މޮބައިލް ޕޭމަންޓް ހިދުމަތާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 47/2016)
އެއްވަނަ ބާބު
ތައާރަފު
1 ވަނަ މާއްދާ – ތައާރަފާއި ނަން
(ހ) މި ގަވާއިދަކީ ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 29 ވަނަ މާއްދާއާއި 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލައި ނެރިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "މޮބައިލް ޕޭމަންޓް ހިދުމަތާބެހޭ ގަވާއިދު" އެވެ
2 ވަނަ މާއްދާ – ގަވާއިދަށް އަމަލު ކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ދެވަނަ ބާބު
ލައިސަންސާގުޅޭ ކަންކަން
3 ވަނަ މާއްދާ – ލައިސަންސާ ގުޅޭ ކަންކަން
(ހ) މި ގަވާއިދުގެ ދަށުން އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން މެނުވީ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި މޮބައިލް ޕޭމަންޓް ހިދުމަތް ދީގެން ނުވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރެވޭނީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށެވެ
4 ވަނަ މާއްދާ – ލައިސަންސް ހޯދުމަށް އެދި ހުށަހެޅުން
މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ހޯދުމަށް އެދި ހުށހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާ ގޮތަކަށް، މަދުވެގެން ތިރީގައިމިވާ މައުލޫމާތާއިއެކު، ލިޔުމަކުން އޮތޯރިޓީއަށެވެ.
- އަސްލާއިއެއްގޮތް ކޮޕީއެއްކަމަށް ބުނެ ތަސްދީގުކޮށްފައިވާ، ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ރަޖިސްޓްރޭށަނާއި ބެހޭ ލިޔެކިޔުންތަކާއި އެ ފަރާތުގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ ކޮޕީ؛
- ލައިސަންސަށް އެދި ހުށަހަށާ ފަރާތަކީ މޮބައިލް ޓެލެކޮމިއުނިކޭށަންގެ ހިދުމަތް ދިނުމަށް ކޮމިއުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސްގެ ކޮޕީއެއް؛ އަދި، ކޮމިއުނިކޭށަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ލައިސަންސް ހޯދުމަށް އެދި ހުށަހަށާ ފަރާތުން މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް؛
- ރަޖިސްޓަރީ ކޮށްފައިވާ އެޑްރެސް، އަދި މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގައި ބޭނުން ކުރަން ގަސްދުކޮށްފައިވާ ނަން؛
- ލައިސްންސަށް އެދި ހުށަހަށާ ފަރާތުގެ މޭޖަރ ހިއްސާދާރުންގެ އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ނަމާއި، ދާއިމީ އެޑްރެހާއި، މިނޫން ވެސް އޮތޯރިޓީން ކަނޑައަޅާ އެފަރާތްތަކާ ބެހޭ އެހެން މައުލޫމާތު؛
- މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ މަސްއޫލިއްޔަތު އުފުލާ މެނޭޖްމަންޓްގެ އިސް ފަރާތްތަކުގެ ނަމާއި، ދާއިމީ އެޑްރެހާއި، ހަސިލްކޮށްފައިވާ ތައިލީމާއި ލިވިފައިވާ ތަޖުރިބާގެ މައުލޫމާތު އަދި މިނޫންވެސް އޮތޯރިޓީން ކަނޑައަޅާ އެފަރާތްތަކާބެހޭ އެހެން މައުލޫމާތު؛
- ފޯރުކޮށްދިނުމަށް ހުށަހަށާފައިވާ މޮބައިލް ޕޭމަންޓް ހިދުމަތުގެ ތަފުސީލު؛
- ކަސްޓޯޑިއަން ބޭންކެއް ނުވަތަ ބޭންކުތަކުގެ ގޮތުގައި އައްޔަން ކުރުމަށް ގަސްދުކުރާ ބޭންކު ނުވަތަ ބޭންކުތަކުގެ ނަމާއި އެޑްރެސް؛
- އައްޔަން ކުރުމަށް ގަސްދުކުރާ ކޮންމެ ކަސްޓޯޑިއަން ބޭންކަކާއި ދެމެދު ވުމަށް ގަސްދުކުރާ ކަސްޓޯޑިއަން އެރޭންޖްމަންޓްގެ ތަފުސީލު އަދި އެ ބޭންކާއި އެކު ވުމަށް ހުށަހަޅާ އެއްބަސްވުމުގެ ކޮޕީ؛
- އަސްލާ އެއްގޮތް ކޮޕީއެއްކަމަށް ބުނެ ތަސްދީގުކޮށްފައިވާ، ވޭތުވެދިޔަ 3 (ތިނެއް) އަހަރުގެ އަހަރީ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ އަހަރީ ހިސާބުތަކުގެ ކޮޕީ. މި ލިޔުންތަކަކީ އޮޑިޓް ކޮށްފައިވާ ލިޔުންތަކަކަށް ވާންވާނެއެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ގަސްދުކޮށްފައިވާ ގޮތް އެކުލެވޭ ތަފްސީލީ ބިޒްނަސް ޕްލޭނާއި އެ ޕްލޭނުގައިވާ ކަންތައްތައް ހަސިލް ކުރުމަށް ކުރިއައް އޮތް 3 (ތިނެއް) އަހަރުގެ މުއްދަތަށް ލަފާކުރާ މާލީ ހިސާބުތައް؛ މި ބިޒްނަސް ޕްލޭންގައި މޮބައިލް ޕޭމަންޓް ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ އެކަށީގެންވާ ސިސްޓަމް ތަކާއި ވަސީލަތްތަކާއި އިޖުރާއަތްތަށް ގާއިމްކުރެވޭނެކަން ދައްކުވައިދޭންވާނެއެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ފައިސާ ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަށް ހިމާޔަތްކުރުމަށް އަޅާނެ ފިޔަވަޅުތަށް؛
- އީ-މަނީ އެކައުންޓްތަކުން ކުރާ މުއާމަލަލާތްތަކުގެ ސެޓްލްމަންޓުގެ ކަންކަން ރާވާފައިވާ ގޮތް؛
- މޮބައިލް ޕޭމަންޓް ހިދުމަތް ފޯރުކޮށްދުނުމުގައި ބޭނުންކުރުމަށް ހުށަހަޅާ ޓެކްނޮލޮޖީ ސިސްޓަމުގެ ތަދުސީލު؛
- ލައިސަންސަށް އެދު ހުށަހަޅަފައިވާ ފަރާތުން މެނޭޖްމަންޓް ރާވާފައިވާ ގޮތާއި އިންޓރނަލް ކޮންޓްރޯލްތަށް ރާވާފައިވާ ގޮތުގެ ތަފުސީލު؛ މީގެތެރޭގައި މި ކަންކަން އެކަށީގެންވާ އަދި ހަރުދަނާ ގޮތަކަށް ހިނގާނެކަން ދައްކުވައިދޭ އިދާރީ ކަންކަމުގެ އިޖުރާއަތްތައް، ރިސްކް މެނޭޖްމަންޓް އަދި އެކައުންޓިނގ އިޖުރާއަތްތަށް ހިމަނަންވާނެއެވެ.
- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާއި ދެކޮޅަށް ކުރަންޖެހޭ ކަންކަން ކުރުމަށް ގާއިމުކުރާނެ އިންޓަރނަލް ކޮންޓްރޯލް ނިޒާމުތަކުގެ ތަފުސީލު؛
- ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ހިންގުމުގެ އިދާރީ އޮނިގަނޑު ކަނޑައަޅާފައިވާ ގޮތް؛ މީގެ ތެރޭގައި، އޭޖެންޓުން އައްޔަންކުރާނަމަ، އައުޓްސޯސްކުރާނަމަ، އަދި ރާއްޖޭގެ ނުވަތަ ބޭރުގެ ޕޭމަންޓް ސިސްޓަމެއްގައި ބައިވެރިވާނަމަ އެކަންކަމުގެ ތަފުސީލު ހިމަނަންވާނެއެވެ.
- އޮތޯރިޓީން ކަނޑައަޅާ އެހެނިހެން މައުލޫމާތާއި ލިޔެކިޔުންތަށް.
5 ވަނަ މާއްދާ – ލައިސަންސް ދިނުމުގައި އޮތޯރިޓީން ބަލާނެ ކަންކަން
މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސަށް އަދި ހުށަހަޅާ ހުށަހެޅުމަކަށް ލައިސްންސް ދޫކުރުމަށް ނުވަތަ ދޫނުކުރުމަށް އޮތޯރިޓީން ނިންމުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރާނެއެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތްދިނުމުގެ މަސްއޫލިއްޔަތު އުފުލާ މެނޭޖްމަންޓުގއ އިސް ފަތާތްތަކާއި ކަމަށް އެކަށޭނަ ފަރާތްތަކެއްކަން؛
- ހުށަހަޅާފައިވާ މޮބައިލް ޕޭމަންޓް ހިދުމަތް ހިންގުމަށް ހުށަހަޅާފައިވާ ގޮތުގެ ހަރުދަނާކަމާއި، ހުށަހަޅާފައިވާ ބިޒަނަސް ޕްލޭނަކީ ކުރެވިދާނެ ކަންތައްތަކެއް ހިމެނޭ އަދި މާލީ ގޮތުން ފައިފާވާނެކަން ދައްކުވައިދޭ އަދި އޮތޯރިޓީއަށް ގަބޫލުކުރެވޭ ޕްލޭނެއްތޯ؛
- މޮބައިލް ޕޭމަންޓް ހިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންކުރުމަށް ހުށަހަޅާފައިވާ ޓެކްނޮލޮޖީ ސިސްޓަމްގެ ހަރުދަނާކަން؛
- މޮބައިލް ޕޭމަންޓް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތާއި އައްޔަންކުރުމަށް ގަސްދުކުރާ ކަސްޓޯޑިއަން ބޭންކު ނުވަތަ ބޭންކުތަކާ ދެމެދު ގާއިމްކުރުމަށް ހުށަހަޅާ އިންތިޒާމުތަކުގެ ހަރުދަނާކަން؛
- ހިދުމަތް ލިބިގަންނަ ފަރާތްތަށް ހިމާޔަތް ކުރުމަށް އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރުމުގެ ގާބިލުކަން ހުރި މިންވަރު:
- ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުން އެހެން ވިޔަފާރިއެއްގެ ހަރަކާތެއް ހިންގާނަމަ، އެ ހަރަކާތެއްގެ ސަބަބުން ހުށަހަޅާފައިވާ މޮބައިލް ޕޭމަންޓް ހިދުމަތް، ރައްކާތެރިކޮށް އަދި ހަރުދަނާކޮށް، ފޯރުކޮށްދިނުމަށް ހުރަސްއެޅިދާނެތޯ ނުވަތަ އަސަރުކޮށްފާނެތޯ؛
- ހުށަހަޅާފައިވާ މޮބައިލް ޕޭމަންޓް ހިދުމަތުން އާންމުންގެ މަސްލަހަތަށް ކުރާނެ ފައިދާ؛
- އޮތޯރިޓީއަށް ގަބޫލުކުރެވޭ އެހެނިހެން ކަންކަން
6 ވަނަ މާއްދާ – ލައިސަންސްގެ ށަރުތުތައް
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ކޮންމެ ފަރާތަކުންވެސް އަންނަނިވި ށަރުތުތަކަށް އަމަލުކުރަންވާނެއެވެ.
- ލައިސަންސްގެ ށަރުތުތަކުގެ ތެރޭގައި މޮބައިލް ޕޭމަންޓް ހިދުމަތް ފަށަން 12 (ބާރަ) މަސްދުވަހަށް ވުރެ ކުރު މުއްދަތެއް ދީފައިނުވާނަމަ، ލައިސަންސް ދޫކުރެވުނު ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މޮބައިލް ޕޭމަންޓް ހިދުމަތް ދޭން ފަށަންވާނެއެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތް ދެނީ ފަރުދުންނަށް ކަމަށްވާނަމަ އެ ހިދުމަތް ދޭންވާނީ އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތްދިނުމަށް ބޭންކަކާ ނުވަތަ ބޭންކުތަކަކާއިއެކު ކަސްޓޯޑިއަން އެރޭންޖްމަންޓް ގާއިމުކުރަންވާނެއެވެ.
- ޕޭމަންޓް ސިސްޓަމްތަކާއި އެހެން މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ ސިސްޓަމްތަކާއިއެކު އިންޓާރއޮޕެރަބިލިޓީ ގާއިމުކުރުމަށް އެކަށީގެންވާ އިންފޮމޭށަން ޓެކްނޮލޮޖީ ނިޒާމުތަށް ގާއިމުކޮށްފައި ހުންނަންވާނެއެވެ. އަދި ރާއްޖޭގައި އެއް ފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން މޮބައިލް ޕޭމަންޓް ހިދުމަތް ދޭން ފެޅުމުން، އޮތޯރިޓީން އަންގާ އެންގުމާ އެއްގޮތްވާ ގޮތުގެ މަތީން އިންޓަރއޮޕެރަބިލިޓީ ގާއިމުކުރަންވާނެއެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ އިންޓަރނަލް ކޮންޓްރޯލްތައް ކަނޑައަޅައި، ވިޔަފާރިއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންތަކާމެދު އެކަށީގެންވާ ނިޒާމުތައް ގާއިމުކޮށް އުސޫލުތަށް އެކަށައަޅަންވާނެއެވެ.
- އީ-މަނީ އެކައުންޓް ހުޅުވާފައިވާ ފަރާތްތަކުގެ ހަރަކާތްތަކާއި، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ އޭޖެންޓުންގެ ހަރާކާތްތަށް މޮނީޓަރކޮށް ސުޕަވައިޒްކުރަންވާނެއެވެ. އަދި، ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ އޭޖެންޓުން ހަރަކާތްތެރިވަނީ އެ ފަރާތްތަކުން ހަރަކާތްތެރިވުމަށް ހުއްދަދީފައިވާ ހިދުމަތްތަކުގައި އެކަނިކަން ޔަގީންކުރަންވާނެއެވެ.
- ދިވެހިރާއްޖޭގެ ގާނޫނުތަކަށް އަމަލުކުރަންވާނެއެވެ. އޭގެ ތެރޭގައި ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓަރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ނެރެފައިވާ ގަވާއިދުތަކާއި ގައިޑްލައިންތަކާއި އިރުށާދުތައް ހިމެނޭނެއެވެ.
- މަކަރާއި ހީލަތް، ހިޔާނާތް، މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހިމެނޭގޮތަން، އެއްވެސް ޖިނާއީ ކުށެއް ކޮށްގެންނުވާނެއެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން، މޮބައިލް ޕޭމަންޓް ހިދުމަތްދޭންވާނީ އެ ހިދުމަތް ދިނުމަށް އޮތޯރިޓީން ހުއްދަދީފައިވާ ނަމުގައި އެކަންޏެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ މަސްއޫލިއްޔަތު އުފުލާ މެނޭޖްމަންޓުގެ އިސް ފަރާތްތަކަކީ ހުރިހާ ވަގުތަކުވެސް، އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމަށް ވާންވާނެއެވެ.
- ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށްޓަކައި އަމަލުކުރުމަށް އޮތޯރިޓީން ކަނޑައަޅާ ކަންތައްތަކާއި، ގައިޑްލައިންތަކާއި ނެރޭ ސަރކިއުލަރތަކާއި ދޭ އިރުށާދުތަކާއި އެންގުންތަކަށް އަމަލުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި އިންޓަރއޮޕެރަބިލިޓީ ގާއިމުކުރުންކަމަށް ބުނެފައި އެވަނީ ކޮންމެ ނެޓްވާރކެއް މެދުވެރިކޮށް މޮބައިލް ފޯނުގެ ހިދުމަތް ހޯދާ ފަރާތެއްކަމުގައިވީނަމަވެސް، އެ ފަރާތަކުން ބޭނުންކުރާ ނެޓްވާރކެއް މެދުވެރިކޮށް އެހެން ނެޓްވާރކްތަކުގެ މޮބައިލް ޕޭމަންޓް ކަސްޓަމަރުންނަށް ފައިސާ ފޮނުވައި އަދި އެ ފަރާތްތަކުން ފޮނުވާ ފައިސާ ލިބޭނެގޮތުގެ ނިޒާމު ގާއިމުކުރުމަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރަށް، އިތުރު ށަރުތުތަށް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ. އަދި މިގޮތުން ކަނޑައަޅާ ށަރުތުތަށް ލައިސަންސް ދޫކުރުމަށްފަހުގައިވެސް، ލިޔުމަކުން ބަދަލުކުރުމާއި އުނި އިތުރުކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ރ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ލައިސަންސްގެ ށަރުތަކާ ހިލާފުވެއްޖެނަމަ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތީރިޓީގެ ގާނޫނު)ގައި ނުވަތަ މި ގަވާއިދުގައި ކަނޑައަޅާފައިވާ ފިޔަވަޅެއް، އެ ފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.
7 ވަނަ މާއްދާ – ލަސައިސަންސް ހޯދުމަށް އޮންނަ އޮތުމުން އިސްތިސްނާވުން
އޮތޯރިޓީން ލައިސަންސް ލިބިގެން ހިންގާ ބޭންކަކުން މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމަށް މި ގަވާއިދުގެ ދަށުން ލައިސަންސެއް ހޯދާކަށް ނުޖެހޭނެއެވެ. ނަމަވެސް، ބޭންކަކުން މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ކުރިން އޮތޯރިޓީގެ ހުއްދަ ހޯދަންވާނެއެވެ. އެގޮތުން، ހުއްދަ ދިނުމުގައި ވަކި ށަރުތެއް ނުވަތަ ށަރުތުތަކެއް އޮތޯރިޓީއަށް ކަނޑައެޅިދާނެއެވެ.
8 ވަނަ މައްދާ – މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ކުރުން މަނާ ކަންކަން
މޮބައިލް ޕޭމަންޓް ހިދުމަތްދޭ އެއްވެސް ފަރާތަކުން އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.
- ޑިސްކައުންޓެއްގައި އީ-މަނީ އިށޫކުރުން؛ އެއިޅ މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަށް ލިބުނު ރުފިޔާގެ އަދަދަށް ވުރެ މަތީ އަދަދެއްގެ އީ-މަނީ އިށޫކުރުމެވެ؛
- އީ-މަނީގެ ބަދަލުގައި ލިބިފައިވާ ފައިސާ، ލޯނު ނުވަތަ އެހެންވެސް ބާވަތެއްގެ ކްރެޑިޓް ދޫކުރަން ބޭނުންކުރުން؛
- އީ-މަނީ އެކައުންޓަކަށް އިންޓްރެސްޓް ނުވަތަ ފައިދާއެއް ދިނުން؛
- އީ-މަނީ އެކައުންޓް ހުޅުވާފައިވާ ފަރާތަކަށް އެއްވެސް ބާވަތެއްގެ ކްރެޑިޓެއް ދޫކުރުން؛
އަދި - އީ-މަނީގެ ބަދަލުގައި ލިބޭ ފައިސާ އަކީ ޑިޕޮސިޓެއްގެ ގޮތުގައި ބެލުން.
9 ވަނަ މާއްދާ – ގަވާއިދަށް އަމަލުކުރަން ފަށާއިރު ތިބި މޮބައިލް ޕޭމަންޓް ހިދުމަތްދެމުންދާ ފަރާތްތަށް
މި ގަވާއިދަށް އަމަލުކުރަށް ފަށާއިރު، އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސެއް ލިބިގެން ދިވެހިރާއްޖޭގައި މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކަކީ މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މި ގަވާއިދުގެ ދަށުން ލައިސަންސް ދެވިފައިވާ މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކެއް ކަމަށް ބެލެވޭނެއެވެ.
ތިންވަނަ ބާބު
ރިސްކް މެނޭޖްމަންޓް
10 ވަނަ މާއްދާ – ރިސްކް މެނޭޖްމަންޓް
މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ މަސައްކަތަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އެކަށީގެންވާ ސިޔާސަތުތަކާއި އިޖުރާއަތްތައް އެކަށައަޅައި، އަދި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ ޑިރެކްޓަރުންގެ ބޯޑުން ގާއިމުކުރަންވާނެއެވެ. އަދި، އެ ސިޔާސަތުތަކާއި އިޖުރާއަތްތައް ތަންފީޒުކުރުވުމަކީ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތެކެވެ.
11 ވަނަ މާއްދާ – އޮޕަރޭށަނަލް ރިސްކް
މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގައި، އެކަށީގެންވާ ހިންގުމުގެ އިންތިޒާމުތަކާއި އިންޓަރނަލް ކޮންޓްރޯލްތައް މޮބައިލ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ގާއިމުކުރަންވާނެއެވެ. އެފަދަ އިންތިޒާމުތަކާއި އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރޭގައި، އަންނަނިވި ފިޔަވަޅުތަކާއި ކަންކަން، އެ ފިޔަވަޅުތަކާއި ކަންކަމަށް އެކަނި ހުދޫދު ނުވާގޮތަށް، ހިމަނަންވާނެއެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތުގެ ރައްކާތެރިކަމާއި، ހިންގުމުގެ އިތުބާރު ދެމެހެއްޓުން ޔަގީންކުރުމަށް ފިޔަވަޅުތައް އެޅުން. މީގެ ތެރޭގައި ކޮންޓިންޖެންސީ އެރޭންޖްމަންޓްތައް ހިމަނަންވަނެއެވެ.
- ސިސްޓަމްތަކާއި މުވައްޒަފުންނާއި ގުޅޭ ކަންކަމުގެ ރައްކާތެރިކަމާއި ހިންގުމުގެ އިތުބާރު ދެމެހެއްޓުމަށް ފިޔަވަޅުތައް އެޅުން.
- މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން ހިންގާ މޮބައިލް ޕޭމަންޓް ހިދުމަތުގެ ރިކޯޑުތަކައި އެކައުންޓްތައް، އެ ފަރާތުން ކުރާ އެހެން ވިޔަފާރިތަކުގެ ހަރަކާތްތަކުގެ ރިކޯޑުތަކާއި އެކައުންޓްތަކާ ވަކިން ބެހެއްޓުން.
- ކްލިއަރިންގ އަދި ސެޓްލްމަންޓް ނިޒަމުތަކަކީ ރައްކާތެރި، ހަރުދަނާ އަދި އިތުބާރުކުރެވޭ ނިޒާމުތަކެއްކަން ޔަގީންކުރުމަށް ފިޔަވަޅުތައް އެޅުން.
- މޮބައިލް ޕޭމަންޓް މުއާމަލާތްތަކުގެ އެކައުންޓިންގ އެކަށީގެންވާ ގޮތަށް ހެދޭނެ އިންތިޒާމު ހަމަޖެއްސުމާއި އީ-މަނީ އެކައުންޓުތަކުގެ ޖުމުލަ ބާކީއާއި ކަސްޓޯޑިއަން އެކައުންޓުގެ ބާކީ ރިކޮންސައިލްކުރުމަށް ބެނުންވާ މައުލޫމާތު ބެހެއްޓުން.
- އޮތޯރިޓީން ކަނޑައަޅާ އެހެނިހެން އިންތިޒާމުތަކާއި އިންޓަރނަލް ކޮންޓްރޯލްތައް.
12 ވަނަ މާއްދާ – ސެކިއުރިޓީ ރިސްކް
މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގައި ކުރިމަތިވެދާނެ ސެކިއުރިޓީ ރިސްކްތައް އެކަށީގެންވާ އަވަސް ގޮތެއްގައި ދެނެގަތުމަށާއި، ދިރާސާ ކުރުމަށާއި، އެފަދަ ރިސްކް މަދުކުރުމަށާއި، މޮނީޓަރ ކުރުމައްޓަކައި، ސެކިއުރިޓީ ރިސްކް މެނޭޖްކުރުމުގެ ހަރުދަނާ އޮނިގަނޑެއް، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ގާއިމުކުރަންވާނެއެވެ. އަދި އެގޮތުން ގާއިމުކުރާ އޮނިގަނޑަކީ މަދުވެގެން އަންނަނިވި ކަންކަން ހަސިލްކުރެވޭނެ އޮނިގަނޑެއް ކަމަށް ވަންވާނެއެވެ.
- މައުލޫމާތު ފޮނުވުމުގެ ތެރޭގައި، އަދި މައުލޫމަތު ރައްކަކޮށްފައި ބެހެއްޓުމުގެ ތެރޭގައި، ހުއްދަ ލިބިފައިވާ ފަރާތްތަކަށް މެނުވީ ފެނިގެން ނުވަނޭފަދަ މައުލޫމާތު، އެނޫން ފަރާތަކަށް ނުފެންނާނޭ ގޮތަށް، އެ މައުލޫމަތުގެ ސިއްރު ހިފެހެޓުން.
- ޕްރޮސެސްކުރާ، ރައްކާކުރާ ނުވަތަ ފޮނުވާ މައުލޫމާތަކީ ސައްހަ، އިތުބާރުކުރެވޭ އަދި ފުރިހަމަ މައުލޫމާތަކަށްވުން.
- މޯބައިލް ޕޭމަންޓެއް ހަދަން ފަށާއިރު، ޕޭމަންޓް ހަދާނީ ހަގީގަތުގައިވެސް ކަސްޓަމަރުކަން ޔަގީން ކުރުމަށާއި، ހުއްދަ ލިބިފައިވާ ފަރާތްތަކަށްމެނުވީ ހާމަކޮށްގެންނުވާނެ ޕޭމަންޓްތަކާބެހޭ ނުވަތަ ކަސްޓަމަރުންނާބެހޭ މައުލޫމާތު ބެލުމުގައި ހަރުދަނާ އިންތިޒާމްތައް ހަމަޖެއްސުން.
- އޭޖެންޓުންނާއި ވިޔާފާރީގެ ހިންގުމުގެ މަސައްކަތެއް އައުޓްސޯސް ކޮށްފައިވާނަމަ އެ އައުޓްސޯސްކޮށްފައިވާ ފަރާތްތަކުން މަސައްކަތްކުރާ ގޮތް އެކަށީގެންވާ ގޮތަށް ބެލުން، އަދި އެއިން ފަރާތަކުން ކުރާ މަސައްކަތަކާ ގުޅިގެން ހުއްދައެއް ދޭންޖެހޭ ކަންކަމުގައި އެކަށީގެންވާ ގޮތަކަށް ހުއްދަ ދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
13 ވަނަ މާއްދާ – ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ހިދުމަތް ދިނުން ހުއްޓުމަކަށް ނާންނާނެ ގޮތަށް ކުރިއަށް ގެންދިޔުމާ ގުޅޭ ކަންކަން
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، މޮބައިލް ޕޭމަންޓް ހިދުމަތުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭފަދަ ބޮޑު މައްސަލައެއް ނުވަތަ ހަދިސާއެއް ކުރިމަތިވެއްޖެނަމަ އަންނަނިވި ކަންކަން ކުރުމަށްޓަކައި އެކަށީގެންވާ އިޖުރާއަތްތައް އެކަށައަޅާފައި ހުންނަންވަނެއެވެ. އަދި އެ އިޖުރާއަތްތައް ގަވާއިދުން މުރާޖައާކޮށް ޓެސްޓުކުރަންވާނެއެވެ.
- ވިޔަފާރި ހިންގުމަށް ބޭނުންވާނެ ރިކޯޑުތަކާއި އެހެނިހެން މައުލޫމާތު ނުގެއްލޭނެ ގޮތަށް ނުވަތަ ހިދުމަތަށް އަސަރު ނުކުރާނެ ގޮތަށް އެ މައުލޫމާތު އަނބުރާ ލިބޭނެގޮތަށް ހަމަޖެއްސުމަށް؛
- ސިސްޓަމްތަކަށް ކޮށްފާނެ ނޭދެވޭ އަސަރަކުން އަރައިގަތުމަށް، އަދި
- ހިދުމަތްދިނުން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭނެގޮތް ހަމަޖެއްސުމަށް އަދި ހިދުމަތް ދިނުން ހުއްޓުމަކަށް އަތުވެއްޖެނަމަ އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ހިދުމަތް އަލުން ފެށުމަށް.
(ށ) މޮބައިލް ޕޭމަންޓް ހިދުމަތުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭނެފަދަ ބޮޑު މައްސަލައެއް ނުވަތަ ހާދިސާއެއް ކުރިމަތިވެއްޖެނަމަ ނުވަތަ ހިންގުން ހުއްޓުމަކަށް އަތުވެއްޖެނަމަ އެކަންކަން، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން ރިކޯޑުކުރަންވާނެއެވެ. އަދި ޕޭމަންޓްގެ ސެކިއުރިޓީގެ ބޮޑު މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަން އޮތޯރިޓީއަށް އަންގަންވާނެއެވެ.
14 ވަނަ މާއްދާ – ޓެކްނޮލޮޖީއާއި އިންފޮމޭށަން ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ ކަންކަން
މޮބައިލް ޕޭމަންޓް ހިދުމަތް ދޭ ފަރާތްތަކުން މި ހިދުމަތް ދިނުމަށް ބޭނުންކުރާ ޓެކްނޮލޮޖީއާއި އިންފޮމޭށަން ސެކިއުރިޓީއާގުޅޭ ކަންތައްތައް ކުރުމުގައި ތިރީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ ނުވަތަ ކަންތައްތަކާ އެއްގޮތަށް، އަދި އޮތޯރިޓީން ކަނޑައަޅައި އަންގާ މިންގަނޑުތަކާ ނުވަތަ ކަންތައްތަކާ އެއްގޮތްވާ ގޮތުގެމަތީން އަމަލުކުރަންވާނެއެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމަށް ބޭނުންކުރާ ޓެކްނޮލޮޖިއަކީ ރައްކާތެރި އަދި ސެކިޔޮރ ޓެކްނޮލޮޖިއަކަށް ވާންވާނެއެވެ. އަދި، ޕޭމަންޓްތަކާބެހޭ މައުލޫމާތުގެ ސިއްރުވެރިކަމާއި ނަޒާހަތްތެރިކަމާއި ސައްހަކަން ހިފެހެއްޓޭނެ، އަދި އިންކާރު ނުކުރެވޭނެ ނަވަތަ ރެޕިއުޑިއޭޓް ނުކުރެވޭނެ ޓެކްނޮލޮޖީއަކަށް ވާންވާނެއެވެ.
- މޮބައިލް ފޯނު މެދުވެރިކޮށް ކުރެވޭ ޕޭމަންޓް މުއާމަލާތްތަކުގެ ސެކިއުރިޓީގެ ކަންތައްތައް އެކަށީގެންވާ ގޮތަށް ކުރުމަށްޓަކައި އެކަށައަޅާ އިންފޮމޭށަން ސެކިއުރިޓީގެ ސިޔާސަތުތައް އަޕްޑޭޓްކޮށް އެ ސިޔާސަތުތައް ތަންފީޒުކުރަންވާނެއެވެ.
- ކުރިމަތިވެދާނެ ސައިބަރ ރިސްކްތަކަށް މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ތައްޔާރުވެ ސަމާލުވާންވާނެއެވެ. އަދި، އެފަދަ ރިސްކްތައް ކުޑަކުރުމަށްޓަކައި ގާއިމުކުރަންޖެހޭ ސެކިއުރިޓީ ސިސްޓަމްތައް ގައިމުކުރަންވާނެއެވެ.
ހަތަރުވަނަ ބާބު
ކަސްޓަމަރުން ރަޖިސްޓަރީކުރުމާއި، އީ-މަނީ އެކައުންޓް
15 ވަނަ މާއްދާ – ކަސްޓަމަރުން ރަޖިސްޓަރީކުރުން
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އެ ފަރާތެއްގެ ކަސްޓަމަރުން ރަޖިސްޓަރީކުރުމަށްޓަކައި ރަސްމޟ ނިޒާމެއް ގާއިމުކުރަންވާނެއެވެ. އަދި ކަސްޓަމަރުން ރަޖިސްޓަރީކުރަންވާނީ، އޮތޯރިޓީން އެހެން ގޮތަކަށް ކަނޑައަޅައި ނާންގާހައި ހިނދަކު، ކަސްޓަމަރުން ސޮއިކޮށް ހުށަހަޅާ ލިޔެކިޔުންތައް މެދުވެރިކޮށެވެ.
(ށ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، މޮބައިލް ޕޭމަންޓް ހިދުމަތަށް ކަސްޓަމަރެއް ރަޖިސްޓަރީކުރާއިރު އެ ހިދުމަތުގެ ށަރުތުތަކާއި ހަމަތައް، ދިވެހިބަހާއި އިނގިރޭސިބަހާ ދެބަހުންކުރެ އެ ކަސްޓަމަރަކު އެދޭބަހަކުން، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން ކަސްޓަމަރަށް ފޯރުކޮށްދޭންވާނެއެވެ. އަދި ރަޖިސްޓަރިކުރަންވާނީ އެ ށަރުތުތަކާއި ހަމަތަކަށް އެ ކަސްޓަމަރަކު އެއްބަސްވާނަމައެވެ. ށަރުތުތަކާއި ހަމަތައް، މޮބައިލް ޕެމަންޓް ހިދުމަތްދޭ ފަރާތުގެ ވެބް ސައިޓް ނުވަތަ ރަޖިސްޓްރޭށަން ފޯމު ނުވަތަ މި ނޫން އެހެން ވަސީލަތެއް މެދުވެރިކޮށް ފޯރުކޮށްދެވިދާނެއެވެ.
16 ވަނަ މާއްދާ – އީ-މަނީ އެކައުންޓު
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ކޮންމެ ފަރާތަކުން ވެސް، މޮބައިލް ޕެމަންޓް ހިދުމަތް ހޯދުމަށް އެދޭ ކޮންމެ ކަސްޓަމަރަކަށް ވަކި އީ-މަނީ އެކައުންޓެއް ހުޅުވައި ބަހައްޓަންވާނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ހުޅުވައިދެވޭނީ އެއް އީ-މަނީ އެކައުންޓެވެ. މިގޮތުން، އެއް ސިމްކާޑަށް ވުރެ ގިނަ ސިމްކާޑު ކަސްޓަމަރެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވީނަމަވެސް އީ-މަނީ އެކައުންޓު ހުޅުވައިދެވޭނީ އެތަނުން އެއް ސިމްކާޑަށެވެ.
(ށ) އީ-މަނީ އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރަކަށް، އެކައުންޓު ހުޅުވާފައިވާ ސިމްކާޑު ނޫން އެހެން ސިމްކާޑަކަށް އީ-މަނީ އެކައުންޓެއް ހުޅުވޭނީ ފުރަތަމަ ހުޅުވި އީ-މަނީ އެކައުންޓު ބަންދުކުރުމަށްފަހުގައެވެ.
(ނ) އީ-މަނީ އެކައުންޓެއް ހުޅުވާފައިވާ ސިމްކާޑެއް އެހެން ފަރާތަކަށް ރަޖިސްޓަރީކޮށްދޭންވާނީ، އެ ސިމްކާޑަށް ހުޅުވާފައިވާ އީ-މަނީ އެކައުންޓު ބަންދުކުރުމަށްފަހުގައެވެ.
(ރ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، ކަސްޓަމަރަކަށް އީ-މަނީ އެކައުންޓެއް ހުޅުވައިދިނުމުގެ ކުރިން، ކަސްޓަމަރުންނާމެދު ފަރުވާތެރިވުމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ. އެގޮތުން އަޅަންޖެހޭ ފަރުވާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ކަސްޓަމަރުން ދެނެގަތުމަށް އަޅާ ފިޔަވަޅުތަކާއި އެއީ ކޮން ފަރާތްތެއްކަން ޔަގީންކުރުމަށް އަޅާ ފިޔަވަޅުތައް ހިމެނެއެވެ.
(ބ) އީ-މަނީ އެކައުންޓެއް ހުޅުވުމަށްޓަކައި ކަސްޓަމަރަކު، އެ ކަސްޓަމަރެއް ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކޮށްފައިވާ ހާލަތެއްގައި މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
- ކަސްޓަމަރު ތަމްސީލުކުރަން އައްޔަނުކޮށްފައިވާ ފަރާތް ދެނެގަނެ، އަދި އެއީ ކޮންފަރާތެއްކަން ޔަގީންކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން؛ އަދި
- ކަސްޓަމަރު ތަމްސީލުކުރުމުގެ ހުއްދަ އޮތް ފަރާތެއްކަން ޔަގީންކުރުން، އަދި އެކަން ޔަގީންކުރުމަށް ބެލި ލިޔުންތަކުގެ ކޮޕީ ހަދައި ބެހެއްޓުން.
(ޅ) މި މާއްދާގެ (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށްޓަކައި މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން، ކަސްޓަމަރުގެ އަދި ކަސްޓަމަރެއް ތަމްސީލުކުރާނެ ފަރާތެއް އައްޔަނުކޮށްފައިވާ ހާލަތެއްގައި އެ ފަރާތުގެ މައުލޫމާތު ހޯދައި ބަހައްޓަންވާނެއެވެ. އަދި މަދުވެގެން އަންނަނިވި މައުލޫމާތު މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން ހޯދައި ރިކޯޑު ބަހައްޓަންވާނެއެވެ.
- ފުރިހަމަ ނަން އަދި އެފަރާތުން ބޭނުންކުރާ ނުވަތަ އެފަރާތަށް ނިސްބަތްވާ އެހެނިހެން ނަންނަން؛
- ކަސްޓަމަރުގެ ގައުމީ ނިސްބަތް؛
- ދޭސީ ކަސްޓަމަރެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛ ބިދޭސީ ކަސްޓަމަރެއްނަމަ ޕާސްޕޯޓް ނަންބަރު އަދި ވީޒާ ނަންބަރު؛ ކަސްޓަމަރަކީ ގައުމީ ށަހުސެއްނަމަ ރަޖިސްޓްރޭށަން ނަންބަރު ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު؛ އަދި
- ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެސް އަދި ގުޅޭނެ ގޮތުގެ މައުލޫމާތު؛ ކަސްޓަމަރަކީ ގައުމީ ށަހުސެއްނަމަ ރަޖިސްޓަރިކޮށްފައިވާ އެޑްރެސް ނުވަތަ ވިޔަފާރި ހިންގާ އެޑްރެސް އަދި ގުޅޭނެ ގޮތުގެ މައުލޫމާތު.
(ކ) އީ-މަނީ އެކައުންޓެއް ހުޅުވާފައިވަނީ ގާނޫނީ ށަހުސަކުން ކަމަށްވާނަމަ އެކައުންޓެއް އޮޕަރޭޓްކުރާ މީހާއާގުޅޭ މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މައިލޫމާތު، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން ހޯދައި ރިކޯޑުކުރަންވާނެއެވެ.
(އ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، ގަވާއިދުން ނުވަތަ ކަސްޓަމަރަކު އެދުމުން، އެ ކަސްޓަމަރެއްގެ އީ-މަނީ އެކައުންޓުގެ ސްޓޭޓްމަންޓް ޕްރިންޓްކޮށް ނުވަތަ އިލެކްޓްރޯނިކްކޮށް، ކަސްޓަމަރަކަށް ދޭންވާނެއެވެ.
(ވ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން، އެ ފަރާތެއްގެ ކަސްޓަމަރުންގެ އީ-މަނީ އެކައުންޓްތައް ބަހައްޓަންވާނީ އެ ކަސްޓަމަރުންގެ މޮބައިލް އެއަރ-ޓައިމް އެކައުންޓްތަކާ ވަކީންނެވެ. އަދި، އެއަރ-ޓައިމްއަށްވާ ފައިސާގެ އަދަދު އީ-މަނީ އެކައުންޓަށް ބަދަލުކޮށްގެންނުވާނެއެވެ. މިގޮތަށް އޮތްކަމުގައިވީނަމަވެސް، އީ-މަނީ އެކައުންޓަކުން އެއަރ-ޓައިމް ގެނެވިދާނެއެވެ.
(މ) ކަސްޓަމަރެއްގެ އީ-މަނީ އެކައުންޓްގައި ހުރި އީ-މަނީގެ އަދަދަށް އުނި އިތުރެއް ގެނެސްދޭ ކޮންމެ މުއާމަލާތެއްގެ މައުލޫމާތު، އެ މުއާމަލާތެއް ހިންގުމާއެކު ރިޔަލްޓައިމް އުސޫލުން އެ ކަސްޓަމަރަކަށް މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން އަންގަންވާނެއެވެ.
(ފ) ކަސްޓަމަރުންނާއި އޭޖެންޓުންގެ އީ-މަނީ އެކައުންޓުގައި ބެހެއްޓޭނެ އީ-މަނީގެ އަދަދު އަދި ކުރެވޭ މުއާމަލާތްތަކާ ގުޅޭ ލިމިޓުތައް ކަނޑައަޅަންވާނީ އޮތޯރިޓީގެ ހުއްދަ ހޯދުމަށް ފަހުގައެވެ. އަދި ކަނޑައަޅާ އަދަދުތަކާއި މިންވަރުތަކަށް ބަދަލެއް ގެންނަންވާނީ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައެވެ.
(ދ) ކަސްޓަމަރެއްގެ އީ-މަނީ އެކައުންޓެއް ބަންދުކޮށްދިނުމަށް އެ ކަސްޓަމަރަކު ލިޔުމުން އެދުމުން، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އެ އެކައުންޓް ބަންދުކޮށް، އެކައުންޓުގައި ބާކީ ހުރި އީ-މަނީ ފައިސައަށް ބަދަލުކޮށް އެކަސްޓަމަރަށް އެ ފައިސާ ދޭންވާނެއެވެ.
17 ވަނަ މާއްދާ – ކަސްޓަމަރުންގެ ރަޖަސްޓަރީ
މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އެ ފަރާތުގެ ކަސްޓަމަރުންގެ ކާކުކަން އަންގައިދޭ މައުލޫމާތާއި ކަސްޓަމަރުންގެ އީ-މަނީ އެކައުންޓުގެ ބާކީ އަދަދު ހިމެނޭ ރަޖިސްޓަރީއެއް ގައިމްކުރަންވާނެއެވެ.
ފަސްވަނަ ބާބު
ކަސްޓޯޑިއަން އެކައުންޓް
18 ވަނަ މާއްދާ – ކަސްޓޯޑިއަން އެކައުންޓް
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، ބޭންކެއް ނުވަތަ ބޭންކުތަކެއްގައި ކަސްޓޯޑިއަން އެކައުންޓެއް ނުވަތަ އެކައުންޓްތަކެއް ހުޅުވުމަށްފަހުގައި މެނުވީ މޮބައިލް ޕޭމަންޓް ހިދުމަތްދީގެން ނުވާނެއެވެ.
(ށ) ކަސްޓޯޑިއަން އެކައުންޓް ހުޅުވައި ހިންގުމަށްޓަކައި އަދި ދެފުށްފެންނަ ގޮތަކަށް ފައިސާ ދައުރުވާކަން ޔަގީންކުރުމަށްޓަކައި ކޮންމެ ކަސްޓޯޑިއަން ބޭންކަކާއި މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތާ ދެމެދު އެއްބަސްވުމެއްވާންވާނެއެވެ. އެ އެއްބަސްވުމުގައި ކަސްޓޯޑިއަން ބޭންކުގެ އަދި މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ މަސްއޫލިއްޔަތުތައް ބަޔާންކުރަންވާނެއެވެ. އަދި، އަންނަނިވި ކަންކަމާއި ށަރުތުތައް އެ އެއްބަސްވުމުގައި މަދުވެގެން ހިމަނަންވާނެއެވެ.
- ކަސްޓޯޑިއަން ބޭންކުގެ ފިޑޫށިއަރީ މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތަށް ކަސްޓޯޑިއަން އެކައުންޓުން މުއާމަލާތްތައް ކުރާނެ ގޮތުގެ އިޖުރާއަތްތައް ކަސްޓޯޑިއަން ބޭންކުން ކަނޑައަޅަވާނެއެވެ.
- ކޮންމެ ދުވަހަކު، ހުރިހާ އީ-މަނީ އެކައުންޓްތަކުގެ ޖުމުލަ ބާކީއާއި ކަސްޓޯޑިއަން އެކައުންޓްގެ ބާކީ ރިކޮންސައިލް ކުރާނެ ގޮތުގެ އިންތިޒާމުތައް؛ އަދި ކަސްޓޯޑިއަން އެކައުންޓުގެ ބާކީ އީ-މަނީ އެކައުންޓުތަކުގެ ޖުމުލަ ބާކީއަށްވުރެ މަދުވާނަމަ، އެކަން ހަމަޖައްސައި ރިކޮންސައިލް ކުރާނެ ގޮތުގެ އިންތިޒާމުތައް؛ އަދި
- މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތް އިފްލާސްވެއްޖެ ހާލަތެއްގައި ނުވަތަ އެ ފަރާތުގެ ވިޔަފާރި ބަންދުކޮށްފި ހާލަތެއްގައި ނުވަތަ އެ ފަރާތުން މޮބައިލް ޕޭމަންޓް ހިދުމަތް ދިނުން ހުއްޓާލައިފި ހާލަތެއްގައި؛ އެ ފަރާތުގެ ކަސްޓަމަރުންގެ، ކާކުކަން އަންގައިދޭ މައުލޫމާތުތައް އެ ފަރާތުން ކަސްޓޯޑިއަން ބޭންކަށް ފޯރުކޮށްދޭނެކަން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ކަސްޓޯޑިއަން ބޭންކުން މޮބައިލް ޕޭމަންޓް ހިދުމަތްދޭ އެހެން ފަރާތަކަށް ކަސްޓޯޑިއަން އެކައުންޓެއް ހުޅުވައިނުދެވޭނެ ކަމަށް ނުވަތަ މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން އެހެން ބޭންކެއްގައި ކަސްޓޯޑިއަން އެކައުންޓެއް ހުޅުވައިގެންނުވާނެ ކަމަށް ބަޔާންކޮށްގެންނުވާނެއެވެ.
(ރ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން އިށޫކޮށްފައިވާ އީ-މަނީގެ ބަދަލުގައި ބަލައިގެންފައިވާ އެންމެހައި ފައިސާ، ކަސްޓޯޑިއަން އެކައުންޓަކަށް ނުވަތަ އެކައުންޓުތަކަކަށް ޑިޕޮސިޓްކުރަން ވާނެއެވެ. އަދި، ކަސްޓޯޑިއަން އެކައުންޓުގެ ނުވަތަ އެކައުންޓުތަކުގެ ބާކީ، ހުރިހާ ވަގުތަކު ވެސް، މަދުވެގެން އެއިރަކު ހުރި، ހުރިހާ އީ-މަނީ އެކައުންޓުތަކުގެ ޖުމުލަ ބާކީއާ އެއްވަރުވާންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަސްޓޯޑިއަން އެކައުންޓަށް ޑިޕޮސިޓްކުރާ، އީ-މަނީގެ ބަދަލުގައި ބަލައިގެންފައިވާ ފައިސާއަކީ މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ ފައިސާއެއް ނޫނެވެ. ކަސްޓޯޑިއަން އެކައުންޓަށް ޑިޕޮސިޓްކޮށްފައިވާ އެ ފައިސާއަކީ އީ-މަނީގެ ވެރިފަރާތުގެ ފައިސާއެވެ.
(ޅ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އެއް ބޭންކަށްވުރެ ގިނަ ބޭންކުތަކުގައި ކަސްޓޯޑިއަން އެކައުންޓްތަށް ހުޅުވާފައިވާނަމަ، އެއިން ކޮންމެ އެކައުންޓަކާ ގުޅޭ އީ-މަނީ އެކައުންޓުތަށް ސާފުކޮށް އެނގޭގޮތަށް ބަހައްޓަންވާނެއެވެ.
(ކ) މި މާއްދާގެ (ހ) ގެ ދަށުން ހުޅުވާ ކަސްޓޯޑިއަން އެކައުންޓަކީ ނުވަތަ އެކައުންޓުތަކަކީ އިންޓްރެސްޓް ނުވަތަ ފައިދާ ލިބޭ އެކައުންޓެއް ނުވަތަ އެކައުންޓުތަކެއްގެ ގޮތުގައި ހުޅުވިދާނެއެވެ. އެހެން ނަމަވެސް، އެ އެކައުންޓަކަށް ލިބޭ އިންޓްރެސްޓް ނުވަތަ ފައިދާ، ޖަމާކުރަންވާނީ ވަކި އެހެން އެކައުންޓަކަށެވެ.
(އ) ކަސްޓޯޑިއަން އެކައުންޓަށް ޑިޕޮސިޓްކޮށްފައިވާ އީ-މަނީގެ ވެރިފަރާތުގެ ފައިސާއަށް، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަށް އެކްސެސްވެވިގެން ނުވާނެއެވެ. އަދި، އެ ފައިސާ ކޮލެޓަރަލެއްގެ ގޮތުގައި ނުވަތަ ސެކިއުރިޓީއެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.
(ވ) ކަސްޓޯޑިއަން އެކައުންޓަކީ ކަސްޓޯޑިއަން ބޭންކުގެ ޑިޕޮސިޓް ލައިބިލިޓީއެކެވެ.
(މ) އީ-މަނީ އެކައުންޓުތަކުގެ ބާކީ އަދި އީ-މަނީ އެކައުންޓުތަކުގެ ހަރަކާތްތަށް ބެލުމަށްޓަކައި، ކަސްޓޯޑިއަން ބޭންކަކުން އެދުމުން، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން، އެ ބޭންކަކަށް އެފަރާތުގެ އީ-މަނީ ސިސްޓަމަށް އެކްސެސް ދޭންވާނެއެވެ.
(ފ) ބޭނުންތެރިކަމެއްކަމަށް އޮތޯރިޓީއަށް ފެނިއްޖެހިނދެއްގައި، އެއް ބޭންކަށް ވުރެ ގިނަ ބޭންކުތަކުގައި ކަސްޓޯޑިއަން އެކައުންޓުތަށް ހުޅުވުމަށް، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް އޮތޯރިޓީން އެނގިދާނެއެވެ.
(ދ) ކަސްޓޯޑިއަން ބޭންކަކުން އޮތޯރިޓީގެ ހުއްދަ ލިބިގެން އެ ބޭންކުގައި ހުޅުވާފައިވާ ކަސްޓޯޑިއަން އެކައުންޓުގައިވާ ފައިސާ، އޮތޯރިޓީން ހުއްދަކުރާ، އިންޓްރެސްޓް ނުވަތަ ފައިސާ ލިބިދޭ މާލީ އިންސްޓްރުމަންޓްތަކުގައި އިންވެސްޓުކުރެވިދާނެވެ.
19 ވަނަ މާއްދާ – އިފުލާސްކުރުމުން، ވިޔަފާރި ބަންދުކުރުމުން އަދި ހިދުމަތްދިނުން ހުއްޓާލުމުން އަމަލުކުރެވޭނެ ބައެއް ކަންކަން
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ވިޔަފާރި ބަންދުކޮށްފިނަމަ ނުވަތަ އެ ފަރާތެއް އިފުލާސްކޮށްފިނަމަ ނުވަތަ މޮބައިލް ޕޭމްންޓް ހިދުމަތް ދިނުން ހުއްޓާލައިފިނަމަ، އެ ފަރާތުން ހުޅުވާފައިވާ ކަސްޓޯޑިއަން އެކައުންޓެއް އޮތް ބޭންކަކުން އެ އެކައުންޓުގައިވާ އީ-މަނީ އައްވާ ފައިސާ ހިފަހައްޓަންވާނެއެވެ.
(ށ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ވިޔަފާރި ބަންދުކުރުމަކުން ނުވަތަ އެ ފަރާތެއް އިފުލާސްކުރުމަކުން ނުވަތަ މޮބައިލް ޕޭމަންޓް ހިދުމަތް ދިނުން ހުއްޓާލުމަކުން، އެ ފަރާތުން ހުޅުވާފައިވާ ކަސްޓޯޑިއަން އެކައުންޓުގައިވާ އީ-މަނީ އައްވާ ފައިސާ ހޯދުމުގެ އެއްވެސް ހައްގެއް އެ ފަރާތަށ ލިބިގެން ނުވެއެވެ.
(ނ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތެއް އިފުލާސްކޮށްފިނަމަ ނުވަތަ އެ ފަރާތެއްގެ ވިޔަފާރި ބަންދުކޮށްފިނަމަ ނުވަތަ އެ ފަރާތުން ދޭ މޮބައިލް ޕޭމަންޓް ހިދުމަތް ހުއްޓާލައިފިނަމަ، އީ-މަނީ އެކައުންޓުތަކުގެ ވެރިފަރާތްތަކުން ހުށަހެޅުމުން ކަސްޓޯޑިއަން އެކައުންޓުގައިވާ އެ ފަރާތްތަކުގެ ފައިސާ ކަސްޓޯޑިއަން ބޭންކަކުން އެ ފަރާތްތަކަށް ދޭންވާނެއެވެ.
20 ވަނަ މާއްދާ –ކަސްޓޯޑިއަން ބޭންކުގެ މަސްއޫލިއްޔަތު
(ހ) އެއްވެސް ބޭންކަކުން، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ކަސްޓޯޑިއަން ބޭންކަކަށް ވުމުގެ ކުރިން، އޮތޯރިޓީގެ އިއުތިރާޒެއް ނެތްކަން ހޯދަންވާނެއެވެ.
(ށ) ކަސްޓޯޑިއަން އެކައުންޓް ބެހެއްޓުމުގައްޔާއި، އިދާރީ ގޮތުން ހިންގުމުގައި އަންނަނިވި ކަންކަން ކުރުމަކީ ކަސްޓޯޑިއަން ބޭންކުގެ މަސްއޫލިއްޔަތެކެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން ކަސްޓޯޑިއަން އެކައުންޓުން ކުރާ އެންމެހައި މުއާމަލާތްތަށް ކަނޑަޅާފައިވާ ވަގުތުތަކަށް، މޮނީޓާރކުރުން؛
- މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން ހުޅުވައިދީފައިވާ އީ-މަނީ އެކައުންޓުތަކުގެ ޖުމުލަ ބާކީއާއި ކަސްޓޯޑިއަން އެކައުންޓުގެ ބާކީއާ ރިކޮންސައިލް ކުރުން؛ ކަސްޓޯޑިއަން އެކައުންޓުގެ ބާކީ އީ-މަނީ އެކައުންޓުތަކުގެ ޖުމުލަ ބާކީއަށްވުރެ މަދުވާނަމަ، އެކަން އޮތޯރިޓީއަށާއި ހިދުމަތްދޭ ފަރާތަށް އަންގަންވާނެއެވެ. އަދި 7 (ހަތެއް) ދުވަހުގެ ތެރޭގައި ހިދުމަތްދޭ ފަރާތުން އެފައިސާ އެކައިންޓަށް ޖަމާކުރާކަން ޔަގީންކުރަންވާނެއެވެ.
- ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ ހިންގުން ހުއްޓާލައިފިނަމަ ނުވަތަ ހިންގުން ހުއްޓިއްޖެނަމަ، ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމަށްޓަކައި އެކަށީގެންވާ އިންތިޒާމުތަށް ގާއިމުކުރުން.
ހަވަނަ ބާބު
އޭޖެންޓުން އައްޔަންކުރުމާއި އައުޓްސޯސްކުރުން
21 ވަނަ މާއްދާ – އޭޖެންޓުން އައްޔަންކުރުން
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން އޭޖެންޓެއް މެދުވެރިކޮށް މޮބައިލް ޕޭމަންޓް ހިދުމަތް ދޭންވާނީ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހު އަދި އޮތޯރިޓީން ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އޮތޯރިޓީގެ ހުއްދަ ލިބުމަށްފަހު ވަކިވަކި އޭޖެންޓެއް އައްޔަންކުރާތާ 5 (ފަހެއް) މަސައްކަތު ދުވަހުގެ ތެރޭގައި އައްޔަންކުރި އޭޖެންޓުގެ ތަފުސީލުތަށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ،
(ށ) މޮބައިލް ޕޭމްންޓް ހިދުމަތްދޭ ފަރާތެއްގެ ފަރާތުން މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމަށް އޭޖެންޓެއް އައްޔަންކުރަންވާނީ އެ އައްޔަންކުރާ އެޖެންޓަކާއެކު ލިޔުމުން އެއްބަސްވުމެއް ހެދުމަށްފަހުގައެވެ. އަދި އެ އެއްބަސްވުމުގައި ދެ ފަރާތުގެ ހައްގުތަކާއި ޒިންމާތަކާއި މަސްއޯލިއްޔަތުތަށް ބަޔާންކުރަންވާނެއެވެ.
(ނ) މޮބައިލް ޕޭމްންޓް ހިދުމަތްދޭ ފަރާތަކުން އޭޖެންޓުން މެދުވެރިކޮށް ހިދުމަތް ދިނުމުގައި އަންނަނިވި ށަރުތުތަކަށް އަމަލުކުރަންވާނެއެވެ.
- އޭޖެންޓުން އައްޔަންކުރުމަށް އެކަށީގެންވާ އުސޫލިތަކާއި އިޖުރާއަތްތަށް ގާއިމުކޮށް، އޭޖެންޓުންނާމެދު ރައްކާތެރިވުމުގެ ފިޔަވަޅުތަށް އެޅުން، އަދި އޭޖެންޓުންނާބެހޭ ފުރިހަމަ މައުލޫމާތުތަށް ބެހެއްޓުން.
- އޭޖެންޓުންނަށް އެކަށީގެންވާ ތަމްރީންތަށް ދިނުން
- އޮތޯރިޓީއިން ނެރޭ ގައިޑްލައިންތަކާއި އަންގާ އެންގިންތަކަށް އޭޖެންޓުން ފުރިހަމައަށް އަމަލުކުރޭތޯ ބެލުމަށް އެކަށީގެންވާ ނިޒާމުތަށް ގާއިމުކުރުން؛ އަދި އޮތޯރިޓީއިން ނެރޭ ގައިޑްލައިންތަކާއި އަންގާ އެންގުންތަކުގައި އޭޖެންޓުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ކަންކަން އޭޖެންޓުންނަށް އަންގައިދީ އަހުލުވެރިކުރުން.
- އޭޖެންޓުން މެދުވެރިކޮށް ހިދުމަތްދިނުމުގައި ކުރިމަތިވެދާނެ ރިސްކްތައް ކުޑަކުރުމަށް އަޅންޖެހޭ އެންމެހައި ފިޔަވަޅުތަށް އެޅުން، އެފަދަ ރިސްކްތަކުގެ ތެރޭގައި، އޮޕަރޭށަނަލް ރިސްކް، ލިކުއިޑިޓީ ރިސްކް، ރެޕިއުޓޭށަނަލް ރިސްކް، އަދި ކަސްޓަމަރުންގެ އަތުން ނަގާފައިވާ ފައިސާގެ ރައްކާތެރިކަމާގުޅޭ ގޮތުން ކުރިމަތިވެދާނެ ރިސްކް ހިމެނެއެވެ.
- އޭޖެންޓުން މޮބައިލް ޕޭމަންޓް ހިދުމަތް ފޯރުކޮށްދެނީ އެ މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ އޭޖެންޓެއްގެ ގޮތުގައިކަން ހިދުމަތް ލިބިގަންނަ ފަރާތަށް ހާމަކޮށްދޭކަން ޔަގީންކުރުން.
- އޭޖެންޓުން، މޮބައިލް ޕޭމްންޓް ހިދުމަތް ދީ ހިންދުމަށް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ބޭންކް އެކައުންޓެއް ހުޅުވާފައިވާކަން ޔަގީންކުރުން.
22 ވަނަ މާއްދާ – އޭޖެންޓުންގެ ރަޖިސްޓްރީ
މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން އޭޖެންޓުން މެދުވެރިކޮށް ހިދުމަތްދޭ ނަމަ، އެ ފަރާތެއްގެ ހުރިހާ އޭޖެންޓުންގެ މައުލޫމާތު ހިމެނޭގޮތުން ރަޖިސްޓަރީއެއް ގާއިމްކޮށް އާންމުކުރަންވާނެއެވެ.
23 ވަނަ މާއްދާ – އައުޓްސޯސްކުރުން
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ ގެ ފަރާތުގެ ހިންގުމުގެ އެއްވެސް މަސައްކަތެއް އެހެން އެއްވެސް ފަރާތަކަށް އައުޓްސޯސްކޮށްގެން ނުވާނެއެވެ. އައުޓްސޯސްކުރުމުގެ ހުއްދައައް އެދި އޮތޯރިޓީއަށް ހުށަހަޅާއިރު އައުޓްސޯސްކުރުމަށް ގަސްދުކޮށްފައިވާ ގޮތުގެ ހުރިހާ މައުލޫމާތެއް ހުށަހަޅަންވާނެއެވެ.
(ށ) މޮބައިލް ޕޭމްންޓް ހިދުމަތްދޭ ފަރާތެއްގެ ހިންގުމުގެ އެއްވެސް މަސައްކަތެއް އެހެން ފަރާތަކަށް އައުޓްސޯސްކުރަންވަނީ، އެ ފަރާތަކާއެކު ލިޔުމުންވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުމުގައި އައުޓްސޯސްކުރާ މަސައްކަތުގެ ތަފުސީލާއި އައުޓްސޯސްކުރުމާ ގުޅޭގޮތުން ދެ ފަރާތުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަށް ބަޔާންކުރަންވާނެއެވެ.
(ނ) މޮބައިލް ޕޭމަންޓް ހިދުމަތް ހިދުމަތްދޭ ފަރާތަކުން ހިންގުމުގެ މުހިންމު މަސައްކަތެއް އައުޓްސޯސްކުރުމުގައި އަންނަނިވި ށަރުތުތަށް ފިރުހަމަކުރަންވާނެއެވެ.
- އައިޓްސޯސްކުރުމުގެ ސަބަބުން އެ ފަރާތެއްގެ މެނޭޖްމަންޓުގެ އިސް ފަރާތެއްގެ އެއްވެސް ޒިންމާއެއް އެހެން ފަރާތެއްގެ މައްޗަށް ބަދަލުނުކުރުން؛
- މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކީ ކަސްޓަމަރާ ދެމެދު އޮންނަޖެހޭ ގުޅުމަށް، ނުވަތަ މޮބައިލް ޕޭމްންޓް ހިދުމަތްދޭ ފަރާތުން ކަސްޓަމަރުންގެ މައްޗަށް އޮންނަންވާ އިލްތިޒާމުތަކަށް އެއްވެސް ބަދަލެއް ނައުން؛ އަދި
- ލައިސްންސްގެ ށަރުތުތަކުގެ ތެރެއިން އެއްވެސް ށަރުތެއް ފުރިހަމަ ކުރުމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުން
- މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ހިންގުމުގެ މުހިންމު މަސައްކަތެއްކަމަށް ބެލެވެނީ އެ މަސައްކަތެއް ކުރުމުގައި ދިމާވާ މައްސަލައެއް ނުވަތަ އެ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތެއް ފޯރުކޮށްދޭ ހިދުމަތް ހަރުދަނާކަމާއިއެކު މެދުނުކެންޑި ކުރިއަށް ގެންދިއުމުގައި، ނުވަތަ އެ ފަރާތަކަށް ދެވިފައިވާ ލައިސަންސްގެ ށަރުތުތަކާއި އެއްގޮތަށް އަމަލުކުރުމުގައި، ނުވަތަ އެ ފަރާތެއްގެ މާލީ ހާލަތު ދެމެހެއްޓުމުގައި، ދަތިތަކާ ކުރިމަތި ވެދާނެ ކޮންމެ މަސައްކަތަކަށެވެ.
24 ވަނަ މާއްދާ – އައުޓްސޯސްކުރުމާއި އޭޖެންޓުން އައްޔަންކުރުމާ ގުޅޭ ޒިންމާތައް
(ހ) އޭޖެންޓުން ނުވަތަ އައުޓަސޯސްކުރުން މެދުވެރިކޮށް މޮބައިލް ޕޭމަންޓް ހިދުމަތްދޭ ކޮންމެ ފަރާތެއް، އެ ފަރާތުންގެ އޭޖެންޓުން އަދި އައުޓްސޯސްކޮށްފައިވާ ފަރާތަކުން މި ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރޭތޯ ޔަގީންކުރަންވާނެއެވެ.
(ށ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، އެ ފަރާތެއްގެ މުވައްޒަފުންނާއި އޭޖެންޓުންނާއި އެ ފަރާތެއްގެ ހިދުމަތާ ގުޅޭ ހަރަކާތެއް އައުޓްސޯސް ކޮށަފައިވާނަމަ، އެ އައުޓްސޯސަކޮށަފައިވާ ފަރާތްތަކުގެ އަމަލުތަކުގެ ފުރިހަމަ ޒިންމާ ނަގަންވާނެއެވެ،
ހަތްވަނަ ބާބޫ
ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުން
25 ވަނަ މާއްދާ – ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުން
(ހ) މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ށަރުތުތަކާއި ހަމަތައް، ސާފުކޮށް އެނގޭނެ އަދި އެކަށީގެންވާ ގޮތަކަށް، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުންނާއި، އެ ފަރާތްތަކުގެ އޭޖެންޓުން، ކަސްޓަމަރުންނަށް އަންގަން ވާނެއެވެ. އަދި އެ ށަރުތުތަކާއި ހަމަތަށް މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ ވެބަސައިޓް ނުވަ ރަޖިސްޓްރޭށަން ފޯމު ނުވަ މިނޫން އެހެން ވަސީލަތެއް މެދުވެރިކޮށް އެންގިދާނެއެވެ. އަދި، އެ ށަރުތުތަކާއި ހަމަތަށް ދިވެހިބަހުންނާއި އިންގިރޭސި ބަހުން ހުންނަންވާނެއެވެ. އަދި އެ ށަރުތުތަކާއި ހަމަތަކުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ހުއްދަ ލިބިފައި އޮތް މޮބައިލް ޕޭމަންޓްތަކުގެ ބާވަތްތަށް؛
- މޮބައިލް ޕޭމަންޓް ހިދުމަތާގުޅޭގޮތުން، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކާއި އެ ފަރާތުގެ އޭޖެންޓުންނާއި އީ-މަނީ އެކައުންޓުގެ ވެރިފަރާތުގެ ހައްގުތަކާއި މަސްއޫލިއްޔަތުތަށް؛
- މޮބައިލް ޕޭމަންޓް ހިދުމަތަށް ނަގާނެ ފީތަކާއި ޗާޖުތަށް؛
- މޮބައިލް ޕޭމަންޓް ހިދުމަތުގެ ތެރެއިން ލިބި ދެވޭނެ މަންފާތަކާއި ފައިދާތަކާއި އިނާޔަތްތަށް؛
- ތިރީގައިވާ ކަންތައްތައް ހިމެނޭ ގޮތަށް، ކަސްޓަމަރުންނަށް ކުރިމަތިވާ މައްސަލްތައް ބަލައި އަދި ހައްލު ކުރާނެ ގޮތްތަށް؛
(ހ) މަކަރު ހަދާފައިވާ ޕޭމަންޓެއް ކަމަށް ށައްކުކުރެވޭ ޕޭމަންޓްތަކާއި، ށައްކުކުރެވޭ ހާދިސާތަކާއި، އާދަޔާ ހިލާފު ކަންކަން، އަދި މި ނޫންވެސް އެހެން ކަންކަން، ޕޭމަންޓް ހިދުމަތްދޭ ފަރާތަށް އެންގުމުގައި ކަސްޓަމަރުން އަމަލުކުރާނެ ގޮތް؛
(ށ) މޮބައިލް ޕޭމްންޓް ހިދުމަތްދޭ ފަރާތުން ކަސްޓަމަރުން ހުށަހަޅާ މައްސަލަތަކަށް ޖަވާބުދިނުމުގައި އަމަލިކުރާނެ ގޮތް؛ އަދި
(ނ) ކަސްޓަމަރުން ކޮށްފައިވާ މުއާމަލާތްތަކަށް ނުވުން އެކަށީގެންވާ މުއާމަލާތެއް ނުވަތަ މަކަރުން ހަދާފާނެ ކަމަށް ބެލެވޭ މުއާމަލާތެއްގެ މައުލޫމާތުތަށް ކަސްޓަމަރަކަށް އަންގާނެ ގޮތް. - މޮބައިލް ފޯނު ވަގަށް ނެގުމުން ނުވަތަ ގެއްލުމުން، އެކަން ރިޕޯޓުކުރުމަށް އެކަށައަޅާފައިވާ އިޖުރާއައްތައް؛
- ޕޭމަންޓެއް ހުޅުވުމަށް ޓަކައި ކަސްޓަމަރު އަމަލު ކުރަންޖެހޭނެ ގޮތް؛ އަދި
- ހިދުމަތްދޭ ފަރާތުގެ ކަސްޓަމަރ ސަރވިސްއާ ގުޅޭނެ ނަންބަރުތައް.
(ށ) ކަސްޓަމަރަށް ކުރިން އެންގުމެއްނެތި، މޮބައިލް ހިދުމަތްދިނުމުގެ ށަރުތުތަކާއި ހަމަތަކަށް ބަދަލެއް ނުވަތަ އިސްލާހެއް އެއްވެސް ސިފައެއްގައި ގެނެސްގެންނުވާނެއެވެ. އަދި ކަސްޓަމަރަށް އަންގަންވާނީ ދިވެހިބަހާއި އިންގިރޭސިބަހާ ދެބަހުންކުރެ އެ ކަސްޓަމަރަކު އިހުތިޔާރުކުރާ ބަހަކުން އެކަށީގެންވާ މުއާސަލާތީ ދާރީއާއެއް މެދުވެރިކޮށެވެ.
26 ވަނަ މާއްދާ – ޕީއައި ޗާޖު
މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން، ކަސްޓަމަރުންގެ އަތުން ނަގާ ފީތަކާއި ޗާޖުތަށް ހުންނަންވާނީ، އޮތޯރިޓީން ވަކި އަދަދުތަކެއް ކަނޑައަޅާފައިވާނަމަ އެ އަދަދުތަކަށް ވުރެ އިތުރުވެގެން ނުވާ އަދަދުތަކަކަށެވެ.
27 ވަނަ މާއްދާ – ހޭލުންތެރިކަން އިތުރުކުރުން އަދި މައްސަލަތައް ބެލުން
މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން، އެ ފަރާތްތަކުގެ ކަސްޓަމަރުން މޮބައިލް ޕޭމަންޓް ހިދުމަތަށް އަހުލުވެރިކުރުވުމަށާއި، ކަސްޓަމަރުންގެ ށަކުވާތަކާއި މައްސަލަތައް ބަލައިގަނެ އެ ކަންކަން ހައްލުކުރުމަށް އެކަށީގެންވާ ނިޒާމުތަށް ގާއިމުކުރަންވާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
- ކަސްޓަމަރުންގެ ޒާތީ މައުލޫމާތު އެހެން ފަރާތަކަށް ހަމަވިޔަނުދީ އެ މައުލޫމާތުތަށް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަމާއި ސެކިޔުރުޓީ ސިފަތައް ބޭނުންކުރާނެ ގޮތްތަށް ހިމެނޭގޮތަށް، މޮބައިލް ހިދުމަތް ބޭނުންކުރުމުގައި ރައްކާތެރިވުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކަށް ކަސްޓަމަރުން އަހުލުވެރިކުރުން؛
- މޮބައިލް ހިދުމަތާ ގުޅޭގޮތުން ކަސްޓަމަރުން ހުށަހަޅާ ށަކުވާތަކާއި މައްސަލަތައް ބަލައި ހައްލުކުރުމަށް އެކަށީގެންވާ ނިޒާމެއް ގާއިމްކުރުން؛ މީގެތެރޭގައި ދެބަސްވުން އުފެދޭ ޕޭމަންޓްތަކާމެދު އަމަލުކުރާނެ ގޮތާއި، މޮބައިލް ފޯނު ގެއްލިއްޖެ ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތްތައް ހިމަނަންވާނެއެވެ.
- ދެބަސްވުން އުދެފޭ މުއާމަލާތްތަކާ ގުޅޭގޮތުން ކަސްޓަމަރުން ހުށަހަޅާ ށަކުވާތަށް ޒިންމާދާރުކަމާއެކު ހައްލުކުރުން؛ މިފަދަ ދެވަސްވުންތަކާއި ށަކުވާތައް ހައްލުކުރުމަށް ޗާރޖްބެކްކުރާނެ އިޖުރާއަތްތައް އެކަށައެޅިދާނެއެވެ.
- މޮބައިލް ހިދުމަތާ ގުޅޭގޮތުން ކަސްޓަމަރުން ށަކުވާ ނުވަތަ މައްސަލަ ހުށަހަޅާނެ ގޮތްތަކާއި ކަސްޓަމަރުން ހުށަހަޅާ ށަކުވާތަކާއި މައްސަލަތަށް ބެލުމަށްޓަކައި ގާއިމްކޮށްފައިވާ އިންތިޒާމުތަށް ކަސްޓަމަރުނަށް އަންގައި ދިނުން.
(ށ) ކަސްޓަމަރުން މައުލޫމާތު ސާފުކުރުމަށާއި ށަކުވާ ހުށައެޅުމަށް 24 ގަޑިއިރު ހިދުމަތްދެވޭނެ އިންތިޒާމުތަށް މޮބައިލް ހިދުމަތްދޭ ފަރާތުން ގާއިމުކުރަންވާނެއެވެ.
އަށްވަނަ ބާބު
ސިއްރުހިފެހެއްޓުން
28 ވަނަ މާއްދާ – ސިއްރުހިފެހެއްޓުން
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކާއި އޭޖެންޓުން، ކަސްޓަމަރުންގެ އީ-މަނީ އެކައުންޓުތަކުގެ ސިއްރު ހިފަހައްޓަންވާނެއެވެ. ކަސްޓަމަރެއްގެ ހުއްދައެއް ލިބިގެން މެނުވީ، ނުވަތަ ކަސްޓަމަރެއް މަރުވެފައިވާނަމަ ވާރިސެއްގެ ހުއްދައެއް ލިޔުމަކުން ލިބިގެން މެނުވީ، ނުވަތަ ކޯޓުގެ އަމުރެއްގެ ދަށުން މެނުވީ، ނުވަތަ ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތަކުން ލިޔުމަކުން އެދިއްޖެ ހިނދެއްގައި މެނުވީ، ނުވަތަ މި ގަވާއިދު އެފަދަ މައުލޫމާތެއް ހާމަކުރަން ހުއްދަކޮށްފައިވާ ކަމެއް ނުވަތަ ހާލަތެއްގައި މެނުވީ ކަސްޓަމަރެއްގެ އަދި ކަސްޓަމަރުންގެ އީ-މަނީ އެކައުންޓުތަކާބެހޭ އެއްވެސް މައުލޫމާތެއް ސީދާކޮށްވެސް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެންނުވާނެއެވެ. އަދި އެއްވެސް ސަބަބަކާ ގުޅިގެން ކަސްޓަމަރަކާ މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތާ ދެމެދުގައިވާ ގުޅުން ކެނޑުނުކަމުގައި ވީނަމަވެސް، އެ ކަސްޓަމަރަކާބެހޭ އެފަދަ މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ.
(ށ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުގެ މުވައްޒަފުންނާއި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނާއި ވަކިވެފައިވާ އެޖެންޓުންގެ މައްޗައް މި މާއްދާގެ (ހ) ހިނގާނެއެވެ.
(ނ) ތިރީގައިވާ ކަންތައްތަކުގައި ނުވަތަ ހާލަތްތަކުގައި މައުލޫމާތު ހާމަކުރުން، މި މާއްދާގެ (ހ) އަދި (ށ) ގައިވާ ކަންތައްތަކުން އިސްތިސްނާވާނެއެވެ.
- މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން އައްޔަންކޮށްފައިވާ އޮޑިޓަރުން، ނުވަތަ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން އައްޔަންކޮށްފައިވާ އޮޑިޓަރުން، އެ ފަރާތްތަކަށް ގާނޫނީގޮތުން ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި.
- އޮތޯރިޓީން އަންގާ މައުލޫމާތާއި ލިޔެކިޔުންތައް ހުށަހެޅުމުގައި.
- ކަސްޓޯޑިއަން ބޭންކުން އަންގާ މައުލޫމާތާއި ލިޔެކިޔުންތައް ހުށަހެޅުމުގައި.
- ކޮރަޕްށަން ހުއްޓުވުމަށާއި، މަނީ ލޯންޑްރންގއާއި ޓެރަރިޒަމަށް ފައިނޭންސްކުރުމާ އިދިކޮޅަށް، އެކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން، ހެޔޮ ނުޔަތުގައި އެޅޭ ފިޔަވަޅުތަށް އެޅުމުގައި.
- މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ކަސްޓަމަރަކާއި އެހެން ފަރާތަކާ ދެމެދު ކޯޓުގައި ހިނގަމުންދާ ނުވަތަ ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް އެ ކަސްޓަމަރަކާބެހޭ ގޮތުން ނުވަތަ ކަސްޓަމަރެއްގެ މާލީ ހާލަތާބެހޭގޮތުން މައުލޫމާތު ހުށަހެޅުމަށް ކޯޓުން އެންގުން. މިގޮތަށް އަންގާ އެންގުންތަކާ ގުޅިގެން، އެއްވެސް ފަރާތަކަށް އިތުރަށް މައުލޫމާތު ހާމަކުރުމުގައި، ކޯޓުން އިތުރު ށަރުތުތަކެއް ކަނޑައަޅައިފިނަމަ، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން އެ ށަރުތުތަކަށް އަމަލުކުރަންވާނެއެވެ.
ނުވަވަނަ ބާބު
އެކައުންޓްތަކާއި މާލީ ބަޔާންތަކާއި އޮޑިޓްކުރުން
29 ވަނަ މާއްދާ – ރިކޯޑުބެލެހެއްޓުން
މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ދޭ މޮބައިލް ޕޭމަންޓްގެ ހިދުމަތުގެ ފުރިހަމަ އަދި ސައްހަ މައުލޫމާތު، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން ބަހައްޓަންވާނެއެވެ. އަދި، މުއާމަލާތެއް ހިންގާ ތާރީހުން ފެށިގެން މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އެ މައުލޫމާތެއްގެ ރިކޯޑުތައް ބަހައްޓަންވާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ރިކޯޑުތައް ހިމެނޭނެއެވެ.
- ކަސްޓަމަރުންނާއި އޭޖެންޓުންގެ، ކާކުކަން އަންގައިދޭ މައުލޫމާތު ހުރި ރިކޯޑުތައް؛
- ކަސްޓަމަރުން އީ-މަނީ އެކައުންޓުތަކުން ކުރާ މުއާމަލާތްތަކާއި އީ-މަނީ އެކައުންޓްތަކުގެ ބާކީ ހިމެނޭ ގޮތަށް، އީ-މަނީ އެކައުންޓުތަކުގެ ރިކޯޑުތައް؛
- ކޮންމެ ކަސްޓޯޑިއަން އެކައުންޓަކުން ކުރާ މުއާމަލާތްތަކުގެ ރިކޯޑުތައް، ކޮންމެ ކަސްޓޯޑިއަން އެކައުންޓެއްގެ ބާކީ ދައްކުވައިދޭ ރިކޯޑުތައް، އަދި އީ-މަނީގެ ޖުމުލަ އެނގޭނެ ރިކޯޑުތައް؛ އަދި
- އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ރިކޯޑުތައް.
30 ވަނަ މައްދާ - އޮޑިޓްކުރުން
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން، އެ ފަރާތުން ދޭ މޮބައިލް ޕޭމަންޓް ހިދުމަތާގުޅޭ އެންމެހައި ހިސާބުތަކާއި ސިސްޓަމްތައް، މިނިވަން މުސްތަގިއްލު އެކްސްޓަރނަލް އޮޑިޓަރަކު ލައްވައި ކޮންމެ އަހަރަކު އޮޑޮޓް ކުރަންވާނެއެވެ.
(ށ) އޮތޯރިޓީން ނުވަތަ އޮތޯރިޓީން އައްޔަންކުރާ އޮޑިޓަރެއް މެދުވެރިކޮށް މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ މޮބައިލް ޕޭމަންޓް ހިދުމަތުގެ ހަރަކާތްތަށް ހިންގާގޮތް އޮޑިޓު ކުރެވިދާނެއެވެ. މިފަދަ އޮޑިޓެއްކުރުމަށް ހިނގާ ހަރަދަށް ޒިންމާވާނީ މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުންނެވެ.
ދިހަވަނަ ބާބު
އޯވަރސީކުރުން އަދި އިދާރީ ފިޔަވަޅުތައް
31 ވަނަ މާއްދާ – އޯވަރސީކުރުން
މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ނުވަތަ އޭޖެންޓެއްގެ ނުވަތަ ކަސްޓޯޑިއަން ބޭންކެއްގެ ހަރަކާތްތައް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާ މިންވަރު ބެލުމަށް، އަދި މިނޫންވެސް ބަލަންޖެހޭކަމަށް އޮތޯރިޓީއަށް ފެންނަ ކަންތައްތައް ބެލުމަށް، އޮތޯރިޓީން އައްޔަންކުރާ ފަރާތެއް، ނުވަތަ އޮތޯރިޓީގެ އޮފިސަރުން މެދުވެރިކޮށް އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި، އޮންސައިޓް އިންސްޕެކްށަނެއް ހިންގިދާނެއެވެ. މިގޮތުން ހިންގާ އިންސްޕެކްށަނެއްގައި އެ މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ނުވަތަ އޭޖެންޓެއްގެ ނުވަތަ ކަސްޓޯޑިއަން ބޭންކެއްގެ ފޮތްތަކާއި އެކައުންޓްތަކާއި ލިޔެކިއުނަތަކާއި ރިކޯޑުތަކާއި ކޮމްޕިއުޓަރ ސިސްޓަމްތަކާއި މިނޫންވެސް ސިސްޓަމްތަކާއި މެށިންތައް އިންސްޕެކްޓް ކުރެވިދާނެއެވެ. އަދި، މިއިން އެއްޗެއް ހިފަހައްޓަންޖެހޭކަމަށް އޮތޯރިޓީއަށް ފެނިއްޖެނަމަ އެ އެއްޗެއް ހިފެހެއްޓިދާނެއެވެ. މިގޮތުން ހިންގާ އިންސްޕެކްށަނެއްގައި، ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ ނުވަތަ އޭޖެންޓެއްގެ ނުވަތަ ކަސްޓޯޑިއަން ބޭންކެއްގެ މުވައްޒަފުންނާއި އެތަނަކާ ގުޅުންހުރި ފަރާތްތަކާ އިންޓަވިއު ކުރެވިދާނެވެސްމެއެވެ.
32 ވަނަ މާއްދާ – މައުލޫމާތާއި ރިޕޯޓުތައް ހުށަހެޅުން
(ހ) އޮތޯރިޓީއަށް ހުށަހަޅަން އަންގާ މައުލޫމާތު ނުވަތަ ލިޔެކިޔުން ނުވަތަ ރިޕޯޓު، އޮތޯރިޓީން އަންގާ ގޮތަކަށް އަދި އަންގާ ވަގުތަކަށް މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތާއި އެ ފަރާތެއްގެ އޭޖެންޓުން އަދި ކަސްޓޯޑިއަން ބޭންކުތަކުން ހުށަހަޅަވާނެއެވެ.
(ށ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން، ކުންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، އެ ފަރާތުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި އެ ފަރާތުންދޭ މޮބައިލް ޕޭމަންޓް ހިދުމަތުގެ ހަރަކާތްތަކުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައްވެސް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ނ) އީމަނީ އެކައުންޓްތަކުގެ ބާކީއާއި އީމަނީ އެކައުންޓްތަކުގެ ވެރިފަރާތްތަކުގެ ހަރަކާތްތަށް ބެލުމަށްޓަކައި، ކަސްޓޯޑިއަން ބޭންކަކުން އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެދިއްޖެނަމަ، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް މޮބައިލް ޕެމަންޓް ހިދުމަތްދޭ ފަރާތުން އެ ކަސްޓޯޑިއަން ބޭންކަށް ފޮނުވަންވާނެއެވެ.
33 ވަނަ މާއްދާ – އިދާރީ ފިޔަވަޅުތައް
(ހ) މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތަކުން ނުވަތަ މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތެއްގެ މެނޭޖްމަންޓުގައި ހިމެނޭ ފަރާތްތަކުން ނުވަތަ އޭޖެންޓެއް ނުވަތަ ކަސްޓޯޑިއަން ބޭންކަކުން، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި އަދަބުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެ ފަރާތާކާމެދު އޮތޯރިޓީއިން އެޅިދާނެއެވެ.
- މި ގަވާއިދުގެ މާއްދާއަކާ ނުވަތަ ލައިސަންސްގެ ށަރުތުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ނުވަތަ އެންގުމަކާ ހިލާފުވުން؛ ނުވަތަ
- ހަރުދަނާ ނޫން ގޮތަކަށް މޮބައިލް ޕޭމަންޓް ހިދުމަތުގެ ހަރަކާތްތައް ހިންގުން
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީންކުރެވެއްޖިނަމަ ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، އެ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ފިޔަވަޅުތައް ހިމަނެއެވެ.
- މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން އެފަރާތުން ކޮށްފައިވާ ކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް އެންގުން؛
- އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ވަކި ހަރަކާތެއް ހުއްޓާލުމަށް އެނގުން؛
- މްބައިލް ޕޭމަންޓް ހިދުމަތުގެ ވިޔަފާރި ކުރިއަށް ގެންދިއުމަށް އިތުރަށް ށަރުތުތަކެއް ކަނޑައެޅުން؛
- އެކަށީގެންވާ ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ށަރުތުތަކަކާއެކު، އޮތޯރިޓީން ކަނޑައަޅާ އަދަދެއްގެ ފައިސާ ވަކި މުއްދަތަކަށް އޮތޯރިޓީގައި ޑިޕޮސިޓަށް ބެހެޓުމަށް އެންގުން؛
- އެފަރާތުގެ އޭޖެންޓެއް ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތަށް ވަކިކުރުމަށް އެ ފަރާތަށް އެންގުން؛
- ޖޫރިމަނާކުރުން؛ ޖޫރިމަނާކުރުމުގައި، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅު ވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހަކަށް 100،000 (އެއްލައްކަ) ރުފިޔާއަށްވަރު އިތުރުނުވާނެ އަދަދެއް ކަނޑައެޅިދާނެއެވެ. ނަމަވެސް، މިގޮތުން ކަނޑައަޅާ ޖުމުލަ އަދަދު އެ އިދާރާއެއްގެ އަގު އަދާކޮށްފައިވާ ރައުސްމާލުގެ 5% (ފަހެއް އިންސައްތަ) އަށްވުރެ އިތުރުވެގެންނުވާނެއެވެ.
- އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން؛
- ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް.
34 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށަފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފްޒުތަކަށް ތީރީގައި ދީފައިވާ މާނަކުރުމެވެ.
"އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، އޭޖެންސީ އެއްބަސްވުމެއްގެ ދަށުން، ފީ އެއް ނެގުމަށްފަހު، މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތުން މޮބައިލް ޕޭމަންޓް ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތަކަށެވެ.
"އޮތޯރިޓީ' ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރ 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށެވެ.
"ބޭންކު" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރ 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގައި ބޭންކަށް ދީފައިވާ މާނައިގައިއެވެ.
"އީ-މަނީ" ނުވަތަ "އިލެކްޓްރޯނިކް މަނީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ފުރިހަމަވާ، އިށޫކުރާތުގެ މައްޗަށް އޮތް ކްލެއިމްއަކަށެވެ.
- މެގްނެޓިކޮށް ނުވަތަ އެހެންވެސް ޓެންޖިބްލް ނުވަތަ އިންޓެންޖިބަލް ޑިވައިސްއެއްގައި (މިސާލު؛ ސިމް ކާޑެއް ނުވަތަ ސޮޕްޓްވެއަރއެއްގައި) އިލެކްޓްރޯނިކްކޮށް ރައްކާކުރެވިފައިވާ ފައިސާގެ އަދަދަކަށްވުން؛
- އެ ފައިސާގެ އަދަދު އިށޫކޮށްފައިވަނީ އެ އަދަދަށް ވުރެ މަދު ނޫން އަދަދަކަށް އިށޫ ކުރާ ފަރާތަށް ފައިސާ ލިބުމުން ކަމުގައިވުން؛ އަދި
- އިށޫކުރި ފައިސާއަކީ އިށޫކުރި ފަރާތް ފިޔަވައި އެހެން ފަރާތްތަކުން ޕޭމަންޓް ބަލައިގަތުމަށް ގަބޫލުކުރާ ފައިސާއެއް ކަމުގައިވުން.
"މޭޖރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ށަހްސައްގެ ރައުސުމާލުގެ ނުވަތަ ވޯޓް ދިނުމުގެ ހައްގުގެ މަދުވެގެން %10 (ދިހަ އިންސައްތަ)، ސީދާ ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
"މޮބައިލް ޕޭމަންޓް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މޮބައިލް ފޯނަށް ބިނާވާ ޕޭމަންޓް ސިސްޓަމެއް މެދުވެރިކޮށް ފައިސާއަށް އީ-މަނީ އިށޫކުރުމާއި އީ-މަނީ އެކައުންޓްތަކުގެ މެދުގައި އީ-މަނީ ޓްރާންސްފަރކުރުމާއި އީ-މަނީ އަށްވާ ފައިސާ ދޫކުރުމަށެވެ.
"މޮބައިލް ޕޭމަންޓް ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ކޮންމެ އިދާރާއަކަށެވެ.
ކިޔުންތެރިންގެ ހިޔާލު