ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އަށް 1 ވަނަ އިސްލާހު ގެނައުން
(ގަވާއިދު ނަންބަރު 18/2013)
1 ވަނަ މާއްދާ – ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ތިރީގައިވާގޮތަށް ބަދަލުކުރުމަށް.
13. (ހ) ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ލިބުމުން މިނިސްޓްރީން އެ ރިޕޯޓެއް ފުރިހަމަ ކުރެވިފައިވޭތޯ ބެލުމުގެގޮތުން މި ގަވާއިދުގެ ޖަދުވަލު (ކ) ގައިވާ އިދާރީ އަޅައިބެލުމުގައިވާ ކަންތައްތައް ހަމަތޯ ބަލައި، ފުރިހަމަ ނޫންނަމަ، އެދިޔާރަށް، ފޮނުވި ރިޕޯޓު ގަބޫލު ކުރެވިއްޖެކަން ނުވަތަ ނޫންކަން ރިޕޯޓު ހުށަހެޅި ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި 2 (ދޭއް) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ.
2 ވަނަ މާއްދާ – ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ތިރީގައިވާގޮތަށް ބަދަލުކުރުމަށްފަހު، މިމާއްދާގެ ދަށުން ބަޔާންކޮށްފައިވާ ކުށްތައް ތަކުރާރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ އުސޫލު ކަނޑައަޅައި، ގަވާއިދަށް ތިރީގައިވާ ޖަދުވަލު އިތުރުކުރުން.
20. (ހ) އެދިޔާރަކު ތިރީގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފިނަމަ 200،000 (ދެލައްކަ) ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މިގޮތުން ޖޫރިމަނާ ކުރާނެ އުސޫލު މިގަވާއިދުގެ ޖަދުވަލު (ޓ) ގައި ބަޔާންކޮށްފައިވާނެއެވެ. މިމާއްދާގެ ދަށުން ފިޔަވަޅުއެޅޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރަންވާނެއެވެ.
ޖަދުވަލު (ޓ)
20 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަޔާންކޮށްފައިވާ ކުށްތައް ތަކުރާރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ އުސޫލު
މި ޖަދުވަލުގައި ކުށް ތަކުރާރުކުރުން ކަމުގައި މާނަކޮށްފައި އެވަނީ، ފުރަތަމަ ފަހަރު ކުރި ކުށާއި ދެވަނަ ފަހަރު ކުރި ކުށް އެއީ ތަފާތު ދެ ކުށެއް ކަމުގައިވިޔަސް ކުށް ތަކުރާރުކުރިކަމުގެ މާނައިގައެވެ.
(މިމާއްދާގެ ދަށުން ބަޔާންކޮށްފައިވާ ކުއްތަށް ތަކުރާރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ އުސޫލު ހިމެނޭ ތާވަލް މި ގަވާއިދުގެ ގެޒެޓު ކުރެވުނު ފައިލްގައި ހިމެނިފައިވާނެއެވެ. އަދި މި ތާވަލްގެ ވާރޑް ޑޮކިއުމަންޓް ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
3 ވަނަ މާއްދާ – ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އަށް މިގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު