-

 ގަވާއިދު ނަންބަރު 2015-160 (ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާބެހޭ ގަވާއިދު)  އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-219) 

(މި ގަވާޢިދަށް އަމަލުކުަރަން ފެށީ 23 ނޮވެމްބަރ 2015 ގައި)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ ގޮތުގައި "ތެޔޮ ރައްކާކުރާ ތަންތަން ހެދުމާއި، ތެޔޮ ގެންގުޅުމުގެ ހުއްދަ ދިނުމާއި އެފަދަ ތަންތަން ޗެކްކުރުން" މި އަރިމަތި ސުރުހީގެ ދަށުން ލިޔެފައިވާ މާއްދާއަކީ، މި ގަވާއިދުގެ 5 ވަނަ މާއްދާކަމަށް ހަމަޖައްސައި، މި ބަދަލާ ގުޅިގެން ބުނެވިދިޔަ ގަވާއިދުގެ މާއްދާތަކުގެ ނަންބަރުތައް ތަރުތީބުކުރުން.

 

2  ވަނަ މާއްދާ -  ބުނެވިދިޔަ 21 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

21. (ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 5،000 (ފަސް ހާސް ރުފިޔާ) އިން ފެށިގެން 20،000 (ވިހި ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ.

 

3 ވަނަ މާއްދާ- ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

21. (ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 15،000ރ (ފަނަރަ ހާސް ރުފިޔާ) އިން ފެށިގެން 25،000ރ (ފަންސަވީސް ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް ގުދަންކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2015-160) 

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް ގުދަންކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-160)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު