-

ދިވެހިރާއްޖޭގައި ށާއިއުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 210/2014) 

 

1 ވަނަ މާއްދާ – ތައާރުފާއި ނަން

(ހ) މިއީ ދިވެހިރާއްޖޭގައި ށާއިއުކުރާ އަދަބިއްޔާތު ށާއިއުކުރުމުގެ ކުރިން އެތަކެތި ފާސްކުރުމުގެ ހަމަތަކާއި އުސޫލްތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގައި ށާއިއުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ – މަގްސަދު

(ހ) ދިވެހިރާއްޖޭގައި އާންމުކުރާ ނުވަތަ ށާއިއުކުރާ އަދަބިއްޔާތަކީ، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ އުފެއްދުންތަކަކަށް ހެދުން.

(ށ) ށާއިއުކުރެވޭ އަދަބިއްޔާތެއްގެ ސަބަބުން މުޖްތަމައަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުން.

3. އަދަބިއްޔާތެއް ފާސްކުރާއިރު ރާއްޖޭގެ ގާނޫނު އަސާސީން ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ބިނާކުރަނިވި އައު ވިސްނުމަށް ހަނިކަމެއް އައިސްގެން ނުވާނެއެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިރާއްޖޭގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - ފާސްކޮށްފައިވާ އަދަބިއްޔާތައް ބަދަލުގެނައުން

ނޭށަނަލް ބިއުރޯ އޮފް ކްލެސިފިކޭށަނުން ފާސްކޮށްފައިވާ އަދަބިއްޔާތުގެ މަސައްކަތެއްގެ އިބާރާތަކުން މާނައަށް އެއްވެސް ބަދަލެއް އަންނަފަދަ ބަދަލެއް ގެނެސްފިނަމަ އެ މަސައްކަތެއް ނޭށަނަލް ބިއުރޯ އޮފް ކްލެސިފިކޭށަނަށް ހުށަހަޅައި އަލުން ފާސްކުރަންވާނެއެވެ

 

ފޮތް ފާސްކުރުން

6 ވަނަ މާއްދާ – ފާސްކުރުމާއި ށާއިއުކުރުން

(ހ) ދިވެހިރާއްޖޭގައި ފޮތް ށާއިއުކުރަންވާނީ، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނަށް ހުށަހަޅައި ފާސްކުރުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވިޔަސް އަންނަނިވި ހާލަތު އިސްތިސްނާ ވެގެން ވެއެވެ. ސިޔާސީ ޕާޓީއެއް، ޖަމްއިއްޔާއެއް، ކުންފުންޏެއް ނުވަތަ ސަރުކާރުގެ ވަކި އިދާރާއެއްގައި ނުވަތަ މިފަދަ އެހެން އިދާރާއަކުން އެތަނުގެ މެންބަރުންގެ މެދުގައި މައުލޫމާތު ފެތުރުމަށްޓަކައި ށާއިއުކުރާ ލިޔުން.

 

7 ވަނަ މާއްދާ - ހުށަހެޅުން

މިގަވާއިދުގެ ދަށުން ފޮތް ފާސްކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަން ވާނެއެވެ.

(ހ)  ފާސްކުރަން ބޭނުންވާ ފޮތުގެ އެއް ނަކަލު، (މިކޮޕީ) އޮންނަން ވާނީ ށާއިއުކުރަން ބޭނުންވާ ގޮތަށް ފުރިހަމަކޮށްފައެވެ. (ފޮތުގެ ބޮޑުމިނާއި ކުލަކޮށް ހުންނަ ބައިތައް ހިމަނައިގެންނެވެ.)

(ށ) ފޮތް ފާސްކުރުމަށް އެދޭ ފޯމް. (މި ފޯމް އޮންނަން ވާނީ ފުރަންޖެހޭ ބައިތައް ފުރިހަމަކޮށްފައެވެ.)

(ނ) 50 (ފަންސާސް) ރުފިޔާގެ ރެވެނިއު ސްޓޭމްޕް.

 

8 ވަނަ މާއްދާ – ޗާޕުކޮށްގެން އާންމުކުރުން.

މި ގަވާއިދުގެ ދަށުން ފާސްކޮށްފައިވާ ފޮތެއް ޗާޕްކޮށް އާންމުކުރުމުގެ ކުރިން އެ ޗާޕުގެ 1 ފޮތް ނެޝެނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަށް ހަވާލުކުރަންވާނެއެވެ.

 

އައި.އެސް.ބީ ނަންބަރު ޖެހުން

9 ވަނަ މާއްދާ – އައި.އެސް.ބީ ނަންބަރު ދޫކުރުން

ދިވެހިރާއްޖޭގައި ށާއިއުކުރާ ފޮތްތަކުގައި އައި.އެސް.ބީ ނަންބަރު ޖަހަންވާނެއެވެ. މިކަމަށް އެދި "އައި.އެސް.ބީ ނަންބަރަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނަށް ހުށަަހަޅަން ވާނެއެވެ.

 

10 ވަނަ މާއްދާ – އައި.އެސް.ބީ ނަންބަރު ޖަހަންވީ ގޮތް

މި ގަވާއިދުގެ ދަށުން އައިއެސްބީ ނަންބަރ ޖަހަންވާނީ ތިރީގައި ބަޔާންކުރާ ތަންތަނުގައި އަންނަނިވި ގޮތަށެވެ.

(ހ) ފޮތުގެ ފެށޭކޮޅުގެ ބަނޑޭރިގަނޑު ދޫކޮށް ދެންޖެހޭ ސަފުހާގެ އެތެރެ ފަރާތުގައެވެ. (މި ސަފްހާ އަކީ ފޮތް ތައްޔާރުކުރުމައި ފޮތް ޗާޕްކުރުމުގެ މައުލޫމާތު ލިޔެވިފައިވާ ސަފްހާ ނުވަތަ ވަރސޯ ސަފްހާއެެވެ.)

(ށ) ފޮތުގެ ފަހަތު ބަނޑޭރިގަނޑުގެ ބޭރުފަރާތުގެ ތިރީކައިރީގައެވެ.

(ނ) އައި.އެސް.ބީ ނަންބަރު ޖަހާފައި ހުންނަން ވާނީ ފޮންޓު ސައިޒު 9 (ނުވައެއް) ގައެވެ.

 

ޅެން ފާސްކުރުން

11 ވަނަ މާއްދާ - ފާސްކުރުމާއި އާންމުކުރުން

(ހ) ދިވެހިރާއްޖޭގައި ޅެމެއް އާންމުކުރަންވާނީ، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ "ޅެން އާންމުކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް ލިޔެގެން ށާއިއުކުރުމާއި، ރިކޯޑުކޮށްގެން ވަކިން ނުވަތަ އަލްބަމް ހަދައިގެން ވިއްކުމާއި، ފިލްމެއް ނުވަތަ ޑޮކިޔުމަންޓްރީއެއްގައި ހިމެނުމާއި، ބްރޯޑްކާސްޓް ނުވަތަ ޓެލެކާސްޓް ކުރުމާއި، އިންޓަރނެޓް މެދުވެރިކޮށް އާންމުކުރުމާއި، ރިންގ-ޓޯންގެ ގޮތުގައި އާންމުކުރުމަށެވެ.

 

12 ވަނަ މާއްދާ - ހުށަހެޅުން

މި ގަވާއިދުގެ ދަށުން ޅެން ފާސްކުރުމަށްޓަކައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) ފާސްކުރަން ބޭނުންވާ ޅެމެއްގެ އަސްލާއި ކޮޕީ. (މި އަސްލާއި ކޮޕީގައި އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފުތަރުގައި ހިމެނޭ ބޭފުޅެއް ލައްވާ ސޮއިކުރަން ވާނެއެވެ.(

(ށ) ޅެންފާސް ކުރުމަށް އެދޭ ފޯމު. (މި ފޯމު އޮންނަންވާނީ ފުރަންޖެހޭ ބައިތައް ފުރިހަމަކޮށްފައެވެ.)

(ނ)  50  (ފަންސާސް) ރުފިޔާގެ ރެވެނިއު ސްޓޭމްޕް

 

އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފްތަރު

13 ވަނަ މާއްދާ – އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފްތަރު

ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަންގައި "އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފުތަރު" އެއް އޮންނަންވާނެއެވެ. މި ދަފުތަރުގައި އެކި ފަންނުތަކުގެ މެންބަރުން އެނގޭނެހެން ލިސްޓުކުރެވިފައި އޮންނަންވާނެއެވެ. ދިވެހިރާއްޖޭގައި ފޮތް އަދި ޅެން ފާސްކުރާނީ މި ދަފުތަރުގައި ހިމެނޭ މެންބަރުންގެ ނިންމުމުގެ މަތިންނެވެ.

 

14 ވަނަ މާއްދާ - މެންބަރުންގެ ށަރުތުތައް.

އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފުތަރުގައި ހިމެނޭ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހެއް ކަމުގައިވުން.

(ނ) އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވުން.

(ރ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމަކަށް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވުން.

(ބ) ފާސްކުރަން ހުށަހެޅޭ ލިޔުމެއްގެ ދާއިރާއަކުން މަދުވެގެން 10 (ދިހަ) އަހަރު ހިދުމަތްކޮށްފައިވާ މީހަކު ކަމުގައިވުން ނުވަތަ އެ ދާއިރާއަކުން ތައުލީމް ހާސިލްކޮށްފައިވާ މީހަކު ކަމުގައިވުން.

 

15 ވަނަ މާއްދާ -  ދަފުތަރުގެ މެންބަރުން އަމަލުކުރާނެ ގޮތް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފޮތް އަދި ޅެން ފާސްކުރުމުގައި "އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފްތަރު" ގައި ހިމެނޭ  މެންބަރުން އަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

(ހ) ދިވެހިރާއްޖޭގައި އާންމުކުރާ ނުވަތަ ށާއިއުކުރާ އަދަބިއްޔާތަކީ، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށާއި،  އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ މަސައްކަތަކަށް ވާން ޖެހޭނެއެވެ.

(ށ) ފާސްކޮށް އާންމުކުރެވޭ އަދަބިއްޔާތެއްގެ ސަބަބުން މުޖުތަމައަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރަން ވިސްނަން ޖެހޭނެއެވެ.

(ނ) އަދަބިއްޔާތެއް ފާސްކުރާއިރު ރާއްޖޭގެ ގާނޫނުއަސާސީން ދެވިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ބިނާކުރަނިވި އައު ވިސްނުންތަކަށް އިޙްތިރާމުކުރަންވާނެއެވެ.

 

 

ޖޫރިމަނާ އާއި އަދަބުތައް

16 ވަނަ މާއްދާ - ޖޫރިމަނާއާއި އަދަބުތައް.

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަނުން ފާސްނުކޮށް، މިގަވާއިދުގައި ބަޔާންކޮށްފައިވާ މަސައްކަތެއް އާންމުކުރުމަކީ ނުވަތަ ށާއިއުކުރުމަކީ މަނާކަމެކެވެ. އަދި އެކަން ކުރި ފަރާތެއް 500 (ފަސް ސަތޭކަ) ރުފިޔާ އާއި 5000 (ފަސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމެއް ތަކުރާރުކޮށްފިނަމަ، މި ގަވާއިދުގެ ދަށުން ކަނޑައެޅޭ އަދަބު ދިނުމާއެކު، އެކަން ތަކުރާރުކުރި ކޮންމެ ފަހަރަކަށް 1000 (އެއް ހާސް)  ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކުރެވިފައިވާ މަސައްކަތެއް އާންމުކުރުމުން، އެމަސައްކަތުގައި ހަގީގަތާ ހިލާފު މަޢުލޫމާތެއް ދީފައިވާކަމަށް ށަރީއަތަށް ސާބިތުވެއްޖެނަމަ، އެ މަސައްކަތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމާއެކު، މި ގަވާއިދުގައި ބުނެފައިވާ ފަދަ މަސައްކަތެއް އެ ފަރާތެއްގެ ނަމުގައި ފާސްކޮށްދެވޭނީ ޖޫރިމަނާ ފައިސާ ދައްކައި ހަލާސްކުރާ ތާރީހުން ފެށިގެން އަންނަނިވި ގޮތުގެމަތިންނެވެ.

  1. ފުރަތަމަ ފަހަރު 1 (އެކެއް) އަހަރު ދުވަސް ފަހުން
  2. ދެވަނަ ފަހަރު  3 (ތިނެއް)  އަހަރު ދުވަސް ފަހުން.
  3. ތިންވަނަ ފަހަރު 5 (ފަހެއް) އަހަރު ދުވަސް ފަހުން

 

މާނަ ކުރުން

17 ވަނަ މާއްދާ - މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރެވޭނީ ތިރީގައިވާ ގޮތަށެވެ.

(ހ) "ޅެން" ކަމަށް ބުނެފައި އެވަނީ، ހިތުގައި އުފެދޭ ށުއޫރެއް، ނުވަތަ ހިތަށްވައްދާ ށުއޫރެއް މާނައެއް ދޭހަވާ ގޮތަށް ވަޒަނަކަށް ފެތޭނެހެން ބައިތުތަކެއްގެ މައްޗަށް އެކުލަވާލައިގެން ފާޅުކުރާ ބަސްތަކަށެވެ. ބަނދި، ކާ، ފަރިހި، ރައިވަރު އަދި އަންބާ ފަދަ ތަކެއްޗަށެވެ.

(ށ) "ފޮތް" ކަމަށް ބުނެފައި އެވަނީ، ލިޔުން، ފޮޓޯ އަދި ކުރެހުން ވަކިން ނުވަތަ ގުޅުވައިގެން ސަފުހާތަކަކުން އެއްމިނަކަށް އެކުލަވައިލުމަށްފަހު ބޭރުގަނޑެއް ލާފައި އެއްފަރާތުން ހަރުކޮށްފައިވާ އެއްޗަކަށެވެ. ނުވަތަ އިލެކްޓްރޯނިކްކޮށް، ޑިޖިޓަލްކޮށް ނުވަތަ އެނޫންވެސް ގޮތަކުން ކިޔޭގޮތަށް އުފައްދާފައިވާ ފޮތަށެވެ.

(ނ) "އާންމުކުރުން" ކަމަށް ބުނެފައި އެވަނީ، އެއްޗެއް މީހުންގެ ތެރެއަށް ނެރެ ހާމަކުރުމަށެވެ.

(ރ) "ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، ލިޔުމެއް، ފޮޓޯއެއް ނުވަތަ ކުރެހުމެއް ޗާޕުކޮށްގެން ނުވަތަ އިލެކްޓްރޯނިކްކޮށް މީހުންގެ ތެރެއަށް ނެރުމަށެވެ. މީގެ ތެރޭގައި އިންޓަނެޓް މެދުވެރިކޮށް އާންމުކުރުން ހިމެނެއެވެ.

(ބ) "އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފްތަރު" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަންގައި ހެދިފައިވާ "އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފުތަރު" އަށެވެ.

 

މައި ގާނޫނު

(ނެތް) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު