-

ސްޕެށަލް ކޮންސްޓެބްލަރީގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 37/2013)

 

ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނުގެ) ގެ 17 ވަނަ މާއްދާގެ (ނ) އިން ބާރުލިބިގެން އެކުލަވައިލާފައިވާ "ސްޕެށަލް ކޮންސްޓެބްލަރީގެ ގަވާއިދު" ގެ 24 ވަނަ މާއްދާ (ހ) އިސްލާހުކޮށް އަދި 24 ވަނަ މާއްދާގެ (ރ)ގެ ތިރިއަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރުކޮށް އަދި އެގަވާއިދުގެ 40 ވަނަ މާއްދާގެ (ރ)ގެ ތިރިއަށް (ބ)ގެ ގޮތުގައި އަކުރެއް އިތުރުކޮށް، އަންނަނިވި ގޮތަށް މިގަވާއިދު އިސްލާހު ކޮށްފީމެވެ. މި ގަވާއިދަށް މި ގެނެވުނު އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން މި އިސްލާހަށް އަމަލުކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - މުސާރައާއި އިނާޔަތްތައް

(ހ) ސްޕެށަލް ކޮންސްޓެބަލްރީގެ މުވައްޒަފުންނަށް ލިބިދެވޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ކޮމިށަނަރ އޮފް ޕޮލިސްގެ ލަފާގެ މަތިން މިނިސްޓަރެވެ.

(ބ) އާންމު ވިޔަފާރިތަކާއި، ވިޔަފާރި ކުންފުނިތަކާއި، ބޭންކްފަދަ މާލީ އިދާރާތަކާއި، ޓޫރިސްޓް ރިސޯރޓްތަކާއި، ޓޫރިޒަމް ހިދްމަތްދޭ ތަންތަނާއި އަދި މިނޫންވެސް ވިޔަފާރީގެ އުސޫލުން އާންމު ހިދުމަތްދޭ މިފަދަ ތަންތަނުގެ ސެވިއުރިޓީ ބެލެހެއްޓުމުގައި މިމާއްދާގެ (ށ) ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ސްޕެށަލް ކޮންސްޓްބްލަރީގެ މުވައްޒަފުންނަށް ދޭ ހިދްމަތަށް އަގުނަގަން ވާނެއެވެ. މިގޮތުން ނަގާ އަގުގެ ތެރޭގައި އެމުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން އެމުވައްޒަފުންގެ ތަމްރީނަށް ހިނގާ ހަރަދާއި ޔުނީފޯމުގެ ހަރަދާއި އަދި މިނޫންވެސް މިހިދުމަތް ތަރައްގީކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ ހަރަދު ހިމަނަންވާނެއެވެ. މިހަރަދުތައް ކަނޑައަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.

 

40 ވަނަ މާއްދާ - މަސައްކަތް ކަނޑައެޅުމާއި މަސައްކަތް ކުރުން

(ބ) އާންމު ވިޔަފާރިތަކާއި، ވިޔަފާރި ކުންފުނިތަކާއި، ބޭންކު ފަދަ މާލީ އިދާރާތަކާއި، ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިޒަމްގެ ހިދުމަތް ދޭ ތަންތަނާއި އަދި މިނޫންވެސް މިފަދަ ހިދުމަތް އާންމުންނަށް ދޭ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުންގެ ހިދުމަތަށް އެދެފިނަމަ އެ ހިދުމަތް ސްޕެށަލް ކޮންސްޓެބްލަރީގެ މުވައްޒަފުން މެދުވެރިކޮށް ދެވިދާނެއެވެ.

 

މައި ގަވާއިދު

ސްޕެށަލް ކޮންސްޓެބްލަރީގެ ގަވާއިދު - 2009

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު