-

ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑުތަކާއި، މައުލޫމާތު ނައްތާލުމާބެހޭ ގޮތުން އަމަލުކުރަންވީ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 22/2017)

 

1 ވަނަ މާއްދާ – ތައާރަފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 16/2011 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ޤާނޫނު) ގެ 38 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. މި ގަވާއިދަށް ކިޔާނީ، "ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތުތައް ނައްތާލުމާބެހޭގޮތުން އަމަލުކުރަންވީ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ – ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ނައްތާލުން

ދިވެހި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ނައްތާލެވޭނީ މި ގަވާއިދުގެ ދަށުންނެވެ.

 

3 ވަނަ މާއްދާ – ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ނައްތާލަން އެދުން

ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ނައްތާލަން ބޭނުންވެއްޖެނަމަ ޤައުމީ އަރުށީފުގެ ޑިރެކްޓަރ ޖެނެރަލަށް އެކަން އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ – ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ނައްތާލަން އެދޭ އެދުމަށް ޖަވާބުދާރީވުން

ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ނައްތާލަން އެދި ގައުމީ އަރުށީފަށް ހުށަހެޅުމުން، އެ ހުށަހެޅި ހުށަހެޅުމާމެދު ގައުމީ އަރުށީފުން ގޮތެއް ކަނޑައަޅައި، ލަސްވެގެން މަސައްކަތު 30 (ތިރީސް) ދުވަހުގެތެރޭގައި ލިޔުމުން ޖަވާބުދޭންވާނެއެވެ.

 

5 ވަނަ މާއްދާ – ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ނައްތާލުމަށް އާންމުގޮތެއްގައި އެދެވިދާނެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު

ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ނައްތާލުމަށް އާންމުގޮތެއްގައި އެދެވޭނީ، ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނުގެ 23 ވަނަ މާއްދާއާއި، 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއި ތަކެއްޗެވެ.

 

6 ވަނަ މާއްދާ – ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ނައްތާލަން އެދޭ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ނައްތާލުމަށް ހުއްދަ ދިނުމުގައި ބަލާނެ މިންގަނޑުތައް

ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ނައްތާލަން އެދޭ ރަސްީމ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ނައްތާލުމަށް ހުއްދަދިނުމުގައި ނުވަތަ ހުއްދަނުދިނުމުގައި ރިއާޔަތްކޮށް ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑަށެވެ.

(ހ) އެޓަރނީ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތެއްކަމުގައި ނުވުން.

(ށ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ދައުވާއަކަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތެއްކަމުގައި ނުވުން.

(ނ) އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓަކަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތެއްކަމުގައި ނުވުން.

(ރ) އެންޓި ކޮރަޕްށަން ކޮމިށަންގެ ތަހުޤީޤަކަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތެއްކަމުގައި ނުވުން.

(ބ) ދައުލަތުގެ ކަމާބެހޭ ފަރާތަކުން ކުރަމުންދާ ތަހުޤީޤަކަށް ނުވަތަ ށަރުއީ ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގަމުންދާ ގަޒިއްޔާއަކަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތެއްކަމުގައި ނުވުން.

(ޅ) ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން ރައްޔިތުންނަށް ހިދުމަތްދިނުމުގައި، އެ ރަސްމީ ލިޔެކިޔުންތަކާއި، އެ ފޮޓޯތަކާއި، އެ ޗާޓުތަކާއި، އެ ރިކޯޑުތަކާއި، އެ މައުލޫމާތު ނެތުމުން ދަތިވާނެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތެއްކަމުގައި ނުވުން.

(ކ) ގައުމުގެ ތާރީހަށްޓަކައި ކޮންމެހެން ބޭނުންވާނޭކަމަށް ފެންނަ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތެއްކަމުގައި ނުވުން.

(އ) އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން ވަކި މުއްދަތަކަށް ބެހެއްޓުން ލާޒިމުކުރާ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތެއްކަމުގައި ނުވުން.

 

7 ވަނަ މާއްދާ – ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ނައްތާލަން އެދޭ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތު ނައްތާލުމުގެ މަސައްކަތް ހިންގުން

(ހ) މި ގަވާއިދުގެ ދަށުން ނައްތާލަން ހުއްދަދޭ ތަކެތި ނައްތާލުމުގެ އެންމެހައި މަސައްކަތް ހިންގާނީ، ތަކެތި ނައްތާލުމަށް އެދުނު ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުންނެވެ.

(ށ) މި ގަވާއިދުގެ ދަށުން ނައްތާލަން ހުއްދަދޭ ތަކެތި ނައްތާލުމުގެ ހުރިހާހަރަދެއް ކުރަންވާނީ، ތަކެތި ނައްތާލުމަށް އެދުނު ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުންނެވެ.

(ނ) މި ގަވާއިދުގެ ދަށުން ނައްތާލުމަށް ހުއްދަދޭ ތަކެތި ނައްތާލުމުގައި ގެއްލުމެއް ލިބިއްޖެނަމަ އެ ގެއްލުމަކަށް ޒިންމާވާންޖެހޭނީ ތަކެތި ނައްތާލުމަށް އެދުނު ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުންނެވެ.

(ރ) މި ގަވާއިދުގެ ދަށުން ނައްތާލުމަށް ހުއްދަދޭ ތަކެތި ނައްތާލުމުގެ މަސައްކަތް ހިންގުމުގައި ދައުލަތުގެ މުއައްސަސާއަކުން އިތުރު ހުއްދައެއް ނަގަންޖެހޭނަމަ އެ ހުއްދައެއް ނަގާނީ ތަކެތި ނައްތާލުމަށް އެދުނު ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުންނެވެ.

 

8 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

ގަވާއިދަށް އަމަލުކުރަން ފެށުމުން ބާތިލުވާ ގަވާއިދުތަކާއި އުސޫލުތައް

 މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން މިކަމާ ބެހޭގޮތުން އަމަލުކުރަމުންދިޔަ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް، މި ގަވާއިދަށް އަމަލުކުރަން ފެށުމުން ބާތިލުވާނެއެވެ.

 

މައި ގާނޫނު

ގައުމީ އަރުށީފުގެ ގާނޫނު (ގާނޫނު ނަންބަރު 16/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު