gaanoon_logo
-

ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު  2016-67)

(މި ގަވާޢިދަށް އަމަލުުރަން ފެށީ 11 އޮގަސްޓް 2016 ގައި)

 

ދިވެހިރާއްޖޭގައި ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-1652) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) މި ގވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ޓޫރިސްޓް ހޮޓާ ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ސިއްހީ ހިދުމަތާއި، 24 ގަޑިއިރު ކަރަންޓު ހިދުމަތް ލިބެން ހުންނަ އަދި ފުލުހުންގެ ހިދުމަތް ދެވޭގޮތަށް މަރުކަޒެއް ގާއިމުކޮށްފައިވާ ރަށްރަށުގައެވެ.  

(ށ) މިގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ކޮންމެ ޓޫރިސްޓް ހޮޓަލެއްގައި ވެސް ކަރަންޓާއި، ފެނާއި، ނަރުދާމާއާއި ލޭންޑް ލައިން ފޯނާއި ފެކްސް އަދި އިންޓަރނެޓްގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނަންވާނެއެވެ. މި ހިދުމަތްތަކުގެ ތެރެއިން ޓޫރިސްޓް ހޮޓަލަށް ބޭނުންވާ އިމަރޖެންސީ ކަރަންޓް ފަދަ ހިދުމަތްތައް ދޭންވާނީ އެ ސަރަހައްދަށް ޔުޓިލިޓީޒް ހިދުމަތްދިނުމަށް ކަނޑައަޅާފައިވާ ފަރާތުގެ ހުއްދައާއެކު އެފަދަ ހިދުމަތް ދިނުމަށް މޯލްޑިވްސް އެނާރޖީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށާއި ފެންވަރަށްވުރެ ދަށްނުވާހެންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާ ބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-1652)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޓޫރިސްޓް ހޮޓާ ތަރައްގީކުރުމާއި ހިންގުމާ ބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-1652)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު