ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 62/2013)
1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާއަށް (ނ) (ރ) އިތުރުކުރުން.
31. (ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރެވި، އެ މައްސަލައަކީ އަލުން ބަލަންޖެހޭ މައްސަލައެއްކަމަށް މަތީ މަރުހަލާގެ ކޯޓަކުން ކަނޑައަޅައިފިނަމަ، އެ ކޯޓުން އެގޮތަށް ކަނޑައެޅި ތާރީހުން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަ އަލުން ބަލައިދިނުމަށް އެދި ހުށަހަޅަންވާނެއެވެ. މި މުއްދަތު ގުނޭނީ ސަރުކާރު ބަންދު ދުވަސް ނުހިމަނައެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައްސަލައެއް ހުށަހަޅަންވާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކަމެއް ކަނޑައަޅާފައިވާ، މިގަވާއިދުގެ ޖަދުވަލު 8 ގައިވާ ފޯމުން ނުވަތަ އެފޯމުގެ ފޯމެޓަށް ތައްޔާރުކޮށްފައިވާ ލިޔުމަކުންނެވެ.
2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކަރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
---------------
ޖަދުވަލު 8
(ޖަދުވަލު 8 ހައިކޯޓުން އަލުން ބަލަން އަންގާ މައްސަލަ ހުށަހަޅާ ފޯމު، ތިރީގައި އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ގެޒެޓްކުރެވުނު ޕީ.ޑީ.އެފް ކޮޕީގައި ހިމެނިފައިވާނެއެވެ.)
ކިޔުންތެރިންގެ ހިޔާލު