ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2015-06)
ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު) ގެ 8 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2014-20 (ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް އަށް އަންނަނިވި އިސްލާހްތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އަދި (ނ) އުނިކުރުން.
2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) އަދި (ނ) އުނިކުރުމާއި ގުޅިގެން އެގަވާއިދުގެ (ރ)، (ށ) އަށް ބަދަލުކޮށް އެ ގަވާއިދުގެ 13 ވަނަ މާއްދާގެ އަކުރުތައް އަންނަނިވި ގޮތަށް ތަރުތީބުކުރުން.
މި ގަވާއިދުގެ ދަށުން ނައްތާލެވޭ ބަނގުރަލާއި ތަކެތި ނައްތާލެވޭ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ތަކެއްޗާއި ބެހޭ މައުލޫމާތު ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނޭ ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްގައި ށާއިއުކުރަންވާނެއެވެ.
(ހ) ނައްތައިލެވުނު ބަނގުރާ އަދި ތަކެއްޗަކީ ކޮން ތާރީހެއްގައި ކޮންތަަަނަކުން އަތުލައިގަނެވުނު ތަކެތިކަން؛
(ށ) ނައްތައިލެވުނު ތަކެތީގެ ތަފްސީލް. (ބަރުދަން ނުވަތަ ވޮލިއުމް ބެލެން ހުރިނަމަ ހިމެނުން)
3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތަށް އިސްލާހްކުރުން.
4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމް މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތަށް އިސްލާހްކުރުން.
5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
----------
ޖަދުވަލު 1
----------
ޖަދުވަލު 2
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު