-

އާއިލާއާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 24/2014) 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 63 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

63.  (ހ) ވަރިކޮށްފައި އިންނަ އަންހެނާގެ އިއްދަ ހަމަވަންދެން، އިއްދައިގެ ހަރަދު މަހަކު 2000 (ދެހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވެދިޔަ ގަވާއިދުގެ 63 ވަނަ މާއްދާގެ (ށ) އެއީ އެ މާއްދާގެ (ނ) ކަމުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، އެ މާއްދާގައި ބަޔާންކުރާ އަދަދަކަށްވުރެ އިތުރަށް ހަރަދު ދިނުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 65 ވަނަ މާއްދާގެ (ށ)، (ނ)، އަދި (ރ) އުވާލައި، އެ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

65. (ހ) ކުއްޖާގެ އުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާގެ ބެލުމުގެ ހަރަދަށް، އެއް  ކުއްޖަކު ހުރިނަމަ، މަހަކު 2000 (ދެ ހާސް) ރުފިޔާ، އަދި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1000 (އެއް ހާސް) ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތުމަކުން، އެ މާއްދާގައި ބަޔާންކުރާ އަދަދަށްވުރެ އިތުރަށް ހަރަދު ދިނުމަކަށް މި ގަވާއިދު     ހުރަހެއްނާޅައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 66 ވަނަ މާއްދާގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

66.  ދަރިންގެ ހަރަދަށް މި ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭންޖެހޭ ހަރަދުގެ އިތުރުން، ތިރީގައިވާ ތަކެތި ނުވަތަ އެތަކެތީގެ ހަރަދު އެކަށީގެންވާ ގޮތެއްގެމަތިން ހޯދައިދެވޭނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އާއިލާބެހޭ ގަވާއިދު (2 ފެބްރުއަރީ 2006)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު