-

ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދު އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1-13/2008-MPS)

 

05/2008 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން އެކުލެވިފައިވާ "ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ގަވާއިދު " ގެ 5 ވަނަ މާއްދާއަށް (މ) އަދި (ފ) ތިރީގައި އެވާގޮތަށް އިތުރުކޮށްފީމެވެ.

(މ) މި މާއްދާގެ ދަށުން މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް ނުވަތަ ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ނުރައްކާތެރި ގޮތަކަށް ދުއްވާ އުޅަނދުތައް ހުއްޓުވާ ބަލާ ފާސްކޮށް އެފަދަ އުޅަނދެއް 15 ދުވަސްވަންދެން ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. މި ގޮތަށް ހިފެހެއްޓޭ އުޅަނދެއް ދޫކުރެވޭނީ -/3000 (ތިންހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށްފަހުއެވެ.

(ފ) މިމާއްދާގެ (މ) ގައި ބުނެފައިވާ ފަދަ އުޅަނދެއް ހުއްޓުވުމުގެ ގޮތުން ސްޕައިކް ރޯޑް ބޮލޮކް ބޭނުން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންނެވެ.

 

މައި ގަވާއިދު

ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ހިފުމާބެހޭ ގަވާއިދު (2008)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު