-

ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 15/2011)

  

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާއަށް (ޅ) އިތުރުކުރުން.

4. (ޅ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބައި-އިލެކްށަންތަކުގައި އާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިހާބުގެ އިތުރު ބުރުގައި ރަށު އިލެކްށަންސް ކޮމެޓީއާއި އަތޮޅު އިލެކްށަންސް ކޮމެޓީ ނުއުފައްދައި ބައި-އިލެކްށަންތަކާއި އިންތިހާބުގެ އިތުރު ބުރުތަކުގެ އެންމެހައި ކަންކަން ކުރުމުގެ އިހުތިޔާރު ސީދާ އިލެކަށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) އަންނަނިވިގޮތަށް އިސްލާހުކުރުން.

(ހ) ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ހުށައެޅޭ މައްސަލަތައް ބެލުމަށް އިންތިހާބަށް ކުރިމަތިލުމަށް އިއުލާނުކުރުމާ ގުޅިގެން 5 މެންބަރުންގެ މައްޗަށް އެކުލެވޭ ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިޔުރޯއެއް އުފައްދަންވާނެއެވެ. އަދި ކޮންމެ ސިޓީއެއްގައާއި އަތޮޅެއްގައި 3 މެންބަރުންގެ މައްޗަށް އެކުލެވޭ އިލެންށަންސް ކޮމްޕްލެއިންޓްސް ބިޔުރޯއެއް އިންތިހާބު ބޭއްވުމުގެ 3 ދުވަސް ކުރިން އުފައްދަންވާނެއެވެ. އެހެންނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބައި-އިލެކްށަންތަކުގައާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންތިހާބުގެ އިތުރު ބުރުތަކުގައި އިލެކްށަން ކޮމްޕްލެއިންޓްސް ބިޔުރޯ، މިނޫންގޮތަކަށް އުފައްދައި އެކުލަވާލުމުގެ އިހުތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ – ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދަށް މި ގެނެވުނު އިސްލާހުތަކަށް އަމަލުކުރަން ފަށާނީ، 18 އޭޕްރިލް 2011 އިން ފެށިގެންނެވެ.

 

މައި ގަވާއިދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 5/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު