-

ސުކޫކް ދޫކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2013-53)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ޖުލައި 2013 ގައި)

1 ވަނަ މާއްދާ - ތައާރުފު

(ހ) މިއީ ދިވެހިރާއްޖޭގައި ސުކޫކް ސެކިއުރިޓީޒް ދޫކުރުމަށް އެދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި އުސޫލުތައް ބަޔާންކޮށް، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީއިން ނެރޭ ގަވާއިދެކެވެ. މިގަވާއިދަށް ކިޔާނީ "ސުކޫކް ދޫކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަތައް

މިގަވާއިދުގައި ބޭނުންކޮށްފައިވާ ބަސްބަހާއި އިބާރާތްތައް، އެ ބަސްބަހާއި އިބާރާތްތައް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން ގޮތަކަށް މާނަ ދޭހަ ނުވާނަމަ، މާނަކުރާނީ ތިރީގައި މިވާ ގޮތަށެވެ.

"ކުންފުނި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-10 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނު) ގެ ދަށުން ކުންފުންޏެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށެވެ.

"ސުކޫކް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށްފައިވާ މުދަލެއްގެ މިލްކުވެރިކަން ލިބިފައިވާ ކަމުގެ، ނުވަތަ އެފަދަ މިންގަ ނޑެއްގެ މައްޗަށް ބިނާވެފައިވާ އިންވެސްޓްމެންޓެއްގައި އިންވެސްޓްކޮށްފައިވާކަމާއި އެމުދަލަކުން ނުވަތަ އެ އިންވެސްޓްމަންޓަކުން ލިބޭ ނަފާގެ މިލްކުވެރިކަން ލިބިފައިވާކަމުގެ ސެޓްފިކެޓެއް ނުވަތަ ލިޔުމެއް ނުވަތަ އެފަދަ އިލެކްޓްރޯނިކް ރިކޯޑަކަށެވެ.

"ސުކޫކް ދޫކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް ސުކޫކް ވިއްކުމަށް ނުވަތަ ސުކޫކް ވިއްކުމަށް ހުށަހެޅުމަށް، ނުވަތަ ސުކޫކް ގަތުމަށް ދައުވަތު ދިނުމަށެވެ.

"ސުކޫކް މުރާބަހާ" ކަމަށް ބުނެފައި އެވަނީ، މުރާބަހާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. މުރާބަހާ އެއްބަސްވުމަކީ މުދަލެއް/އެސެޓެއް ގަތުމަށް ފައިސާ ހޯދުމަށްޓަކައި ހިންގޭ ގަނެވިއްކުމުގެ މުއާމަލާތެކެވެ. މުރާބަހާ އެއްބަސްވުމުގެ ދަށުން މުދާ ވިއްކާ ފަރާތުން މުދާ ހޯދުމަށް ހޭދަކުރި އަގު ހާމަކޮށް، އަދި އެ އަގަށް ފައިދާގެ ގޮތުގައި އިތުރުކުރާ މިންވަރު ގަންނަ ފަރާތަށް ހާމަކުރަން ޖެހޭނެއެވެ. މި އެއްބަސްވުމުގެ ދަށުން ގަނެވިއްކާފައިވާ މުދަލުގެ/އެސެޓުގެ އަގު ގަންނަ ފަރާތުން އަނބުރައި ދައްކާއިރު ގަނޑުކޮށް ނުވަތަ އިންސްޓޯލްމަންޓުގެ ގޮތުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ މާލެ، ދިވެހިރާއްޖެ ސުކޫކް ދޫކުރުމާބެހޭ ގަވާއިދު ފައިސާ ދެއްކިދާނެއެވެ. އަދި މިމައުލޫމާތު އެއްބަސްވުމުގައި ހިމަނާފައި އޮންނަންވާނެއެވެ.

"ސުކޫކް އިޖާރާ" ކަމަށް ބުނެފައި އެވަނީ، އިޖާރާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. އިޖާރާ އަކީ އެއްޗެއް ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި މުދަލުގެ ވެރިފަރާތުން މުދަލެއް ނުވަތަ އިކުއިޕްމަންޓެއް ކުއްޔަށް ދިނުމުގެ ކުރިން ކުއްޔަށް ހިފާ ފަރާތާއެކު ކުއްޔަށްދޭ މުއްދަތާއި، ކުލި ކަނޑައަޅަންޖެހެއެވެ. އަދި ކުލީގެ މުއްދަތުގެ ތެރޭގައި ކުއްޔަށްދޭ އެތީގެ މިލްކުވެރިއަކީ ކުއްޔަށްދޭ ފަރާތެވެ.

"ސުކޫކް މުޒާރަބާ" ކަމަށް ބުނެފައި އެވަނީ، މުޒާރަބާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. މުޒާރަބާއަކީ ދެފަރާތުގެ ދެމެދުގައި ވިޔަފާރިއަކަށް ފައިނޭންސް ކުރުމަށްޓަކައި ވެވޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރައްބު އަލް މާލް ނުވަތަ އިންވެސްޓަރ ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ (ރައުސްމާލު) ދިނުމުން، ވިޔަފާރި ހިންގާނީ މުޒާރިބު ނުވަތަ ވިޔަފާރި ހިންގާ ފަރާތެވެ. މި ވިޔަފާރިން ފައިދާ ވެއްޖެނަމަ، ދެފަރާތުން އެއްބަސްވެފައިވާ ރޭށިއޯއަށް ނިސްބަތްކޮށް ދެފަރާތުގެ ދެމެދުގައި އެ ވިޔަފާރިން ލިބޭ ފައިދާ ބަހާލެވޭނެއެވެ. އަދި ވިޔަފާރީގައި ލިބޭ ގެއްލުމަށް ޒިންމާވާނީ އިންވެސްޓްކުރި ފަރާތުން އެކަންޏެވެ.

"ސުކޫކް މުށާރަކާ" ކަމަށް ބުނެފައި އެވަނީ، މުށާރަކާގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދޫކުރާ ސުކޫކަށެވެ. މުށާރަކާ އަކީ ދެފަރާތުން ނުވަތަ އެއަށް ވުރެ ގިނަ ފަރާތްތަކުން، ވިޔަފާރިއެއް ހިންގުމަށްޓަކައި އެވިޔަފާރީގެ ރައުސްމާލުގެ ގޮތުގައި ފައިސާ ނުވަތަ މުދަލެއް ހިމެނޭގޮތަށް އުފައްދާ ޕާރޓްނަރށިޕެކެވެ. ދެފަރާތުން ވެސް ކުރަން ބޭނުންވާ އިންވެސްޓްމެންޓަކަށް ރައުސްމާލު ނުވަތަ ކެޕިޓަލް ފޯރުވައިދޭންވާނެއެވެ. ޕާރޓްނަރށިޕުން ލިބޭ ފައިދާ ބަހާނީ އެއްބަސްވެފައިވާ ގޮތުގެ މަތިން ޕްރޮފިޓް ށެއަރިންގ ރޭށިއޯގެ ނިސްބަތުންނެވެ. ނަމަވެސް ގެއްލުމަށް ހިއްސާކުރާނީ އެފަރާތެއްގެ ރައުސްމާލުގެ އަދަދެއްގެ ނިސްބަތުންނެވެ.

"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެދަށުން ގާއިމުކޮށްފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.

"އިންފޯމޭށަން މެމޮރެންޑަމް" ކަމަށް ބުނެފައި އެވަނީ، ސުކޫކްއާ ބެހޭ މައުލޫމާތު ހާމަކުރުމަށް ނެރޭ ބަޔާނެވެ. ނުވަތަ ސުކޫކް ދޫކުރުމަށް ހަދާ ޕްރޮޕޯޒަލް ނުވަތަ ޕްރޮސްޕެކްޓަސްއަށެވެ.

"ޓްރަސްޓް ޑީޑް" ކަމަށް ބުނެފައި އެވަނީ، ސުކޫކް ހޯލްޑަރުންގެ ފަރާތުން ސުކޫކް ޓްރަސްޓީއެއްގެ ގޮތުގައި ވަކިފަރާތެއް އައްޔަންކުރުމަށް ކަނޑައެޅޭ ލިޔުމަށެވެ. މިލިޔުމުގައި ޓްރަސްޓީގެ ގޮތުގައި އައްޔަންކުރެވޭ ފަރާތުގެ ޒިންމާތައް ބަޔާންކޮށްފައި އޮންނާނެއެވެ.

"ފެސިލިޓީ އެޖެންޓް" ކަމަށް ބުނެފައި އެވަނީ، ސުކޫކް ދޫކުރުމާބެހޭ ކަންކަމުގައި ހަރަކާތްތެރިވުމަށް، ސުކޫކް ދޫކުރާ ފަރާތުން އައްޔަންކުރާ ފަރާތަކަށެވެ. ސުކޫކް ދޫކުރުމެއްގައި އެއް ފެސިލިޓީ އެޖެންޓަށްވުރެ ގިނަ ފަރާތްތަކެއް ވެސް ސުކޫކް ދޫކުރާ ފަރާތަށް އައްޔަން ކުރެވިދާނެއެވެ.

"ސުކޫކް ހޯލްޑަރުން" ކަމަށް ބުނެފައި އެވަނީ، ސުކޫކެއް އިށޫކުރުމުން، އެ ސުކޫކެއް ގަންނަ ފަރާތްތައް އެކީ ނިސްބަތްވާގޮތަށެވެ.

 

3 ވަނަ މާއްދާ - ސުކޫކްގެ ނަން ކަނޑައެޅުން 

(ހ) ސުކޫކަށް ދެވޭ ނަމަކީ އޮޅުން އަރާފަދަ ނަމަކަށް ވެގެން ނުވާނެއެވެ. ސުކޫކަށް ދެވޭ ނަން ކަނޑައެޅިފައި އޮންނަންވާނީ، ސުކޫކް ބިނާވެގެންވާ ކޮންޓްރެކްޓުގެ މައްޗަށް ބިނާކޮށެވެ. މިސާލަކަށް، މުށާރަކާގެ މައްޗަށް ބިނާވެފައިވާ ސުކޫކެއްނަމަ، ނަންދޭންވާނީ، "ސުކޫކް މުށާރަކާ" މިލަފުޒު ހިމެނޭ ގޮތަށެވެ.

(ށ) އެއް ކޮންޓްރެކްޓަށްވުރެ ގިނަ ކޮންޓްރެކްޓްތަކެއްގެ މައްޗަށް ބިނާވެފައިވާ ސުކޫކެއްނަމަ، ސުކޫކް ދޫކުރާ ފަރާތުގެ ނަމުން، ނުވަތަ "އިންވެސްޓްމަންޓް" މިފަދަ ލަފުޒެއް ހިމެނޭގޮތަށް، ނުވަތަ މިފަދަ އެހެންވެސް ނަމަކުން ސުކޫކްގެ ނަން ދެވިދާނެއެވެ. ނަމަވެސް ނަން ދިނުމުގައި ބަލާފައިވާ ކަންކަން، ސުކޫކްގެ ލިޔެކިޔުންތަކުގައި ހިމަނަންވާނެއެވެ.

 

4 ވަނަ މާއްދާ - ށަރީއާ އެޑްވައިޒަރެއް އައްޔަންކުރުން

(ހ) ސުކޫކް ދޫކުރަން އެދޭ ފަރާތުން، އޮތޯރިޓީގައި ށަރީއާ އެޑްވައިޒަރުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި އައްޔަން ކުރަންވާނެއެވެ. މިގޮތަށް އައްޔަންކުރާ ފަރާތަށް އުޖޫރަދިނުމުގެ ޒިންމާ ނަގަންޖެހޭނީ، ސުކޫކް ދޫކުރަން އެދޭ ފަރާތުންނެވެ.

(ށ) ށަރީއާ އެޑްވައިޒަރެއްގެ ގޮތުގައި އައްޔަންކުރާ ފަރާތުން ތިރީގައިވާ ކަންކަން ކުރަންވާނެއެވެ.

  1. ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އޮނިގަނޑު އެކުލަވައިލުން ހިމެނޭ ގޮތަށް، ސުކޫކްގެ ހުރިހާ ކަމެއްގައި ލަފާ ދިނުން؛
  2. ސުކޫކް ދޫކުރުމަށް ހުށަހަޅާ އޮނިގަނޑާއި ނިޒާމް، އެކަމަށް ބޭނުން ކޮށްފައިވާ ކޮންޓްރެކްޓްތަކާއި އަދި ލިޔެކިޔުން އެކުލަވާލައިފައިވަނީ މި ގަވާއިދުގައި ހާމަކޮށްފައިވާ މިންގަޑުތަކަށް ފެތޭގޮތަށްކަން ބަޔާންކޮށް އިގުރާރުވުން؛ އަދި
  3. އޮތޯރިޓީއިން ބަލައިގަންނަ ކޮންޓްރެކްޓްތަކާއި ރިޒޮލިޔުށަންތައް އަދި މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރަމުންދާ ކަމުގެ ޔަގީންކަން ދިނުން.

 

5 ވަނަ މާއްދާ - ސުކޫކް ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭ މައުލޫމާތު

ސުކޫކް ދޫކުރުމުގެ ހުއްދަ ހޯދުމަށް ހުށަހަޅާ އެޕްލިކޭށަންގައި ތިރީގައިވާ ލިޔެކިޔުމާއި، ތިރީގައިވާ ކަންކަން ހިމެނިފައިވާންވާނެއެވެ.
(ހ) ދޫކުރާފަރާތުގެ ބެކްގްރައުންޑް މައުލޫމާތު؛

  1. އެފަރާތުގެ (ފަރާތްތަކުގެ) ނަމާއި، އެޑްރެހާއި، ރަޖިސްޓަރީ ނަންބަރާއި، ރަޖިސްޓަރީކުރި ތަނާއި ތާރީހާއި، ވިޔަފާރީގެ މައިގަނޑު ހަރަކާތްތައް.
  2. ހިއްސާދާރުންގެ ނަމާއި އެޑްރެހާއި، ހިއްސާގެ އޮނިގަނޑު އެކުލެވިގެންވާ ގޮތާއި، އޮތޮރައިޒްޑް އަދި ޕެއިޑްއަޕް ކެޕިޓަލްގެ މައުލޫމާތު.
  3. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ނަމާއި އެޑްރެހާއި، އައިޑެންޓިޓީ ކާޑު ނަންބަރު (ނުވަތަ ޕާސްޕޯޓް ނަންބަރު).

(ށ) ސުކޫކްގެ އޮނިގަނޑާއި މުއާމަލާތުގެ ތަފުސީލު (ސުކޫކް ދޫކުރުމުގެ މުއާމަލާތްތައް ސިފަކޮށްދޭނެ މައުލޫމާތާއި އޮނިގަނޑުގެ ކުރެހުމެއް). މީގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެންވާނެއެވެ.

  1. ސުކޫކްއާ ގުޅޭ ކޮންޓްރެކްޓްތަކާއި، ސުކޫކްގެ ސައިޒު (ފައިސާއިން)، މުއްދަތާއި، ފައިދާ/ކޫޕަން/ނުވަތަ ކުލި ނުވަތަ ރޭޓާއި، ފައިދާ/ކޫޕަން ނުވަތަ ކުލި ދައްކަންޖެހޭ ފްރިކުއެންސީ.
  2. ސެކިއުރިޓީ/ނުވަތަ ކޮލަޓަރަލްވާނަމަ އޭގެ މައުލޫމާތު.
  3. ފައިސާ އަނބުރާ ދެއްކުމަށް އޮތް މައިގަނޑު ގޮތާއި އިތުރު ގޮތްގޮތް. 
  4. ސުކޫކް، ލިސްޓުކުރާނަމަ އެކަމުގެ ސްޓޭޓަސް، ނުވަތަ ސެކަންޑަރީ މާކެޓުގައި ގަނެވިއްކުމަށް، ނުވަތަ އެކްސްޗޭންޖުކުރުމަށް އެއްވެސް ހުރަހެއްވާނަމަ އެކަން، ނުވަތަ ނޫންކަން. (ދަރަނީގެ މައްޗަށް ބިނާކޮށްފައިވާ އެއްވެސް ކޮންޓްރެކްޓަކުން ސްޓްރަކްޗަރ ކުރާ ސުކޫކްއެއް ގަނެވިއްކޭނީ އެންމެ ފުރަތަމަ ސުކޫކް ދޫކުރި މޫނުމަތީ އަގުގައެވެ.)
  5. ކްރެޑިޓް ރޭޓިންގ އޭޖެންސީ/އޭޖެންސީތަކުން، ރޭޓިންގ ދީފައިވާ ނަމަ، ކްރެޑިޓް ރޭޓިންގ އާ ގުޅޭ ސިޓީގެ ކޮޕީ.
  6. ކޯވްނެންޓްސް، ކޮންޑިށަންސް ޕްރިސިޑަންޓް، އަދި ރެޕްރެސެންޓޭށަންތަކާއި ވޮރަންޓީތައް.
  7. އިވެންޓްސް އޮފް ޑިފޯލްޓް. (ނުވަތަ އެކަށީގެންވާ ހާލަތްތަކުގައި އެންފޯސްމަންޓް އިވެންޓް) 
  8. ސުކޫކްގެ އަރލީ ރިޑެމްށަންއަށާއި ސުކޫކް އަލުން ގަތުމަށް ހަމަޖައްސާފައިވާ ގޮތްތައް.
  9. ބައިވެރިންގެ މެދުގައި ހިޔާލު ތަފާތުވުމެއް އުފެދިދާނެ ފަދަ ހާލަތްތަކާއި އެކަންކަން ހައްލުކުރުމަށް އަޅަން ވިސްނާފައިވާ ފިޔަވަޅުތައް.

(ނ) ސުކޫކް ދޫކޮށްގެން ހޯދާ ސުކޫކް ޕްރޮސީޑް (ފައިސާ) ބޭނުން ކުރުމަށް ގަސްދުކުރާ ގޮތް، އެކަށޭނަ ހާލަތެއްނަމަ ށެޑިޔުލް އާއެކު.

(ރ) ށަރީއާ އެޑްވައިޒަރ އެއް އައްޔަނު ކުރުމާ ގުޅިގެން އަދި/ނުވަތަ ށަރީއާގެ އަސާސެއް ނުވަތަ މިންގަ ނޑަކާ ގުޅިގެން އޮތޯރިޓީގެ ފަރާތުން ހުއްދައެއް ހޯދާފައިވާނަމަ، ހޯދާފައިވާ ހާއްސަ ހުއްދަ.

(ބ) ސުކޫކް ދޫކުރުމާއި ބެހޭގޮތުން، އައްޔަންކޮށްފައިވާ ށަރީއާ އެޑްވައިޒަރެއްގެ އިގްރާރު ނުވަތަ އެޑްވައިޒަރުންގެ އިގުރާރު.

(ޅ) ދޫކުރަން ބޭނުންވާ ސުކޫކާއި ގުޅުންހުރި އެހެނިހެން މައުލޫމާތު؛ އަދި

(ކ) ސުކޫކް ދޫކުރުމުގައި ހަރަކާތްތެރިވާނެ އިސް އޮފިސަރގެ ނަމާއި، ޓެލެފޯނު ނަންބަރުތައް، ފެކްސް ނަންބަރު އަދި އީމެއިލްއެޑްރެސް.

(އ) ސުކޫކް ދޫކުރާ ފަރާތުގެ އިގްރާރު.

(ވ) ރެގިއުލޭޓަރީ އިދާރާތަކުންެ ހުއްދަ ލިބިފައިވާ ކަން އަންގައިދޭ ސިޓީތަކުގެ ކޮޕީ. (މީގެ ތެރޭގައި ސުކޫކް ދޫކުރުމާބެހޭ ގޮތުން، ނުވަތަ ސުކޫކް ޕްރޮސީޑްސް ބޭނުންކުރުމަށް ނިންމާފައިވާ ކަމަކާބެހޭ ގޮތުން ނަގަންޖެހޭ ހުއްދަތައްވެސް ހިމެނެއެވެ.)

(މ) ދޫކުރާ ފަރާތުގެ އެންމެ ފަހުގެ އޯޑިޓްކުރެވިފައިވާ ފައިނޭންށަލް ސްޓޭޓްމަންޓްތައް.

(ފ) ސުކޫކް ހޯލްޑަރުންނަށް ވަގުތުން ވަގުތަށް މައުލޫމާތު ހާމަކުރާނެ ގޮތަކާއި އަދި ސުކޫކް ހޯލްޑަރުންގެ އަހަރީ ބައްދަލުވުން ބާއްވަން ހުށަހަޅާގޮތް.

 

6 ވަނަ މާއްދާ - އިންފޯމޭށަން މެމޮރެންޑަމް

(ހ) ސުކޫކް ދޫކުރަން ފެށުމުގެ ކުރިން ސުކޫކް ޕްރޮޕޯސަލްގައި ހިމަނަންވާނެކަމަށް މިގަވާއިދުގައި ބުނެފައިވާ ކަންކަމާއި، ސުކޫކް ދޫކުރަންފެށުމުގެ ކުރިން އިންވެސްޓަރުންނަށް ހާމަކުރަންޖެހޭ އެހެނިހެން މައުލޫމާތު ހިމެނޭ "އިންފޯމޭށަން މެމޮރެންޑަމް" އެއް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) އާންމުކޮށް ސުކޫކް ވިއްކާނަމަ، ސުކޫކް ދޫކުރަން ފެށުމުގެ 7 ދުވަސް ކުރިން، އިންފޯމޭށަން މެމޮރެންޑަމް އާންމުކޮށް ލިބެން ހުންނަންވާނެއެވެ.

(ނ) ސުކޫކަށް ސަބްސްކްރައިބްކުރެވޭނެ މުއްދަތާއި، ސެޓްފިކެޓް ދޫކުރެވޭނެ ގޮތާއި، ސުކޫކް އަށް ސަބްސްކްރައިބްކުރުމާބެހޭ ޕްރޮސީޖަރަލް ކަންތައްތަކާއި، ސުކޫކް ހޯލްޑަރުންނަށް ލިބިދޭ ހައްގުތަކާބެހޭ އެންމެހައި މައުލޫމާތު، އިންފޯމޭށަން މެމޮރެންޑަމްގައި ހިމަނަންވާނެއެވެ.

(ރ) އިންފޯމޭށަން މެމޮރެންޑަމްގެ ތާރީހުގެ ކުރިން ފާއިތުވި ފަސް (5) އަހަރުގެ ތެރޭގައި ދޫކުރާ ފަރާތް ނުވަތަ އެފަރާތުގެ ބޯޑު މެންބަރެއް، ސެކިއުރިޓީޒްއާ ބެހޭ ގާނޫނުތަކާއި ކުންފުންޏާ ބެހޭ ގާނޫނުތައް އަދި މަކަރާއި ހިޔާނާތާ ގުޅުން ހުރި އެހެން 
ގާނޫނުތަކެއްގެ ދަށުން ތުހުމަތުކުރެވި ނުވަތަ ކޯޓެއްގައި ހުކުމް ކުރެވިފައިވާނަމަ އެކަން ބަޔާންކުރަންވާނެއެވެ.

(ބ) އިންފޯމޭށަން މެމޮރެންޑަމްގެ ތާރީހުގެ ކުރިން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދޫކުރާ ފަރާތް ނުވަތަ އެފަރާތުގެ ބޯޑު މެންބަރެއްގެ މައްޗަށް ލިސްޓިންގ ރިކުއަޔަރމަންޓް ނުވަތަ މިންގަނޑުތަކާ ހިލާފުވުމާ ގުޅިގެން ސްޓޮކް އެކްސްޗޭންޖަކުން އެފަރާތަކާ ދެކޮޅަށް ފިޔަވަޅެއް އަޅާފައިވާނަމަ އެކަން ބަޔާންކުރަންވާނެއެވެ.

(ޅ) އިންވެސްޓަރުންނަށް މުހިންމު ވާނެ ކަމަށް އޮތޯރިޓީއަށް ނުވަތަ ސުކޫކް ދޫކުރާފަރާތަށް ބެލެވޭ އެހެނިހެންވެސް މައުލޫމާތު އިންފޯމޭށަން މެމޮރެންޑަމްގައި ހިމަނަންވާނެއެވެ.

 

7 ވަނަ މާއްދާ - ސުކޫކްގެ ހުރިހާ ބާވަތެއްގައިވެސް ފުރިހަމަވާންޖެހޭ ށަރުއީ ކަންކަން

ހުރިހާ ބާވަތެއްގެ ސުކޫކްގައިވެސް، އެ ސުކޫކްގައި ހިމެނޭ މުދަލުގައި ތިރީގައިވާ ކަންކަން ފުރިހަމަވާންވާެނެއެވެ.

  1. އެ މުދަލަކާއި އެމުދަލުން ހިފާ ބޭނުން، ށަރީއާގެ އުސޫލުތަކާ ހިލާފުވެގެން ނުވާނެއެވެ.
  2. މޯގޭޖް ކުރެވިފައިވާ ނުވަތަ ދަރަންޏެއް ކަމަށްވެފައިވާ މުދަލެއް، މިސާލަކަށް އިސްލާމިކް ފައިނޭންށަލް އިންސްޓިޓިޔުށަންތަކަށް ޗާޖް ކޮށްފައިވާ މުދަލެއް ނުވަތަ އެހެން ފަރާތަކާއެކު މިލްކިއްޔާތުގައި ބައިވެރިވާ މުދަލެއް ސުކޫކް ދޫކުރުމަށް ކަނޑައަޅާ މުދަލުގެ ގޮތުގައި ބޭނުން ކުރެވޭނީ ޗާޖް ކުރާ ފަރާތުގެ ނުވަތަ މިލްކިއްޔާތުގައި ދެން ހިމެނޭ ބައިވެރިންގެ އިޒުނަ ދޫކުރާ ފަރާތުން ހޯދައިފައިވާނަމައެވެ.
  3. ކަނޑައެޅިފައިވާ މުދަލުގެ ގޮތުގައި މުސްތަގުބަލުގައި ލިބެން ހުރި އެއްޗެއް ބޭނުން ކުރާނަމަ، އެތަކެތި މުސްތަގީރް (ހަމަޖެހި ޔަގީން) ވާންވާނެއެވެ. އަދި މުއާމަލާތްތައް ކުރިއަށް ގެންދަންވާނީ ވަގުތުން އަގު ދައްކާ ގޮތަށެވެ.

 

8 ވަނަ މާއްދާ - ސުކޫކް އިޖާރާގެ އުސޫލުތައް

ސުކޫކް އިޖާރާ ދޫކުރެވޭނީ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.

(ހ) ކުއްޔަށްދޭ ރޭޓް އަދި ކުއްޔަށްދޭ މުއްދަތު ކަނޑައަޅަންވާނީ އަގުދު ކުރެވޭ ހިނދުއެވެ.

(ށ) ކުއްޔަށް ދީފައިވާ މުދާ ބޭނުން ކުރަންވާނީ ހަމައެކަނި ށަރީއާ ހުއްދަކުރާ ހަރަކާތްތަކުގައެވެ.

(ނ) އެއްބަސްވުމުގެ މުއްދަތަށްވުރެ އިތުރު ނުވާގޮތަށް ކުއްޔަށް ހިފި ފަރާތުން ތިންވަނަ ފަރާތަކަށް އެމުދާ ކުއްޔަށް ދެވިދާނެއެވެ.

(ރ) މުދަލުގެ ވެރި ފަރާތުން އެ މުދާ ކުއްޔަށް ދީފައިވާ ހިނދު ކުލީގެ މުއްދަތުގެ ތެރޭގައި ތިންވަނަ ފަރާތަކަށް ކުއްޔަށް ދީގެން ނުވާނެއެވެ.

(ބ) ކުއްޔަށް ދީފައިވާ މުދާ ބެލެހެއްޓުމަކީ މުދަލުގެ ވެރިފަރާތުގެ ޒިންމާއެކެވެ. ނަމަވެސް ކުއްޔަށް ދިނުމުގެ އެއްބަސް ވުމުގައި ހިމެނޭ ފަރާތްތަކުން އެއްބަސް ވެފައިވާ ގޮތުގެ މަތިން ކުއްޔަށް ދީފައިވާ މުދާ ބެލެހެއްޓުމުގެ ކަންތައްތައް ކަނޑައެޅިދާނެއެވެ. މުދަލުގެ ވެރި ފަރާތުން ހަރަދު ކުރާ ގޮތަށް އޭޖެންޓެއްގެ ގޮތުގައި ކުއްޔަށް ހިފި ފަރާތައް މުދާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިދާނެއެވެ.

(ޅ) ފޯވަރޑް ލީސް (އިޖާރާ މައުސުފާ ޒިންމާ)

  1. ސުކޫކް ދޫކުރުމުގައި ފޯވަރޑް ލީސް އަކީ ހުއްދަ އެއްބަސް ވުމެކެވެ.
  2. ފޯވަރޑް ލީސް އަކީ މުސްތަގްބަލްގައި ހުންނާނެ މުދަލަކަށް އެކުލަވާލާ ކުލީގެ އެއްބަސް ވުމެކެވެ. ދެފަރާތުން އެއްބަސްވާ ކުލީގެ އަދަދާއި، ކުއްޔަށް ދޫކުރާ މުދަލުގެ ބާވަތާއި، ކުލީގެ މުއްދަތު އަދި ކުލި ދައްކާނެ ގޮތް އޮންނަންވާނީ މި އެއްބަސްވުމުގައި ސާފުކޮށް ބަޔާން ކޮށްފައެވެ.
  3. ނަމަވެސް، ކުއްޔަށް ހިފި ފަރާތަށް މުދާ ރައްދުކުރި އިރު ކުއްޔަށް ދޫކުރި ފަރާތުން އެއްބަސްވެފައިވާ ސްޕެސިފިކޭށަނާ ހިލާފުވެފައިވާނަމަ؛
    (ހ) ކުއްޔަށް ހިފި ފަރާތަށް މުދާ ބަލައިގަތުމަށް އިންކާރު ކުރެވިދާނެއެވެ. ނުވަތަ
    (ށ) އެއްބަސްވެފައިވާ ސްޕެސިފިކޭށަން އާއި އެއްގޮތަށް މުދާ އަލުން ރައްދުކުރުމަށް ކުއްޔަށް ދޫކުރާ ފަރާތަށް އެންގިދާނެއެވެ. ނުވަތަ
    (ނ) އިޖާރާ އެއްބަސްވުން އުވާލެވިދާނެއެވެ. އަދި ކުއްޔަށް ހިފި ފަރާތުން އެޑްވާންސް ކުލި ދައްކާފައިވާނަމަ، އެ އަދަދު ކުއްޔަށް މުދާ ދޫކުރި ފަރާތުން އަނބުރާ ދައްކަންވާނެއެވެ.

(ކ) ވޭރިއަބަލް ރޭޓް މެކޭނިޒަމް (އަގު ތަފާތުވަމުން ދާނެ ގޮތަށް ކުލި ކަނޑައަޅާނެ ނިޒާމް ) – ކުއްޔަށް ދޫކުރާ އެއްޗެއްގެ ކުލީގެ އަގު ކަނޑައެޅިފައިވާ އަދަދަކަށް ނުވަތަ އަގު ތަފާތު ވަމުން ދާނެ ގޮތަށް ހަމަޖެއްސިދާނެއެވެ. ކުލީގެ އަގު ތަފާތު ވަމުން ދާނަމަ، ކުލީގެ މުއްދަތާއި އެއްބަސް ވެފައިވާ ކުލީގެ އަދަދުގެ ހިސާބުތައް ހަދާނެގޮތް އަގްދުގައި ދެފަރާތުން އެއްބަސްވެފައި އޮންނަންވާނެއެވެ.

(އ) ކުއްޔަށްދީފައިވާ މުދަލުގެ މިލްކިއްޔާތު ބަދަލުކުރުން – ކުލީގެ މުއްދަތު ހަމަވުމުން، ކުއްޔަށް ދޫކޮށްފައިވާ މުދަލުގެ މިލްކިއްޔާތު ކުއްޔަށް ދޫކުރި ފަރާތުން ކުއްޔަށް ހިފި ފަރާތަށް ނުވަތަ އެހެން ތިންވަނަ ފަރާތަކަށް ތިރީގައި މިދަންނަވާ ގޮތްތަކުން ގޮތަކަށް ބަދަލު ކުރެވިދާނެއެވެ.

  1. އެއްބަސްވެފައިވާ އަގަކަށް ކުއްޔަށް ދޫކޮށްފައިވާ މުދާ ވިއްކާލުން؛ ނުވަތަ
  2. ކުއްޔަށް ދޫކޮށްފައިވާ މުދާ ހިބަ (ހަދިޔާ) ކުރުން.

 

9 ވަނަ މާއްދާ - ސުކޫކް މުށާރަކާގެ އުސޫލުތައް

ސުކޫކް މުށާރަކާ ދޫކުރެވޭނީ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.

(ހ) މުށާރަކާގެ ރައުސުލްމާލު – ކޮންމެ ބައިވެރިއަކު (މުށާރިކް) އަކު ރައުސުލްމާލު ދޭންވާނީ ނަގުދު ފައިސާއިން، މުދަލުން ނުވަތަ މިދެގޮތް އެއްކޮށްގެންނެވެ.

(ށ) މުށާރަކާ ރައުސުލްމާލުގެ ކަފާލާ (ގެރެޏްޓީ) – މުށާރަކާ ރައުސުލްމާލަށް، ތިންވަނަ ފަރާތެއްގެ ގެރެންޓީއަކުން ފީއަކާއި އެކު ނުވަތަ ފީއަކާ ނުލާވެސް ކަފާލާ ދެއްކިދާނެއެވެ.

(ނ) މުށާރަކާ ބައިވެރިން – މުށާރަކާ އެއް ގާއިމު ކުރެވޭނީ މަދުވެގެން ދެ (2) ބައިވެރިންނަށެވެ. ނަމަވެސް އެމުދަލެއް ގަނެވިއްކާއިރު ސުކޫކް އިންވެސްޓަރުން މަދުވެގެން ތިބެންވީ އަދަދެއް ނެތެވެ.

(ރ) ފައިދާ އާއި ގެއްލުން – ފައިދާ ބެހުމަށް ކުރިން އެއްބަސްވެފައިވާ ރޭށިއޯ އާއި އެއްގޮތްވާ ގޮތުގެ މަތިން މުށާރަކާ ވިޔަފާރީއެއްގެ ފައިދާ ބައިވެރިންގެ މެދުގައި ބެހޭނެއެވެ. ނަމަވެސް ލިބޭ ގެއްލުން ހިއްސާކުރާނީ ރައުސުލްމާލަށް އެބައިވެރިއަކު ދީފައިވާ އަދަދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ބ) ތަނާޒުލް (ލިބިފައިވާ ހައްގު ދޫކޮށްލުން) – ބައިވެރިޔަކު ބޭނުންވެއްޖެނަމަ، މުށާރަކާ ވިޔަފާރިއެއްގައި ފައިދާ ލިބިގަތުމަށް އޮތް ހައްގު އެ ބައިވެރިއަކަށް ބާތިލުކޮށްލެވިދާނެއެވެ.

(ޅ) ވިޔަފާރި ބަލަހައްޓާ ހިންގުން – ވިޔަފާރި ހިންގުމަށް ބައިވެރިންކުރެ ކޮންމެވެސް ފަރާތެއް، ނުވަތަ ސުކޫކް ދޫކުރާ ފަރާތް ނުވަތަ ތިންވަނަ ފަރާތެއް މެނޭޖަރުގެ ގޮތުގައި ކަނޑައެޅިދާނެއެވެ.

 

10 ވަނަ މާއްދާ - ސުކޫކް މުޒާރަބާގެ އުސޫލުތައް

ސުކޫކް މުޒާރަބާ ދޫކުރެވޭނީ ތިރީގައިވާ އުސޫލުތަކުގެ މަތިންނެވެ.

(ހ) މުޒާރަބާ ރައުސުލްމާލު – ރައްބު އަލް މާލް (ރައުސުލްމާލު ދޭ ފަރާތް) ރައުސުލްމާލު ދޭންވާނީ ނަގުދު ފައިސާއިން، މުދަލުން ނުވަތަ މިދެގޮތް އެއްކޮށްގެންނެވެ.

(ށ) މުޒާރަބާ ރައުސުލްމާލު ގެ ކަފާލާ (ގެރެންޓީ) – މުޒާރަބާ ރައުސުލްމާލަށް، ތިންވަނަ ފަރާތެއްގެ ގެރެންޓީއަކުން، ފީއަކާއި އެކު ނުވަތަ ފީއަކާ ނުލާވެސް ކަފާލާ ދެއްކިދާނެއެވެ.

(ނ) ރަހުނު (ކޮލޭޓަރަލް) – މުޒާރިބް (ވިޔަފާރި ހިންގާ ފަރާތް) ގެ އިހުމާލަކުން ނުވަތަ އަޅާނުލުމަކުން ރައުސުލްމާލަށް ކުރިމަތި ވެދާނެ ފަދަ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން، ރައްބު އަލް މާލް އަށް މުޒާރިބްގެ ފަރާތުން ރަހުނެއް ބޭއްވުމަށް އެދެވިދާނެއެވެ.

(ރ) ފައިދާ އާއި ގެއްލުން – މުޒާރަބާ ވިޔަފާރިއެއްގެ ފައިދާ ބަހާނީ ފައިދާ ބެހުމަށް ކުރިން އެއްބަސްވެފައިވާ ރޭށިއޯއާ އެއްގޮތްވާގޮތުގެ މަތިން ރައުސުލްމާލު ދޭފަރާތާއިމެނޭޖަރާ ދެމެދުއެވެ. ނަމަވެސް، ވާ ހުރިހާ ގެއްލުމެއްގައި ޒިންމާވާނީ އިންވެސްޓްކުރި ފަރާތުންނެވެ.

(ބ) ތަނާޒުލް (ލިބިފައިވާ ހައްގު ދޫކޮށްލުން) – ބައިވެރިޔަކު ބޭނުންވެއްޖެނަމަ، މުޒާރަބާ ވިޔަފާރީއެއްގައި ފައިދާ ލިބިގަތުމަށް އޮތް ހައްގު އެ ބައިވެރިއަކަށް ބާތިލުކޮށްލެވިދާނެއެވެ.

(ޅ) ވިޔަފާރި ބަލަހައްޓައި ހިންގުން – މުޒާރިބް ނުވަތަ މުޒާރިބް ކަނޑައަޅާ ތިންވަނަ ފަރާތަކަށް ވިޔަފާރި ހިންގިދާނެއެވެ.

 

11 ވަނަ މާއްދާ - ޓްރަސްޓް ޑީޑް 

(ހ) ސުކޫކް ދޫކުރުމަށް ޓްރަސްޓް ޑީޑެއްގައި ސޮއިކޮށްފައި ނުވާނަމަ، ސުކޫކް ދޫކުރާ ފަރާތުން ޑިފޯލްޓްވެއްޖެ ހާލަތެއްގައި، ސުކޫކްގެ ފުރިހަމަ އަގު، އެއްވެސް ގްރޭސް ޕީރިއަޑަކާ ނުލައި، ސުކޫކް ހޯލްޑަރުންނަށް އަނބުރާ ދެއްކުމަށް އެދުމުގެ ހައްގު ލިބިގެންވާކަން ބަޔާންކުރާ މާއްދާއަކާއި، ސުކޫކް ހޯލްޑަރުން ބޭނުންވާނަމަ، ދެފަރާތް އެއްބަސްވާ ގޮތަކަށް ނިންމިދާނެކަން ބަޔާންކުރާ މާއްދާއެއް، ސުކޫކާބެހޭ ލިޔެކިޔުންތަކުގައި ހިމެނިފައިވާންވާނެއެވެ.

(ށ) ސުކޫކް ދޫކުރުމަށް ޓްރަސްޓް ޑީޑެއްގައި ސޮއިކޮށްފައި ނުވާނަމަ، ސުކޫކްދޫކުރާ ފަރާތުން، އަނބުރާ ގަންނަ ސުކޫކް ނުވަތަ ރިޑީމް ކުރާ ސުކޫކް، ކެންސަލް ކުރެވޭނެކަމާއި އެސުކޫކް އެހެން ފަރާތަކަށް ނުވިއްކޭނެކަމަށް ބަޔާންކުރާ މާއްދާއެއް، ސުކޫކާބެހޭ ލިޔެކިޔުންތަކުގައި ހިމެނިފައިވާންވާނެއެވެ.

(ނ) އެކަމާ ބެހޭ މުއާމަލާތްތަކުގެ ލިޔެކިޔުންތަކުގައި، ދޫކުރާފަރާތުން، ނުވަތަ އެފަރާތުގެ ދަށުން ރިޑީމް ކުރުމާއި ގަތުމުގެ ކަންކަމުގައި ހަރަކާތްތެރިވާ ފެސިލިޓީ އޭޖެންޓް/އޭޖެންޓުން، ދޫކުރާ ފަރާތުން ގަނެފައި ނުވަތަ ރިޑީމް ކޮށްފައިވާ ސުކޫކް ކެންސަލް ކުރާނެ ކަމަށް ބުނެފައި އޮންނަންވާނެއެވެ. އަދި އެ ސުކޫކް އަލުން ނުވިއްކޭނެ ކަމަށްވެސް ބުނެފައި އޮންނަން ވާނެއެވެ.

 

12 ވަނަ މާއްދާ - ސުކޫކް ދޫކޮށްގެން ލިބޭ ފައިސާ ބޭނުންކުރުން

ސުކޫކް ދޫކޮށްގެން ލިބޭ ފައިސާ ބޭނުން ކުރަންވާނީ ށަރީއާ ހުއްދަ ކުރާ ބޭނުންތަކަށެވެ. އަދި ސުކޫކް ދޫކޮށްގެން ލިބޭ ފައިސާގެ ބޭނުން ކުރަންވާނީ އެއިން ހިފާނެ ބޭނުން ކަމަށް އޮތޯރިޓީއަށް އަންގައިފައިވާ ގޮތާއި އެއްގޮތަށެވެ. ސުކޫކް ހޯލްޑަރުންނަށް ދައްކަން ޖެހޭ ފައިސާ ހޯދުމުގެ މަގްސަދުގައި މަށްރޫއެއް ހިންގުމަށް ސުކޫކް ދޫކުރާ ފަރާތަށް ފައިސާ ދޫކުރެވިފައިވާ ހާލަތްތަކުގައި، ކަމުގެ ކުޑަބޮޑުމިނާއި، ށަރުތުތައް، ކަމާބެހޭ އިތުރު ލިޔެކިޔުންތައް އަދި ބޭނުންވާ ހާލަތްތަކުގައި ދޫކުރާ ފަރާތަށް ފައިސާ ދޫކުރުމުގެ ކަންކަން ހަމަޖައްސައިދޭނެ ސުކޫކް ޓްރަސްޓީ ނުވަތަ ފެސިލިޓީ އޭޖެންޓް ގެ ސެޓިފިކެޓްތައް މުއާމަލާތްތަކާއި ބެހޭ ލިޔެކިޔުންތަކުގައި ހިމެނިފައިވާންވާނެއެވެ.

 

13 ވަނަ މާއްދާ - އެހެނިހެން ރެގިއުލޭޓަރީ ހުއްދަތައް

ސުކޫކް ދޫކުރުމަށްޓަކައި އޮތޯރިޓީއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން ހުށަހަޅާ ސުކޫކްގެ ބާވަތުން ކަމާ ބެހޭ ރެގިއުލޭޓަރީ އިދާރާއަކުން ވަކި ހާއްސަ ހުއްދައެއް ބޭނުންވާނަމަ، އެ ހުއްދަ ހޯދައި، އެފަރާތްތަކުން ބޭނުންވާ ކަމަށް ބުނާ ހުރިހާ ކަމެއް އޮންނަންވާނީ ފުރިހަމަ ކޮށްފައެވެ.

 

14 ވަނަ މާއްދާ - ސުކޫކްގެ ށަރުތުތަކަށް ބަދަލުގެނައުން

ސުކޫކް ދޫކުރުމަށްފަހު ސުކޫކާބެހޭ އަސާސީ ށަރުތުތަކަށް ބަދަލުގެނެވޭނީ ހުރިހާ ސުކޫކް ހޯލްޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު، ހުރިހާ ސުކޫކް ހޯލްޑަރުން އިއްތިފާގުވާނަމައެވެ. އަދި މިފަދަ ބަދަލެއް ގެނެއްސިނަމަ، އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ.

 

15 ވަނަ މާއްދާ - ސުކޫކް އެކުލަވާލާއިރު ބަލަންޖެހޭ ހަމަތައް

ސުކޫކް އެކުލަވައިލާއިރު ބޭނުންކުރާ ށަރީއާގެ އަސާސްތައް ބޭނުންކުރަންވާނީ އެބޭނުންކުރާ އަސާސެއްގެ ނުވަތަ އަސާސްތަކެއްގެ ށަރުއީ އެންމެހާ ހަމަތަކާއި އުސޫލުތަކުގެ މަތިންނެވެ. އަދި އެއްބަސްވުންތައް ފަދަ ލިޔެކިޔުންތައް އެކުލަވައިލައި ތަންފީޒުކުރުމުގައި ށަރީއާގެ ހަމަތަކާއި އުސޫލުތަކަށް ތަބާވާންޖެހޭނެއެވެ.

 

16 ވަނަ މާއްދާ - ސުކޫކް ހޯލްޑަރުންނަށް މައުލޫމާތު ހާމަކުރުމުގެ ޒިންމާ

ސުކޫކް ދޫކުރާ ފަރާތަކުން، ސުކޫކް ދޫކުރުމަށްފަހު، ކޮންމެ ތިންމަހުން އެއް މަހަކު، ސުކޫކްގެ ފައިސާ ބޭނުންކުރި / ބޭނުންކުރެވޭނެ ގޮތާބެހޭ ޕްރޮގްރެސް ރިޕޯޓެއް، އޮތޯރިޓީއަށް ހުށަހަޅަން ޖެހޭނެއެވެ.

 

17 ވަނަ މާއްދާ - އަމަލުކުރުން

މިގަވާއިދަށް އަމަލުކުރަންފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސުކޫކް ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2013-53)

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު