-

ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2014-07)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2022-92 ގެ 21 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - މި ގަވާއިދުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

3. ރުއްގަހުގެ ތެރެއިން އަންނަނިވި ބާވަތްތްކުގެ ތެރެއިން އެއްވެސް ބާވަތެއް ކެނޑުމާއި އުފުރުން އަދި ކޮނެގެން ނެގުމަކީ މަނާ ކަމެކެވެ.

  (ހ)

  1. ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ގަހުން ފެށިގެން އެއްގަމަށް 15 މީޓަރުގެ ފުޅާ ސަރަހައްދުގައި ހުރި ހުރިހާ ބާވަތެއްގެ ރުއްގަސް.
  2. ކަނޑޫފަލާއި ކުޅިފަދަ ތަންތަނާއި އެތަންތާނގެ ވަށައިގެން 15 މީޓަރު ފުޅާ ސަރަހައްދުގައި ހެދިފައި ހުންން ހުރިހާ ބާވަތެއްގެ ރުއްގަސް.
  3. ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަސް.
  4. ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމުގެ ގޮތުން ސަރުކާރުން ހިމާޔަތްކުރައްވާފައިވާ ހުރިހާ ބާވަތެއްގެ ރުއްގަސް.
  5. އާދަޔާ ހިލާފު ސިފައެއް ލިބިފައި ހުންނަ ރުއްގަސް. 

(ށ)

  1. މިގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގައު އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ވަޒީރުންގެ މަޖިލީހުން ނިންމަވައި ސަރުކާރުން ހިންގާ ތަރައްގީގެ މަށްރޫއެއް ހިންގުމަށް، އެފަދަ ސަރަހައްދެއްގައި ހެދިފައި ހުންނަ ރުއްގަސް ކަނޑައި، އުފުރައި ނުވަތަ ކޮނެގެން ނެގޭ ކޮންމެ ރުކަކަށް 6 (ހައެއް) ރުއް އަދި ކޮންމެ ގަހަކަށް 6 (ހައެއް) ގަސް އެރަށުގައި އިންދައި ހައްދަން ށަރުތުކޮށް އެކަމަށް ތަންފީޒީ އިދާރާއިން ހުއްދަ ދެވިދާނެއެވެ.
  2. އަދި މި ގަވާއިދު ތަންފީޒު ކުރާ ފަރާތުން ކަނޑައަޅާ އުސޫލެއްގެ ދަށުން މި މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަ ކުރަމުން ގެންދޭތޯ ބެލުމުގެ ގޮތުން ތައްޔާކުރެވޭ "މޮނިޓަރިންގ ޕްލޭނެއް" އެކުލަވާލއި، މިޕްލޭނުގައި ހިމެނޭ ކަންތައްތައް އަމަލުކުރަމުން ގެންދަންވާނެއެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ 11 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކޮށް، މިހާރު މިގަވާއިދުގައި އޮތް 11 ވަނަ މާއްދާއަކީ މި ގަވާއިދުގެ 12 ވަނަ މާއްދާ ކަމަށް ބަދަލުކުރުން.

11. ގަވާއިދު ތަންފީޒު ކުރުން

މި ގަވާއިދު ތަންފީޒު ކުރާނީ މިނިސްޓްރީގެ ފަރާތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީންނެވެ.

 

3 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު

 

އުވި ގަވާއިދު

ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-92)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު