-

މާލިއްޔަތުގެ ގަވާއިދަށް 10 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 390/2014) 

 

ބާބު 8:

ވައުޗަރުގެ ނިޒާމު

 

1 ވަނަ މާއްދާ – ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2009) ގެ ބާބު – " (ވައުޗަރު ނިޒާމު)"، މި ބަބު ގެ ނަންބަރު 8.23 ގެ (ށ) އިސްލާހުކޮށް އަދި މި ނަންބަރަށް (ނ) އިތުރުކުރުން.

8.23. އެޑްވާންސް ފައިސާ ދިނުން

(ށ) މަސައްކަތް ހަވާލުވާ ފަރާތުން، މަސައްކަތާ ހަވާލުވާތާ 45 ދުވަހުގެ ތެރޭގައި އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމަށް އެދިއްޖެނަމަ، މަސައްކަތުގެ ޖުމުލަ އަގުގެ %15 އަށްވުރެ ބޮޑުނުވާ އަދަދަކަށް ފައިސާ ދެވިދާނެއެވެ. މި ގޮތުން ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ހުށަހަޅާ ބިލުތަކުން، ކޮންޓްރެކްޓުގެ ޖުމުލަ އަގުގެ ނިސްބަތުން ފައިސާ ކަނޑަންވާނެއެވެ.

(ނ) އަދި މިގަވާއިދަށް ގެނެވޭ އިސްލާހަށް އަމަލުކުރުމުގެ ކުރިން ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން އެޑްވާންސް ފައިސާ ނުނަގައިހުރި އެއްބަސްވުންތަކަށް، މި އިސްލާހު ގެޒެޓް ކުރާ ދުވަހުން ފެށިގެން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެޑްވާންސް ފައިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

 

2 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މާލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2011) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު