓީން ނިންމި ކަމުގައިވީނަމަވެސް، އެޕްލިކޭށަން ފީއަކީ އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
(ށ) ލައިސަންސް އާ ކުރުމަށް އެދި ހުށަހަޅާއިރު، އެޕްލިކޭށަން ފީގެ ގޮތުގައި) 15،000 ފަނަރަ ހާސް) ރުފިޔާ އޮތޯރިޓީއަށް ދައްކަންވާނެއެވެ. ލައިސަންސް އާކޮށްދިނުމަށް ނުވަތަ އާކޮށްދެވެން ނެތްކަމަށް އޮތޯރިޓީން ނިންމި ކަމުގައިވީނަމަވެސް، އެޕްލިކޭށަން ފީއަކީ އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
7 ވަނަ މާއްދާ – ލައިސަންސްގެ ށަރުތުތައް
(ހ) މި ގަވާއިދުގެ ދަށުން އޮތޯރިޓީން ލައިސަންސް ދޫކުރާއިރު ވަކި ށަރުތުތަކަކާއެކު ލައިސަންސް ދޫކުރެވިދާނެއެވެ. އަދި ލައިސަންސް ދޫކުރުމަށްފަހުގައިވެސް، ލިޔުމަކުން ލައިސަންސްގެ ށަރުތުތައް ބަދަލުކުރުމުގެ ބާރާއި، ށަރުތުތަކަށް އުނި އިތުރު ގެނައުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން އަންނަނިވި ކަންކަމަށް ޢަމަލުކުރަންވާނެއެވެ.
- ލައިސަންސްގެ ށަރުތުތަކުގެ ތެރޭގައި ރެމިޓެންސް ވިޔަފާރި ފެށުމަށް 3 (ތިނެއް) މަސްދުވަހަށްވުރެ ކުރު މުއްދަތެއް ދީފައިނުވާނަމަ، ލައިސަންސް ދޫކުރެވުނު ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރެމިޓެންސް ވިޔަފާރި ފަށަންވާނެއެވެ.
- އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، ރެމިޓެންސް ވިޔަފާރި ފިޔަވައި އެހެން އެއްވެސް ވިޔަފާރިއެއް ހިންގައިގެންނުވާނެއެވެ.
- އިންޓަރނަލް ކޮންޓްރޯލްތައް ކަނޑައަޅައި، ވިޔަފާރިއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންތައްތަކާމެދު އެކަށީގެންވާ ނިޒާމުތައް ގާއިމުކޮށް އުސޫލުތައް އެކުލަވައިލަންވާނެއެވެ.
- މަކަރާއި ހީލަތް ނުވަތަ ހިޔާނާތް ނުވަތަ މަނީ ލޯންޑްރިންގ ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުން ނުވަތަ އެނޫންވެސް ކުށެއް ކޮށްގެންނުވާނެއެވެ.
- ރެމިޓެންސް ވިޔަފާރި ހިންގަންވާނީ އެ ވިޔަފާރި ހިންގުމަށް އޮތޯރިޓީން ހުއްދަދީފައިވާ ނަމުގައި އެކަންޏެވެ.
- ރެމިޓެންސްގެ ހިދުމަތް ދިނުމަށް އޭޖެންޓުން ޢައްޔަނުކޮށްފައިވާނަމަ، އޭޖެންޓުންގެ ހަރަކާތްތައް އެކަށީގެންވާ ގޮތަކަށް ބަލަހައްޓަންވާނެއެވެ
- ލައިސަންސް ލިބިފައިވާ ފަރާތުގެ މޭޖަރ ހިއްސާދާރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެގްޒެކެޓިވް އޮފިސަރުންނަކީ ހުރިހާ ވަގުތެއްގައިވެސް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެކަށޭނެ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ
- ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ރެމިޓެންސް ވިޔަފާރި ހިންގުމަށްޓަކައި ޢަމަލުކުރުމަށް އޮތޯރިޓީން ކަނޑައަޅާ ކަންތައްތަކާއި ގައިޑްލައިންތަކާއި ނެރޭ ސަރކިއުލަރތަކާއި ދޭ އިރުށާދުތަކާއި އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.
8 ވަނަ މާއްދާ – ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުން
(ހ) އަންނަނިވި ކަންތައްތަކާއި ހާލަތްތަކުގެ ތެރެއިން ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެނަމަ، ވަކި މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމުގެ ނުވަތަ ލައިސަންސް ބާތިލުކުރުމުގެ އިހުތިޔާރު އަތޯރިޓީއަށް ލިބިގެންވެއެވެ.
- މި ގަވާއިދާ ނުވަތަ ލައިސަންސުގެ ށަރުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ނުވަތަ އިރުށާދަކާ ހިލާފުވުން؛
- މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ފަރާތުން، ހުށަހެޅުމުގައި އޮޅުން އަރާފާނެ ފަދަ މަޢުލޫމާތެއްކަން އެނގިހުރެ އެ މަޢުލޫމަތެއް ހުށަހެޅުން ނުވަތަ ހުށަހަޅާ މަޢުލޫމާތަކީ ތެދުނޫން މަޢުލޫމާތެއްކަން އެނގިހުރެ އެ މަޢުލޫމާތެއް ހުށަހެޅުން؛
- ރެމިޓެންސް ވިޔަފާރި ހިންގުމުގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުމަށް ނުރައްކަލެއް ދިމާވެދާނެކަމަށް އޮތޯރިޓީއަށް ފެނުން؛
- ރެމިޓެންސް ވިޔަފާރި ހިންގަނީ ކަސްޓަމަރުންނާއި އާންމުންގެ މަސްލަހަތަށް އުނިކަމެއް އަންނަ ގޮތަކަށް ކަމުގައިވުން؛ ނުވަތަ
- ލައިސަންސް ލިބިފައިވާ ފަރާތުގެ މޭޖަރ ހިއްސާދާރެއްގެ މައްޗަށް ނުވަތަ އެގްޒެކެޓިވް އޮފިސަރެއްގެ މައްޗަށް ވައްކަންކުރުމުގެ ނުވަތަ ޓެކުމުގެ ނުވަތަ ފޭރުމުގެ ނުވަތަ މަކަރާއި ހީލަތުގެ ނުވަތަ ހިޔާނާތުގެ ނުވަތަ ރިށްވަތުގެ ނުވަތަ އިހުމާލުވުމުގެ ކުށެއް ނުވަތަ މިނޫންވެސް މިފަދަ މާލީ ކުށެއް ށަރީޢަތަށް ސާބިތުވުން.
(ށ) އަންނަނިވި ކަންތައްތަކާއި ހާލަތްތަކުގެ ތެރެއިން ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެނަމަ ލައިސަންސް ބާތިލުކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
- ލައިސަންސް ލިބިފައިވާ ފަރާތެއް އިފްލާސްކުރުން ނުވަތަ އުވާލުން؛
- ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރެމިޓެންސް ވިޔަފާރި ފަށާފައިނުވުން ނުވަތަ ވިޔަފާރި ފެށުމަށް މިއަށްވުރެ ކުރު މުއްދަތު ހަމަވުމުގެ ކުރިން ރެމިޓެންސް މުއްދަތެއް އޮތޯރިޓީން ދީފައިވާނަމަ އެ ވިޔަފާރި ފަށާފައިނުވުން؛
- ލައިސަންސް ލިބިފައިވާ ފަރާތަކުން ކުރަމުންދިޔަ ރެމިޓެންސް ވިޔަފާރި މެދުކެނޑިފައިވާތާ 1 (އެކެއް) މަސްދުވަސްވުން؛
- ލައިސަންސް ލިބިފައިވާ ފަރާތަކުން އެއްވެސް ގާނޫނަކާ ނުވަތަ ގަވާއިދަކާ ހިލާފުވުން؛
- ލައިސަންސް ލިބިފައިވާ ފަރާތަކުން މި ގަވާއިދާ ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ނުވަތަ އިރުށާދަކާ ހިލާފުވުން ނުވަތަ އެކަށީގެންނުވާ ގޮތަކަށް ނުވަތަ ހަރުދަނާ ނޫން ގޮތަކަށް ވިޔަފާރި ހިންގުން.
ތިންވަނަ ބާބު
ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ރެމިޓެންސް ވިޔަފާރި ހިންގުން އަދި ސުޕަވައިޒްކުރުން
9 ވަނަ މާއްދާ – ޕެއިޑްއަޕް ކެޕިޓަލް
ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، ހުރިހާ ވަގުތެއްގައިވެސް 200،000 (ދެ ލައްކަ) ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް، މިނިމަމް އަންއިމްޕެއަރޑް ޕެއިޑްއަޕް ކެޕިޓަލްގެ ގޮތުގައި ބަހައްޓަންވާނެއެވެ.
10 ވަނަ މާއްދާ – ސެކިއުރިޓީ ޑިޕޮސިޓް
(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، ހުރިހާ ވަގުތެއްގައިވެސް 100،000 (އެއް ލައްކަ) ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އޮތޯރިޓީން އަންގާ ގޮތަކަށް، އޮތޯރިޓީން ކަނޑައަޅާ ތަނެއްގައި ބަހައްޓަންވާނެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ފަރާތެއްގެ ލައިސަންސް ބާތިލުކޮށްފިނަމަ، މި މާއްދާގެ ދަށުން އެ ފަރާތުން ބަހައްޓާފައިވާ ސެކިއުރިޓީ ޑިޕޮސިޓް، އެ ފަރާތުގެ ކަސްޓަރމަރުން ރެމިޓްކުރުމަށް ދީފައިވާ ފައިސާގެ ތެރެއިން ރެމިޓްކޮށްފައިނުވާ ފައިސާ ހޯދުމަށް ކަސްޓަމަރުން ހުށަހަޅާ ކްލެއިމްތައް އަދާކުރުމަށް އޮތޯރިޓީން ބޭނުންކުރެވިދާނެއެވެ. އަދި، ހުރިހާ ކަސްޓަމަރުން ހުށަހަޅާ ހުރިހާ ކްލެއިމްތަކަށް ދެވޭނެ މިންވަރަށް ސެކިއުރިޓީ ޑިޕޮސިޓް ނެތް ނަމަ، ކްލެއިމްތަކުގެ ބައެއް ދިނުމަށް އޮތޯރިޓީން ނިންމިދާނެއެވެ.
(ނ) ލައިސަންސް ލިބިފައިވާ ފަރާތެއްގެ ލައިސަންސް ބާތިލުކޮށްފިނަމަ، އަދި އެ ފަރާތުގެ އެއްވެސް ކަސްޓަމަރެއް ކްލެއިމެއް ހުށަހަޅައިފައިނުވާނަމަ، ނުވަތަ ކަސްޓަމަރުން ހުށަހަޅާފައިވާ ކްލެއިމްތަކަށް ފައިސާ ދައްކާ ނިމުމުން، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބާކީހުރި ފައިސާ ލައިސަންސް ލިބިފައިވާ ފަރާތަށް އޮތޯރިޓީން ދޭނެއެވެ.
11 ވަނަ މާއްދާ – ކަސްޓަމަރުންގެ ފަންޑް ވަކިކުރެވިފައިހުރުން
(ހ) ރެމިޓްކުރުމަށް، ކަސްޓަމަރުން ލައިސަންސް ލިބިފައިވާ ފަރާތާ ހަވާލުކުރާ ފައިސާއާއި އިންވާޑް ރެމިޓެންސަށް ލިބޭ ފައިސާ ޖަމާކުރުމަށް ހާއްސަކުރެވިފައިވާ ބޭންކް އެކައުންޓެއް، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ބޭންކެއްގައި ހުޅުވަންވާނެއެވެ.
(ށ) ރެމިޓްކުރުމަށް ކަސްޓަމަރުން ލައިސަންސް ލިބިފައިވާ ފަރާތާ ހަވާލުކުރާ ފައިސާ، އަދި އިންވާޑް ރެމިޓެންސަށް ލިބޭ ފައިސާ އެންމެ ލަސްވެގެން ވިދިގެން އަންނަ ރަސްމީ ދުވަހުގެ ތެރޭގައި ނުވަތަ އޮތޯރިޓީން އެހެން މުއްދަތެއް ކަނޑައަޅައިފިނަމަ އެ މުއްދަތުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބޭންކް އެކައުންޓަށް ޖަމާކުރަންވާނެއެވެ.
(ނ) އަންނަނިވި ފައިސާ ފިޔަވައި އެހެން ފައިސާއެއް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓުން ނަގައިގެން ނުވާނެއެވެ.
- އެކައުންޓް ހުޅުވުމަށް ނުވަތަ އެކައުންޓް ބެލެހެއްޓުމަށް ލައިސަންސް ލިބިފައިވާ ފަރާތުން އެކައުންޓަށް ޖަމާކުރި ފައިސާ؛
- ކަސްޓަމަރަކަށް ނުވަތަ ކަސްޓަމަރެއްގެ ނަމުގައި ރެމިޓްކުރަންޖެހޭ ފައިސާ؛
- އިންވާޑް ރެމިޓެންސްއާ ގުޅިގެން އެ ރެމިޓެންސްގެ ބެނެފިށީއަރީއަށް ދައްކަންޖެހޭ ފައިސާ؛
- ރެމިޓްކުރުމަށް ކަސްޓަމަރަކު ލައިސަންސް ލިބިފައިވާ ފަރާތާ ހަވާލުކުރާ ފައިސާއިން، ނުވަތަ އިންވާޑް ރެމިޓެންސްއަށް ލިބޭ ފައިސާއިން ކަސްޓަމަރަށް ފޯރުކޮށްދޭ ހިދުމަތާ ގުޅިގެން ފީއެއް ނުވަތަ ޗާޖެއްގެ ގޮތުގައި ފައިސާ ނެގޭނެ ކަމަށް ކަސްޓަމަރަށް އަންގާފައިވާނަމަ، އެ ފީ ނުވަތަ ޗާޖުގެ ގޮތުގައި ނެގޭ ފައިސާ؛ އަދި
- މިނޫންވެސް އޮތޯރިޓީން ހުއްދަކުރާ އެހެނިހެން ފައިސާ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓް ހުޅުވުމަށާއި، މި މާއްދާގެ (ށ) ގެ ދަށުން އެ އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ފިޔަވައި އެހެން އެއްވެސް ފައިސާއެއް އެ އެކައުންޓަށް ޖަމާކުރެވިގެންނުވާނެއެވެ.
(ބ) މި މާއްދާގެ (ރ) އާ ހިލާފަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާކުރެވިފައިވާކަން އެނގުމުން، ލައިސަންސް ލިބިފައިވާ ފަރާތުން ލަސްނުކޮށް އެ ފައިސާ އެކައުންޓުން ނަގަންވާނެއެވެ.
(ޅ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވައި، ލައިސަންސް ލިބިފައިވާ ފަރާތަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށްޓަކައި ނުވަތަ ރަހުނުގެ ގޮތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެކައުންޓުގައި ހުރި އެއްވެސް ފައިސާއެއް ބޭނުންކޮށްގެންނުވާނެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތެއް އިފްލާސްކުރުމަށް ނުވަތަ އުވާލުމަށް ނިންމާ ހާލަތެއްގައި، އެފަދަ ބޭނުމަކަށް އެކައުންޓުގައިވާ ފައިސާއަކީ ލައިސަންސް ލިބިފައިވާ ފަރާތުގެ ފައިސާއެއްކަމަށް ބެލެވިގެންނުވާނެއެވެ.
12 ވަނަ މާއްދާ – އޭޖެންޓުން އައްޔަނުކުރުން
(ހ) ލައިސަންސް ލިބިފައިވާ ފަރާތަކުން އޭޖެންޓެއް ނުވަތަ އޭޖެންޓުން މެދުވެރިކޮށް ރެމިޓެންސްގެ ހިދުމަތް ދޭންވާނީ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު، އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ށ) ލައިސަންސް ލިބިފައިވާ ފަރާތަކުން އޭޖެންޓެއް ޢައްޔަނުކުރަންވާނީ، ޢައްޔަނުކުރާ އޭޖެންޓަކާއެކު ލިޔުމުން އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ. އަދި އެ އެއްބަސްވުމުގައި ދެ ފަރާތުގެ ހައްގުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރަންވާނެއެވެ.
(ނ) ލައިސަންސްލިބިފައިވާ ފަރާތުގެ އޭޖެންޓުންގެ ޢަމަލުތަކުގެ ފުރިހަމަ ޒިންމާ ލައިސަންސް ލިބިފައިވާ ފަރާތުން ނަގަންވާނެއެވެ.
13 ވަނަ މާއްދާ – ރެމިޓެންސް ވިޔަފާރި ހިންގާ ތަން
(ހ) ރެމިޓެންސް ވިޔަފާރި ހިންގަންވާނީ ހަމައެކަނި، އެ ވިޔަފާރި ހިންގުމަށް އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ ތަނުގައެވެ. ރެމިޓެންސް ވިޔަފާރިކުރަން ހުއްދަދީފައިވާ ތަން އެހެން ތަނަކަށް ބަދަލުކުރަން ވާނީ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުއެވެ.
(ށ) ލައިސަންސް ލިބިފައިވާ އެއްވެސް ފަރާތަކުން، އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، ލައިސަންސް ލިބިފައިވާ ތަން ފިޔަވައި، އެހެން ތަނެއްގައި އޮފީހެއް ނުވަތަ ބްރާންޗެއް ގާއިމުކޮށްގެން ނުވާނެއެވެ. އަދި އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ ސަބްސިޑިއަރީއެއް ގާއިމުކޮށްގެން ނުވާނެއެވެ. މިގޮތުން އޮތޯރިޓީން ދޫކުރާ ހުއްދަ ދޫކުރުމުގައި އިތުރު ށަރުތުތަކެއް ކަނޑައެޅުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
14 ވަނަ މާއްދާ – ފެންނަގޮތަށް ލައިސަންސް ބެހެއްޓުން
ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، ރެމިޓެންސް ވިޔަފާރި ކުރާ ކޮންމެ ތަނެއްގައި، އެފަރާތަށް އެތަނުގައި ރެމިޓެންސް ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދައިގެ އަސްލު، އެ ތަނަށް ވަންނަ ބަޔަކަށް ފަސޭހައިން ފެންނަ ގޮތަށް ހަރުކޮށްފައި ބަހައްޓަންވާނެއެވެ.
15 ވަނަ މާއްދާ – ފައިސާ ޓްރާންސްފަރކުރުން
(ހ) ރާއްޖޭން ބޭރަށް ފައިސާ ރެމިޓްކުރުމަށް ކަސްޓަމަރުން ލައިސަންސް ލިބިފައިވާ ފަރާތާ ހަވާލުކުރާ ފައިސާ، އެ ފައިސާ ހަވާލުކުރާ ދުވަހުން ފެށިގެން ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ރާއްޖޭން ބޭރުގައި ހުރި ބެނެފިށިއަރީއަށް ލިބޭނެގޮތް ފަހިކޮށްދޭންވާނެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ފަރާތަށް، އިންވާރޑް ރެމިޓެންސްގެ ގޮތުގައި ލިބޭ ފައިސާ އަދި ޑޮމެސްޓިކް ރެމިޓެންސް ހެދުމަށް ކަސްޓަމަރަކު ލައިސަންސް ލިބިފައިވާ ފަރާތާ ހަވާލުކުރާ ފައިސާ، ލައިސަންސް ލިބިފައިވާ ފަރާތަށް އެ ފައިސާ ލިބޭ ނުވަތަ އެ ފަރާތާ ހަވާލުކުރާ ދުވަހުން ފެށިގެން އެންމެ ލަސްވެގެން ރަސްމީ 2 (ދޭއް) ދުވަހުގެ ތެރޭގައި ބެނެފިށިއަރީއަށް ލިބޭގޮތް ހަމަޖައްސަންވާނެއެވެ.
(ނ) އިންވާރޑް އަދި އައުޓްވާރޑް ރެމިޓެންސްގެ ގޮތުގައި ބެނެފިށިއަރީއަށް ފައިސާ ރައްދުކުރެވިފައިވާކަމުގެ ހެކި ލައިސަންސް ލިބިފައިވާ ފަރާތުން، ލިޔުމުން ބަހައްޓަންވާނެއެވެ.
16 ވަނަ މާއްދާ – ރިކޯޑު ބެލެހެއްޓުން
ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް، އެ ފަރާތެއްގެ މާލީ ހިސާބުތަކާއި ރިކޯޑުތަކާއި ލިޔެކިޔުންތައް، އޮތޯރިޓީން ކަނޑައަޅާ އަންގާ ގޮތަކަށް ބަހައްޓަންވާނެއެވެ. އަދި އޮތޯރިޓީން އެދިއްޖެނަމަ މި ލިޔެކިޔުންތައް އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ.
17 ވަނަ މާއްދާ – މޭޖަރ ހިއްސާ ދާރުންނާއި ޑިރެކްޓަރުންނާއި އެގްޒެކެޓިވް އޮފިސަރުން ބަދަލުވުން
(ހ) އެއްވެސް ފަރާތަކުން ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި، ލައިސަންސް ލިބިފައިވާ ފަރާތެއްގެ މޭޖަރ ހިއްސާދާރަކަށްވާނެ ފަދަ މިންވަރަކަށް ހިއްސާ ހޯދުމަށް ގަސްދުކުރާނަމަ، އެފަދަ ހިއްސާއެއް ހޯދުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. ހުއްދައަށް އެދި ހުށަހަޅާނީ، އޮތޯރިޓީން ކަނޑައަޅާ މަޢުލޫމަތާއެކު އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން އެއްވެސް ފަރާތަކުން ލައިސަންސް ލިބިފައިވާ ފަރާތެއްގެ ހިއްސާ ހޯދުމަށް ގަސްދުކުރާކަން އެ ލައިސަންސް ލިބިފައިވާ ފަރާތަށް އެނގުމުން އެކަން ލަސްނުކޮށް އޮތޯރިޓީއަށް އަންގަންވާނެއެވެ.
(ނ) ލައިސަންސްލިބިފައިވާ ފަރާތަކުން، އެ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެގްޒެކެޓިވް އޮފިސަރެއް ޢައްޔަންކުރުމުގެ ނުވަތަ ހޮވުމުގެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން، އެކަން އޮތޯރިޓީއަށް ލިޔުމުން އަންގަންވާނެއެވެ. މިގޮތުން ފޮނުވާ ލިޔުމުގައި ޢައްޔަންކުރަން ނުވަތަ ހޮވަން ގަސްދުކުރާ ފަރާތަކީ، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ، ކަމަށް އެކަށޭނަ ފަރާތެއްކަން އަންގައިދޭ މަޢުލޫމާތު ހިމަނަންވާނެއެވެ. އަދި އެފަރާތެއް އެފަރާތަކީ ކަމަށް އެކަށޭނަ ފަރާތެއް ނޫންކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، ފަރާތެއް ނުހޮވޭނެކަން ނުވަތަ ޢައްޔަނު ނުކުރެވޭނެކަން، އޮތޯރިޓީއަށް މަޢުލޫމާތު ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އޮތޯރިޓީން، ލައިސަންސް ލިބިފައިވާ ފަރާތަށް އަންގާނެއެވެ. އޮތޯރިޓީއަށް މަޢުލޫމާތު ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އޮތޯރިޓީން، އެފަރާތެއް އައްޔަން ނުކުރެވޭނެކަން ނުވަތަ ނުހޮވޭނެކަން ލިޔުމަކުން އަންގާފައިނުވާނަމަ، ނުވަތަ އޮތޯރިޓީން ގޮތެއް ނިންމުމަށް މި މުއްދަތު، އިތުރު 14 (ސާދަ) ދުވަހަށްވުރެ ގިނަނުވާ ގޮތަކަށް އިތުރުކޮށްފައި ނުވާނަމަ، ބެލެވޭނީ އެފަރާތެއް ޢައްޔަންކުރުމާމެދު ނުވަތަ ހޮވުމާމެދު އޮތޯރިޓީން އިއުތިރާޒެއް ނެތްކަމަށެވެ.
18 ވަނަ މާއްދާ – އޮޑިޓްކުރުން
(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، އެ ފަރާތުގެ އަހަރީ މާލީ ހިސާބުތައް، އޮޑިޓަރ ޖެނެރަލް ހުއްދަދީފައިވާ އެކްސްޓަރނަލް އޮޑިޓަރެއް ލައްވައި އޮޑިޓްކުރުވަންވާނެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، ލަސްވެގެން ކޮންމެ މާލީ އަހަރެއް ނިމޭތާ ގިނަވެގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި އޮޑިޓްކޮށްފައިވާ އަހަރީ ހިސާބުތަކުގެ ކޮޕީ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު ލައިސަންސް ލިބިފައިވާ ފަރާތަށް އޮޑިޓަރ މެނޭޖްމަންޓް ސިޓީއެއް ފޮނުވާފައިވާނަމަ އެ ސިޓީގެ ކޮޕީއެއްވެސް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
19 ވަނަ މާއްދާ – މައުލޫމާތާއި ރިޕޯޓު ހުށަހެޅުމާއި، ސުޕަވައިޒްކުރުން
(ހ) ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުންވެސް އޮތޯރިޓީން އަންގާ ގޮތަށް، އަންގާ ތަފުސީލާއެކު، އޮތޯރިޓީން އަންގާ ވަގުތަކަށް، އަންގާ މަޢުލޫމާތާއި ލިޔެކިޔުންތަކާއި ރިޕޯޓުތައް ހުށަހަޅަންވާނެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ފަރާތެއްގެ މާލީ ހާލަތު ނުވަތަ މެނޭޖްމަންޓުގެ ގާބިލުކަމާއި ހިންގުންތެރިކަން ދެނެގަތުމަށް ނުވަތަ އެ ފަރާތަށް ކުރިމަތިވެދާނެ ނުރަނގަޅު އަސަރުތަކަށް ތައްޔާރުވުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާފައިވާ އުސޫލުތައް ބެލުމަށް ނުވަތަ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެފަރާތުން ޢަމަލުކުރާ މިންވަރު ބެލުމަށް ނުވަތަ އޮތޯރިޓީން ބަލަންޖެހޭކަމަށް ފެންނަ އެނޫންވެސް ކަންކަން ބެލުމަށް އޮތޯރިޓީން ޢައްޔަނުކުރާ ފަރާތެއް މެދުވެރިކޮށް ނުވަތަ އޮތޯރިޓީގެ އޮފިސަރުން މެދުވެރިކޮށް، އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި، އެ ފަރާތުގެ އޮންސައިޓް އެގްޒެމިނޭށަނެއް ހިންގިދާނެއެވެ. އޮންސައިޓް އެގްޒެމިނޭށަނުގައި އެ ތަނުގެ ރިކޯޑުތަކާއި ފޮތްތަކާއި އެހެނިހެން ލިޔުންތައް ބަލައި، މަޢުލޫމާތު ހޯދައި، ލިޔުންތައް ނަކަލުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ އޮންސައިޓް އެގްޒެމިނޭށަނެއްގެ ތެރޭގައި ނުވަތަ އޮންސައިޓް އެގްޒެމިނޭށަނަކާ ގުޅިގެން އިތުރު މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ހެތްކެއް ހޯދުމަށް އޮތޯރިޓީގެ އޮފިސަރުން ބޭނުންވެއްޖެނަމަ، އެ އެއްޗެއް އެތަނުން ފޯރުކޮށްދޭންވާނެއެވެ. ނުވަތަ އޮފިސަރުން ބޭނުންވެއްޖެނަމަ އެ އެއްޗެއް ލިޔުމުން އޮތޯރިޓީއަށް ފޮނުވައިދޭންވާނެއެވެ. އެފަދަ ތަކެތީގެ ތެދުކަން ލިޔުމަކުން އަންގައިދޭންޖެހޭ ފަދަ ހާލަތްތަކުގައި، އެފަދަ ލިޔުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ހ)ނުވަތަ (ނ) ގެ ދަށުން، ވަކި މުއްދަތެއް ނުވަތަ ތާރީހެއްގެ ކުރިން އެ މަޢުލޫމާތެއް ނުވަތަ ރިކޯޑެއް ނުވަތަ ލިޔުމެއް އޮތޯރިޓީއަށް ހުށަހެޅުމަށް އޮތޯރިޓީން އަންގާ މަޢުލޫމާތެއް ނުވަތަ ރިކޯޑެއް ނުވަތަ ލިޔުމެއް އެ މުއްދަތު ނުވަތަ ތާރީހުގެ ކުރިން އޮތޯރިޓީއަށް ފޮނުވާފައި ނުވާނަމަ، ނުފޮނުވާ ފައިތުވާ ކޮންމެ ދުވަހަކަށް އިދާރީ އަދަބެއްގެ ގޮތުގައި 100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުނުވާ ގޮތަށް ޖޫރިމަނާކޮށް އެ ފައިސާ އަތޯރިޓީއަށް ދެއްކުމަށް އެ ފަރާތަށް އެންގިދާނެއެވެ. އެހެންނަމަވެސް، އެގޮތުން ކަނޑައަޅާ ޖޫރިމަނާގެ ޖުމުލަ އަދަދު، އެ ފަރާތުގެ އަދާކޮށްފައިވާ ރައުސްމާލުގެ %5 (ފަހެއް އިންސައްތް) އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
ހަތަރުވަނަ ބާބު
އިދާރީ ފިޔަފަޅު
20 ވަނަ މާއްދާ – އިދާރީ ފިޔަވަޅު
(ހ) ލައިސަންސް ލިބިފައިވާ ފަރާތެއް ނުވަތަ އެ ފަރާތެއްގެ އެގްޒެކެޓިވް އޮފިސަރަކު ނުވަތަ އެ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އެ ފަރާތެއްގެ އޭޖެންޓެއް ނުވަތަ އެހެންވެސް ފަރާތެއް ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެނަމަ، ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި އަދަބުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެ ފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.
- މި ގަވާއިދާ ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ނުވަތަ އެންގުމަކާ ހިލާފުވުން؛ ނުވަތަ
- އެކަށީގެންނުވާ ގޮތަކަށް ނުވަތަ ހަރުދަނާ ނޫން ގޮތަކަށް ރެމިޓެންސް ވިޔަފާރީގެ ހަރަކާތްތައް ހިންގުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން، މި މާއްދާގެ (ހ) ގެ (1) ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފައިވާކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކޮށްފައިވާކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެ ފަރާތަކާ މެދު އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ފިޔަވަޅުތައް ހިމެނެއެވެ.
- އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ވަކި ހަރަކާތެއް ހުއްޓާލުމަށް އެންގުން ނުވަތަ އަމުރުކުރުން؛
- މި މާއްދާގެ (ހ) ގެ (1) ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އެ ފަރާތުން ކޮށްފައިވާ ކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް އޮތޯރިޓީން އެންގުން؛
- ވިޔަފާރި އިތުރަށް ކުރިއަށް ގެންދިޔުމަށް ވަކި ށަރުތުތަކެއް ކަނޑައެޅުން؛
- ހިއްސާދާރުންނަށް ފައިދާ ބެހުން މަނާކުރުން ނުވަތަ ބަހާ މިންވަރު ހުދޫދުކުރުން؛
- އޮތޯރިޓީއަށް އެކަށީގެންވާކަމަށް ގަބޫލުކުރެވޭ ށަރުތުތަކާއެކު، އޮތޯރިޓީން ކަނޑައަޅާ އަދަދެއްގެ ފައިސާ ވަކި މުއްދަތަކަށް އޮތޯރިޓީގައި ޑިޕޮސިޓްކޮށް ބެހެއްޓުމަށް އެންގުން؛
- ހިލާފުވެފައިވާ ކަންކަން ބެލުމަށްޓަކައި އަދި އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޯޑުގެ ޗެއަރޕަރސަނަށް އެންގުން؛ މިގޮތުގެ މަތިން ބާއްވާ ޖަލްސާތަކުގައި، އޮތޯރިޓީން ބޭނުންވެއްޖެނަމަ އޮތޯރިޓީ ތަމްސީލުކުރާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރިކުރަންވާނެއެވެ.
- ހިލާފުވެފައިވާކަމެއްގެ ކުޑަ ބޮޑުމިނަށް ބަލައި، ލައިސަންސް ލިބިފައިވާ ފަރާތުގެ އެގްޒެކެޓިވް އޮފިސަރަކު ވަގުތީގޮތުން ސަސްޕެންޑްކުރުމަށް ނުވަތަ މަގާމުން ވަކިކުރުމަށް އޮތޯރިޓީއަށް ފެންނަނަމަ، ލަފާދިނުން؛
- އެފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަން ނުވަތަ ބޯޑުގެ އެހެން މެންބަރަކު މަގާމުން ވަކިކުރުމަށް އެ ފަރާތަށް އެންގުން؛
- މި މާއްދާގެ (ހ) ގެ (1) ނވަތަ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމެއްގައި ޒިންމާވަނީ، ލައިސަންސް ލިބިފައިވާ ފަރާތުގެ އެގްޒެކެޓިވް އޮފިސަރަކު ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެފަރާތެއް ޖޫރިމަނާކުރުން؛
- ޖޫރިމަނާކުރުން؛ ޖުރިމަނާކުރުމުގައި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅުވަންދެން ނުވަތަ ޢަމަލުކުރަންޖެހޭ ކަންތައްތަކަށް ޢަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް 100،000 (އެއް ލައްކަ) ރުފިޔާ އަށްވުރެ އިތުރުނުވާނެ އަދަދެއްގެ ޖޫރިމަނާއެއް ކަނޑައެޅިދާނެއެވެ. ނަމަވެސް، މިގޮތުން ކަނޑައަޅާ ޖުމުލަ އަދަދު އެ އިދާރާއެއްގެ އަގު އަދާކޮށްފައިވާ ރައުސްމާލުގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރުވެގެންނުވާނެއެވެ.
- އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން؛
- ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981 (ގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް.
ފަސްވަނަ ބާބު
އެހެނިހެން ކަންކަން
21 ވަނަ މާއްދާ – އިސްތިސްނާވާ އިދާރާތައް
މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރި ކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން ހިންގާ ބޭންކުތަކުގެ މައްޗަށް މި ގަވާއިދެއް ނުހިނގާނެއެވެ.
22 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފަށާއިރު ހުރި ރެމިޓެންސް ވިޔަފާރިކުރާ ފަރާތްތައް
(ހ) މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، އޮތޯރިޓީން ދޫކުރާ ލައިސަންސެއް ލިބިގެން ދިވެހިރާއްޖޭގައި ރެމިޓެންސް ވިޔަފާރިކުރާ ފަރާތްތައް ބެލެވޭނީ މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތްތަކެއް ކަމުގައެވެ .އަދި އެ ފަރާތްތަކުން މި ގަވާއިދަށް ފުރިހަމައަށް ޢަމަލުކުރަންވާނެއެވ .މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، އެ ފަރާތްތަކުން މި ގަވާއިދުގައި ކުރުމަށް އަންގާފައިވާ އެއްވެސް ކަމަކާ ހިލާފުވާނަމަ، މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 1 (އެކެއް) އަހަރުދުވަހަށް ވުރެ އިތުރު ނުވާގޮތަށް އަތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އެ ކަމެއް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް ކުރަންވާނެއެވެ.
(ށ) މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު އޮތޯރިޓީގެ ލައިސަންސެއް ލިބިގެން ރެމިޓެންސް ވިޔަފާރިކުރަމުންދާ ފަރާތެއްގެ މައްޗަށް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު ނުހިނގާ ގޮތަށް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.
23 ވަނަ މާއްދާ – އަހަރީ ފީ
(ހ) ލައިސަންސްލިބިފައިވާ ކޮންމެ ފަރާތަކުން، މާލީ އިދާރާތަކުން ދައްކަންޖެހޭ ފީތަކާއި ޗާޖުތަކާބެހޭ ގަވާއިދުގައި ރެމިޓެންސް ވިޔަފާރިކުރާ ފަރާތްތަކުން ދެއްކުމަށް ކަނޑައަޅާފައިވާ އަހަރީ ފީ، އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އޮތޯރިޓީއަށް ދައްކަންވާނެއެވެ.
(ށ) ލައިސަންސް ބާތިލުކުރުމަކުން ނުވަތަ ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓުމަކުން، މި މާއްދާގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތުން ދައްކާފައިވާ އަހަރީ ފީ އަނބުރާ އޮތޯރިޓީން އެ ފަރާތަކަށް ދޭކަށްނުޖެހޭނެއެވެ.
24 ވަނަ މާއްދާ – މާނަ ކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ރެމިޓެންސް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ފައިސާ ބަލައިގަނެ އެ ފައިސާ އެހެން ފަރާތަކަށް ފޮނުވުމުގެ ވިޔަފާރިއަށެވެ.
(ށ) "ކުންފުނި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކުންފުންޏަށެވެ.
(ނ) "އެގްޒެކެޓިވް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ މުވައްޒަފުންގެ ތެރެއިން ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، އެ އިދާރާގެ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު ހަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކަށެވެ. އަދި އެފަދަ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކީ އެ އިދާރާގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވީނަމަވެސް، މި ގަވާއިދުގެ ބޭނުމަށްޓަކައި އެގްޒެކެޓިވް އޮފިސަރެއް ކަމުގައި ބެލެވޭނެއެވެ. އެގްޒެކެޓިވް އޮފިސަރުންގެ ތެރޭގައި، އެ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި، މެނޭޖިންގ ޑިރެކްޓަރާއި، ޑިރެކްޓަރުންގެ ބޯޑުގެ ރައީސާއި ނައިބު ރައީސާއި، ޗީފް ފައިނޭންށަލް އޮފިސަރާއި، ޗީފް އެގްޒެކެޓިވް އޮފިސަރާއި، ޖެނެރަލް މެނޭޖަރާއި، ހަޒާންދާރު ހިމެނޭނެއެވެ.
(ރ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ).
(ބ) "މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
(ޅ) "މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ގޮތުން ވަކި ށަހުސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %10، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީއަށް ގަބޫލު ކުރެވޭގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
(ކ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ރެމިޓެންސް ވިޔަފާރި ކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސަށް ނުވަތަ ހުއްދައަށެވެ.
(އ) "ލައިސަންސް ލިބިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ރެމިޓެންސް ވިޔަފާރި ކުރުމަށް މޯލްޑިވްސް މަނިޓަރީ އަތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
ކިޔުންތެރިންގެ ހިޔާލު