ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 11 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 141/2015)
1 ވަނަ މާއްދާ - ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (11 ފެބްރުއަރީ 2009) ގެ ބާބު 8 – "ވައުޗަރ ނިޒާމު"، މި ބާބުގެ ނަންބަރު 8.15 ގެ (ނ) އަންނަނިވިގޮތަށް އިސްލާހުކޮށް (ރ) އިތުރުކުރުން.
8.15. އަންދާސީހިސާބު ހޯދުން
(ނ) ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކަންކަމާ ބެހޭ ކޮމިޓީ ނުވަތަ ކައުންސިލުން ކަނޑައަޅާ ވަކި ހާއްސަ މަޝްރޫއުތައް ބިޑްކުރުމަކާ ނުލައި އަދި މި ގަވާއިދުގެ 8.25 ގައިވަ ފަދައިން ޓެންޑަރ އިވުލެއޭށަން ބޯޑަށް ހުށަހެޅުމަކާ ނުލައި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއްކަމަށް ސަރުކާރުން ގަބޫލުކުރަ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރެވިދާނެއެވެ. ނަމަވެސް، އެ މަސައްކަތް ހަވާލުކުރަންވާނީ މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ އިގުތިސާދީ ކަންކަމާ ބެހޭ ކޮމިޓީ ނުވަތަ ކައުންސިލަށް އެ މައުލޫމާތު ހުށަހަޅައި، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ އިގުތިސާދީ ކަންކަމާ ބެހޭ ކޮމިޓީ ނުވަތަ ކައުންސިލުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ.
(ރ) ބޭރުގެ ގައުމެއްގެ އެހީގައި ނުވަތަ ކޮންސެށަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި އަދި ސަރުކާރުން ކަނޑައަޅައި، ބިޔަ މަޝްރޫއު (މެގަ ޕްރޮޖެކްޓް) އެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި އަދި މިގަވާއިދުގެ 8.25 ގައިވާ ފަދައިން ޓެންޑަރ އިވެލުއޭށަން ބޯޑަށް ހުށަހެޅުމަކާ ނުލައި، ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކަންކަމާ ބެހޭ ކޮމިޓީ ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރެވިދާނެއެވެ. ނަމަވެސް، އެ މަސައްކަތް ހަވާލުކުރަންވާނީ މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކަންކަމާ ބެހޭ ކޮމިޓީ ނުވަތަ ކައުންސިލަށް އެ މައުލޫމާތު ހުށަހަޅައި، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކަންކަމާ ބެހޭ ކޮމިޓީ ނުވަތަ ކައުންސިލުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހު، ހަވާލުކުރެވޭ މަސައްކަތާބެހޭ މައުލޫމާތު އެންޓި-ކޮރަޕްށަން ކޮމިށަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކު ހިއްސާކުރުމަށްފަހުގައެވެ. މިގޮތުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން އެ މަސައްކަތެއް ކުރުމަށް އެކަށީގެންވާ ފަރާތެއްކަން ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކަންކަމާ ބެހޭ ކޮމިޓީން ނުވަތަ ކައުންސިލުން ކަށަވަރުކުރަންވާނެއެވެ.
2 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު