-

ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 (ގަވާއިދު ނަންބަރު 2012-27) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-174)

 

1 ވަނަ މާއްދާ - ގަވާއިދުގެ 4 ވަނަ މާއްދާ އެއީ އެ މާއްދާގެ (ހ) ކަމަށް ބަދަލުކޮށް، އެ މާއްދާއަށް (ށ) އަންނަނިވި ގޮތަށް އިތުރުކުރުން.

 4.(ށ) މި އިސްލާހަށް އަމަލު ކުރަން ފެށުމާއެކު ގާނޫނޫ ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ތަންތަން މި ގަވާއިދުގެ ދަށުން އިސްތިސްނާވާނެއެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުމަށް ފަހު، އަންނަނިވި މާއްދާތައް ތަރުތީބު ކުރުން.

7.(ނ) ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން، ތިމާވެށީގެ ފުރަތަމަ ދިރާސާ، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށް އެޑެންޑަމް އަދި ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށަހަޅާއިރު އެ ރިޕޯޓުތައް މުރާޖައާ ކުރުމަށްޓަކައި މުރާޖިރުންނަށް ދޭ އުޖޫރަ ދޭނީ މިނިސްޓްރީ މެދުވެރިކޮށް އެދިޔާރެވެ. މުރާޖިރުންގެ އުޖޫރަ ބެހިގެން ވަނީ އަންނަނިވި ގޮތަށެވެ.

  1. 13 ވަނަ މާއްދާގެ (ޅ) (1) ގެ ދަށުން ގޮތެއް ނިންމުމަށް އެދޭނަމަ މުރާޖިރުންގެ އުޖޫރައިގެ ގޮތުގައި މިނިސްޓްރީއަށް އެދިޔާރު ދައްކާނީ 5000 (ފަސްހާސް) ރުފިޔާއެވެ.
  2. 13 ވަނަ މާއްދާގެ (ޅ) (2) ގެ ދަށުން ގޮތެއް ނިންމުމަށް އެދޭނަމަ މުރާޖިރުންގެ އުޖޫރައިގެ ގޮތުގައި މިނިސްޓްރީއަށް އެދިޔާރު ދައްކާނީ 10000 (ދިހަހާސް) ރުފިޔާއެވެ.
  3. 13 ވަނަ މާއްދާގެ (ޅ) (3) ގެ ދަށުން ގޮތެއް ނިންމުމަށް އެދޭނަމަ މުރާޖިރުންގެ އުޖޫރައިގެ ގޮތުގައި މިނިސްޓްރީއަށް އެދިޔާރު ދައްކާނީ 20000 (ވިހިހާސް) ރުފިޔާއެވެ.

 

3 ވަނަ މާއްދާ - ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުމަށްފަހު، އެ މާއްދާއަށް (ބ) އަދި (ޅ) މި އަކުރުތައް އިތުރުކުރުން.

8.(ހ) ތަރައްގީގެ ހުށަހެޅުން މި ގަވާއިދުގެ ޖަދުވަލު (ރ) ގެ ދަށުން ލިސްޓުކޮށްފައި ނުވާނަމަ، ނުވަތަ މި ގަވާއިދުގެ ޖަދުވަލު (ޓ) ގައި ލިސްޓުކޮށްފައި ނުވާނަމަ، ނުވަތަ މި ގަވާއިދުގެ ޖަދުވަލު (ޔ) ގައި ލިސްޓުކޮށްފައި ނުވާނަމަ އެފަދަ ފަރާތްތަކުން ޖަދުވަލު (ނ) 1 ގައިވާ ސްކްރީން ކުރުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ށ) ސްކްރީން ކުރުމަށް އެދޭ ފޯމު މިނިސްޓްރީއަށް ލިބުމާއެކު، ސްކްރީން ކުރުމަށްފަހު ނިންމަންވާނީ ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށެވެ.

  1. ތިމާވެށި މެނޭޖްމަންޓް ޕެލޭން ހަދަން އެންގުން؛ ނުވަތަ
  2. ތިމާވެށި ފުރަތަމަ ދިރާސާ ހަދަން އެންގުން؛ ނުވަތަ
  3. ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަން އެންގުން؛ ނުވަތަ
  4. ސްކްރީން ކުރި މަސައްކަތް ކުރިއަށްގެންދެވިދާނެކަން އެންގުން؛ ނުވަތަ
  5. ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް މިނިސްޓްރީން އަންގާ ފިޔަވަޅުތަކާއެކީ މަސައްކަތް ކުރެވިދާނެކަމަށް އެންގުން.

(ބ) މި ގަވައިދުގެ ޖަދުވަލު (ޓ) ގައި ލިސްޓުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު، ތިމާވެށީގެ ފުރަތަމަ ދިރާސާ ނުވަތަ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި ސްކްރީން ކުރުމުގެ މަރްހަލާއަށް ވެސް ހުށަހަޅާކަށް ނުޖެހޭނެއެވެ.

(ޅ) މި ގަވާއިދުގެ ޖަދުވަލު (ޔ) ގައި ލިސްޓުކުރެވިފައިވާ މަސައްކަތްތައް ކުރުމަށްޓަކައި، މަސައްކަތް ކުރާނެ ތަނުގެ މައުލޫމާތާއި، މަސައްކަތްތަކަށް ޒިންމާނަގާނެ ފަރާތަކީ ކޮބައިކަމާއި، މަސައްކަތުގެ ހުލާސާއެއް އެދިޔާރު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މައުލޫމާތު ހުށަހެޅުމުން މިނިސްޓްރީން މައުލޫމާތު ވަޒަން ކުރުމަށްފަހު، މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެދިޔާރަށް އަންގާނެއެވެ. މި މައުލޫމާތު ލިބުމުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޒިންމާ ނަގާނެކަމުގެ ސިޓީއެއް އެދިޔާރު މިނިސްޓްރީއަށް ފޮނުވުމުން މިނިސްޓްރީން އެ މަސައްކަތް ކުރުމަށް ހުއްދަ ދީ، އެދިޔާރަށް އަންގަންވާނެއެވެ.

 

4 ވަނަ މާއްދާ - ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުމަށްފަހު، އެ މާއްދާއަށް (ނ) މި އަކުރު އިތުރުކުރުން.

(ށ) ތިމާވެށީގެ ފުރަތަމަ ދިރާސާއަށްފަހު ނިންމިގޮތް އޮންނަންވާނީ މިގަވާއިދުގެ ޖަދުވަލު (ތ) ގައިވާ ގޮތަށެވެ. މިގޮތުން ތިމާވެށީގެ ފުރަތަމަ ދިރާސާއާމެދު ތިރީގައިވާ ގޮތުން ކުރެ ގޮތެއް ނިންމިދާނެއެވެ.

  1. މަށްރޫއަކީ ތިމާވެއްޓަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެއްކަމަށް ލަފާކުރެވޭ މަށްރޫއެއް ކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހެދުމަށް އެންގުން؛ ނުވަތަ
  2. ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހެދުމަށް އެންގުން؛ ނުވަތަ
  3. މަށްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑު ބަދަލެއް އަތުވެދާނެކަމަށް މިނިސްޓްރީއަށް ނުފެންނަނަމަ، މަސައްކަތް ފެށުމަށް ހުއްދަ ދިނުން.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ތިމާވެށީގެ ފުރަތަމަ ދިރާސާއާމެދު ގޮތެއް ނިންމުމަށް، ތިމާވެށީގެ ފުރަތަމަ ދިރާސާ ރިޕޯޓު ލިބުމުން އެ ރިޕޯޓު މުރާޖައާ ކުރުމަށްޓަކައި 2 (ދޭއް) މުރާޖިރުން އައްޔަން ކުރަންވާނެއެވެ. މުރާޖިރުން އައްޔަން ކުރާނީ މިގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

 

5 ވަނަ މާއްދާ - ގަވާއިދުގެ 10 ވަނަ މާއްދާއަށް (ރ) އަދި (ބ) މި އަކުރުތައް އިތުރުކުރުން.

(ރ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނަށް ގޮތެއް ނިންމުމަށް، ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ލިބުމުން އެ ރިޕޯޓު މުރާޖައާ ކުރުމަށްޓަކައި 2 (ދޭއް) މުރާޖިރުން އައްޔަން ކުރަންވާނެއެވެ. މުރާޖިރުން އައްޔަން ކުރާނީ މިގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ބ) ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރާ ފަރާތްތަކަކީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދާ ކޮންސަލްޓަންޓުންގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ކޮންސަލްޓަންޓަކަށް ވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރާ ފަރާތްތަކަކީ ސަރުކާރުން ގަބޫލުކުރާ ފެންވަރުގެ ޔުނިވަސިޓީއަކުން ތިމާވެއްޓާ ގުޅޭ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ. އަދި މި ކަން ދޭހަވާގޮތަށް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން ހުށަހަޅާއިރު، އެ ޕްލޭން ތައްޔާރުކުރި ފަރާތްތަކުގެ މައުލޫމާތާއި ވަނަވަރު ތިމާވެށީގެ މެނޭޖްމަންޓް ޕްލޭންގައި ހިމަނަން ވާނެއެވެ.

 

6 ވަނަ މާއްދާ - ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުމަށްފަހު، މި މާއްދާއަށް (ޅ) އަދި (ކ) އިތުރުކުރުން.

11.(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް އެދޭ ފޯމުގައިވާ އެންމެހާ ކަންތައްތައް ފުރިހަމަ ނަމަ، މީޒާން ކުރުމުގެ ބައްދަލުވުން ބާއްވަން ވާނެއެވެ. މީޒާންކުރަން ބާއްވާ ބައްދަލުވުމުގައި މިނިސްޓަރ ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި އެދިޔާރު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކާ ދެމެދު އެ ތަރައްގީގެ ހުށަހެޅުމަކާ ގުޅޭ ތިމާވެށީގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަށްވަރާކޮށް ދެފަރާތުން ޓާރމްސް އޮފް ރެފަރެންސަކަށް އެއްބަސްވާން ވާނެއެވެ. މީޒާންކުރާން ބާއްވާ ބައްދަލުވުމަށް ކަމާބެހޭ އެހެން ފަރާތްތަކަށް މިނިސްޓްރީން ދައުވަތު ދެވިދާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި އެއްބަސްވާ ޓާރމްސް އޮފް ރިފަރެންސް އެދިޔާރަށް މިނިސްޓްރީން ފޮނުވުމަށްފަހުގައި، މަށްރޫއުގެ ސްކޯޕަށް ބަދަލެއް އަތުވެއްޖެނަމަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށަހެޅުމުގެ ކުރިން އެކަން މިނިސްޓްރީއަށް އަންގަންވާނެއެވެ. މިގޮތަށް އަންގާނީ މި ގަވާއިދުގެ ޖަދުވަލު (ޕ) ގައިވާ ފޯމާއެކު އެ ބަދަލުތައް އަންގައިދޭ ކުރެހުންތަކާ އެކުގައެވެ.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތަށް މަށްރޫއަށް އަންނަ ބަދަލުތައް ހުށަހެޅުމުން ޓާރމްސް އޮފް ރިފަރެންސްއަށް ބަދަލެއް އަންނަނަމަ އެ ބަދަލުތައް އެދިޔާރަށް މިނިސްޓްރީން އަންގަންވާނެއެވެ. އަދި އެދިޔާރު ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށަހަޅާއިރު ރިޕޯޓުގައި މި ކަންކަން ހިމަނަން ޖެހޭނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދުގެ 13 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

13.(ހ) ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ލިބުމުން މިނިސްޓްރީން އެ ރިޕޯޓެއް ފުރިހަމަ ކުރެވިފައިވޭތޯ ބެލުމުގެ ގޮތުން މި ގަވާއިދުގެ ޖަދުވަލު (ކ) ގައިވާ، އިދާރީ އަޅައިބެލުމުގައިވާ ކަންތައްތައް ހަމަތޯ ބަލައި، ފުރިހަމަ ނޫންނަމަ އެދިޔާރަށް، ފޮނުވި ރިޕޯޓު ގަބޫލު ނުކުރެވޭނެކަން އަންގަންވާނެއެވެ.

(ށ) ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރުމަށް ނިންމުމަށްފަހު، މިނިސްޓްރީން ރިޕޯޓު ބަލައި ގޮތެއް ނިންމުމަށް، 2 (ދޭއް) މުރާޖިރުން އައްޔަން ކުރަންވާނެއެވެ. މުރާޖިރުން އައްޔަން ކުރާނީ މިގަވާއިދުގެ ޖަދުވަލު (އ) ގައިވާ މިންގަނޑުތައް ބޭނުންކޮށްގެންނެވެ. މިނިސްޓްރީން މުރާޖިރުންގެ ލިސްޓެއް ލިޔެ ބަލަހައްޓަންވާނެއެވެ. އެއްވެސް ރިޕޯޓެއް ވަޒަންކުރި މުރާޖިރެއްގެ ނަން އާއްމުކޮށް ހާމަކޮށްގެން ނުވާނެއެވެ. ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު، މުރާޖިރު ބަލާ ވަޒަންކުރާނީ، މި ގަވާއިދުގެ ޖަދުވަލު (ވ) ގައިވާ ފޯމު ބޭނުންކޮށްގެންނެވެ.

(ނ) ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާ މުއްދަތުގައި އާންމުންގެ ހިޔާލަށް ހުޅުވާލަންވާނެއެވެ.

(ރ) ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކުރާ މުއްދަތުގައި އާންމުންގެ ހިޔާލަށް ހުޅުވާލަންވާނެއެވެ.

 (ބ) ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުމުގައި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށް އާންމުން ހުށަހަޅާފައިވާ ހިޔާލުތަކަށް މިނިސްޓްރީން ރިއާޔަތް ކުރަންވާނެއެވެ.

(ޅ) މުރާޖައާކޮށް ގޮތެއް ނިންމުމުގެ ދަރަޖަތައް ބެހިގެންވަނީ އަންނަނިވި ގޮތަށެވެ.

  1. ދަރަޖަ 1 : 15 ދުވަހުގެ ތެރޭގައި ރިޕޯޓާމެދު ގޮތެއް ނިންމުން.
  2. ދަރަޖަ 2 : 10 ދުވަހުގެ ތެރޭގައި ރިޕޯޓާމެދު ގޮތެއް ނިންމުން.
  3. ދަރަޖަ 3 : 5 ދުވަހުގެ ތެރޭގައި ރިޕޯޓާމެދު ގޮތެއް ނިންމުން.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތަށް ރިޕޯޓާމެދު ގޮތެއް ނިންމުން ކަމުގައި ބުނެފައިއެވަނީ ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރުމަށެވެ.

(އ) ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު އޮންނަންވީ ގޮތްކަމަށް މިގަވާއިދުގެ ޖަދުވަލު (ބ) ގެ 1 ގައި ކަނޑައެޅިފައިވާގޮތުން އާންމުންނާއި މަށްވަރާކުރުން ހިމެނިފައި ވިޔަސް، ތަރައްގީގެ ބައެއް މަށްރޫއުތަކަކީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވާ ކަންކަމަށް ވާތީވެ، އާންމުންގެ ހިޔާލު އިތުރަށް ހޯދަން ޖެހިއްޖެ ހާލަތެއްގައި އާންމުންގެ ހިޔާލު ހޯދުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާ މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބައްދަލުވުން އިންތިޒާމުކުރުމަށާއި އެކަމަށް ހަރަދުކުރުމަށް އެދިޔާރަށް އެންގިދާނެއެވެ.

 

8 ވަނަ މާއްދާ - ގަވާއިދުގެ 14 ވަނަ މާއްދާގެ (ރ) އަދި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުމަށްފަހު، މި މާއްދާއަށް (ޅ)، (ކ)، (އ)، (ވ) އަދި (މ) މި އަކުރުތައް އިތުރުކުރުން.

14.(ރ) ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރި ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނުފަށައި އަދި މުއްދަތު އިތުރު ނުކޮށްފިނަމަ، ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ބާތިލުވާނެއެވެ.

(ބ) ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގެ މުއްދަތު އިތުރުކުރުމުގައި އަމަލު ކުރެވޭނީ އަންނަނިވި ގޮތަށެވެ.

  1. ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅަންވާނީ، މުއްދަތުގައި މަސައްކަތް ނުފެށުނު ސަބަބު ބަޔާންކޮށް އެދިޔާރެވެ.
  2. ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގެ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކުރުމަށް ހުށަހަޅައިފިނަމަ، ޖޫރިމަނާއަކާ ނުލައި މުއްދަތު އިތުރުކޮށްދެވޭނެއެވެ.
  3. ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގެ މުއްދަތު ހަމަވިތާ 1 (އެކެއް) މަސް ހަމަނުވާ މަށްރޫއުތަކަށް 5000 (ފަސްހާސް) ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.
  4. ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގެ މުއްދަތު ހަމަވިތާ 2 (ދޭއް) މަސް ހަމަނުވާ މަށްރޫއުތަކަށް 10000 (ދިހަހާސް) ރުފިޔާގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.
  5. ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގެ މުއްދަތު ހަމަވިތާ 2 (ދޭއް) މަސް ހަމަވެފައިވާ މަށްރޫއުތަކަށް މުއްދަތު އިތުރުކޮށެއް ނުދެވޭނެއެވެ.
  6. ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމުގެ މުއްދަތު އިތުރުކުރެވޭނީ ގިނަވެގެން 1 (އެކެއް) ފަހަރު އަދި ދިގުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ޅ) އަންނަނިވި ކަންތައްތައް ފުރިހަމަވާނަމަ، ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކޮށްފައިވާ ރިޕޯޓަކަށް އެޑެންޑަމެއް ހުށަހެޅިދާނެއެވެ.

  1. ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުމަށް 5 (ފަހެއް) އަހަރު ވެފައި ނުވުން.
  2. ރިޕޯޓުގައި ހިމެނޭ މަސައްކަތެއްގެ ސްކޯޕަށް ބަދަލެއް އައުން.
  3. ރިޕޯޓުގައިވާ މަސައްކަތް ހިންގޭ ސަރަހައްދުގެ އިމުން ފެށިގެން 500 (ފަސްސަތޭކަ) މީޓަރުގެ ސަރަހައްދެއްގެ ތެރޭގައި ކުރެވޭ މަސައްކަތްތައް.

(ކ) މި މާއްދާގެ (ޅ) ގައިވާ ގޮތަށް ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓަށް އެޑެންޑަމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި ގަވާއިދުގެ ޖަދުވަލު (ޕ) ގައިވާ އެޕްލިކޭށަން ފޯމާއި މަށްރޫއަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ތަފްސީލާއި ކުރެހުންތަކާއެކު ޑްރާފްޓް ޓާރމްސް އޮފް ރެފަރެންސް އެއް މިނިސްޓްރީއަށް ހުށަހެޅުމުން، އެޓާރމްސް އޮފް ރެފަރެންސް ފާސްކޮށް އެދިޔާރަށް ފޮނުވުމާއެކު އެ ޓާރމްސް އޮފް ރެފަރެންސް އަށް ބިނާކޮށް އެޑެންޑަމް ރިޕޯޓު މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(އ) އެޑެންޑަމް ރިޕޯޓު މުރާޖައާކުރުމާއި  ރިޕޯޓަށް ނަގާ ފީ ކަނޑައަޅާނީ މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. އަދި އެޑެންޑަމް މުރާޖައާކުރުމުގެ މަސައްކަތް ކުރާނީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކުރުމަށް މި ގަވާއިދުގެ 13 ވަނަ މާއްގައި ބަޔާންކޮށްފައިވާގޮތަށެވެ.

(ވ) އެޑަންޑަމަކުން ހުއްދަލިބިގެން މަށްރޫއަކަށް އެއްވެސް ބަދަލެއް ގެނައުމަށްފަހު ބަދަލުގެނައި މަސައްކަތްތައް ކުރިއަށްގެންދަންވާނީ އެޑެންޑަމްގައިވާ ގޮތަށެވެ.

(މ) މި މާއްދާގެ (ހ) ގައި ވާގޮތަށް ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ދޫކުރިއިރު އޮތް ހާލަތަށް ބަދަލެއް އަތުވެއްޖެނަމަ، އެ ނިންމިގޮތުގެ ލިޔުން ބާތިލު ކުރުމުގެ ނުވަތަ ނިންމިގޮތުގެ ލިޔުން ބަދަލު ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ތިމާވެށީގެ ކޮންސަލްޓަންޓުންގެ ދަފްތަރުގައި ހިމަނައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައި، ށަރުތު ފުރިހަމަވާ މީހުން ދަފުތަރުގައި ހިމެނުމާމެދު ގޮތެއް ނިންމުމަށް، މިނިސްޓަރ ދަފުތަރު ބޯޑެއް އެކުލަވާލަން ވާނެއެވެ.

 

10 ވަނަ މާއްދާ - ގަވާއިދުގެ 18 ވަނަ މާއްދާގެ (ނ) އަދި (ރ) ގެ (1) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ރަޖިސްޓަރީ ވުމުގެ ހައްގު ލިބޭ ފަރާތްތަކަށް މި ގަވާއިދުގެ ޖަދުވަލު (ސ) ގައިވާ ގޮތަށް ދޫކުރާ ރަޖިސްޓަރީ ސަނަދުގެ މުއްދަތަކީ 5 (ފަހެއް) އަހަރެވެ. ރަޖިސްޓަރީ އާކުރަން ހުށަހަޅާ ފަރާތްތަކުން މި ގަވާއިދުގެ ޖަދުވަލު (ޑ) ގައިވާ ގޮތަށް ހުށަހެޅުމުން، މި ގަވާއިދުގެ ޖަދުވަލު (ގ) 1 ގައިވާ ށަރުތުތައް ފުރިހަމަވޭތޯ އަލުން ބެލުމަށްފަހު ށަރުތުތައް ފުރިހަމަ ވާނަމަ، ރަޖިސްޓަރީ ސަނަދުގެ މުއްދަތު 5 (ފަހެއް) އަހަރު ދުވަހަށް އިތުރުކޮށްދެވޭނެއެވެ.

(ރ) (1) ދަފުތަރު ބޯޑުގެ ނަޒަރުގައި މި ގަވާއިދުގެ ޖަދުވަލު (ގ) ގެ 2 ގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެކަށީގެންވާ ތައުލީމު ލިބިފައިވާ، އެހެންނަމަވެސް ކަމާބެހޭ ދާއިރާގައި ނުވަތަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަށް ބޭނުންވާ ހުނަރުތަކުގެ ތަޖުރިބާ ލިބިފައި ނެތް ދިވެހިންނަށް 1 (އެކެއް) އަހަރު ދުވަހުގެ ވަގުތީ ރަޖިސްޓަރީ ސަނަދު ޖަދުވަލު (ޒ) ގައި ވާ ގޮތަށް ދޫކުރެވިދާނެއެވެ. ވަގުތީ ރަޖިސްޓަރީ ސަނަދު ދޫކުރެވޭ ފަރާތްތަކަށް މަސައްކަތް ކުރެވޭނީ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ތިމާވެށީގެ ކޮންސަލްޓަންޓް ސަނަދު ލިބިފައިވާ ފަރާތެއްގެ ދަށުންނެވެ. އަދި ހުށަހަޅާ ރިޕޯޓުގައި ދެފަރާތުގެ ސޮއި ހިމަނަންވާނެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދުގެ 20 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

20.(ބ) މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައި ނުވާ ފަރާތަކުން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ކޮންސަލްޓަންޓެއްކަން ދޭހަވާ ގޮތަކަށް އަމަލާއި ބަހުން މަސައްކަތް ކުރުމަކީ ކުށެކެވެ. އެކުށް ސާބިތު ވެއްޖެނަމަ ފުރަތަމަ ފަހަރު 100,000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން އަދި ދެވަނަ ފަހަރު ނުވަތަ އިތުރަށް ތަކުރާރުވާ ކޮންމެ ފަހަރަކު 150,000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

12. މި ގަވާއިދުގެ ޖަދުވަލު (ނ) ގެ 3 އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖަދުވަލު (ނ) 3 

ސްކްރީންކުރުމަށްފަހު ނިންމިގޮތް

މިއީ .......... އާ ގުޅިގެން ސްކްރީން ކުރުމަށްފަހު ނިންމިގޮތް އެންގުމަށްޓަކައި ............... ދޫކުރި ރަސްމީ ލިޔުމެވެ.

މިމަށްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ ބޮޑު އަސަރު ކޮށްފާނެ ކަމަށް ފެނެއެވެ. ވީމާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހުށަހަޅާށެވެ.

މިމަށްރޫއުގެ މަސައްކަތްތަކަށް ތިމާވެށީގެ ފުރަތަމަ ދިރާސާއެއް ހުށަހަޅާށެވެ.

މިމަށްރޫއުގެ މަސައްކަތްތަކަށް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހުށަހަޅާށެވެ.

މި މަށްރޫއުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ ކަމަށް ނުފެނެއެވެ. ވީމާ، މަށްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުން އެންމެ ރަނގަޅުކަމުގައި ދަންނަވަމެވެ.

މި މަށްރޫއުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް މިނިސްޓްރީން އަންގާ ފިޔަވަޅުތަކާއެކީ މަސައްކަތް ކުރެވިދާނެކަމަށް ދަންނަވަމެވެ.


ސްކްރީންކުރި އިދާރާ:

...........................................................

 

ނަން: ......................................... ސޮއި: .........................................

މަގާމު: ......................................... ތާރީހު: .........................................

ނޯޓް: އިތުރަށް މައުލޫމާތު ބޭނުންނަމަ، ތިރީގައި މިވާ ފަރާތާ ގުޅުއްވާށެވެ.

(ނަމާއި އެޑްރެސް)

 

 13 . މި ގަވާއިދުގެ ޖަދުވަލު (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖަދުވަލު (ރ)

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަން

  1. އެއްވެސް ގަވާއިދެއްގައި ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭކަމަށް ބުނެފައިވާ ކަންކަން.
  2. ކޮމާރށަލް އެކުއަކަލްޗަރ މަށްރޫއުތައް.
  3. ކޮމާށަލް މަސް ޕްރޯސެސް ކުރުމުގެ މަށްރޫއުތައް.
  4. 100 އަކަ މީޓަރަށްވުރެ ބޮޑު މަސްނޫއީ ފަރުތައް.
  5. ދަނޑުވެރިކަމާބެހޭ މަށްރޫއުތައް. (އެއްފަރާތަކުން ހިންގާ 1 ހެކްޓަރަށް ވުރެ ބޮޑު ދަނޑުތައް)
  6. ކުކުޅާއި ނައަމްސޫފި ފަދަ ދިރޭތަކެތީގެ ކޮމާށަލް ފާމްތައް
  7. ފަޅު ކޮނުމާއި ބަނދަރު ހެދުން ( މީގެ ތެރޭގައި މިހާރު ހުރި ބަނދަރުތައް ސައިޒަށް ބަދަލު ނާންނަގޮތަށް މަރާމާތު ކުރުމެއް ނުހިމެނެއެވެ.)
  8. ނެރުތައް ކޮނުމާއި ކެނޑުން (މީގެ ތެރޭގައި މިހާރު ހުރި ނެރުތައް ސައިޒަށް ބަދަލު ނާންނަގޮތަށް މަރާމާތު ކުރުމެއް ނުހިމެނެއެވެ.)
  9. އޮއި ނުދެމޭ ފާލަން އެޅުމާއި އެއްރަށް އަނެއްރަށާ ގުޅާލުމަށް އެޅޭ ފާލަންތަކާއި މަގުތަކާއި ބްރިޖުފަދަ ތަންތަން.
  10. ބިން ހިއްކުން.
  11. ތޮށިލުމުގެ މަށްރޫއުތައް.
  12. ގޮނޑުދޮށް ވެލިން މުއްސަނދިކުރުމުގެ މަށްރޫއުތައް.
  13. މެށިނަރީ ބޭނުންކޮށްގެން ވެލި ނެގުން.
  14. ޕޭވް ކޮށްގެން މަދު ހެދުމުގެ މަށްރޫއުތައް.
  15. އެއަރޕޯޓް އެޅުމާއި އެތަނުގެ ފުޓްޕްރިންޓަށް ބަދަލު އަންނަ ކޮންމެ ކަމެއް ކުރުން.
  16. ހެލިޕޭޑް ހެދުން.
  17. ކަނޑަށް ޖައްސާ ބޯޓުގެ ހަބް ހެދުން.
  18. ގެދޮރު އިމާރާތްކުރުމުގެ މަށްރޫއުތަކުގެ ތެރެއިން 150 މީހުންގެ އާބާދީއެއް ނުވަތަ އެއަށްވުރެގިނަ މީހުން އާބާދުކުރުމަށްޓަކައި ފަރުމާކުރެވިފައިވާ އިމާރާތްތައް.
  19. 31 (އެއްތިރީސް) މީޓަރަށްވުރެ އުސްކޮށް އިމާރާތް ކުރުމަށް ފަރުމާކުރެވިފައިވާ އިމާރާތްތައް.
  20. 31 (އެއްތިރީސް) މީޓަރަށްވުރެ އުސްކޮށް އިމާރާތްކުރެވޭ ފަދަ ފައުންޑޭށަން އަޅައިގެން އިމާރާތްކުރުން.
  21. ޕައިލްކޮށްގެން ފައުންޑޭށަން އަޅާ އިމާރާތްތައް.
  22. ފައުންޑޭށަންގެ ބައެއް 6 (ހައެއް) ފޫޓަށްވުރެ އަޑިއަށް ހަދާ އިމާރާތްތައް.
  23. ބޭސްމަންޓަކާއެކު އިމާރާތްކުރުން. (ބިމުން ފެށިގެން 1 މީޓަރު ނުވަތަ އެއަށްވުރެ އަޑިއަށް ބޭސްމަންޓްގެ ތަޅުން ދާނަމަ އަދި ބޮޑުމިން 172 އަކަފޫޓަށްވުރެ ބޮޑުނަމަ)
  24. ތަކެތި އުފައްދާ ނުވަތަ ބަންދުކުރާ ކާރުހާނާ އެޅުން. (އިނީށަލް އިންވެސްޓްމަންޓް 15 މިލިއަން ރުފިޔާއަށް ވުރެ ބޮޑު މަށްރޫއުތައް)
  25. ކުނިއަންދާ މެށިން- (10 ޓަނު ނުވަތަ އެއަށްވުރެ ބޮޑު)
  26. ކުނި އަޅައިގެން ލޭންޑްފިލް ހެދުން.
  27. ކުނިގޮނޑުތައް ހެދުމާއި ކުނި މެނޭޖްކުރާ ބޮޑެތި ތަންތަން ގާއިމުކުރުން (ދުވާލަކު 10 ޓަނަށްވުރެ ބޮޑު)
  28. ބޯފެން ފޯރުވައިދޭ ނެޓްވޯރކް ސިސަޓްމްތައް ގާއިމުކުރުން.
  29. ނަރުދަމާގެ މަށްރޫއުތައް
  30. މޫދަށް ހޮޅިއެޅުން
  31. އިންޖީނުގެތައް އެޅުން.
  32. އިންޖީނުއެއްގެ ފުޓް ޕްޜިންޓަށް ބަދަލު އަންނަގޮތަށް 1 މެގަވޮޓަށް ވުރެ ބޮޑު ޖަނަރޭޓަރު ބެހެއްޓުން. (ނުވަތަ ޖުމްލަ 1 މެގަވޮޓަށްވުރެ ބޮޑު ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރުން.)
  33. ތެލާއި، ގޭސް ބަހައްޓާ އަދި ގެންގުޅޭ ތަންތަނާއި، ބިމުގެ ނުވަތަ ކަނޑުގެ އަޑިން ތެޔޮނެގުމާއި އަދި ތެޔޮސާފުކުރުމާ ބެހޭ މަސައްކަތް ހިންގާ ތަންތަން ހެދުން.
  34. 10 ޓަނަށް ވުރެ އިތުރަށް ފެން ނުވަތަ ކަނޑުފެން އުފައްދާ މެށިން ބެހެއްޓުން. ( މީގައި މިހާރު ހިނގަމުންދާ ފެން އުފައްދާ ޕްލާންޓް ހައުސްއެއްގައި ފުޓްޕްރިންޓަށް ބަދަލު ނާންނަ ގޮތަށް އިތުރު ބޯހޯލް ނުވަތަ އިންޓޭކް ހޮޅި ނާޅާ މެށިން ބެލެހެއްޓުން ނުހިމެނެއެވެ.)
  35. ހަސްފަތާލު އެޅުން (50 އެނދަށްވުރެ ބޮޑު)

 

14. މި ގަވާއިދުގެ ޖަދުވަލު (ތ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 

ޖަދުވަލު (ތ)

ފުރަތަމަ ދިރާސާ ހެދުމަށްފަހު ނިންމިގޮތް

މިއީ ............. އާ ގުޅިގެން ތިމާވެށީގެ ފުރަތަމަ ދިރާސާ ހެދުމަށްފަހު ނިންމިގޮތް އެންގުމަށްޓަކައި .................. ދޫކުރި ރަސްމީ ލިޔުމެވެ.

މިމަށްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ ބޮޑު އަސަރު ކޮށްފާނެ ކަމަށް ފެނެއެވެ. ވީމާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހުށަހަޅާށެވެ.

މިމަށްރޫއުގެ މަސައްކަތްތަކަށް ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހުށަހަޅާށެވެ.

މި މަށްރޫއުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ ބޮޑު އަސަރެއް ކޮށްފާނެ ކަމަށް ނުފެނެއެވެ. ވީމާ، މަށްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުން އެންމެ ރަނގަޅުކަމުގައި ދަންނަވަމެވެ.


އިދާރާ:

...........................................................

 

ނަން: ......................................... ސޮއި: .........................................

މަގާމު: ......................................... ތާރީހު: .........................................

ނޯޓް: އިތުރަށް މައުލޫމާތު ބޭނުންނަމަ، ތިރީގައި މިވާ ފަރާތާ ގުޅުއްވާށެވެ.

(ނަމާއި އެޑްރެސް)

 

 

 15. ގަވާއިދަށް ޖަދުވަލު (ގ) 1 އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖަދުވަލު (ގ) 1

ތިމާވެށީގެ ކޮންސަލްޓަންޓަކަށް ވުމުގެ ށަރުތުތައް

  1. ސަރުކާރުން ގަބޫލުކުރާ ފެންވަރުގެ ޔުނިވަސިޓީއަކުން ތިމާވެށީގެ ދާއިރާއަކުން ދަށް ވެގެން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން. މި ށަތުރު ހަމަވާކަމަށް ބެލެވޭނީ ކިޔަވާފައިވާ މޮޑިއުލްތަކުގެ 60 (ފަސްދޮޅަސް) އިންސައްތަ އަކީ ތިމާވެއްޓާގުޅޭ މޮޑިއުލްތަކެއް ކަމުގައި ވާނަމައެވެ.
  2. ވަގުތީ ކޮންސަލްޓަންޓް ސަނަދު ލިބި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ 5 (ފަހެއް) ރިޕޯޓެއް ދާއިމީ ކޮންސަލްޓަންޓެއްގެ ބެލުމުގެ ދަށުން ތައްޔާރުކޮށް ހުށަހަޅައި ފާސްކޮށްފައިވުން. މި 5 (ފަހެއް) ރިޕޯޓުގެ ތެރެއިން މަދުވެގެން 3 (ތިނެއް) ރިޕޯޓު ވާންވާނީ ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ތެރޭގައި ހަދާފައިވާ ރިޕޯޓުތަކަކަށެވެ.
  3. ދާއިމީ ކޮންސަލްޓަންޓެއްގެ ސެޓްފިކެޓް މުއްދަތު ހަމަވެގެން އާކުރާނަމަ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ 5 (ފަހެއް) ރިޕޯޓެއް ތައްޔާރުކޮށް ހުށަހަޅައި ފާސްވެފައިވުން. މި 5 (ފަހެއް) ރިޕޯޓުގެ ތެރެއިން މަދުވެގެން 3 (ތިނެއް) ރިޕޯޓު ވާންވާނީ ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ތެރޭގައި ހަދާފައިވާ ރިޕޯޓުތަކަކަށެވެ.
  4. އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ނުވަތަ ތިމާވެށި ރައްކާތެރި ކުރުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު (ފަހެއް) މަސައްކަތްކޮށް އަމަލީ ތަޖުރިބާ ލިބިފައިވުން.

 

16. ގަވާއިދަށް ޖަދުވަލު (ގ) 2 އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖަދުވަލު (ގ) 2

ތިމާވެށީގެ ވަގުތީ ކޮންސަލްޓަންޓަކަށް ވުމުގެ ށަތުރުތައް

  1. ސަރުކާރުން ގަބޫލުކުރާ ފެންވަރުގެ ޔުނިވަސިޓީއަކުން ތިމާވެށީގެ ދާއިރާއަކުން ދަށް ވެގެން ފުރަތަމަ ޑިގުރީ ހާސިލުކޮށްފައިވުން. މި ށަތުރު ހަމަވާކަމަށް ބެލެވޭނީ ކިޔަވާފައިވާ މޮޑިއުލްތަކުގެ 60 (ފަސްދޮޅަސް) އިންސައްތައަކީ ތިމާވެއްޓާގުޅޭ މޮޑިއުލްތަކެއް ކަމުގައި ވާނަމައެވެ.

 

 

17. ގަވާއިދަށް ޖަދުވަލު (ޓ) އަންނަނިވި ގޮތަށް އިތުރުކުރުން.

ޖަދުވަލު (ޓ)

ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަކާ ނުލައި ކުރިއަށް ގެންދެވިދާނެ މަށްރޫއުތައް

  1. މި ގަވާއިދުގެ ޖަދުވަލު (ރ) ގައި ބަޔާންކޮށްފައި ނުވާ އިމާރާތްތަކުގެ ތެރެއިން އިމާރާތުގެ ފުޓް ޕްރިންޓް 4000 (ހަތަރުހާސް) އަކަފޫޓަށް ވުރެ ކުޑަ އިމާރާތަކަށް ވުން.
  2. ތަރުކާރީއާއި މޭވާ އަޅާ ގަސްގަހާގެހި ނުވަތަ ވެށި ފެހިކުރުމަށާއި ޒީނަތްތެރިކުރުމުގެ ގޮތުން ބޭނުންކުރާ ގަސްގަހާގެހީގެ ތެރެއިން ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަ ގަސްގަހާގެހި އަމިއްލަ ގެދޮރާއި، ދައުލަތުގެ އިމާރާތްތަކާއި، އޮފީސް އޮފީހާއި، އާންމު ހިދުމަތްދޭ ތަންތަނުގައި ހެއްދުން.
  3. އާންމު ބޭނުމަށް ނުވަތަ އަމިއްލަ ބޭނުމަށް ފެންވަޅު ބެހެއްޓުން.
  4. ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަ މަސްމަހާމެހި، ނައަމް ސޫފި ކުކުޅު، ދޫނި އަމިއްލަ ގެދޮރުގައި ގެންގުޅުން.
  5. ދުވާލަކު 4 (ފަހެއް) ޓަނަށްވުރެ މަދުން ފެން ނުވަތަ ގަނޑުފެން އުފައްދާ ޕްލާންޓް ބެހެއްޓުން.
  6. މިހާރު ހިނގަމުންދާ ފެން ޕްލާންޓް ހައުސްއެއްގައި އިތުރު ބޯހޯލް ނުވަތަ އިންޓޭކް ހޮޅި ނާޅައި ލޮނުފެން މީރުފެނަށް ހަދައި ޕްލާންޓް ބެހެއްޓުން.
  7. 15 (ފަނަރަ) ކިލޯ ވޮޓަށް ވުރެ ވަގުތީ ޖަނަރޭޓަރު ބަހައްޓައި ބޭނުންކުރުން
  8. ލަކުޑިން އޮޑިދޯނިފަހަރު ބަނުން.
  9. ކަމާގުޅޭ އިދާރާއިން ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން މެށިނަރީ ބޭނުންނުކޮށް ވެލިނެގުން.
  10. އެންކޮށި ބެހެއްޓުން
  11. ފަޅުތެރެއިން ސަރަހައްދެއް މެށިނަރީ ބޭނުންކޮށްގެން ކޮނުމަކާ ނުލައި އޮޑިދޯނިފަހަރު އެހެލައި ބޭލުމުގެ މަސައްކަތް ކުރުން.
  12. ގަސް ބެލެހެއްޓުމުގެ ގޮތުން ނުވަތަ އާންމު އުނދަގުލަކަށް މަގުފަހިވެފައިވާތީ (ދިޔަދޮވި، ފުރާޅު އަދި ފެންތާންގިއަށް ފަތްކުނި އެޅޭ) ގަސްގަހާގެހި ކޮށުން ނުވަތަ ކޮންމެހެން ނަގަންޖެހޭ ގަހެއް ނެގުން.
  13. ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި ނުވާ ރަށްރަށުގައި މޫދަށް ހޮޅި އަޅައިގެން ނަޖިހާއި ނަޖިސްފެން ބޭރުކުރުން.
  14. ރަށް ގިރުމުގެ ސަބަބުން ގޯތި ގެދޮރު ހިމާޔަތްކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.
  15. ރުއްގަސް ނުކަނޑައި އެއްގަމުގައި ވަގުތީ ޖިފުޓި (ހަޓު) ހެދުން.
  16. މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަމަށް، ދޫކުރެވޭ ބިންތަކުގެ ތެރެއިން 5000 (ފަސްހާސް) އަކަފޫޓަށް ވުރެ ކުދި، ފޯދިފައިވާ ރުއްގަސް ނެތް ބިންތަކުގައި ދަނޑުވެރިކަން ކުރުން.
  17. އަސްލަށް ބަދަލު ނާންނާނެ ގޮތަށް އެއްގަމު ތޮށްޓާއި ބޭރުތޮށި އަދި ފާލަން މަރާމާތު ކުރުން (މަރާމާތުކުރުން މާނަކުރެވިފައި އެވަނީ ހަލާކުވެފައިވާ ތޮއްޓެއް ނަގައި އައު ތޮއްޓެއް ލުންފަދަ ބޮޑެތި މަސައްކަތްތަކަކަށް ނޫނެވެ. މިފަދަ ބޮޑު މަސައްކަތެއް ކުރާނަމަ މި ގަވާއިދުގެ ދަށުން ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ދިރާސާ ހަދަންޖެހޭނެއެވެ.)
  18. އޮއި ދެމޭގޮތަށް އަޅާ ފާލަންތަކާއި ޕްލެޓްފޯމްތައް އެޅުން.
  19. އިމާރާތްކޮށްނިމިފައިވާ ތަންތަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުން.
  20. ބިންހިއްކުމާއި ރުއްގަސް ކެނޑުންފަދަ ތިމާވެއްޓަށް އަސަރުކުރާ ކަންކަން ނުހިމެނޭގޮތަށް ޖަހާ ޓަވަރާއި އެންޓަނާފަދަ ތަކެތި ޖެހުން.
  21. އީ.އައި.އޭ އެޕްރޫވް ކުރުމަށްފަހު މޫދަށް އަޅާފައިވާ ހޮޅި (ފުޓްޕްރިންޓަށް ބަދަލުނާންނަގޮތަށް) މަރާމާތު ކުރުން.
  22. ކުއްލި ހާލަތެއް ދިމާވުމުން ފަރުދުންގެ ފުރާނައާއި ގެދޮރާއި މުދާ ރައްކާތެރުކުރުމަށްޓަކައި ވަގުތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

 

18. ގަވާއިދަށް ޖަދުވަލު (ޔ) އަންނަނިވި ގޮތަށް އިތުރުކުރުން.

ޖަދުވަލު (ޔ)

  1. ބަނދަރު އަދި ނެރު ތިލަވުމުން ފުންކުރުން (މިތާނގައި ފުންކުރުން މާނަކުރެވިފައި މިވަނީ ބަނދަރުގެ ނުވަތަ ނެރުގެ ފުޓްޕްރިންޓާ އެއްގޮތަށް ފުންކުރުމަށެވެ. ކުރީގެ ފުޓްޕްރިންޓަށް ބަދަލެއް އަންނަގޮތަށް ފުންކުރާނަމަ މި ގަވާއިދުގެ ދަށުން ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ދިރާސާ ހަދަންޖެހޭނެއެވެ.)
  2. ގެދޮރު އެޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހުންނަ ރުއްގަސް އެ ގެވަޅުގެ ވެރިފަރާތުން ނެގުން. (ގެވަޅު ދޫކުރުމަށް ހަމަޖެހިފައި ހުރި ސަރަހައްދެއް ނުހިމެނޭނެއެވެ.
  3. ގެދޮރު އެޅުމަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ހިމެނޭ މަގުތަކަށް އަރާފައިވާ ރުއްގަސް ނެގުން. (މިގޮތަށް ހުއްދައަށް އެދި ހުށަހެޅޭނީ ހަމައެކަނި ރަށުގެ ކައުންސިލަށް ނުވަތަ ކައުންސިލްގެ ޒިންމާ އުފުލާ ފަރާތަކަށެވެ.)
  4. ފެން ނެގުމަށްޓަކައި އެއްގަމުގައި ބޯހޯލް ތޮރުފުން.

 

 

19. ގަވާއިދަށް ޖަދުވަލު (ޕ) އަންނަނިވި ގޮތަށް އިތުރުކުރުން.

ޖަދުވަލު (ޕ)

އެޑަންޑަމް ހުށަހެޅުމަށް ނުވަތަ މަށްރޫއުގެ މަސައްކަތުގެ ސްކޯޕަށް ބަދަލު ގެންނަން އެދޭ ފޯމު

ފޯމު ނަންބަރު:...................................

(އޮފީހުގެ ބޭނުމަށް)  

 

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށް އެޑެންޑަމް ހުށަހެޅުމުގެ ކުރިން ނުވަތަ ޓާރމްސް އޮފް ރެފަރެންސް ފާސްކޮށްފައިވާ މަށްރޫއެއްގެ ސްކޯޕަށް ބަދަލެއް އަތުވެއްޖެނަމަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށަހެޅުމުގެ ކުރިން ތިރީގައި މިވާ ފޯމު ފުރިހަމަކޮށް މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ހުށަހަޅަން ވާނެއެވެ.

މި ފޯމު ވަނީ 3 ބަޔަށް ބަހާލެވިފައެވެ. ހުރިހާ ބައިތަކެއް ފުރިހަމަކުރާށެވެ.

  1. ވަނަ ބައި: އެދިޔާރާބެހޭ މައުލޫމާތު

ފޯމު ހުށަހަޅާ މީހާގެ ނަން:

ކުންފުންޏެއް ނުވަތަ ވަކި މީހެއް ނުވަތަ ވަކި މުއައްސަސާއެއްގެ ފަރާތުން ހުށަހަޅާނަމަ އެ ހުށަހަޅާ ފަރާތެއްގެ ނަން:

 

އެޑްރެސް:

 

ފޯނު ނަންބަރު:

 

ފެކްސް ނަންބަރު:

 

އީ މެއިލް:

 

ކ.އ. ކާޑު ނަންބަރު:

 

ސޮއި:

 

ތާރީހު:

 

 

  1. ވަނަ ބައި: މަށްރޫއު ތައާރުފުކޮށް ދިނުން

އެޑެންޑަމް ރިޕޯޓު ހުށަހެޅުމަށް އެދި:

މަށްރޫއުގެ ޓާރމްސް އޮފް ރެފަރެންސް ބަދަލުކުރުމަށް އެދި:

މަށްރޫއުގެ ނަން:

 

މަށްރޫއު ހިންގާ ތަން:

 

ޓާރމްސް އޮފް ރެފަރެންސް ފާސްކޮށްފައިވާނަމަ ފާސްކުރި ތާރީހު:

(ޓާރމްސް އޮފް ރެފަރެންސްގެ ސްކޯޕަށް ބަދަލު އަންނަ މަށްރޫއުތައް އެކަނި)

މަށްރޫއަށް ނިންމިގޮތުގެ ލިޔުން ދޫކުރި ތާރީހު:

(އެޑެންޑަމް ރިޕޯޓު ހުށަހެޅުއްމަށް އެދޭ މަށްރޫއުތައް އެކަނި)

މަށްރޫއަށް ގެންނަން ބޭނުންވާ ބަދަލުތައް އެކިކަންކަން ހިންގަން ރޭވި ތާރީހުތަކުގެ ތަރުތީބުން އޭ-4 ސައިޒުގެ ކަރުދާހުގެ 3 (ތިނެއް) ސަފްހާއަށްވުރެ ދިގުނުވާ މަށްރޫއުގެ ހުލާސާ: (ބޭނުންކުރާނެ އާލާތްތަކާއި، މެށިނަރީގެ މައުލޫމާތު ހިމަނައިގެން)

(ބަދަލުތަކުގެ ތަފްސީލާއެކު، ކުރިން ހުއްދަ ދީފައިވާ ޗާޓާއި ގެންނަން ބޭނުންވާ ބަދަލުތައް އެނގޭގޮތަށް ޗާޓު ހުށަހަޅަންވާނެއެވެ.)

މަށްރޫއުގެ މުއްދަތު

 

މަށްރޫއު ކުރިއަށްގެންދިއުމަށް ހުއްދަ ހޯދަންޖެހޭ ސަރުކާރުގެ އިދާރާތައް:

 

މަށްރޫއު ހިންގުމަށް މާލީ އެހީ ދިން ފަރާތް:

 

 

3 ވަނަ ބައި: ކޮންސަލްޓަންޓުންނާބެހޭ މައުލޫމާތު

ނަން:

 

ކޮންސަލްޓަންޓުންގެ

ރަޖިސްޓަރީ ނަންބަރު:

 

ފޯނު ނަންބަރު:

 

ފެކްސް ނަންބަރު:

 

އީ މެއިލް:

 

ސޮއި:

 

ތާރީހު:

 

 

މި ތަރައްގީގެ މަށްރޫއު ހުށަހަޅާ އެދިޔާރުގެ ހައިސިއްޔަތުން މި ޔަގީންކޮށްދެނީ މަތީގައި ދީފައިއެވަނީ އަހުރެންނަށް އެންމެ ރަނގަޅަށް އެނގިފައިވާ ގޮތަށް، ތެދު އަދި ފުރިހަމަ މައުލޫމާތެވެ.

ނަން:

ސޮއި:

ތާރީހު:

 

 20 ވަނަ މާއްދާ - މި ގަވައިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-27) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު