މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2016-05)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2024-30 ގެ 142 ވަނަ މާއްދާއިން އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ދައުލަތުގެ އެންމެހައި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ތަންފީޒު ކުރުމުގެ ފަސޭހައަށްޓަކައި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު" މިފަދައިންނެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ މި ގަވާއިދުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ކަންކަން ކުރާނޭ އުސޫލުތަކާއި އިޖުރާއާތުތައް ކަނޑައަޅައި އަންނަނިވި ކަންކަން ބަޔާންކުރުމެވެ.
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަންނާނޭ ގޮތުގެ ތަފުސީލު އޮޅުންފިލުވައިދިނުން.
(ށ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ނުހިނގާނެ ހާލަތްތަކާއި އެ ހާލަތުގައި ވެސް އަދި ހުރިހާ ހާލަތެއްގައި ވެސް އާންމު މަސްލަހަތު ނެގެހެއްޓުމަށްޓަކައި އެ މައުލޫމާތު ހާމަކުރުމުގެ އުސޫލު ކަނޑައެޅުން.
(ނ) ދައުލަތުގެ އިދާރާތަކުގައިވާ މައުލޫމާތު ވީހާ ވެސް ފުޅާ ދާއިރާއެއްގައި ށާއިއުކުރުމަށް ހިތްވަރުދިނުން.
(ރ) މީހަކާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާއެއްގައި ބަލަހައްޓަމުންގެންދާ މައުލޫމާތަކީ ފުރިހަމަ، ތެދު އަދި އޮޅުމެއް ނެތް މައުލޫމާތެއްކަން ކަށަވަރުކުރުން.
(ބ) މި މާއްދާގައި ބަޔާންވެގެންވާ ކަންކަން ހިންގުމަށް މަގުފަހިކުރުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުން.
3 ވަނަ މާއްދާ - މައުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމުގެ އާންމު އުސޫލު
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތަށް މި ގަވާއިދުގެ ދަށުން އެދޭ ކޮންމެ މީހަކަށްމެ، އެ މައުލޫމާތެއް އެ އިދާރާއެއްގައި އޮތްކަން ނުވަތަ ނެތްކަން އަންގާންވާނެ އެވެ.
(ށ) މި ގަވާއިދުގެ ދަށުން އެދެވުނު މައުލޫމާތެއް އެ އިދާރާއެއްގައި ނެތް ނަމަ އެ މައުލޫމާތު ލިބޭނީ ކޮން އިދާރާއަކުންކަން، މައުލޫމާތަށް އެދުނު މީހާއަށް އެކަށީގެންވާ ފުރުސަތެއްގެ ތެރޭގައި އަންގާންވާނެ އެވެ. މި ގަވާއިދުގެ މި މާއްދާގެ ބޭނުމަށްޓަކައި އެކަށީގެންވާ ފުރުސަތެއް ކަމަށް ބަލާނީ ގިނަވެގެން ރަސްމީ ބަންދު ނޫން 5 ދުވަހެވެ.
(ނ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް، މި ގަވާއިދުގައިވާ ގޮތުގެ މަތިން ހާމަކުރާންޖެހޭ ކަމަށްވާ ނަމަ، އެކަށީގެންވާ ފުރުސަތެއްގެ ތެރޭގައި އެ މައުލޫމާތެއް ހާމަކުރުމަކީ ވެސް، މި ގަވާއިދުގައި ނުވަތަ ގާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާހާ ހިނދަކު، ދައުލަތުގެ އެ އިދާރާއެއްގެ މައްޗަށް ލާޒިމު ކަމެކެވެ.
(ރ) ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނެއްގައި ނުވަތަ ފަހުން އަމަލުކުރާން ފަށާ ގާނޫނެއްގައި، ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހާމަކުރެވޭނީ، ވަކި އުސޫލެއްގެ މަތިން ކަމުގައި، ނުވަތަ ހާމަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ހާލަތުގައި ވެސް، އިސްކަންދޭންވާނީ ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) އާއި އެ ގާނޫނުގެ ބާރު ލިބިގެން އެކަށައެޅިފައިވާ މި ގަވާއިދުގައި ބަޔާންވެގެންވާ އުސޫލުތަކުގެ މައްޗަށެވެ. އަދި އެ މައުލޫމާތެއް ހާމަކުރުމާއި ނުކުރުމާ ދެމެދު އަމަލުކުރާނީ އިސްވެ ދެންނެވުނު ގާނޫނުގެ ދަށުން ހަދައިފައިވާ މި ގަވާއިދުގައި އެ ކަމަށް ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
4 ވަނަ މާއްދާ - މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު އޮތުން
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދުމާއި ލިބިގަތުމަކީ، މި ގަވާއިދާއި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއް ގޮތްވާ ގޮތުގެ މަތިން، އެ ކަމަށް އެދޭ ކޮންމެ މީހަކަށްމެ ލިބިގެންވާ އަދި ތަންފީޒުކުރެވޭނެ ގާނޫނީ ހައްގެކެވެ.
(ށ) މި މާއްދާގެ (ހ) ގައި، ތަންފީޒުކުރެވިދާނޭ ގާނޫނީ ހައްގެއް ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއް ގޮތް ވާ ގޮތުގެ މަތިން ނުވަތަ ފަނޑިޔާރުގެއެއް މެދުވެރިކޮށް، އެ މައުލޫމާތެއް ހޯދާން އެދެވިދާނެކަމާއި، އަދި އެކަން އެގޮތަށް ކޮށްދޭން އެދި ގާނޫނީ އަމުރެއް ނުވަތަ ށަރުއީ އަމުރެއް ނެރެވިދާނެކަމާއި، އެ އަމުރެއްގެ މަންފާ ހޯދިދާނެކަން ބަޔާންކުރުމަށެވެ.
5 ވަނަ މާއްދާ - ހިންގުން ހުއްޓައިލެވިފައިވާ އިދާރާތައް
ދިވެހި ދައުލަތުގެ އިދާރާތަކުގެ ތެރެއިން ހިނގަމުން އަންނަ އިދާރާއެއް ހިންގުން ހުއްޓައިލައިފި ކަމަށްވާ ނަމަ، އެ އިދާރާއަކުން އުފައްދައިފައިވާ ނުވަތަ، ބަލަހައްޓަމުން އައިސްފައިވާ ނުވަތަ ގެންގުޅެފައިވާ މައުލޫމާތުގެ ޒިންމާ އުފުލާނީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ.
(ހ) ދައުލަތުގެ އެ އިދާރާއެއްގެ މަސައްކަތްތައް އެހެން އިދާރާއަކަށް ބަދަލުކުރެވިފައިވާ ނަމަ، އެ ގޮތަށް އެ މަސައްކަތް ބަދަލުކުރެވުނު އިދާރާއަކުން.
(ށ) އެ އިދާރާއިން ހިންގަމުން އައި މަސައްކަތްތައް ދައުލަތުގެ ދެ އިދާރާއަކަށް ބަދަލުކުރެވިފައިވާ ނަމަ، ނުވަތަ އެއަށްވުރެ ގިނަ އިދާރާތަކަކަށް ބަދަލު ކުރެވިފައިވާ ނަމަ، ބޭނުންވާ މައުލޫމާތު ހުރި އިދާރާއަކުން.
(ނ) އެ އިދާރާއެއްގެ މަސައްކަތް ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރެވިފައި ނުވާ ނަމަ، އެ ވަގުތަކު އެ މައުލޫމާތެއް ބަލަހައްޓަމުންދާ ފަރާތަކުން.
6 ވަނަ މާއްދާ - މައުލޫމާތަށް އެދި ހުށަހެޅުން
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތަށް އެދި ހުށަހަޅާނީ، އަންނަނިވި ކަންކަން ހިމެނޭ ގޮތުގެ މަތިން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ އެ ފޯމުގައި ހިމެނިފައިވާ މައުލޫމާތު ހިމެނޭ ގޮތަށް އެ އިދާރާއަކުން ތައްޔާރުކޮށްފައިވާ މަކުންނެވެ.
- އެ ހުށަހެޅުމަކީ، މި ގަވާއިދުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްކަން ސާފުކޮށް ބަޔާންކުރުން.
- ހޯދާން އެދެނީ ކޮން މައުލޫމާތެއްކަން އެނގޭނޭ މިންވަރަށް އެ މައުލޫމާތު ތަފުސީލު، އެ ހުށަހެޅުމުގައި އޮޅުންފިލުވައިދީފައި އޮތުން.
- މި ގަވާއިދުގެ ދަށުން ދޭންޖެހޭ ނުވަތަ ފޮނުވާންޖެހޭ އެކިއެކި ލިޔުންތައް ފޮނުވާނެ އެޑްރެހެއް ކަނޑައަޅައިފައި އޮތުން.
- އެ އިދާރާއަކުން އެ މައުލޫމާތެއް ބަލާން ނުވަތަ ދޭން ކަނޑައަޅައިފައިވާ ފީއެއް އެ ހުށަހެޅުމާއެކު ދެއްކުން ނުވަތަ އެ ފީއަކަށް ދައުލަތުގެ އެ އިދާރާއަކުން އެދުމުން، އެ ފީއެއް ދައްކާން އެއްބަސްވާކަން ކަށަވަރުކޮށްދިނުން.
- މައުލޫމާތު ހޯދާން އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރެއް އެނގެން އޮތުން.
(ށ) މައުލޫމާތަށް އެދި ހުށަހަޅާ މީހަކީ، ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ލިޔަންކިޔަން ނުދަތުމުގެ ސަބަބުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔުމުން، ހުށަހެޅުމެއް ހުށަހަޅާން އުޒުރުވެރިވާ މީހަކު ކަމުގައި ވާނަމަ، މި މާއްދާގެ (ހ) ގައިވާ މައުލޫމާތު، އެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރަށް އަނގަބަހުން ވެސް ހުށަހެޅިދާނެ އެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި، އެ ހުށަހެޅުން ހުށަހެޅުނު އިދާރާއެއްގެ އިންފޮމޭށަން އޮފިސަރު ލިޔެ، އެ ހުށަހެޅުމުގައި ސޮއިކޮށް، އެ ކަން އެ ގޮތަށް ކުރުމުގައި ހެތްކެއް ބަހައްޓައި، ހެތްކެއްގެ ގޮތުގައި ހުރި މީހާގެ ސޮއި އެ ހުށަހެޅުމަށް ހޯދައި، އަދި އެ ހުށަހެޅުން އަނގަބަހުން ހުށަހެޅި މީހާގެ އިނގިލީގެ ނިށާން އެ ހުށަހެޅުމުގެ ލިޔުމުގައި ޖަހައި، އެ ހުށަހެޅުމުގެ ލިޔުމުގެ އެއް ކޮޕީ، އެ ހުށަހެޅުން އަނގަބަހުން ހުށަހެޅި ފަރާތަށް ހުށަހެޅުނު އިދާރާއެއްގެ އިންފޮމޭށަން އޮފިސަރު ދޫކުރާންވާނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން މައުލޫމާތަކަށް އެދުމަށް، ދައުލަތުގެ އިދާރާއަކުން ދޫކުރާ ފޯމު ފުރުމުގައި މައުލޫމާތަށް އެދޭ ފަރާތުން އެދިއްޖެ ހާލަތެއްގައި އޮފީހުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތެއްގެ މަތީން އެ ފޯމު ފުރައިދިނުމުގައި އިންފޮމޭށަން އޮފިސަރު ނުވަތަ އޭނާ ކަނޑައަޅާ މީހަކު، އެހީތެރިވެދޭންވާނެ އެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު ތައާރުފުކޮށްފައި ނުވާ އިދާރާއެއް ނަމަ، އެ ކަމަށް ބޭނުންކުރާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމެވެ.
(ޅ) މައުލޫމާތަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުން ލިބިއްޖެކަން އަންގައިދޭ ރަސީދެއް އެ މައުލޫމާތަށް އެދެވުނު އިދާރާއިން ދޫކުރާންވާނެއެވެ.
(ކ) މައުލޫމާތަށް އެދި ހުށަހަޅަން ބޭނުންވާ ފޯމު އެ އިދާރާއަކުން ދޫކުރަންވާނެ އެވެ. ނުވަތަ ދައުލަތުގެ އެ އިދާރާއެއްގެ ވެބްސައިޓްގައި ޑައުންލޯޯޑްކުރެވެން ހުންނާންވާނެ އެވެ.
7 ވަނަ މާއްދާ - އަމަލުކޮށް ނިންމާންޖެހޭ މުއްދަތު
(ހ) މައުލޫމާތަކަށް އެދި، މި ގަވާއިދުގެ ދަށުން ހުށަހެޅޭ ކޮންމެ ހުށަހެޅުމަކަށް ވެސް 21 (އެކާވީސް) ދުވަހަށް ވުރެ ދިގުނޫން މުއްދަތެއްގައި އަމަލުކޮށް ނިންމާންވާނެ އެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް މީހެއްގެ މިނިވަންކަމަށް ނުވަތަ ފުރާނައަށް ނުރައްކާވެގެން، އެ ކަމުން ސަލާމަތްވުމަށްޓަކައި، ބޭނުންވާ މައުލޫމާތެއް ހޯދާން އެދިއްޖެ ހިނދެއްގައި، ލަސްވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ މައުލޫމާތެއް، އެ މައުލޫމާތު ހޯދާން އެދުނު ފަރާތަކަށް ދޫކުރަންވާނެ އެވެ.
(ނ) ހޯދާން އެދުނު މައުލޫމާތެއް ފޯރުކޮށްދެވެން އޮތީ ވަރަށް ގިނަ މައުލޫމާތު ހޯދައިގެން، ނުވަތަ ދިރާސާކޮށްގެން، ނުވަތަ ގިނަ މައުލޫމާތުތަކެއް އެއްކޮށްގެން ކަމުގައިވާ ނަމަ، ނުވަތަ ހޯދާން އެދިފައި ވަނީ، ވަރަށް ގިނަ އަދަދެއްގެ މައުލޫމާތު ކަމުގައިވާ ނަމަ، އަދި އެއިން ކަމެއް ކުރުމަށް ވަގުތު ހުސްކުރުމަކީ، އެ އިދާރާއެއްގެ އާންމު މަސައްކަތަށް ވަރަށް ބޮޑު ހުއްޓުމެއް އަންނާނެ ކަމެއް ކަމަށްވާ ނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 21 (އެކާވީސް) ދުވަސް ހަމަވުމުގެ ކުރިން، ބަޔާންވެ ދިޔަ ސަބަބުތަކަށްޓަކައި، އެ މުއްދަތު، އިތުރު 14 (ސާދަ) ދުވަހަށް، އިތުރުކުރެވިދާނެ އެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް މުއްދަތު އިތުރުކޮށްފި ނަމަ، މުއްދަތު އިތުރުކޮށްފިކަން މައުލޫމާތަށް އެދުނު މީހާއަށް ފުރަތަމަ 21 (އެކާވީސް) ދުވަސް ހަމަވުމުގެ ކުރީން، ލިޔުމުން އަންގަންވާނެ އެވެ.
(ބ) މި މާއްދާގައިވާ އުސޫލުތަކަށް އަމަލު ނުކޮށްފި ނަމަ، މި ގަވާއިދުގެ ބޭނުމަށްޓަކައި ބެލެވޭނީ މައުލޫމާތު ދޫކުރުމަށް އިންކާރުކުރީ ކަމުގައެވެ.
8 ވަނަ މާއްދާ - ފުރިހަމަ ނޫން ނުވަތަ ރަނގަޅު ނޫން ނުވަތަ ބޭކާރު ހުށަހެޅުން
(ހ) ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތަށް އެދި، ހުށަހެޅުމެއް ހުށަހަޅާ އިރު އެ ހުށަހެޅުމުގައި ހިމަނާންޖެހޭނެ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަ ނުވާ ނަމަ، އެ ހުށަހެޅުން ދައުލަތުގެ އެ އިދާރާއަކުން އެ ސަބަބަށްޓަކައި ގަބޫލުނުކޮށް ދޫކޮށްލެވިދާނެ އެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މީހެއްގެ ހުށަހެޅުމެއް ބަލައިނުގަނެ ރައްދުކުރާންވާނީ، މައުލޫމާތަށް އެދި ހުށަހެޅި ފަރާތަށް އެކަން އެންގުމަށް ފަހު، އެ ހުށަހެޅުމުގައި ފުރިހަމަނުވާ ކަމަށް ފާހަގަވާ މައުލޫމާތެއް ފުރިހަމަކުރުމަށް ވެސް އެކަށީގެންވާ ފުރުސަތު ދިނުމަށްފަހު އެ މައުލޫމާތު ފުރިހަމަކުރުމަށް އެ ފަރާތުން އިންކާރުކުރާ ކަމަށްވާ ނަމަ އެވެ. މައުލޫމާތު ފުރިހަމަކޮށް ހުށަހެޅުމަށް ދިން މުއްދަތުގައި އެކަން ނުކޮށްފި ނަމަ އެއީ އެކަން ކުރުމަށް އިންކާރުކުރީ ކަމުގައި ބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެކަށީގެންވާ ފުރުސަތު ކަމަށް ބުނެފައި އެވަނީ އެކަންކުރަން އެކަށީގެންވާ ވަގުތަށެވެ. އެކަށީގެންވާ ވަގުތު ދެނެގަންނާނީ މުޖުތަމައުގެ އުރުފަށް ބަލައިގެންނެވެ.
(ރ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މައުލޫމާތަށް އެދޭ މީހާ ބޭނުންވެއްޖެ ނަމަ އެ މައުލޫމާތު ފުރިހަމަކުރާން ދައުލަތުގެ އެ އިދާރާއަކުން އެހީތެރިވެދޭންވާނެ އެވެ.
(ބ) ދައުލަތުގެ އިދާރާއަކަށް ހުށަހަޅާ ހުށަހެޅުމަކީ، ނުވަތަ ހަމަ އެ ފަރާތުން އެ ފަދަ ހުށަހެޅުމެއް ކުރިން ހުށަހެޅުމުން، އެކަމަށް ޖަވާބުދެވިފައިވާ ބާވަތުގެ ހުށަހެޅުމެއް ކަމުގައިވާ ނަމަ، އަދި އެ ޖަވާބު ދިން ފަހުން އެކަށީގެންވާ ބަދަލެއް އެ މައުލޫމާތަށް އައިސްފައި ނުވާ ނަމަ، ނުވަތަ އެކަށީގެންވާ މުއްދަތެއް ފާއިތުވެފައި ނުވާނަމަ، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް އެކަން ލިޔުމުން އަންގައި، އެ ސަބަބަށްޓަކައި އެ ހުށަހެޅުމަށް އަމަލުނުކުރުމުގެ އިހުތިޔާރު އެ އިދާރާއަކަށް ލިބިގެންވެއެވެ. (ރ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މުއްދަތެއް ކަމަށް ބަލާނީ ގިނަވެގެން 1 (އެކެއް) އަހަރު ދުވަހެވެ.
9 ވަނަ މާއްދާ - ދައުލަތުގެ އެއް އިދާރާއަށް ހުށަހަޅާ ހުށަހެޅުން އެހެން އިދާރާއަކަށް ބަދަލުކުރުން
(ހ) މައުލޫމާތަކަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމެއް ހުށަހެޅުމުން، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް ވުޖޫދުގައިވާ ނަމަ، އެ ހުށަހެޅުމެއް ދައުލަތުގެ އެ ކަމާ ގުޅޭ އިދާރާއަކަށް، ދައުލަތުގެ އެ އިދާރާއަކުން ބަދަލުކުރާންވާނެ އެވެ.
- ހޯދާން އެދޭ މައުލޫމާތަކީ، އެ ހުށަހެޅުން ހުށަހަޅައިފައިވާ، ދައުލަތުގެ އެ އިދާރާގެ ތެރޭގައި ހިމެނޭ މައުލޫމާތަކަށް ނުވުމާއި، އެ މައުލޫމާތު ހޯދޭނީ ދައުލަތުގެ ކޮން އިދާރާއަކުންކަން، ދައުލަތުގެ އެ އިދާރާއަށް އެނގިފައިވުން، ނުވަތަ؛
- ހޯދުމަށް އެދޭ މައުލޫމާތު ހުރީ އެ ހުށަހެޅުން ހުށަހެޅުނު އިދާރާގައި ކަމުގައިވީ ނަމަވެސް އެކަން ހާމަކުރުން އެންމެ އައުލާކަން ބޮޑީ ދައުލަތުގެ އެހެން އިދާރާއަކުން ކަމުގައިވުން، އަދި؛
- އެ ހުށަހެޅުން ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރުމާ މެދު، އެ ގޮތަށް އެ ބަދަލުކުރެވޭ އިދާރާގެ އިއުތިރާޒެއް ނެތުން.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ހުށަހެޅުމެއް، ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކުރާ އިރު، އެކަން، އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން އަންގާންވާނެ އެވެ. އަދި އެ ހުށަހެޅުން އެ ގޮތަށް ބަދަލުކޮށްފިކަމާއި، އެ ގޮތަށް ބަދަލުކުރީ ކޮން ތާރީހެއްގައި ކޮން ސަބަބަކާ ހުރެކަން ވެސް އެ ފަރާތަށް އަންގާންވާނެ އެވެ.
(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ދައުލަތުގެ އެހެން އިދާރާއަކަށް ހުށަހެޅުމެއް ބަދަލުކުރާ ކަމުގައިވާ ނަމަ، އެ ހުށަހެޅުން އެ އިދާރާއަކަށް ލިބުނުތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުން ދައުލަތުގެ އެހެން އިދާރާއަކަށް ބަދަލުކޮށް ނިންމާންވާނެ އެވެ.
10 ވަނަ މާއްދާ - ލިޔުން ނޫން އެހެން ވަސީލަތެއްގައި ބަހައްޓައިފައިވާ މައުލޫމާތު
(ހ) ހޯދުމަށް އެދި ހުށަހެޅިފައިވާ މައުލޫމާތަކީ، ކަނޑައެޅިގެން ވަކި ލިޔުމެއްގައި ރައްކާކުރެވިފައިވާ މައުލޫމާތެއް ކަމަށް ނުވެފައި، އަދި އެ މައުލޫމާތަކީ އެހެން ކޮންމެވެސް ވަސީލަތެއްގައި ހުރި މައުލޫމާތުތަކެއްގެ ތެރެއިން ނަކަލުކުރަންޖެހޭ މައުލޫމާތެއް ކަމަށް ވެއްޖެ ނަމަވެސް، އެ މައުލޫމާތު ހޯދާން އެދި ހުށަހެޅި ހުށަހެޅުމަކީ ލިޔެފައިވާ ލިޔުމެއްގައިވާ މައުލޫމާތު ހޯދާން އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއް ކަމުގައި، ދައުލަތުގެ އެ އިދާރާއަކުން ގަބޫލުކުރާންވާނެ އެވެ. އަދި އެ މައުލޫމާތު އެ ހުރީ ލިޔެފައިވާ ލިޔުމެއްގެ ސިފައިގައި ކަމުގައި ވެސް މި ގަވާއިދުގެ މަގުސަދަށްޓަކައި ބަލާންވާނެ އެވެ.
(ށ) ލިޔުން ފިޔަވައި އެހެން ވަސީލަތެއްގައި ނުވަތަ އޯޑިއޯ ނުވަތަ ވީޑިއޯ ނުވަތަ އެހެން ސޮފްޓް ފޯމެޓެއްގައި ހުރި މައުލޫމާތެއް، އެ ހުރި ވަސީލަތަކުން ނުވަތަ އެ ފޯމެޓެއްގައި ދިނުމަކީ އެ މައުލޫމާތު ލިޔުމުން ދިނީ ކަމުގައި މި ގަވާއިދުގެ ބޭނުމަށްޓަކައި ބަލާންވާނެ އެވެ.
11 ވަނަ މާއްދާ - މައުލޫމާތު ހޯދާން އެދި ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުން
އަންނަނިވި ކަންކަން ދައުލަތުގެ އެ އިދާރާއަކުން ކޮށް ނިންމާންވާނެ އެވެ.
- ހޯދާން އެދިފައިވާ މައުލޫމާތަކީ ވަގުތުން ދެވިދާނެ، ނުވަތަ ފަހުގެ މުއްދަތެއްގައި ދެވިދާނެ، ނުވަތަ ދިނުން ހުއްދަ ނޫން މައުލޫމާތެއް
ކަމަށްވާނަމަ، އެކަން. - އެ މައުލޫމާތެއް ދޫކުރާ އިރު އެއްވެސް ފީއެއް ނަގާންޖެހޭ ކަމަށްވާ ނަމަ، އެކަން.
- އެ މައުލޫމާތެއް 21 (އެކާވީސް) ދުވަހުގެ ތެރޭގައި ދޫނުކުރެވޭނެ ކަމަށް ވާނަމަ، އެކަން.
(ށ) މައުލޫމާތެއް ހޯދާން މީހަކު ހުށަހަޅާތާ 21 (އެކާވީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާ ގުޅޭ ގޮތުން އެއްވެސް އެންގުމެއް، ހުށަހެޅި ފަރާތަށް އަންގައިފައި ނުވާ ނަމަ، އެއީ، ހޯދާން އެދި ހުށަހެޅި މައުލޫމާތު ދައުލަތުގެ އެ އިދާރާއަކުން ދޫނުކުރީ ކަމުގައި މި ގަވާއިދުގެ މަގުސަދަށްޓަކައި ބެލެވޭނެ އެވެ.
12 ވަނަ މާއްދާ - ހުށަހެޅުންތަކަށް އިޖާބަދިނުން
ދާން އެދި ހުށަހަޅާ ހުށަހެޅުމެއް ދައުލަތުގެ އިދާރާއަކަށް ލިބިއްޖެ ނަމަ، އަންނަނިވި ގޮތުގެ މަތިން، އެ ހުށަހެޅުމަކަށް ލިޔުމުން ޖަވާބުދޭންވާނެ އެވެ.
(ހ) ހުށަހެޅުން ގަަބޫލުކުރެވޭ ކަމަށްވާ ނަމަ އެކަން، އަދި ހުށަހެޅުމުގައިވާ މައުލޫމާތު ދޫކުރުމަށްޓަކައި ދައްކަންޖެހޭ ފީގެ ފައިސާގެ ޖުމުލައާއި މައުލޫމާތު ދޫކުރާނެ ގޮތް.
(ށ) ހުށަހެޅުން ގަބޫލު ކުރެވޭން ނެތްކަމަށްވާ ނަމަ، ގަބޫލުކުރެވޭން ނެތްކަމާއި، ގަބޫލުކުރެވޭން ނެތް ސަބަބު.
(ނ) ހުށަހެޅުމުގައިވާ މައުލޫމާތު ދައުލަތުގެ އެ އިދާރާއަކުން ލިބޭން ހުރިކަން ނުވަތަ ނެތްކަން.
(ރ) ހުށަހެޅުމުގައިވާ މައުލޫމާތު ދައުލަތުގެ އެ އިދާރާއެއްގައި ހުރިނަމަވެސް މައުލޫމާތު ދޫކުރެވޭން ނެތް ސަބަބު.
(ބ) ހުށަހެޅުމުގައިވާ މައުލޫމާތު 21 (އެކާވީސް) ދުވަހުގެތެރޭގައި ދޫކުރެވޭން ނެތްކަމަށްވާ ނަމަ، އެކަން ކުރެވެން ނެތް ސަބަބު.
(ޅ) މި މާއްދާގެ (ށ) ނުވަތަ (ނ) ނުވަތަ (ރ) ނުވަތަ (ބ) ގައިވާ ގޮތަށް ޖަވާބުދިނުމާ ގުޅިގެން، މި ގާނޫނުގައިވާ ގޮތުގެ މަތިން އިސްތިއުނާފުކުރުމުގެ ހައްގު ހުށަހެޅުން ހުށަހެޅި ފަރާތަށް ލިބިފައިވާކަން.
13 ވަނަ މާއްދާ - ހޯދާން އެދޭ މައުލޫމާތު ދޭން އިންކާރުކުރުން
(ހ) މައުލޫމާތަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމުން އަންނަނިވި ހާލަތްތަކުގައި، އެ މައުލޫމާތެއް ދޫނުކުރުމަށް ދައުލަތުގެ އެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރަށް ކަނޑައެޅިދާނެ އެވެ.
- އެއީ ގާނޫނުގެ ދަށުން ނުވަތަ މި ގަވާއިދުގެ ދަށުން އިސްތިސްނާ ކުރެވިގެންވާ މައުލޫމާތަކަށްވެފައި، މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކުރެވިގެންވާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް އެ މައުލޫމާތު ނުފެތުން، ނުވަތަ؛
- ދައުލަތުގެ އެ އިދާރާގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި އާންމު އުސޫލުން ފީއެއް ދައްކައިގެން ނުވަތަ ފީއެއް ނުދައްކައި ނަމަވެސް ބޭނުން ފަރާތަކުން ބެލެން ހުންނަ މައުލޫމާތަކަށް އެދިފައިވުން، ނުވަތަ؛
- ދައުލަތުގެ އެ އިދާރާއެއްގެ ސިޔާސަތުތަކާއި އާދަކާދައާ އެއް ގޮތަށް، އެއްވެސް ފީއެއް ނެގުމަކާ ނުލައި، އާންމު އުސޫލެއްގެ ގޮތުން މީހުންނަށް ފެންނާނެހެން ބަހައްޓައިފައިވާ މައުލޫމާތަކަށްވުން، ނުވަތަ؛
- އާންމު އުސޫލުން ގަންނަން ލިބޭ ގޮތަށް ހުރި މައުލޫމާތަކަށްވުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްކަމުގައިވީ ނަމަވެސް، މި ގަވާއިދުގެ ދަށުން ނުވަތަ ގާނޫނުގެ ދަށުން އިސްތިސްނާ ކުރެވިފައިވާ މައުލޫމާތެއް އިސްތިސްނާކުރެވިގެން ވަނީ އޭގައި ހިމެނިގެންވާ ވަކި މައުލޫމާތަކާ ގުޅިގެންކަމަށްވާ ނަމަ، އެ ބައެއް އުނިކުރުމަށްފަހު އެ މައުލޫމާތެއްގެ ބާކީ ބައި ދޫކުރެވިދާނެ ހާލަތްތަކުގައި، އެ މައުލޫމާތެއް އެ ގޮތަށް ދޫނުކޮށް ހިފެހެއްޓުމަކަށް، ދައުލަތުގެ އެ އިދާރާއިން ކަނޑައަޅައިގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތެއް ދޫނުކުރާން ދައުލަތުގެ އިދާރާއަކުން ކަނޑައަޅައިފި ނަމަ، އެ ކަން އެ ގޮތަށް ކަނޑައެޅި ސަބަބު، އެ މައުލޫމާތަށް އެދުނު ފަރާތަށް، ލިޔުމުން އަންގާންވާނެ އެވެ.
(ރ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މައުލޫމާތެއް ދޫކުރާން އިންފޮމޭށަން އޮފިސަރު އިންކާރުކުރާ ހާލަތުގައި، އެ މައުލޫމާތެއް ލިބެން ހުންނާނެ ތަނެއް ނުވަތަ ދައުލަތުގެ އިދާރާއެއް ނުވަތަ އުސޫލެއް އެ މައުލޫމާތަށް އެދުނު ފަރާތަށް އިންފޮމޭށަން އޮފިސަރު އަންގައިދޭންވާނެ އެވެ.
14 ވަނަ މާއްދާ - މައުލޫމާތެއް ދިނުން ފަސްކުރުން
(ހ) ހޯދާން މީހަކު އެދޭ މައުލޫމާތެއް، އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެގެން، އެ މައުލޫމާތަށް އެދުނު ވަގުތު ދެވޭން ނެތްކަމުގައިވާ ނަމަ، އެ މައުލޫމާތު ދޫކުރެވިދާނެ ވަގުތު ކަނޑައަޅައި، އެ ވަގުތަކާ ހަމައަށް އެ މައުލޫމާތު ދިނުން ފަސްކުރެވިދާނެ އެވެ.
- މި ގަވާއިދުގެ ދަށުން ނުވަތަ އެއްވެސް ގާނޫނެއްގެ ދަށުން ވިޔަސް އާންމުކޮށް ށާއިއުކުރާންޖެހޭ މައުލޫމާތަކަށް ވެފައި، އެކަން ކުރާންޖެހޭ ވަގުތު އަދި އައިސްފައި ނުވުން.
- އެއީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާންޖެހޭ މައުލޫމާތަކަށްވެފައި، އެ މައުލޫމާތު ހުށަހެޅުމުގެ ވަގުތު އަދި އައިސްފައި ނުވުން.
- އެއީ ގާނޫނެއްގެ ދަށުން ނުވަތަ ހިނގަމުންދާ ކަމަކާ ގުޅޭ ގޮތުން ނުވަތަ ކުރިއަށް ރާވައިފައިވާ ކަމަކާ ގުޅޭ ގޮތުން ވަކި ފަރާތަކަށް ހުށަހަޅާންޖެހޭ މައުލޫމާތަކަށްވެފައި، އެ ފަރާތަކަށް އެ މައުލޫމާތެއް ހުށަހެޅުމުގެ ވަގުތު އަދި އައިސްފައި ނުވުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތެއް ދެވޭން އޮތް ވަގުތު ފަސްކުރާން އިންފޮމޭށަން އޮފިސަރު ކަނޑައަޅައިފި ނަމަ، އެ ކަން އެ ގޮތަށް ކޮށްފިކަމާއި އެ ކަން އެ ގޮތަށް ކުރި ސަބަބާއި އެ މައުލޫމާތު ދެވޭނެ ދުވަހެއް، އެ މައުލޫމާތަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެ އެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މައުލޫމާތެއް ދިނުން ފަސްކޮށްފިކަމަށް އެ މައުލޫމާތަކަށް އެދި ހުށަހެޅި ފަރާތަށް އެންގުމުން، އެ އެންގުން އެ ފަރާތަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދައުލަތުގެ އެ އިދާރާއެއްގެ މުރާޖައާ ކޮމިޓީއަށް ށަކުވާ ހުށަހެޅުމުގެ ހައްގު މައުލޫމާތަށް އެދުނު މީހާއަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ހުށަހަޅާ ށަކުވާއަކާ ގުޅިގެން ދައުލަތުގެ އެ އިދާރާއެއްގެ މުރާޖައާ ކޮމިޓީގެ ނިންމުމަކީ ވެސް އެ މައުލޫމާތެއް ދިނުން ފަސްކުރުން ކަމުގައިވާ ނަމަ، އެ ކަން އެ ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން އަަންގާންވާނެ އެވެ. އަދި އެ އެންގުން އެ ފަރާތަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށްޓަކައި އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް ހުށަހެޅުމުގެ ހައްގު މައުލޫމާތު ހޯދާން އެދުނު މީހާއަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - މައުލޫމާތު ދެވިދާނެ ގޮތްތައް
(ހ) ހޯދާން މީހަކު އެދޭ މައުލޫމާތު، އަންނަނިވި ގޮތްތަކުން ކުރެ ގޮތަކަށް އެމީހަކަށް ދެވިދާނެއެވެ.
- އެއީ ފެންނަން އޮތް މައުލޫމާތެއް ކަމަށްވާ ނަމަ، އެ މައުލޫމާތެއް ދިރާސާކުރުމަށް ނުވަތަ ބެލުމަށް އޭނާއަށް އެކަށީގެންވާ ފުރުސަތު ފަހިކޮށްދިނުން.
- އެ މައުލޫމާތެއްގެ ކޮޕީއެއް އޭނާއާ ހަވާލުކުރުން.
- އެހެން އެއްޗެއް ބޭނުންކޮށްގެން ނުވަތަ އެހެން އެއްޗެއް ބޭނުންކުރުމަކާ ނުލައި، އަޑުއެހޭ ގޮތަށް ނުވަތަ ލޮލަށް ފެންނާނޭ ގޮތަށް އެކުލަވައިލެވިފައިވާ މައުލޫމާތެއް ކަމުގައިވާ ނަމަ، އެ މީހާއަށް އެ އެއްޗެއް ައޑުއެހުމުގެ ނުވަތަ ބެލުމުގެ ފުރުސަތު ފަހިކޮށްދިނުން.
- ޓު ހޭންޑުން ލިޔެފައިވާ ނުވަތަ ރެކޯޑުކޮށްފައިވާ ރެކޯޑެއް ކަމުގައިވާ ނަމަ، އެ ރެކޯޑުގައި ބުނާ އެއްޗެއް ދޭހަވާ ގޮތަށް ތައްޔާރުކޮށް އޭގެ ކޮޕީއެއް ދިނުން.
(ށ) މައުލޫމާތަށް އެދި ހުށަހަޅާ އިރު، އެ މައުލޫމާތު ދޭން، މި މާއްދާގެ (ހ) ގައިވާ ގޮތްތަކުގެ ތެރެއިން ގޮތެއް، އެ މައުލޫމާތަށް އެދި ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވާ ނަމަ، އަދި އޭނާ އެދިފައިވާ ގޮތަކީ އެކަން އެ ގޮތަށް ކުރާން އެކަށީގެންވާ ކަމެއް ކަމުގައި ވާ ނަމަ، އެ މައުލޫމާތެއް ދޫކުރާންވާނީ، އެ މައުލޫމާތަށް އެދިފައިވާ ގޮތަކަށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، މައުލޫމާތަށް އެދޭ ގޮތަށް އެ މައުލޫމާތެއް ދޫކުރުމުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ދިމާވާ ކަމަށްވާ ނަމަ، އެދިފައިވާ ގޮތް ނޫން އެހެން ގޮތަކަށް އެ މައުލޫމާތެއް ދޫކުރެވިދާނެ އެވެ.
- ބޭނުންވާ ގޮތަށް މައުލޫމާތެއް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތަކީ، ދައުލަތުގެ އެ އިދާރާގެ އާންމު މަސައްކަތަށް ހުއްޓުމެއް އަތުވެދާނޭ ނުވަތަ ވަރަށް ބޮޑަށް ދަތިވެދާނޭ ކަމަކަށްވުން.
- އެދިފައިވާ ގޮތަށް އެ މައުލޫމާތެއް ދޭ ދަނޑިވަޅުގައި އެ އެއްޗެއްގެ އަސްލަށް އުނިކަމެއް އަތުވެދާނޭ ނުވަތަ އޭގެ އަސްލު ދެމެހެއްޓުމަށް ދަތިވެދާނޭ ފަދަ ހާލަތެއް ދިމާވުން.
- ކޮޕީރައިޓްގެ މައްސަލައެއް ނުކުމެދާނެ ކަމަށްވުން.
(ރ) މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މައުލޫމާތެއް ހޯދާން އެދުނު ގޮތާއި، އެ މައުލޫމާތެއް ދޫކުރެވެން އޮތް ގޮތް ތަފާތުވާ ނަމަ، އަދި އެކަމުން އެ މައުލޫމާތު ދޫކުރުމުގެ ފީ ބޮޑުވާކަމަށްވާ ނަމަ، އެކަން، އެ މައުލޫމާތަށް އެދުނު ފަރާތަށް ވިސްނައިދޭންވާނެ އެވެ. އަދި، އެ މައުލޫމާތު އެ ގޮތަށް ދޭނީ، ފީގެ މިންވަރު ބޮޑުވިކަމުގައި ވީނަމަވެސް، އެ މައުލޫމާތު އެ ގޮތަށް ބޭނުންވާ ކަމަށް، އެ މައުލޫމާތަށް އެދުނު ފަރާތުން އެއްބަސްވާކަމަށްވާ ނަމަ އެވެ.
(ބ) މައުލޫމާތެއް ތައްޔާރުކޮށްފައި އޮތީ، އެއް ބަހަށް ވުރެ ގިނަ ބަހުން ކަމަށްވާ ނަމަ، އެ މައުލޫމާތެއް ދޭންވާނީ، އެމައުލޫމާތެއް ތައްޔާރުކޮށްފައި އޮތް ބަސްތަކުގެތެރެއިން އެ މައުލޫމާތަށް އެދުނު މީހާ އިހްޔިތާރުކުރާ ބަހަކުންނެވެ. މިހެން މި އުސޫލު އޮތް ނަމަވެސް، މައުލޫމާތު ތައްޔާރުކޮށްފައި އޮތީ، ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން ނުވަތަ އެ ދެ ބަހުން ކަމުގައިވާ ނަމަ، އެ ދެ ބަހުންކުރެ ބަހަކުން އޮތް މައުލޫމާތެއް ދޫކުރުމުން މި އަކުރުގައިވާ އުސޫލަށް ތަބާވެވުނީ ކަމުގައި ބެލެވޭނެ އެވެ.
16 ވަނަ މާއްދާ - މީހެއްގެ މައުލޫމާތެއް ރަނގަޅުކޮށްދޭން އެދި ހުށަހެޅުމުގެ ހައްގު
ދައުލަތުގެ އިދާރާއެއްގެ މައުލޫމާތެއް މީހަކު ބަލާން ދެއްކުމުން ނުވަތަ އޭގެ ކޮޕީއެއް ދިނުމުން އޭނާ އެ މައުލޫމާތެއް ބެލުމަށް ފަހު، އޭގައި ރަނގަޅުކުރާން ޖެހޭ ކަމެއް ހުރިކަމަށް ބަޔާންކޮށް އަންނަނިވި ހާލަތްތަކުގައި ހުށަހަޅައިފިކަމަށްވާ ނަމަ، އެ ކަމުގެ ހަގީގަތް ބަލައި، ހަގީގަތާ އެއް ގޮތަށް އެ މައުލޫމާތު ދައުލަތުގެ އެ އިދާރާއަކުން ރަނގަޅުކުރާންވާނެ އެވެ.
(ހ) އެ މައުލޫމާތެއްގައި ވަނީ އެ މައުލޫމާތު ހޯދާން އެދި ހުށަހެޅި ފަރާތުގެ އަމިއްލަ ޒާތީ މައުލޫމާތު ކަމުގައިވުން.
(ށ) ދައުލަތުގެ އިދާރާއިން ކުރާ އިދާރީ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން އެ މައުލޫމާތަކީ ބޭނުންކުރާންޖެހޭ މައުލޫމާތަކަށްވުން.
(ނ) އެ މައުލޫމާތަކީ އެ މައުލޫމާތު ނިސްބަތްވާ ފަރާތުން ދެކޭ ގޮތުގައި ސައްހަ ނޫން ނުވަތަ ތެދު ނޫން ނުވަތަ ފުރިހަމަ ނޫން، ނުވަތަ ކަމެއް އޮޅިގެން ހިނގައިދާ ފަދަ މައުލޫމާތުކަމުގައިވުން.
17 ވަނަ މާއްދާ - ދައުލަތުގެ އިދާރާގައި ހުރި މައުލޫމާތު ރަނގަޅުކުރާން އިންކާރުކުރުން
ދަައުލަތުގެ އިދާރާގައިވާ މައުލޫމާތު ރަނގަޅުކޮށްދޭން އެދި، މީހަކު ހުށަހެޅުމުން އެ ކަން ނުކުރާން ދައުލަތުގެ އިދާރާއަކަށް އަންނަނިވި ހާލަތްތަކުގައި ނިންމިދާނެ އެވެ.
(ހ) އެ މައުލޫމާތަކީ ފުރިހަމަ، ރަނގަޅު އަދި އޭގެ އަސާސީ އެއްވެސް ކަމެއް އޮޅިގެން ނުދާނޭ ގޮތަށް ހުރި މައުލޫމާތެއްކަން ދައުލަތުގެ އެ އިދާރާއަކަށް ކަށަވަރުވުން.
(ށ) މައުލޫމާތު ރަނގަޅުކޮށްދޭން އެދި ހުށަހެޅި ހުށަހެޅުމުގައި ތެދު ނޫން ނުވަތަ އޮޅިގެން ހިނގައިދާ ފަދަ ކަމެއް ހިމެނިގެންވާ ކަމަށް ދައުލަތުގެ އެ އިދާރާއަކަށް ކަށަވަރުވުން.
(ނ) ރަނގަޅުކޮށްދޭން އެދޭ މައުލޫމާތު ރަނގަޅުކޮށްދެވޭނީ، ވަކި ގާނޫނެއްގައިވާ ވަކި އުސޫލަކުން އަމަލުކުރުމުން ކަމަށް ކަނޑައެޅިފައިވުމާއެކު، އެ ގޮތަށް އަމަލުކޮށްފައި ނުވުން.
18 ވަނަ މާއްދާ - ވަކި ކަމެއް ފާހަގަވާ އިބާރާތެއް ހިމެނުން
ދަައުލަތުގެ އިދާރާއެއްގައިވާ، މީހެއްގެ މައުލޫމާތަކީ ރަނގަޅު ނޫން ނުވަތަ ތެދު ނޫން، ނުވަތަ ފުރިހަމަ ނޫން މައުލޫމާތެއްކަމަށް ފެނިގެން މީހަކު ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މި ގަވާއިދުގެ ދަށުން އެކަން ރަނގަޅުކުރާން ދައުލަތުގެ އެ އިދާރާއަކުން އިންކާރުކޮށްފި ނަމަ، އަންނަނިވި ދެ ކަމުންކުރެ ކަމަކާ ގުޅޭ ގޮތުން އެ މައުލޫމާތުގައި ވަކި އިބާރާތެއް ހިމަނައި ދިނުމަށް އެ މީހާއަށް ހުށަހެޅިދާނެ އެވެ.
(ހ) އެ ހުށަހެޅުން ހުށަހަޅާ މީހާގެ ނަޒަރުގައި ވަކި ކަމަކީ ސައްހަ ނޫން، ނުވަތަ ތެދު ނޫން، ނުވަތަ އޮޅިގެންދާ ފަދަ މައުލޫމާތު ކަމުގައި ފެންނަކަމަށް، ނުވަތަ؛
(ށ) އެ މައުލޫމާތަކީ ތެދު ނޫން ނުވަތަ ސައްހަ ނޫން މައުލޫމާތު ކަމުގައިވާ ނަމަ، އެ މައުލޫމާތުގެ ސައްހަ ގޮތަކީ ނުވަތަ ފުރިހަމަ ގޮތަކީ ނުވަތަ ރަނގަޅު ގޮތަކީ ކޮބައިކަން އެ މީހާ ބަޔާންކުރާ ގޮތް.
19 ވަނަ މާއްދާ - ހިދުމަތަށް ފީއެއް ނެގުން
(ހ) މި ގަވާއިދުގެ ދަށުން ދައުލަތުގެ އިދާރާއަކުން މައުލޫމާތެއް ދޫކުރުމުގައި، އަންނަނިވި ހިދުމަތަށް ފީއެއް ނެގުން 19 ގޮތުގެ މަތީން ފީއެއް ނެގިދާނެ އެވެ.
- ފޮޓޯ ކޮޕީ ނަގާންޖެހޭ އެއްޗެއް ނަމަ، ޗާޕުކުރާ ކަރުދާހުގެ އަގާއި ޗާޕުގެ އަގާއެކު ކޮންމެ ގަނޑަކަށް 1 (އެކެއް) ރުފިޔާ
- ކޮމްޕެކްޓް ޑިސްކިޓަކަށް ރެކޯޑްކުރާންޖެހޭ އެއްޗެއް ނަމަ ކޮންމެ ޑިސްކިޓަކަށް 5 (ފަހެއް) ރުފިޔާ
- (މައުލޫމާތު ހޯދާން އެދޭ މީހާ، ކަރުދާސް ގެނެސްދީފި ނަމަ، ކޮޕީ ނަގާ ކޮންމެ ފުށަކަށް 25 (ފަންސަވީސް) ލާރި
- ކޮންޕިޔުޓަރުން ޕްރިންޓް ކުރާން ޖެހޭ އެއްޗެއް ނަމަ ކޮންމެ ގަނޑަކަށް 2 (ދޭއް) ރުފިޔާ
- ކުލަކޮށް ޕްރިންޓްކުރާ ނަމަ ކޮންމެ ފުށަކަށް 10 (ދިހައެއް) ރުފިޔާ
- ފްލޭށް ޑްރައިވްއެއް ނުވަތަ ޕެންޑްރައިވްއެއް ނުވަތަ ހާޑްޑިސްކިޓެއް ނުވަތަ ސީޑީއެއް ފަދަ ވަސީލަތެއް ހިފައިގެން އައި ކަމަށް ވެފައި، އެ މައުލޫމާތަކީ އެ ގެނައި އާލާތަކަށް ނަގުލުކުރެވޭނެ މައުލޫމާތަކަށް ވާނަމަ ހިލޭ
(ށ) ދައުލަތުގެ އިދާރާއަކުން މައުލޫމާތެއް ދިނުމުގައި އެ މައުލޫމާތު ދޭންޖެހޭ މުއްދަތުގެ ތެރޭގައި އެ މައުލޫމާތެއް ދިނުމުގައި ފީއެއް ނެގޭ ގޮތަށް އޮތް ނަމަވެސް، އެ މައުލޫމާތު ދޭންޖެހޭ މުއްދަތު ފަހަނައަޅައި ދާ ފަހުން އެ މައުލޫމާތެއް ދޭކަމަށްވާ ނަމަ، އެ މައުލޫމާތު ދިނުމަށް ފީއެއް ނަގައިގެން ނުވާނެއެވެ.
(ނ) ފީ ނެގުމަކީ ކުރެވިދާނެ ކަމެއް ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައި ވީ ނަމަވެސް އެ އިދާރާއަކުން އެކަމަކަށް ހޭދަވާ އެއްޗަކަށް ފިޔަވައި، އެކަމަށް ކުރާ މަސައްކަތަކަށް ނުވަތަ ދޭ ހިދުމަތަކަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ އެވެ.
(ރ) ދައުލަތުގެ އިދާރާއަކުން ހޯދާން އެދޭ މައުލޫމާތަކީ، މި ގަވާއިދުގެ ދަށުން ދޫޫކުރެވޭންޖެހޭ މައުލޫމާތު ކަމުގައިވާ ނަމަ، އެ މައުލޫމާތަށް އެދުމުން، އެކަމަށް ހިނގާނެ ފީގެ މައުލޫމާތު އެ މައުލޫމާތަށް އެދުނު ފަރާތަށް އެންގުމުގެ ކުރީން އެ މައުލޫމާތު ނަކަލުކުރުމަށް އެއްވެސް ހަރަދެއް ކޮށްގެނެއް ނުވާނެ އެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައްޗަކަށް ނުހިނގާނެއެވެ.
20 ވަނަ މާއްދާ - އާންމު މަސްލަހަތަށް އިސްކަންދިނުން
(ހ) މި ގަވާއިދުގައި ހިމެނޭ ކޮންމެ މާއްދާއެއް ވެސް ކިޔާންވާނީ، ނުވަތަ މާނަކުރާންވާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްވެސް އުސޫލަކަށް ހަނިކަމެއް ނުވަތަ އުނިކަމެއް ނާންނާނެ ގޮތުގެ މަތީންނެވެ.
(ށ) މި ގަވާއިދުގައި ހިމެނޭ އެއްވެސް މާއްދާއެއްގައި، އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ވަކި މައުލޫމާތަކަށް އެދުމުން އެ މައުލޫމާތެއް ދޭން އިންކާރުކުރުމަށް ވުރެ، އެ މައުލޫމާތު ދިނުމުގައި ރައްޔިތުންގެ މަސްލަހަތު ބޮޑުކަމުގައި ވާ ނަމަ، އަދި އެ މައުލޫމާތު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އެ މައުލޫމާތު ހާމަކުރުމުގައި މަސްލަހަތު ބޮޑުކަމުގައިވާ ނަމަ، ނުވަތަ އެ މައުލޫމާތެއް ހާމަކުރުމުން ލިބިދާނެ އުނދަގުލަކަށްވުރެ އެކަމުން ލިބޭނެ އާންމު ފައިދާ ބޮޑު ނަމަ އެ މައުލޫމާތެއް އެ އިދާރާއަކުން ދޫކުރާންވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ވަކި މައުލޫމާތެއް ދޫކުރުމަކީ އާންމު މަސްލަހަތަށް އުނިކަމެއް އަތުވެދާނެ ކަމެއްކަމަށް ބަޔާންކޮށް އެ ފަދަ މައުލޫމާތެއް ދޫނުކުރާން ނިންމާ ހާލަތުގައި ހަމައެކަނި އަންނަނިވި ކަންކަމީ އާންމު މަސްލަހަތަށް އުނިކަން އަތުވެދާނެ ކަންކަން ކަމުގައެއް ނުބެލެވޭނެއެވެ.
- ދައުލަތުގެ އިދާރާއަކުން ކަމެއް ކޮށްފައިވާ ގޮތް މީހުންނަށް އެނގިއްޖެ ނަމަ، ޖަވާބުދާރީވާން، އެ އިދާރާއަކަށް އުނދަގޫވެދާ ފަދަ މައުލޫމާތެއް ހިމެނިފައި ވުން.
- ދައުލަތުގެ އިދާރާއަކާ މެދު އިތުބާރު ކުޑަވާ ފަދަ މައުލޫމާތެއް ހިމެނިފައިވުން.
- އޭގައި ހިމެނިފައިވާ މައުލޫމާތުން ބައެއް އުނިވެފައި އޮތުމުގެ ސަބަބުން އޭގެ މާނަ ރަނގަޅު ނޫން ގޮތެއްގައި ދޭހަވެދާނެކަމަށް ފެނުން.
21 ވަނަ މާއްދާ - މައުލޫމާތުގެ ބައެއް ދޫކުރުން
މައުލޫމާތަކަށް އެދުމުން ދޫކުރާންޖެހޭ މައުލޫމާތުގެ ވަކި ބަޔަކީ، މި ގަވާއިދުގެ ދަށުން އިސްތިސްނާކުރާންޖެހޭ މައުލޫމާތު ހިމެނޭ ބައެއް ކަމުގައިވާ ނަމަ، އެ ބައެއް އެ މައުލޫމާތަކުން އުނިކުރުމަށް ފަހު، އެ މައުލޫމާތެއްގެ ދޫކުރެވެން އޮތް ބައި ދޫކުރާންވާނެއެވެ.
22 ވަނަ މާއްދާ - ސިއްރުހިފެހެއްޓުން ށަރުތުކޮށް ލިބިފައިވާ މައުލޫމާތު
އަަންނަނިވި މައުލޫމާތު ދޫކުރުން މި ގަވާއިދުން އިސްތިސްނާވެގެންވެއެވެ.
(ހ) ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން އެކަމެއް ހާމަކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާ ކަމެއް ހާމަކުރަންޖެހޭ ފަދަ މައުލޫމާތު.
(ށ) އެ މައުލޫމާތެއް ދޫކޮށްފި ކަމުގައިވާ ނަމަ، ސިއްރު ނުހިފެހެއްޓިކަމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލިދާނެ މައުލޫމާތު.
ނ) އެ މައުލޫމާތު ދޫކޮށްފިކަމުގައިވާ ނަމަ، ދެން، އޭގެފަހުން ސަރުކާރަށް އެފަދަ މައުލޫމާތެއް ލިބުމަށް ހުރަސްއެޅިދާނެ ފަދަ މައުލޫމާތު.
(ރ) އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމަކީ، އެ ހާލަތުގެ އިންސާފަށާއި އަދުލަށް ބަލާއިރު، އެންމެ މަސްލަހަތުހުރި ގޮތް ކަމުގައިނުވާ ނަމަ، އެފަދަ މައުލޫމާތު.
- އެ މައުލޫމާތެއް ހާމަކޮށްފިކަމުގައިވާ ނަމަ، ގައުމުގެ އިގްތިސާދު ދެމެހެއްޓުމަށާއި ހިންގުމަށް ސަރުކާރަށް ލިބިގެންވާ ކުޅެދުންތެރިކަމަށް އުނިކަން އަތުވެދާނެ ފަދަ މައުލޫމާތު.
- މައުލޫމާތެއް ހާމަކުރާން ޖެހޭ ވަގުތުގެ ކުރިން އެ މައުލޫމާތެއް ހާމަކުރުމުގެ ސަބަބުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ނޭދެވޭ އަސަރެއް ފޯރައިދާނެ ފަދަަ މައުލޫމާތު.
- ށަރުއީ ކޯޓެއްގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން ލިބޭ ފަދަ މައުލޫމާތު.
- ށަރުއީ ގޮތުން ހުއްދަ ހާލަތްތަކެއްގައި، އާންމުކޮށް ހުޅުވައިލުމެއް ނެތި ހިންގައިފައިވާ ށަރީއަތެއްގައި ހިމެނޭ މައުލޫމާތު.
- އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުޑަ ކުއްޖެއްގެ ޒާތަށް ނުވަތަ ކަރާމަތަށް އުނިކަމެއް ލިބިދާ ފަދަ ޒާތީ، ނުވަތަ ގާނޫނީ، ނުވަތަ ށަރުއީ މައުލޫމާތު.
- އަންހެނުންނާ މެދު ނުވަތަ 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ހިންގާ އެކިއެކި ޖިންސީ ގޯނާއާއި އެހެނިހެން އެ ބާވަތުގެ ކުށުގައި، އަނިޔާ ލިބޭ ފަރާތް ހާމަވެދާނެ ނުވަތަ އެ ފަރާތުގެ ޒާތަށް ނުވަތަ ކަރާމަތަށް އުނިކަމެއް އަތުވެދާނެ ފަދަ މައުލޫމާތު.
23 ވަނަ މާއްދާ - ޒާތީ މައުލޫމާތު ދޫނުކުރުން
(ހ) ދައުލަތުގެ އިދާރާއަކުން ދޫކުރާން ޖެހޭ މައުލޫމާތަކީ، ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ކަމުގައިވާ ނަމަ، އެ މައުލޫމާތެއް އެ ތިންވަނަ ފަރާތުގެ ރުހުމާއެކުގައި މެނުވީ ދޫކޮށްގެންނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އެފަދަ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ދޫކުރުމަކީ، އާންމު މަސްލަހަތު ދެމެހެއްޓުމަށް މުހިންމުކަމެއް ކަމުގައި ފެނިއްޖެ ނަމަ، މި ގަވާއިދުގެ ދަށުން އެ އިދާރާއެއްގައި އެކުލަވައިލެވިފައި އޮންނަ މުރާޖައާ ކޮމިޓީގެ ހުއްދައާއެކު އެ މައުލޫމާތެއް އެ ސަބަބަށްޓަކައި އެ ނިސްބަތަށް ދޫކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ވާ މައުލޫމާތެއް ދޫކުރުމުގައި ގޮތެއް ނިންމާ އުނދަގޫވެއްޖެ ނަމަ އިންފޮމޭށަން ކޮމިށަނަރުގެ މަށްވަރާ ހޯދާންވާނެ އެވެ.
24 ވަނަ މާއްދާ - ގާނޫނީ އިމްތިޔާޒު
(ހ) ދޫކުރާންޖެހޭ މައުލޫމާތަކީ، ގާނޫނީ ގޮތުން ހިންގާ ތަހްގީގެއްގެ މައްޗަށް ބިނާކޮށް ނުވަތަ ހިނގަމުންދާ ށަރީއަތެއްގެ މައްޗަށް ބިނާކޮށް ގާނޫނީ އިމްތިޔާޒު ލިބިގެންވާ މައުލޫމާތެއް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދޫނުކުރުމުގެ އިހުތިޔާރު އެ އިދާރާއަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، ގާނޫނީ އިމްތިޔާޒުގެ މަންފާ ލިބިގެންވާ ފަރާތުން އެ އިމްތިޔާޒް ދޫކޮށްލައިފި ނަމަ، މި މާއްދާގައި ބުނާ އުސޫލެއް ދެން އެ މައުލޫމާތެއްގެ މައްޗަކަށް ނުހިނގާނެއެވެ.
25 ވަނަ މާއްދާ - ވިޔަފާރީގެ މައުލޫމާތު ދޫނުކުރުމުގެ އިހުތިޔާރޔ
އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރައިދާނެ މައުލޫމާތެއް ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އެ އިދާރާއަކަށް ލިބެގެންވެއެވެ.
(ހ) އެ މައުލޫމާތު ހޯދައިފައި ވަނީ، ހާމަނުކުރާނެކަމަށް އެއްބަސްވެގެން ކަމުގައިވުމާއެކު، ެ މައުލޫމާތުގައި ވިޔަފާރީގެ ސިއްރެއް ހިމެނިފައި ވާ ނަމަ، ނުވަތަ އެ މައުލޫމާތު ހާމަކޮށްފި ނަމަ، އެ، ތިން ވަނަ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ނުރަނގަޅު އަސަރުފޯރާނެ ކަމަށްވާ ނަމަ އެ ފަދަ މައުލޫމާތެއް.
(ށ) އެހެން ދައުލަތަކާއެކު ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކާއެކު އޮތް ގުޅުމެއްގެ ތެރެއިން، ނުވަތަ އެއްބަސްވުމެއްގެ ތެރެއިން ނުވަތަ ދެކެވެމުންދާ ވާހަކަތަކެއްގެ ތެރެއިން، ނުވަތަ ބަދަލުކުރެވެމުންދާ ލިޔެކިޔުމެއްގެ ތެރެއިން ހޯދައިފައިވާ ނުވަތަ ލިބިފައިވާ ނުވަތަ އެނގިފައިވާ މައުލޫމާތު ކަމަށްވުމާއެކު އަދި އެ މައުލޫމާތު ހާމަކުރުމަކީ އެ ދައުލަތަކާއެކު ނުވަތަ އެ ޖަމްއިއްޔާއަކާއެކު ދިވެހިރާއްޖެއިން ގާއިމުކޮށްފައިވާ ގުޅުމަށް ނުރަނގަޅު އަސަރެއް ފޯރައިދާނެ ނުވަތަ ނުރަނގަޅު އަސަރުކޮށްފާނެ މައުލޫމާތު.
(ނ) ހޯދާން އެދޭ މައުލޫމާތަކީ، އެ އިދާރާއަކުން ހިންގާ ރަސްމީ މަސައްކަތެއްގެ ތެރެއިން ލިބިފައިވާ ނުވަތަ ގެންގުޅޭން ޖެހޭ ނުވަތަ ބަލަހައްޓާންޖެހޭ، ދޭދޭ ދެފަރުދުންގެ ދެމެދުގައި ނުވަތަ އަމިއްލަ ދެ ކުންފުންޏެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކަށް ނުވަތަ މުއާމަލާތަކަށް ވެފައި، އެ މައުލޫމާތު ހާ ަމކޮށްފި ނަމަ، އެ ދެ ފަރާތުން ކުރެ ފަރާތެއްގެ ޒާތީ ނުވަތަ މާލީ ނުވަތަ ދަރަނީގެ ނުވަތަ ވިޔަފާރީގެ ސިއްރު ހާމަވާ ފަދަ މައުލޫމާތު.
26 ވަނަ މާއްދާ - ދޫކުރުން އިސްތިސްނާ ކުރެވިފައިވާ ބައެއް މައުލޫމާތު
ހޯދާން އެދޭ މައުލޫމާތަކީ، އެ މައުލޫމާތެއް ހާމަކޮށްފި ނަމަ، މީހެއްގެ ސިއްހަތަށް ނުވަތަ ފުރާނައަށް ނުވަތަ ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވާނެ މައުލޫމާތެއް ކަމުގައިވާ ނަމަ، އެ މައުލޫމާތެއް ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އެ އިދާރާއަކަށް ލިބިގެންވެއެވެ.
27 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުމުގައި ބޭނުންވާ މައުލޫމާތު
(ހ) އަންނަނިވި ކަންކަމާގުޅޭ މައުލޫމާތަކީ މި ގަވާއިދުގެ ދަށުން ދޫކުރުން އިސްތިސްނާ ކުރެވިގެންވާ މައުލޫމާތެވެ.
- ގާނޫނާ ހިލާފަށް މީހަކު އަމަލެއް ކޮށްފިކަމަކަށް ކުރެވޭ ތުހުމަތާ ގުޅިގެން ކުރަމުންދާ ތަހްގީގަކަށް ހުރަސްއެޅިދާނެ މައުލޫމާތު.
- މައުލޫމާތުދޭ ސިއްރު ފަރާތަކީ ކާކުކަން ދެނެގަނެވޭނެ މައުލޫމާތު.
- ގާނޫނެއް ހިންގުމުގައި ނުވަތަ ތަންފީޒުކުރުމުގައި ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މައުލޫމާތު.
- މީހެއްގެ ފުރާނަޔަށް ނުވަތަ ރައްކާތެރިކަމަށް ގެއްލުންލިބިދާނެ މައުލޫމާތު.
- މީހަކާ ބެހޭ ގޮތުން ހިނގަމުންދާ ށަރީއަތެއް އިންސާފުވެރިކަމާއެކު ހިންގުމަށް ހުރަސްއެޅިދާނެ މައުލޫމާތު.
- ގާނޫނާ ހިލާފަށް ކުރާ އަމަލުތައް ހިނގިޔަނުދިނުމަށްޓަކައި ނުވަތަ ދެނެގަތުމަށްޓަކައި ނުވަތަ ތަހްގީގުކުރުމަށްޓަކައި ނުވަތަ އެފަދަ ކަންކަމާގުޅޭ ގޮތުން މުއާމަލާތުކުރުމަށްޓަކައި ހެދިފައިވާ ސައްހަ އުސޫލެއްގެ ބޭނުންތެރިކަން ނެތިދާނެ މައުލޫމާތު.
- އިމާރާތެއްގެ ނުވަތަ ތަނެއްގެ ނުވަތަ ފުރައިދުއްވާ އުޅަނދެއްގެ ރައްކާތެރިކަމަށް ގެއްލުން ލިބިދާނެ މައުލޫމާތު.
- ކުށުގެ ތުހުމަތުގައި ހައްޔަރުކުރާންޖެހޭ މީހަކު ހައްޔަރުކުރުމަށް ހުރަސްއެޅިދާނެ ނުވަތަ ބަންދުކުރެވިފައިވާ މީހަކު ފިލާން ފަސޭހަވެދާ ފަދަ މައުލޫމާތު.
(ށ) އަންނަނިވި ބާވަތުގެ މައުލޫމާތު، މި މާއްދާގެ (ހ) ގެ ދަށުން ހިފެހެއްޓުން ހުއްދައެއް ނުވާނެ އެވެ.
- ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާއަށް ވުރެ ބޭރަށް ކަމެއްގެ ތަހްގީގު ހިނގައްޖެކަން ހާމަކޮށްދޭ މައުލޫމާތު.
- ގާނޫނާ ހިލާފަށް ކުރެވޭ އަމަލުތަކާ ގުޅޭ ގޮތުން ތަންފީޒީ އިދާރާތަކުން އަމަލުކުރާ ގޮތުގެ އާންމު އުސޫލު އަންގައިދޭ މައުލޫމާތު.
- ގާނޫނާ ހިލާފަށް ކުރެވޭ އަމަލުތައް ހުއްޓުވުމަށްޓަކައި ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގެ ކާމިޔާބީގެ މިންވަރު އަންގައިދޭ މައުލޫމާތު.
- ތަހްގީގުކުރެވެމުންދާ މީހާއަށް އާންމު އުސޫލުން އަންގައިދީފައިވާ މައުލޫމާތު.
28 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުމުގައި ބޭނުންވާ މައުލޫމާތު
އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރައިދާނެ މައުލޫމާތެއް ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ ކޮންމެ އިދާރާއަކަށް ލިބެގެންވެއެވެ.
(ހ) އަދުލު އިންސާފު ގާއިމުކުރުން.
(ށ) ނަގާންޖެހޭ ޓެކުހެއް ނުވަތަ ޑިއުޓީއެއް، ދެނެގަތުން ނުވަތަ ނެގުން.
(ނ) ރާއްޖެ އެތެރެވާ ފަރާތްތައް ކޮންޓްރޯލްކުރުމުގެ އުސޫލުތައް ހިންގުން.
(ރ) ކަމަކާ ގުޅިގެން މަދަނީ ދައުވާއެއް ނުވަތަ ޖިނާއީ ދައުވާއެއް އުފުލާންޖެހޭތޯ ނުވަތަ ގާނޫނީ އެއްވެސް ފިޔަވަޅެއް އަޅާންޖެހޭތޯ ބެލުން.
29 ވަނަ މާއްދާ - ދިފާއީ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދޫނުކުރުމުގެ އިހުތިޔާރު
(ހ) ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް، ގާނޫނުއަސާސީގައި މަނާ ކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެކަމުގެ ބިރު އޮތްކަމަށް ވާނަމަ، އެ ފަދަ މައުލޫމާތެއް ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އެ އިދާރާއަކަށް ލިބިގެންވެއެވެ.
(ށ) މި މާއްދާ ގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް އެ އުސޫލު އަންނަނިވި ކަންކަމަކަށް ނުހިނގާނެއެވެ.
- އިދާރީކަންކަމާއި ހިންގުމާ ގުޅިފައިވާ ކަންކަން.
- ކޮންޓްރެކްޓް އުސޫލުން ނުވަތަ ބީލަމުގެ އުސޫލުން ހަވާލުކުރެވޭ މަސައްކަތް.
- މުވައްޒަފުންނަށް ވަޒީފާދިނުމާއި ވަޒީފާއިން ވަކިކުރުން.
- އެނޫން ވެސް، އެ މައުލޫމާތެއް ހާމަކުރުމުން، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ހިމެނިގެން ނުވާ މައުލޫމާތު.
30 ވަނަ މާއްދާ - އާންމު އިގްތިސާދީ މަސްލަހަތު ހިމެނޭ މައުލޫމާތު
(ހ) އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެ މައުލޫމާތެއް ކުޅެދުންތެރިކަމާ ބެހޭ މައުލޫމާތު.
(ށ) ައުލަތުގެ އިދާރާއެއްގެ ގާނޫނީ ގޮތުން ސައްހަ ވިޔަފާރީގެ މަސްލަހަތަކަށް ގެއްލުންވެދާނެ ނުވަތަ މާލީ މަސްލަހަތާ ގުޅޭ މައުލޫމާތު.
31 ވަނަ މާއްދާ - ސިޔާސަތު ކަނޑައެޅުމާއި ހިންގުމާ ގުޅޭ މައުލޫމާތު
(ހ) އަންނަނިވި ބާވަތުގެ މައުލޫމާތު ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެ މައުލޫމާތެއް ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އެ އިދާރާއަކަށް ލިބެގެންވެއެވެ.
- ނަތީޖާ ހާސިލުކުރެވޭ ގޮތެއްގައި، ސަރުކާރުގެ ސިޔާސަތު އެކުލަވައިލުމަށް ހުރަސްއެޅޭ ފަދަ މައުލޫމާތު.
- ސިޔާސަތަކަށް އަމަލުކުރުމުން ލިބެން އޮތް ފައިދާ، އެ މައުލޫމާތެއް ހާމަކުރުމަށް އޮތް ވަގުތުގެ ކުރިން ހާމަކޮށްގެން، އެ ސިޔާސަތަށް އަމަލުކުރުމުން ލިބެން އޮތް ފައިދާއަށް އުނިކަން އަންނަ ފަދަ މައުލޫމާތު.
- ކަމެއް ވަޒަންކުރުމަށް ނުވަތަ ޓެސްޓްކުރުމަށް ނުވަތަ އޮޑިޓްކުރުމަށް ގެންގުޅޭ ހަމަތަކަށް އަމަލުކުރާން ހުރަހަކަށްވާ މައުލޫމާތު.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް އަންނަނިވި ކަންކަމުގެ މައްޗަކަށް އެ އުސޫލުތަކެއް ނުހިނގާނެ އެވެ.
- ފަންނީ ނުވަތަ ޓެކްނިކަލް މައުލޫމާތާއި،
- ތަފާސްހިސާބާއި،
- ކަންކަމުގެ ދިރާސާތަކާއި ތަހުލީލުތަކުގެ މައުލޫމާތު
32 ވަނަ މާއްދާ - ކެބިނެޓް ރެކޯޑް
(ހ) އަަންނަނިވި މައުލޫމާތު ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ ކޮންމެ އިދާރާއަކަށް ލިބިގެންވެއެވެ.
- ކެބިނެޓަށް ހުށަހަޅާން ތައްޔާރުކޮށްފައިވާ ލިޔުން.
- އެވަގުތު ކެބިނެޓަށް ހުށަހަޅައިފައިވާ ލިޔުން.
- ކެބިނެޓަށް ހުށަހަޅާން ތައްޔާރުކޮށްފައިވާ ލިޔުމެއްގެ ދެލިކޮޕީ ނުވަތަ ހުށަހަޅައިފައިވާ މައުލޫމާތެއްގެ ކޮޕީ ނުވަތަ ނަކަލު.
- އެ މައުލޫމާތެއް ހާމަކޮށްފިކަމުގައިވާ ނަމަ، ކެބިނެޓްގެ ނިންމުމެއް ނުވަތަ ކެބިނެޓްގައި ހިނގައި ދިޔަ މަށްވަރާތަކުގެ ތަފުސީލު ނުވަތަ އެ މަށްވަރާތަކުގައި ކާކުބުނީ ކީކޭކަން ނުވަތަ ވަކިވަކި މީހުން ދައްކައިފައިވާ ވާހަކަތައް ހާމަވެގެންދާ ފަދަ މައުލޫމާތު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ ތެރެއިން އަންނަނިވި ހާލަތްތައް މެދުވެރިވެފައިވާ ލިޔުމަކީ ކެބިނެޓްގެ ލިޔުމުގެ ތެރެއިން އިސްތިސްނާ ކުރެވިގެންވާ ލިޔުމެއް ނޫނެވެ.
- ކެބިނެޓަށް ހުށަހަޅާން ނުވަތަ ކެބިނެޓްގައި މަށްވަރާކުރުމަށް ތައްޔާރުކުރެވިފައިވާ އިދާރީ ތަފުސީލުތަކާއި، މާލީ ތަފުސީލުތަކާއި، ތަފާސްހިސާބުތަކުގެ ތަފުސީލުތައް ހިމެނޭ ލިޔުން.
- ކެބިނެޓަށް ހުށަހެޅި މުޅިން ނިމިފައިވާ މައްސަލައެއްގެ މައުލޫމާތު.
- އެ ލިޔުމެއް ހުށަހެޅި ފަހުން 10 (ދިހައެއް) އަހަރު ފާއިތުވެފައިވާ ލިޔުން.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި ކެބިނެޓްގެ ކޮމިޓީއާއި ކެބިނެޓް ކޮމިޓީއެއްގެ ސަބް ކޮމިޓީ ހިމެނިގެންވަނީ ކެބިނެޓްގެ މާނައިގެތެރޭގައެވެ.
33 ވަނަ މާއްދާ - ވަގުތު ކަނޑައެޅުން
މިި ގަވާއިދުގެ 22 ވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާއާއި 30 ވަނަ މާއްދާގައިވާ އުސޫލުތައް 10 (ދިހައެއް) އަހަރު ފުރިފައިވާ މައުލޫމާތުގެ މައްޗަކަށް ނުހިނގާނެއެވެ.
34 ވަނަ މާއްދާ - ތިންވަނަ ފަރާތެއްގެ މައުލޫމާތު ހާމަކުރުމުގައި އަމަލުކުރާނެ ގޮތް
(ހ) މި ގަވާއިދުގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާއާއި 26 ވަނަ މާއްދާއިން ރައްކާތެރިކޮށްދޭ ތިންވަނަ ފަރާތަކާގުޅޭ މައުލޫމާތު ހޯދާން އެދި، ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމެއް ލިބުމުން، އެ މައުލޫމާތެއް ދޫކުރާން ދައުލަތުގެ އެ އިދާރާގެ އިންފޮމޭށަން އޮފިސަރު ގަސްދުކުރާ ނަމަ، އެ ހުށަހެޅުން ލިބުނު ތާރީހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދޫކުރާން ގަސްދުކުރާކަން އެ ތިންވަނަ ފަރާތަށް އަންގާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެންގުމެއް ތިންވަނަ ފަރާތަށް ލިބުމުން، އެ މައުލޫމާތު ހާމަކުރުމާމެދު އިއުތިރާޒެއް އޮތް ނަމަ، އެ އެންގުމުގެ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އަނގަބަހުން ނުވަތަ ލިޔުމުން އެކަން އިންފޮމޭށަން އޮފިސަރަށް އަންގާންވާނެއެވެ.
(ނ) އެ މައުލޫމާތު ދޫކުރާން އިންފޮމޭށަން އޮފިސަރު ކަނޑައެޅުމުގައި އެ ތިންވަނަ ފަރާތުން އިއުތިރާޒުކުރާ ސަބަބުތަކަށް ރިއާޔަތްކޮށް، އެ މައުލޫމާތު ދޫކުރާން ނުވަތަ ދޫނުކުރާން ނިންމިދާނެއެވެ.
(ރ) ތިންވަނަ ފަރާތުގެ އިއުތިރާޒާއެކުގައި ވެސް އެ މައުލޫމާތު ދޫކުރާން އިންފޮމޭށަން އޮފިސަރު ނިންމައިފި ނަމަ، އެ ކަން އެ ގޮތަށް ކޮށްފިކަމާއި އެ ކަން ކުރި ސަބަބު ލިޔުމުން އެ ތިންވަނަ ފަރާތަށް އަންގާންވާނެއެވެ. އަދި، އެ ކަމާމެދު ހިތްހަމަނުޖެހޭ ނަމަ، އިލްތިމާސްކުރުމުގެ ފުރުސަތު މި ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ފަރާތަށް ލިބިގެންވާކަން ވެސް އެ ލިޔުމުގައި އިންފޮމޭށަން އޮފިސަރު ބަޔާންކުރާންވާނެއެވެ. އަދި، އިލްތިމާސް ކުރާންވީ ފަރާތާ ގުޅޭނެ ގޮތެއް ވެސް އޭގައި ބަޔާންކުރާންވާނެއެވެ.
(ބ) ތިންވަނަ ފަރާތަކުން އިއުތިރާޒުކުރާ މައުލޫމާތެއް އިންފޮމޭށަން އޮފިސަރު ޫކުރާންވާނީ، އެ ކަން އެ ގޮތަށް ކުރުން އެންމެ ރަނގަޅުކަމަށް އިލްތިމާސްކުރުމާއި މުރާޖައާކުރުމުގެ މަރުހަލާއިން ކަނޑައެޅުމުންނެވެ. މުރާޖައާ ކޮމިޓީގެ އިޒުނައާ ނުލައި، އެ ފަދަ މައުލޫމާތެއް އިންފޮމޭށަން އޮފިސަރު ދޫކޮށްގެން ނުވާނެއެވެ.
35 ވަނަ މާއްދާ - ގާނޫނު ބޭނުންކުރާނެ ގޮތް
މި ގަވާއިދުގެ ދަށުން އެކިއެކި މައުލޫމާތު ހޯދާާން މަސައްކަތް ކުރާނެ ގޮތުގެ އަމަލީ އުސޫލުތައް، ފަސޭހަކަމާއެކު ދެނެގަނެވޭނެ ގޮތަށް، ލިޔެ ތައްޔާރުކޮށް، ވީހައި ވެސް ފުޅާދާއިރާއެއްގައި، ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް އިންފޮމޭށަން ކޮމިށަނަރުގެ ލަފަޔާއެކު އިންފޮރމޭށަން އޮފިސަރުން ހަމަޖައްސާންވާނެއެވެ.
36 ވަނަ މާއްދާ - އިންފޮމޭށަން އޮފިސަރު
(ހ) އިންފޮމޭށަން އޮފިސަރެއް ނުވަތަ އިންފޮމޭށަން އޮފިސަރުން ދައުލަތުގެ ކޮންމެ އިދާރާއެއްގައި އެ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅާންވާނެއެވެ. އަދި އެ އިންފޮމޭށަން އޮފިސަރު ނުވަތަ އެ އިންފޮމޭށަން އޮފިސަރުންގެ ނަމާއި މަގާމާއި އޭނާއާ ނުވަތަ އެ ބަޔަކާ ގުޅޭނެ ގޮތް ރައްޔިތުންނަށް ވީހާ ވެސް ފުޅާ ދާއިރާއެއްގައި، އާންމުކޮށް ލިބޭނެ މަގު އެ އިދާރާއަކުން ފަހިކޮށްދޭންވާނެއެވެ.
(ށ) އެ އިދާރާއެއްގައި ވަޒީފާއަދާކުރާ މުވައްޒަފުން މަދުވުމުގެ ސަބަބުން، މި މާއްދާގެ (ހ) ގައި ބާޔާންކޮށްފައި ވާ ގޮތުގެ މަތީން އިންފޮމޭށަން އޮފިސަރުން އައްޔަނުކުރެވެން ނެތް ހާލަތެއް ދިމާޥެއްޖެ ނަމަ، އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ، އެކަން އިންފޮމޭށަން ކޮމިށަނަރުގެ ސަމާލުކަމަށް ގެނެސް އެ އިދާރާއަކުން އިންފޮމޭށަން އޮފިސަރުން ކަނޑައެޅުމާމެދު ގޮތެއް ނިންމާންވާނެއެވެ.
(ނ) އެ އިދާރާއެއްގެ މުވައްޒަފުން މަދުވުމުގެ ސަބަބުން އިންފޮރމޭށަން އޮފިސަރަކު ނުވަތަ މުރާޖައާކޮމިޓީ އައްޔަންކުރެވެން ނެތްކަމަށް އިންފޮމޭށަން ކޮމިށަނަރު ކަނޑައަޅައިފި ނަމަ، އެ އިދާރާއެއްގެ މައުލާތު ދޭނޭ އިންފޮމޭށަން އޮފިސަރުންނާއި މުރާޖައާ ކޮމިޓީގެ ކަންތައް ހަމަޖައްސާނީ އެ އިދާރާއެއްގެ ބެލެނިވެރި އިދާރާއަކުންނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އާންމުންނަށް މައުލޫމާތު ދިނުމުގެ އިތުރުން، ދައުލަތުގެ ކޮންމެ އިދާރާއަކުން ކަނޑައަޅާ އިންފޮމޭށަން އޮފިސަރުގެ މި ދަންނަވާ މައުލޫމާތު، އިންފޮމޭށަން އޮފިސަރު އައްޔަންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އިންފޮމޭށަން ކޮމިށަނަރަށް ލިޔުމުން އަންގާންވާނެ އެވެ.
- ފުރިހަމަ ނަމާއި އާންމުކޮށް ކިޔާ ނަން
- އޮފީހުގައި އޭނާ ހުންނަ ރަސްމީ މަގާމު
- .ގުޅޭނެ ފޯނު ނަންބަރު.
- އީމެއިލް އެޑްރެސް
- ރައް ުދކުރާންޖެހޭ ތަކެތި ހަވާލުކުރާނެ އެޑްރެސް
(ނ) އިންފޮމޭށަން އޮފިސަރުން ކަމުގައި ކަނޑައަޅާންވާނީ އޮފީހުގެ ވެރީންގެ ތެރޭގައި ނުހިމެނޭ މުވައްޒަފުންގެ ތެރެއިން މީހެކެވެ. މި ގަވާއިދުގެ ބޭނުމަށްޓަކަ ިއ ވެރީންކަމުގައި ބަލާނީ ޑިރެކްޓަރު ނުވަތަ އެ ފެންވަރުގެ މަގާމުތަކުން ފެށިގެން މަތީގެ މަގާމުތަކުގައި ތިބޭ މުވައްޒަފުންނެވެ.
(ރ) މި ގަވާއިދުގައި އިސްވެ ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ އިތުރުން، އަންނަނިވި ކަންކަން ވެސް، އިންފޮމޭށަން އޮފިސަރުން ކުރާންވާނެއެވެ.
(ނޯޓް: މި މާއްދާގެ (ނ) އަދި (ރ) ދެފަހަރު ހިމެނިފައިވޭ)
- އެ އިންފޮމޭށަން އޮފިސަރަކު ވަޒީފާ އަދާކުރާ އިދާރާއެއްގެ މައުލޫމާތު ބަލަހައްޓާނެ ގޮތާއި، މައުލޫމާތު އަރުށީފުކުރާނެ ގޮތާއި، މައުލޫމާތު ދޫކުރާނެ ގޮތެއްގެ ސިޔާސަތުތަކާއި އުސޫލުތައް މުރާޖައާކޮމިޓީއާއި އިންފޮމޭށަން ކޮމިށަނަރުގެ މަށްވަރާއާއެކު އެކަށައަޅައި، އެ އުސޫލުތަކަށް އަމަލުކުރުމާއި ކުރުވުމުގެ ރޫހު އާލާކުރުން.
- މި ގަވާއިދުގެ ދަށުން ހޯދާން އެދޭ މައުލޫމާތު ދޫކުރުމުގެ އިސް ޒިންމާ، ކޮންމެ އިދާރާއެއްގައިމެ އިންފޮމޭށަން އޮފިސަރުން އުފުލުމާއި، މައުލޫމާތު ހޯދާން އެެދޭ ފަރާތްތަކަށް އެހީތެރިވެދިނުމާއި، މި ގަވާއިދުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން މި ގަވާއިދުގެ 11 ،12 ،13 ،14 އަދި 15 ވަނަ މާއްދާގެ ދަށުން ނިންމާންޖެހޭ ނިންމުންތައް ނިންމުން.
(ބ) އިންފޮމޭށަން އޮފިސަރު އޭނާގެ މަސައްކަތްކުރުމުގައި އެންމެ ފުރިހަމައަށް ނަތީޖާ ނެރެދިނުމަށްޓަކައި، ދައުލަތުގެ އެ އިދާރާއެއްގައި ހުރި އެހެން މުވައްޒަފެއްގެ އެހީތެރިކަމަށް އެދެވިދާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން އެއްވެސް މުވައްޒަފެއްގެ އެހީތެރިކަމަށް ދައުލަތުގެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރު އެދިއްޖެ ނަމަ، އެ އެހީތެރިކަމެއް އެ މީހަކު ފޯރުކޮށްދޭންވާނެއެވެ. އަދި، މި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގައިފައިވާ ނަމަ އެ ކަމެއް ބެލުމުގެ ބޭނުމަށްޓަކައި، އެހީއަށް އެ އެދެވުނު މުވައްޒަފަކީ ވެސް އިންފޮމޭށަން އޮފިސަރެކޭ އެއްފަދަ މީހެއްކަމުގައި ބެލެވޭނެއެވެ.
(ކ) އިންފޮމޭށަން އޮފިސަރުކަމަށް ކަނޑައަޅައިފައިވާ މުވައްޒަފަކީ މަގާމުގެ މަސައްކަތްތަކުގެ އިތުރުން އިންފޮމޭށަން އޮފިސަރުގެ ހައިސިއްޔަތުން ވަރަށް ބޮޑު އަދި އެހާމެ ހުތޫރަތްތެރި މަސްއޫލިއްޔަތެއް އުފުއްލާން ޖެހޭ މީހަކަށްވާތީ، އެ ކަމަށްޓަކައި އޭނާގެ އަސްލު މަގާމުގެ މަސައްކަތްތައް ސިވިލް ސަރވިސް ކޮމިށަނުގެ މަށްވަރާއާއެކު ލުއިކޮށްދިނުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. ނުވަތަ މަސައްކަތް ލުއިކޮށްދެވެން ނެތް ނަމަ، ސިވިލް ސަރވިސް ކޮމިށަނާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަށްވަރާގެ މަތީން އިންފޮމޭށަން އޮފިސަރުންނަށް ހިދުމަތުގެ އެލަވަންސެއް ދިނުން ވެސް މި ގަވާއިދު މަނައެއް ނުކުރެއެވެ.
37 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި އާންމުކުރުމުގެ ޒިންމާ
(ހ) އަންނަނިވި ކަންކަމާ ގުޅޭ މައުލޫމާތު އެ ކަންކަމަށް އެކަނި ހަނިނުވާނެ ގޮތުގެ މަތިން، ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު، ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ އެއަށް ވުރެ އަވަސް މުއްދަތެއްގައި، ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތެއް، ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް އެހެން ފަރާތަކުން ނޭންގި ކަމުގައި ވިޔަސް، އާންމުކޮށް ށާއިއުކުރަމުން ގެންދާންވާނެއެވެ. އަދި މި ގޮތަށް ށާއިއުކުރުމަށް ފަހު އެކަން އިންފޮމޭށަން ކޮމިށަނަރަށް މަދުވެގެން އަހަރަކު 2) ދޭއް) ފަހަރު އަންގާންވާނެ އެވެ.
- ދައުލަތުގެ އިދާރާގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި، ވާޖިބުތަކުގެ ތަފުސީލު.
- ރައްޔިތުންނަށް ސީދާ ގޮތުގައި ދީފައިވާ ނުވަތަ ދެމުންދާ ހިދުމަތްތަކާ ގުޅޭ ތަފުސީލު.
- ދައުލަތުގެ އެ އިދާރާއަކުން ހިންގާ ކަމަކާ ގުޅޭ ގޮތުން ށަކުވާ އުފުލޭނެ އުސޫލު އަންގައިދޭ ތަފުސީލު، އަދި އެހާތަނަށް ލިބިފައިވާ ށަކުވާތައް އަންގައިދޭ ތަފުސީލު.
- ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރާ ގޮތް ފަސޭހައިން ވިސްނައިގަނެވޭނެ ތަފުސީލު.
- ދައުލަތުގެ އެ އިދާރާއަކުން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތާއި، އާންމުކޮށް ށާއިއުކުރާ މައުލޫމާތުގެ ބާވަތް، އަދި މައުލޫމާތަށް އެދުމުގައި އަމަލުކުރާންވީ އުސޫލު.
- ރައްޔިތުންނަށް އޭގެ އަސަރެއް ފޯރާ ގޮތަށް ނިންމައިފައިވާ ނިންމުންތަކާއި، ެ ނިންމުންތައް ނިންމައިފައިވާ ސަބަބުތަކާއި އެއިން ދޭހަވާ މާނަކުރުންތަކާއި، އެކަމާ ގުޅޭ ފަސްމަންޒަރު އަންގައިދޭ ތަފުސީލު.
- ދައުލަތުގެ އިދާރާއަކުން ހިންގާ ކަންކަމާ ގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުށަހަޅައި ސިޔާސަތަށް ފާޑުކިޔައި، ސިޔާސަތުތައް އެކަށައެޅުމުގައި ރައްޔިތުންނަށް ބާރު ފޯރުވޭނެ ގޮތް.
- މައުލަތުގެ އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓާއި، ކުރާން ރާވައިފައިވާ މަސައްކަތްތަކާއި، ކުރާން ރާވައިފައިވާ ހަރަދާއި ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު.
- ދައުލަތުގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި އިނާޔަތް.
- ދައުލަތުގެ އިދާރާގެ މަސައްކަތް ކުރުމުގައި ތަބާވާ ހަމަތައް.
- ދަައުލަތުގެ އިދާރާއިން ނިންމާ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާތަކާއި އިޖުރާއާތުތަކާއި ނުވަތަ ގޮތާއި ޒިންމާ އުފުލާން އޮންނަ ހަމަތަކާއި ބެލެހެއްޓުމާއި ޒިންމާދާރުކުރުވުން ރޭވިފައިވާ ގޮތް.
- ދައުލަތުގެ އިދާރާގެ އިސްވެރިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެ މީހުންނަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދާއިރާ، އަދި ކަންކަން ނިންމުމުގައި އެ ދާއިރާގައި އަމަލުކުރާ އުސޫލުތައް.
- ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އަމަލުކުރާ ގާނޫނުތަކާއި، ގަވާއިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި ހަމަތަކާއި މެނުއަލްތައް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު އެ އިދާރާގެ ވެބްސައިޓްގައި ނުވަތަ ސަރުކާރުގެ ގެޒެޓްގައި ށާއިއުކޮށްފި ނަމަ، ނުވަތަ ނޯޓިސްބޯޑުގައި ނުވަތަ އެ ނޫން ތަނެއްގައި ވިޔަސް އާންމުކޮށް ފެންނާނޭ ގޮތަށް ބަހައްޓައިފި ނަމަ މި ގަވާއިދުގެ މަގުސަދަށްޓަކައި އެއީ ށާއިއުކުރީ ކަމުގައި ބަލާންވާނެ އެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް މި މާއްދާގެ (ހ) ގައި ބުނާ ގޮތަށް، ވެބްސައިޓްގައި ނުވަތަ ގެޒެޓުގައި އެ ގަވާއިދުތައް ށާއިއުކުރިކަން ނުވަތަ އާންމުކޮށް ފެންނާނޭހެން ބަހައްޓައިފިކަން އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް ލަސްނުކޮށް އަންގަންވާނެއެވެ. އަދި މަދުވެގެން އަހަރަކު 1 ފަހަރު ނާންގާ ނަމަ އެ މައުލޫމާތު ށާއިއުކޮށްފައި ވާކަމަށް ނުބެލުމުގެ އިހުތިޔާރު އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
38 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރުގެ ލަފާ
ދައުލަތުގެ އިދާރާތަކުން މައުލޫމާތު ށާއިއުކުރުމުގެ ކަންކަމާ ގުޅިގެން ލަފަޔަކަށް އެދިއްޖެ ނަމަ، އެ ލަފަޔެއް އިންފޮމޭށަން ކޮމިށަނަރު ދޭންވާނެ އެވެ. އަނގަބަހުން އެދޭ ލަފައެއް ނަމަ އެ ލަފަޔަކަށް އެދޭ ދުވަހު އަނގަބަހުން، އަދި ލިޔުމުން އެދޭ ލަފައެއް ނަމަ ގިނަވެގެން މަސައްކަތު 5 (ފަހެއް) ދުވަހުގެ ތެރޭގައި ލިޔުމުން އިންފޮމޭށަން ކޮމިށަނަރު އެ ލަފައެއް ދޭންވާނެއެވެ.
39 ވަނަ މާއްދާ - މައުލޫމާތު ށާއިއުކުރުމުގެ ޒިންމާއާގުޅޭ ހަމަތައް
ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި އަމަލުކުރާންވީ އެންމެ ދަށް މިންގަނޑާއި އެންމެ މަތީގެ މިންގަނޑު ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓްގައްޔާއި އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ ރަސްމީ ވެބްސައިޓްގައި އިންފޮމޭށަން ކޮމިށަނަރު ށާއިއުކުރާންވާނެއެވެ.
40 ވަނަ މާއްދާ - މައުލޫމާތު ބެލެހެއްޓުން
(ހ) ދައުލަތުގެ ކޮންމެ އިދާރާއަކީ ވެސް، މައުލޫމާތު ހާމަކުރުމާއި ފޯރުކޮށްދިނުމުގެ ވާޖިބަށް ފަސޭހަވާނެ ގޮތުގެ މަތިން، މައުލޫމާތު ބަލަހައްޓަމުންދާ، އަދި ކަމާގުޅޭ އާންމު ހަމަތަކަށް ތަބާވާ އިދާރާއެއްކަމުގައިވާންވާނެ އެވެ.
(ށ) މީހެއްގެ މައުލޫމާތެއްގައި ހިމެނޭ ނުރަނގަޅު ނުކުތާއެއް ރަނގަޅުކުރާން ބޭނުންވެއްޖެ މީހަކަށް އެކަން ކުރެވޭނެ އެކަށީގެންވާ އުސޫލުތައް، މި ގަވާއިދު އާންމުކޮށް ށާއިއުކުރާތާ 180 ދުވަހުގެ ތެރޭގައި ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް ހަމަޖައްސާންވާނެއެވެ.
(ނ) ދިވެހިރާއްޖޭގެ ގައުމީ އަރުށީފާއި ދައުލަތުގެ އިދާރާތަކާއެކު މަށްވަރާކުރުމަށް ފަހު، ދައުލަތުގެ އިދާރާތަކުގައި މައުލޫމާތު ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ، އަދި އަރުށީފުކުރުމާއި ނައްތައިލުމާއި، ދޫކުރުމާބެހޭ އާންމު ހަމަތައް، މި ގަވާއިދު އާންމުކޮށް ށާއިއުކުރާތާ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި އިންފޮމޭށަން ކޮމިށަނަރު އާންމުކޮށް އިއުލާނުކޮށް ށާއިއުކުރާންވާނެއެވެ.
41 ވަނަ މާއްދާ - މުވައްޒަފުން ތަމްރީނުކުރުމާއި އެއްބާރުލުން ދިނުން
(ހ) މި ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށްޓަކައި ދައުލަތުގެ ކޮންމެ އިދާރާއެއްގައިމެ، ކަމާބެހޭ މުވައްޒަފުން ކަނޑައަޅައި، އެ މީހުންނަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގާއި، މި ގާނޫނުގެ އުސޫލުތަކާގުޅޭ ގޮތުން، އެކަށީގެންވާ ތަމްރީނު ދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަކީ އިންފޮމޭށަން ކޮމިށަނަރު އަދާކުރާންޖެހޭ މަސްއޫލިއްޔަތެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް އިންފޮމޭށަން ކޮމިށަނަރަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭންވާނެ އެވެ.
42 ވަނަ މާއްދާ - މުރާޖައާ ކޮމިޓީއާއި މުރާޖައާގެ އުސޫލު
(ހ) ދައުލަތުގެ ކޮންމެ އިދާރާއެއްގައިމެ ދައުލަތުގެ އެ އިދާރާގެ އިންފޮމޭށަން އޮފިސަރުގެ ނުވަތަ އިންފޮމޭށަން އޮފިސަރުންގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކުން ހުށަހަޅާ ށަކުވާ ބަލައި މުރާޖައާ ކުރުމަށްޓަކައި މުރާޖައާ ކޮމިޓީއެއް އޮންނަންވާނެއެވެ.
(ށ) މުރާޖައާ ކޮމިޓީ އެކުލެވިގެންވާންވާނީ 3 (ތިނެއް) މެންބަރުން ނަށްވުރެ މަދު ނޫން އަދި 7 (ހަތެއް) މެންބަރުންނަށް ވުރެ ގިނަ ނޫން އަދަދެއްގެ މައްޗަށެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން އޮތް ނަމަވެސް އެ އިދާރާއެއްގެ މުވައްޒަފުން މަދުވުމުގެ ސަބަބުން މުރާޖައާކޮމިޓީ އައްޔަންކުރެވެން ނެތްކަމަށް އިންފޮމޭށަން ކޮމިށަނަރު ކަނޑައަޅައިފި ނަމަ، އެ އިދާރާއެއްގެ މުރާޖައާ ކޮމިޓީގެ ކަންތައް ހަމަޖައްސާނީ އެ އިދާރާއެއްގެ ބެލެނިވެރި އިދާރާއިންނެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުރާޖައާ ކޮމިޓީގައި ހިމެނޭންވާނީ މަގާމުގެ ގޮތުން އިންފޮމޭށަން އޮފިސަރަށް ވުރެ މަތީ މަގާމެއްގައި ތިބޭ މުވައްޒަފުންނެވެ.
(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައި ބަޔާންވެގެންވާ މުރާޖައާ ކޮމިޓީގައި ސިޔާސީ މަގާމުގައި ތިބޭ މުވައްޒަފުން ވީ ވަރަކުން ނުހިމެނުމަށް އިސްކަންދޭންވާނެ އެވެ. މުވައްޒަފުންގެ ދަތިކަން ހުރި ގޮތުން ސިޔާސީ މަގާމެއްގައި ހުރި މީހަކު ނުހިމަނައި އެ ކޮމިޓީ އެކުލަވައިލެވެން ނެތް ނަމަ، ސިޔާސީ މަގާމެއްގައި ހުރި މުވައްޒަފަކު ނޫން މުވައްޒަފަކު ހިމެނޭ ގޮތުން އެ ކޮމިޓީގައި ސިޔާސީ މީހުން ތިބުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ޅ) ސިޔާސީ މަގާމުތައް ނޫން މަގާމުތައް ކަމަށް މި ގަވާއިދުގެ ބޭނުމަށްޓަކައި ބަލާނީ، ސިވިލްސަރވިސް މުވައްޒަފުންނާއި ޕަބްލިކް ސަރވިސް މުވައްޒަފުންނާއި ޕްރެޒިޑެންށަލް ސަރވިސްގެ މުވައްޒަފުންނާއި ޖުޑިށަލް ސަރވިސްގެ މުވައްޒަފުންނާއި ޔުނިފޯމު ހިދުމަތްތަކުގެ މުވައްޒަފުންނެވެ.
(ކ) ދައުލަތުގެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރުގެ ނުވަތަ އިންފޮމޭށަން އޮފިސަރުންގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ފަރާތެއްވާ ނަމަ އެ ނިންމުމެއް ނިންމި ތާރީހުން ފެށިގެން ނުވަތަ އެ ނިންމުމެއް ނިންމާންޖެހޭ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަން އަލުން މުރާޖައާކޮށްދިނުން އެދި ދައުލަތުގެ އެ އިދާރާގެ މުރާޖައާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ.
(އ) މި މާއްދާ ގެ (ހ) ގައި ބަޔާންކުރާ މުރާޖައާ ކޮމިޓީއަށް ށަކުވާ ހުށަހަޅާން އޮތް މުއްދަތުކަމަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި، ކޮމިޓީއަށް ގަބޫލުކުރެވޭ މަގުބޫލު އުޒުރެއް ނެތި، ހުށަނާޅައިފި ނަމަ އެ ށަކުވާ ބަލައިގަނެގެން ނުވާނެ އެވެ.
(ވ) ހުށަހެޅޭ ށަކުވާ ނިސްބަތްވަނީ ތިންވަނަ ފަރާތެއްގެ މައުލޫމާތާގުޅޭ ގޮތުން ކަމުގައިވާ ނަމަ، އެ ށަކުވާގެ މައްސަލަ ނިންމާން ވާނީ ތިންވަނަ ފަރާތުގެ ވާހަކަ އަޑު އެހުމަށްފަހުގައެވެ.
(މ) މުރާޖައާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާތައް މުރާޖައާކޮށް، ލަސްވެގެން 30 ދުވަހުގެ ތެރޭގައި ޖަވާބުދީ ނިންމާންވާނެއެވެ. ހާއްސަ ހާލަތެއް ދިމާވެގެން އެ މުއްދަތުގައި ނުނިމޭ މައްސަލައެއް ނަމަ އެ މައްސަލައެއް ނިންމުމަށް ގަވާއިދުގައިވާ ގޮތުގެމަތީން 15 ދުވަސް އިތުރުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
(ފ) މުރާޖައާ ކޮމިޓީއަށް ހުށަހެޅޭ ށަކުވާ ބަލައި ނިންމި ގޮތް، އެ ށަކުވާ ގައި ހިމެނޭ ކޮންމެ މީހަކަށް ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ލިޔުމުން، އެ ކޮމިޓީގެ ފަރާތުން އަމިއްލަ އިސްނެގުމުގެ މަތީން އަންގާންވާނެ އެވެ.
(ދ) މުރާޖައާ ކޮމިޓީއިން ކަންކަން ހިންގުން ފަސޭހަކުރުމަށްޓަކައި މުރާޖައާކޮމިޓީގެ މެންބަރުންގެ ތެރެއިން ކޮމިޓީގެ މުގައްރަރަކު އައްޔަންކުރުމަކީ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާގެ ޒިންމާއެކެވެ.
43 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރަށް ރިޕޯޓު ހުށަހެޅުން
އަަންނަނިވި މައުލޫމާތުގެ މައްޗަ ްށ، އެކަމަކު އެ މައުލޫމާތުގެ މައްޗަށް އެކަނި ހަނިނުވާނެ ގޮތެއްގެ މަތީން، ކޮންމެ އަހަރަކު އެއްފަހަރު، ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް، އެ އިދާރާއެއްގެ އިންފޮމޭށަން އޮފިސަރުގެ އިސްނެގުމުގެ މަތީން، އަހަރީ ރިޕޯޓެއް އެކުލަވައިލައި އިންފޮމޭށަން ކޮމިށަނަރަށް ފޮނުވާންވާނެއެވެ. މި ރިޕޯޓު ފޮނުވާނީ ކޮންމެ އަހަރެއް ނިމުމުން، ޖެހިގެން އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރީންނެވެ.
(ހ) މައުލޫމާތަށް އެދި ހުށަހެޅި މިންވަރާއި، އިޖާބަދެވުނު ހުށަހެޅުމުގެ މިންވަރާއި، މައުލޫމާތު ދެވުނު ހުށަހެޅުމުގެއަދަދާއި، މައުލޫމާތު ދޭން އިންކާރުކުރި ހުށަހެޅުމުގެ އަދަދު.
(ށ) އެދުނު މައުލޫމާތެއް ނުދިނުމަށް، އެންމެ ގިނައިން ބޭނުންކުރާން ޖެހުނީ، މި ގަވާއިދުގެ ކޮން މާއްދާއެއް ނުވަތަ ބައެއްކަން.
(ނ) މައުލޫމާތެއް ދޭން އިންކާރުކުރުމުން އިސްތިއުނާފަށް ހުށަހެޅުނު މިންވަރު.
(ރ) ފީ ނެގުނު އަދަދާއި އެ ގޮތުން ނެގި ފީގެ ޖުމުލަ.
(ބ) މައުލޫމާތު ހާމަކުރުމުގެ ޒިންމާ އަދާކުރުމުގެ ގޮތުން އަމިއްލަ އިސްނެގުމާއެކު ހިންގި ހަރަކާތްތަކާއި ކުރި ކަންތައްތައް.
(ޅ) މައުލޫމާތު ބެލެހެއްޓުމާ ގުޅޭ ގޮތުން ހިންގި ހަރަކާތްތަކާއި ކުރި ކަންކަން.
(ކ) މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި، އެ އިދާރާއަކުން ހިންގި ހަރަކާތްތަކާއި ކުރި ކަންކަން.
44 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރުގެ އޮފީސް
(ހ) މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކަށަވަރު ކުރުމަށްޓަކައި "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު" ތަންފީޒުކޮށް އަޅާންޖެހޭ ފިޔަވަޅުތައް އަޅާނީ އިންފޮމޭށަން ކޮމިށަނަރުގެ ފުރިހަމަ ބެލުމުގެ ދަށުން އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުންނެވެ.
(ށ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމާއި، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައްގާއި އިހުތިޔާރާއި ހައިސިއްޔަތު ލިބިފައިވާ، އަދި ވަކި ސިއްކައެއް އޮންނަ، ދިވެހި ދައުލަތުގެ މިނިވަން ގާނޫނީ ށަހްސެކެވެ.
(ނ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީސް ހިނގަމުން އަންނަ އިމާރާތާއި އެ އޮފީހާ ގުޅޭނެ ނަންބަރާއި ފެކްސް ނަންބަރާއި އީމެއިލް އެޑްރެސް ދިވެހިސަރުކާރުގެ ގެޒެޓުގައި އިންފޮމޭށަން ކޮމިށަނަރު ށާއިއުކުރާންވާނެ އެވެ.
45 ވަނަ މާއްދާ - މަޖިލީހަށް ޖަވާބުދާރީވުން
ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ބޭނުންވެއްޖެ ހިނދެއްގައި، އެ މަޖިލީހަށް ނުވަތަ އެ ކޮމިޓީއަކަށް އިންފޮމޭށަން ކޮމިށަނަރު ހާޒިރުވާންވާނެއެވެ. އަދި އެ މަޖިލީހުން ނުވަތަ އެ ކޮމިޓީއަކުން އިންފޮމޭށަން ކޮމިށަނަރާ ކުރާ ސުވާލުތަކަށް، އިންފޮމޭށަން ކޮމިށަނަރު އެނގިހުރި އެންމެ ރަނގަޅަކަށް ތެދު ބަހުން ޖަވާބުދޭންވާނެ އެވެ.
46 ވަނަ މާއްދާ - އޮފީހުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ބަދަލުކުރުމާއި ވަކިކުރުން
އިންފޮމޭށަން ކޮމިށަނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށާއި މިކަމާ ބެހޭ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، އިތުރު މުވައްޒަފުން އައްޔަންކުރުމާއި ތަމްރީނުދިނުމާއި މަގާމުގެ ކުރިއެރުން ދިނުމާއި މަގާމުން ވަކިކުރުމަކީ އިންފޮމޭށަން ކޮމިށަނަރަށް ލިބިފައިވާ އިހުތިޔާރެކެވެ. މި އިހުތިޔާރުގެ ބޭނުން ކުރާންވާނީ އެ އޮފީސް ހިންގުމަށް ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓާ ހިލާފުނުވާ ގޮތުގެ މަތީންނެވެ.
47 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރު އަދާކުރާންޖެހޭ މާލީ ޒިންމާތައް
(ހ) އިންފޮމޭށަން ކޮމިށަނަރުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާން ބޭނުންވާ ފައިސާ، ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ ދަށުން، ދައުލަތުގެ މާލިއްޔާއިން އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް ދޫކުރާންވާނެއެވެ. އެކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަށްވަރާގެ މަތިން، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން އޮފީހުގެ ބަޖެޓު އެކުލަވައިލައި، ދައުލަތުގެ ބަޖެޓާއެކު، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަންގަވާ ތާރީހެއްގެ ކުރީން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ ހަވާލުކުރާންވާނެ އެވެ.
(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާއަތަކުން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރުން އިންފޮމޭށަން ކޮމިށަނަރުގެ އޮފީހަށް ދޭ މާލީ އެހީއެއް، އެ އޮފީހުގެ މަސްއޫލިއްޔަތު އަދާކުރާން މެނުވީ، ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި މާލީ ޒިންމާތަކާ ބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލްގެ މަށްވަރާއާއެކު، އޮޑިޓަރ ޖެނެރަލް ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ލިޔެ ބަލަހައްޓައި އޮޑިޓްކުރުމަށްފަހު، އެކުލަވައިލެޭވ މާލީ ބަޔާނެއް، މި ގަވާއިދުގެ 49 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ އަހަރީ ޓާއެކު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެ އެވެ.
48 ވަނަ މާއްދާ - އާންމު ބާރުތައް
މި ގަވާއިދުގައި ބަޔާންވެގެންވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ އިތުރުން، އަންނަނިވި ކަންކަން ކުރުމުގެ ބާރު އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ހ) މި ގަވާއިދާއި، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) އަށް، ދައުލަތުގެ އިދާރާތަކުން އަމަލުކުރާ ނިސްބަތް ބަލައި، ރިޕބާރު.
(ށ) މައުލޫމާތު ށާއިއުކުރުމުގެ ކަންކަން އިސްލާހުކުރުމަށްޓަކައި، ދައުލަތުގެ ވަކި އިދާރާއެއް ހާއްސަނުވާ ގޮތަށް އާންމުކޮށް ކުރެވިދާނެ ކަންކަން ފާހަގަކުރުމާއި، ދައުލަތުގެ ވަކި އިދާރާއަކުން ކުރެވިދާނެ ކަންކަން ވަކިވަކިން ފާހަގަކުރުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގާނޫނާއި މި ގަވާއިދު ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ މުވައްޒަފުންނަށް ދެވޭ ތަމްރީނުތައް ދިނުމުގައި ބައިވެރިވުމާއި ހިންގައި ދިނުމާއި އެކަމަށް އެއްބާރުލުން ދިނުން.
(ރ) މި ގަވާއިދާ ހިލާފު އަމަލުތައް ކަމުގައި ބެލެވޭ އަމަލުތައް ހިނގާ ނަމަ، އެކަންކަން ކަމާބެހޭ ފަރާތްތަކަށް އެންގުން.
(ބ) މި ގަވާއިދުގެ ބޭނުމާއި، މި ގަވާއިދުން ހާސިލުކުރާން ބޭނުންވާ ކަންކަން އާންމުކުރުމާއި، ވަކިވަކި ފަރުދުންނަށް ލިބިދޭ ހައްގުތައް ފުޅާ ދާއިރާއެއްގައި އާންމުކުރުމާއި، އެ މީހުންނަށް އަންގައިދިނުން.
49 ވަނަ މާއްދާ - އަހަރީ ރިޕޯޓު
(ހ) އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އެކުލެވޭ އަހަރީ ރިޕޯޓެއް، ކޮންމެ އަހަރެއްގެ ފެބްރުއަރީ މަސް ނިމުމުގެ ކުރީން، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން ފޮނުވާންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯ ޓުގައި، އެ ރިޕޯޓުގެ މުއްދަތުގައި ހިނގައި ދިޔަ، އަންނަނިވި ކަންކަން ހިމަނާންވާނެއެވެ.
- އަހަރުގެ ތެރޭގައި އިންފޮމޭށަން ކޮމިށަނަރު ހިންގި ކަންކަން.
- އޮޑިޓަރ ޖެނެރަލް ނުވަތަ އޭނާ ހުއްދަކުރާ ޗާޓަރޑް ނުވަތަ ޕަބްލިކް އެކައުންޓިންގ ފާރމަކުން އޮޑިޓްކޮށްފައިވާ ހަރަދުގެ ހިސާބުތައް.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 ދުވަހުގެ ތެރޭގައި، އިންފޮމޭށަން ކޮމިށަނަރުގެ އޮފީހުން އެ ރިޕޯޓު، އެ އޮފީހުގެ ވެބްސައިޓްގައި ށާއިއުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، އިންފޮމޭށަން ކޮމިށަނަރު
ބޭނުންވެއްޖެ ހިނދެއްގައި، އޭނާ ކަނޑައަޅާ، ވަކި މައްސަލައަކާ ގުޅޭ ގޮތުން ވަކި ރިޕޯޓެއް އެކުލަވައިލައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
50 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރުގެ ރައްކާތެރިކަން
މި ގަވާއިދުގެ ދަށުން އަދާކުރާންޖެހޭ މަސްއޫލިއްޔަތެއް އަދާކުރުމުގެ ގޮތުން، އިންފޮމޭށަން ކޮމިށަނަރު ނުވަތަ އިންފޮމޭށަން ކޮމިށަނަރުގެ ފަރާތުން ބާރުލިބިގެންވާ މީހަކު ކުރާ ކަމަކާ ގުޅިގެން، ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކާ މެދު، މަދަނީ ނުވަތަ ޖިނާއީ އެއްވެސް ދައުވާއެއް އިންފޮމޭށަން ކޮމިށަނަރާ މެދު ނުވަތަ އިންފޮމޭށަން ކޮމިށަނަރުގެ ފަރާތުން ބާރުލިބިގެންވާ މީހަކާ މެދަކު އުފުލައިގެން ނުވާނެ އެވެ. އަދި މި ގަވާއިދުގެ ދަށުން ބަދަލުކުރެވޭ މައުލޫމާތަކީ، އެ ކަމުގައި، ނުރަނގަޅު ނިޔަތެއް އޮތްކަން ސާބިތު ނުވާހާ ހިނދަކު، އިމްތިޔާޒު ލިބިގެންވާ މައުލޫމާތެވެ. އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް އަބުރުގެ ދައުވާއެއް އުފުލައިގެނެއް ނުވާނެ އެވެ.
51 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރުން
(ހ) މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން މުރާޖައާ ކުރުމަށްފަހު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތެއްވާ ނަމަ، އެ ފަރާތަކުން، އެ ނިންމުން ނިންމި ތާރީހުން ފެށިގެން ނުވަތަ އެ ނިންމުން ނިންމަންޖެހޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި، އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް އިލްތިމާސްކުރާންޖެހޭ މުއްދަތު، މި މާއްދާގެ (ހ) ގައި އެ ގޮތަށް ބަޔާންކޮށްފައި ވީނަމަވެސް، އެ މުއްދަތުގެ ތެރޭގައި އިލްތިމާސް ނުކުރެވުނީ އެކަށީގެންވާ ސަބަބެއް ނުވަތަ މަގްބޫލު އުޒުރެއް އޮވެގެންކަމަށް އިންފޮމޭށަން ކޮމިށަނަރަށް ފެންނަ އިލްތިމާސް އެ މުއްދަތު ފަހަނައަޅައިދާ ފަހުން ވެސް ބަލައިގަތުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
52 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރަށް ށަކުވާ ހުށަހެޅުން
މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ހަނިކަމެއް ނުވަތަ އުނިކަމެއް ނާންނާނެ ގޮތުގެ މަތިން އިންފޮމޭށަން ކޮމިށަނަރަށް ސީދާ ށަކުވާ ހުށަހެޅުމުގެ ބާރު، މައުލޫމާތަށް އެދޭ ފަރާތަށް އަންނަނިވި ހާލަތްތަކުގައި ިލބިގެންވެއެވެ.
(ހ) ދައުލަތުގެ ވަކި އިދާރާއެއްގައި އިންފޮމޭށަން އޮފިސަރެއް ކަނޑައަޅައިފައި ނެތުމުގެ ސަބަބުން، ދައުލަތުގެ އިދާރާއިން ހޯދާން ބޭނުންވާ މައުލޫމާތެއް ހޯދާން ފުރުސަތު ލިބިފައި ނުވުން.
(ށ) މައުލޫމާތު ހޯދުމަށްޓަކައި ދައުލަތުގެ އިދާރާއަކަށް ހުށަހަޅާ ހުށަހެޅުން އެ އިދާރާގެ އިންފޮމޭށަން އޮފިސަރު ބަލައިގަތުމަށް މަގްބޫލު އުޒުރެއްނެތި އިންކާރުކުރުން.
(ނ) މި ގަވާއިދުގެ ދަށުން މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމެއް ލިބިއްޖެކަމުގެ ރަސީދު ދިނުމަށް އި ްނފޮމޭށަން އޮފިސަރަކު އިންކާރުކުރުން ނުވަތަ އިހުމާލުވުން.
(ރ) މި ގަވާއިދުގައި ބަޔާންވެގެންވާ މުއްދަތުގެ ތެރޭގައި މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އިންފޮމޭށަން އޮފިސަރު އިޖާބަދީފައި ނެތުން.
(ބ) އިންފޮމޭށަން ކޮމިށަނަރު އަންގާ އެންގުމަކަށް، އިންފޮމޭށަން އޮފިސަރު ނުވަތަ އެ އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާއިން ތަބާވެފައި ނުވުން.
(ޅ) މި ގަވާއިދުގައި މައުލޫމާތު ހޯދުމާ ގުޅޭ ގޮތުން ބަޔާންވެގެންވާ އެހެން ވެސް އުސޫލަކާ އިންފޮމޭށަން އޮފިސަރު ނުވަތަ އެ އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާއިން ހިލާފުވެފައިވުން.
53 ވަނަ މާއްދާ - ށަކުވާ ބަލައިނުގަތުމުގެ ބާރު
(ހ) އިންފޮމޭށަން ކޮމިށަނަރަށް މި ގަވާއިދުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ ށަކުވާ އަންނަނިވި ހާލަތްތަކުގައި ބަލައިނުގަތުމުގެ ބާރު އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
- އެއްވެސް އަސާސެއްގެ މައްޗަށް ހުށަހަޅައިފައިވާ ށަކުވާއަކަށް ނުވުން.
- ބަލާންޖެހޭ ވަރަށްވުރެ ކުޑަ މައްސަލައެއް ހިމެނޭ ށަކުވާއަކަށްވުން.
- އެ ށަކުވާއަށް ހައްލެއް ހޯދުމަށްޓަކައި މި ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖްރާއަތުތައް ފުރިހަމައަށް ބޭނުންކޮށްފައި ނުވުން.
(ށ) އިންފޮމޭށަން ކޮމިށަނަރަށް މި މާއްދާގެ ދަށުން ހުށަހެޅޭ ށަކުވާއެއް ބަލައިގަންނާންޖެހޭކަމަށް އިންފޮމޭށަން ކޮމިށަނަރު ކަނޑައަޅައިފި ނަމަ، އޭނާ އަމިއްލައަށް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް އެ ށަކުވާ ބަލައި، މި ގަވާއިދުގައިވާ ގޮތުގެ މަތިން އެ ށަކުވާއާމެދު ގޮތެއް ނިންމުމުގެ ބާރު އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
54 ވަނަ މާއްދާ - އިލްތިމާސްއާއި ށަކުވާއާމެދު އަމަލުކުރާނެ ގޮތް
(ހ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ ށަކުވާއެއް ނުވަތަ އިލްތިމާސެއް ބެލުމުގައި އަންނަނިވި ކަންކަން ސާބިތުކޮށްދިނުމަކީ އިންފޮމޭށަން އޮފިސަރު ނިސްބަތްވާ ދައުލަތުގެ އިދާރާއިން އުފުލަންޖެހޭ ޒިންމާއެކެވެ.
- ހޯދާން އެދުނު މައުލޫމާތު ފޯރުކޮށްނުދިނީ ގާނޫނުގައި ބަޔާންވެގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން؛ ނުވަތަ
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އިދާރާއަކުން އަމަލުކޮށްފައި ވާކަން.
(ށ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ އިލްތިމާސެއް ނުވަތަ ށަކުވާއެއް، މި ގަވާއިދުގައިވާ ގޮތުގެމަތިން، 30 ދުވަހުގެތެރޭގައި ބަލައި ނިންމާންވާނެއެވެ. އެއްވެސް ސަބަބަކާހުރެ އެ މުއްދަތުގެ ތެރޭގައި އެ ށަކުވާއެއް ނުވަތަ އިލްތިމާސެއް ބަލައި ނުނިންމޭ ކަމުގައިވާ ނަމަ، އެ ށަކުވާއެއް ނުވަތަ އިލްތިމާސެއް ހުށަހެޅި ފަރާތަށް ސަބަބު ބަޔާންކޮށް އެކަން އެންގުމަށްފަހު، އިތުރު 15 ދުވަހަށް އެ މުއްދަތު އިތުރުކުރުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ނ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހަޅޭ ށަކުވާއެއް ނުވަތަ އިލްތިމާސެއް ނިސްބަތްވަނީ ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދޭ މައުލޫމާތަކަށް ކަމުގައިވާ ނަމަ، އެ މައްސަލަ ބެލުމުގައި އޭނާގެ އަޑުއިއްވުމުގެ ހައްގު، އެ ތިންވަނަ ފަރާތަކަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، އިލްތިމާސަކާގުޅޭ ނުވަތަ ށަކުވާއަކާގުޅޭ ހުރިހާ މައްސަލައެއް ވެސް ބަލާންވާނީ ހުޅުވައިލެވިފައިވާ ބައްދަލުވުމެއްގައެވެ.
(ބ) މިމާއްދާގެ (ރ) އެހެން އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ބަލަމުންދާ ށަކުވާއެއް ނުވަތަ އިލްތިމާސަކާ ގުޅިގެން، މި ގަވާއިދުގެ ދަށުން ދޫކުރުން އިސްތިސްނާކުރެވިގެންވާ މައުލޫމާތެއް ދިރާސާކުރާންޖެހޭ ހާލަތުގައި، ސިއްރު ބައްދަލުވުމެއްގައި ނުވަތަ އާންމުކޮށް ހުޅުވައިލެވިފައިނުވާ ބައްދަލުވުމެއްގައި އެ ށަކުވާއެއް ނުވަތަ އިލްތިމާސެއް އިންފޮމޭށަން ކޮމިށަނަރަށް ބެލިދާނެއެވެ.
(ޅ) އިންފޮމޭށަން ކޮމިށަނަރުގެ ނިންމުންތައް އިއުލާނުކުރާން ވާނީ ހުޅުވައިލެވިފައިވާ ބައްދަލުވުމެއްގައެވެ.
(ކ) އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ އިލްތިމާސެއް ނުވަތަ ށަކުވާއެއް ބެލުމަށްފަހު، އެކަމެއް ނިންމި ގޮތް، ލިޔުމުން، އެ މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތަކަށް ފޮނުވާންވާނެއެވެ.
55 ވަނަ މާއްދާ - އިންފޮމޭށަން ކޮމިށަނަރަށް ލިބިދޭ ބާރު
އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ އިލްތިމާސެއް ނުވަތަ ށަކުވާއަކާ ގުޅޭ ގޮތުން އަންނަނިވި ކަންކަންކުރުމުގެ އިހުތިޔާރާއި ބާރު "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު" ގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ހ) ކަމާގުޅޭ ފަރާތްތައް ހާޒިރުކުރުން.
(ށ) ކަމާގުޅޭ ގޮތުން ހާޒިރުކުރެވޭ ފަރާތްތަކުގެ ބަޔާންނެގުން.
(ނ) ކަމާގުޅޭ ގޮތުން ހެކިބަސް ދޭން އެއްބަސްވާ މީހުންގެ ހެކިބަސް ނެގުން.
(ރ) މައުލޫމާތަށް އެދުން.
(ބ) ލިޔެކިޔުމަށް އެދުން.
(ޅ) ލިޔެކިޔުން ހުށަހަޅާން އެންގުން.
(ކ) މައުލޫމާތު ހުށަހަޅާން އެންގުން.
(އ) ވަކި ލިޔުމެއް ނުވަތަ ވަކި މައުލޫމާތެއް އިންފޮމޭށަން ކޮމިށަނަރަށް ފޮނުވާން އެންގުން.
(ވ) ވަކި މައުލޫމާތެއް ބަލައި މުތާލިއާކުރުން.
(މ) ހެކި ބަލައިގަތުން.
(ފ) ލިޔުމުން ހެކި ބަލައިގަތުން.
(ދ) ލިޔުމުން ބަޔާން ބަލައިގަތުން.
(ތ) ދައުލަތުގެ އިދާރާއެއްގައި ހުރި މައުލޫމާތެއް ފޮނުވާން އެންގުން.
(ލ) ވަކި މީހަކު، ހެތްކެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ނަމަ، އޭނާ ހާޒިރުވާން އެންގުން.
(ގ) ވަކި ލިޔުމެއް ފާހަގަކޮށް އެ ލިޔުމެއް ހުށަހަޅާން އެންގުން.
(ޏ) ދައުލަތުގެ އިދާރާއަކަށް ވަނުން.
(ސ) ކަމާގުޅޭ މައުލޫމާތެއް ހޯދުމަށްޓަކައި ދައުލަތުގެ އިދާރާއެއް ބަލައި، ފާސްކުރުމާއި، އަދި އެ މައުލޫމާތެއް ފެނިއްޖެކަމަށްވާ ނަމަ، އެ މައުލޫމާތެއް އޮތް ލިޔުމެއް ނުވަތަ ވަސީލަތެއް ހިފެހެއްޓުން.
(ޑ) އިންފޮމޭށަން އޮފިސަރުންނާއި މުރާޖައާ ކޮމިޓީތައް އައްޔަންކުރާން އެނގުން.
(ޒ) ހާލަތު ނިޔާކުރާ ގޮތުގެ މަތީން އިންފޮމޭށަން އޮފިސަރުން ނުވަތަ މުރާޖައާކޮމިޓީ އައްޔަންކުރެވޭނެ ފަދަ ނެތް ކުދި އިދާރާތައް ފާހަގަކޮށް އެ އިދާރާތަކުން އިންފޮމޭށަން އޮފިސަރުން ނުވަތަ މުރާޖައާކޮމިޓީ އައްޔަންކުރާން ނުޖެހޭނެކަމަށް ކަނޑައެޅުން.
(ޓ) އިންފޮމޭށަން ކޮމިށަނަރު އަދާންކުރާން މި ގަވާއިދު ލާޒިމުކުރާ ކަންކަން ކުރުމަށް ހުރަސްއަޅައި ނުވަތަ އެއްބާރުލުން ނުދޭ ފަރާތްތަކުގެ މައްސަލަ، ދައުވާކުރުމަށްޓަކައި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުން.
(ޔ) މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނު ނުވަތަ އެ ގާނޫނުގެ ބާރު ލިބިގެން ހެދިފައިވާ މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ މައްސަލައެއް ތަހުގީގުކުރާން ޖެހިއްޖެ ހާލަތެއްގައި އެކަން ކޮށްދިނުމަށް ދިވެހިރާއްޖޭގެ ފުލުހުންގެ ހިދުމަތުގައްޔާއި ނުވަތަ ހިއުމަން ރައިޓްސް ކޮމިށަނުގައި އެދުން.
56 ވަނަ މާއްދާ - އިލްތިމާސެއް ނުވަތަ ށަކުވާއެއް ބަލައި ނިންމިދާނެ ގޮތް
(ހ) މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް ހުށަހެޅޭ އިލްތިމާސެއް ނުވަތަ ށަކުވާއެއް ބެލުމަށް ފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ މައްސަލައެއް ނިންމިދާނެއެވެ.
- އެ އިލްތިމާސެއް ނުވަތަ ށަކުވާއެއް އެއީ، އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ އިލްތިމާސެއް ނުވަތަ ށަކުވާއެއް ނޫންކަން.
- ދައުލަތުގެ އިދާރާއެއްގައި އިންފޮމޭށަން އޮފިސަރެއް ނެތްކަމުގައިވާ ނަމަ، އެތަނަށް އިންފޮމޭށަން އޮފިސަރެއް ވަކި މުއްދަތެއްގެ ތެރޭގައި އައްޔަންކުރާން އެންގުން.
- ދައުލަތުގެ އިދާރާއެއްގައި ހުރި އިންފޮމޭށަން އޮފިސަރަކީ އެކަށީގެންވާ ގޮތުގައި އެ މަގާމުގެ ވާޖިބުތައް އަދާކުރެވޭ މީހެއްކަމުގައި ނުވާ ނަމަ، އޭނާގެ ބަދަލުގައި ވަކި މުއްދަތެއްގެ ތެރޭގައި އެހެން މީހަކު އިންފޮމޭށަން އޮފިސަރަކަށް އައްޔަންކުރާން އެންގުން.
- ވަކި މައުލޫމާތެއް ހާމަކުރުމަށް ދައުލަތުގެ އިދާރާއަކަށް އެންގުން.
- ވަކި މައުލޫމާތެއް ދޫކުރުމަށް ދައުލަތުގެ އިދާރާއަކަށް އެންގުން.
- ވަކި މައުލޫމާތަކަށް އެދޭ މީހަކު، އެ މައުލޫމާތަކަށް އެދޭ ގޮތަކަށް އެ މައުލޫމާތެއް ދޫކުރާން އެންގުން.
- ވަކި މީހަކު، ވަކި މައުލޫމާތަކަށް އެދޭ އިރު، އެ މައުލޫމާތަކަށް ބޭނުންވާ ގޮތްކަމަށް ބަޔާންކޮށްފައިވާ ގޮތުގެ ބަދަލުގައި އެކަށީގެންވާ ގޮތަކަށް އެ މައުލޫމާތު ދޫކުރާން އެންގުން.
- ދައުލަތުގެ އިދާރާއަކަށް ހުށަހެޅޭ ށަކުވާއެއް ބެލުމަށް ފަހު ނިންމައިފައިވާ ގޮތް ރަނގަޅުކަމަށް ކަނޑައެޅުން.
- ވަކި މައުލޫމާތެއް ނުވަތަ ވަކި ގިންތިއެއްގެ މައުލޫމާތެއް ށާއިއުކުރާން އެންގުން.
- ދައުލަތުގެ އިދާރާއެއްގެ ލިޔެކިޔުން ބަލަހައްޓާ ނިޒާމު ހަރުދަނާކުރާން އެންގުން ނުވަތަ ކަމާގުޅޭ އުސޫލުތައް އިސްލާހުކުރާން އެންގުން.
- މި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ އިންފޮމޭށަން އޮފިސަރަކު ޖޫރިމަނާކުރުން.
- އިންފޮމޭށަން ކޮމިށަނަރު ކުރާ ހުއްދަ އަމުރަކާ ހިލާފުވެފައިވާ ފަރާތެއް ޖޫރިމަނާކުރުން.
- މި ގަވާއިދުގައި ބަޔާންވެގެންވާ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވާ އިންފޮމޭށަން އޮފިސަރަކާމެދު އޭނާ ނިސްބަތްވާ ދައުލަތުގެ އިދާރާއަކުން ސުލޫކީ ފިޔަވަޅު އަޅާން ދައުލަތުގެ އިދާރާއަކަށް އެންގުން.
- މި ގަވާއިދުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކުށެއް، މީހަކު ކޮށްފިކަމުގެ ތުހުމަތުކުރެވޭ ނަމަ، އެ މީހެއްގެ މައްސަލަ ތަހްގީގުކުރުމަށް ފުލުހުންނަށް އެންގުމާއި، ފުލުހުންގެ ތަހްގީގަށްފަހު އޭނާގެ މައްޗަށް ދައުވާކުރާން އިންފޮމޭށަން ކޮމިށަނަރަށް ފެނިއްޖެކަމަށްވާ ނަމަ، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުން.
(ށ) މި މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރާއި 12 ވަނަ ނަންބަރުގައިވާ ފަދަ ޖޫރިމަނާއެއްކުރާން އިންފޮމޭށަން ކޮމިށަނަރު ނިންމާންވާނީ މި ގަވާއިދުގެ 63 ވަނަ މާއްދާގައިވާ އަދަދަށް ވުރެ އިތުރު ނުވާ މިންވަރަކުންނެވެ.
(ނ) މި ގަވާއިދުގައިވާ ގޮތުގެމަތިން އިންފޮމޭށަން ކޮމިށަނަރު ނިންމާ ނިންމުމަކީ ށަރުއީ ކޯޓަކުން އެހެން ގޮތަކަށް ބަދަލުނުކުރާހާ ހިނދަކު، ސައްހަ ނިންމުމަކަށްވާނެއެވެ. އަދި ތަބާވުން ލާޒިމު ނިންމުމަކަށްވާނެ އެވެ.
57 ވަނަ މާއްދާ - އަމިއްލަ އިސްނެގުމުގައި މައްސަލަ ބެލުން
(ހ) މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ދައުލަތުގެ އިދާރާއަކުން އަމަލުނުކުރާކަމަށް އިންފޮމޭށަން ކޮމިށަނަރަށް ފާހަގަކުރެވޭ ހާލަތުގައި، ވަކި ފަރާތެއްގެ އިލްތިމާސެއް ނުވަތަ ށަކުވާއެއް ހުށަހެޅުމަކާ ނުލައި އިންފޮމޭށަން ކޮމިށަނަރުގެ އަމިއްލަ އިސްނެގުމުގައި، އެ އިދާރާއަކާގުޅޭ އެ މައްސަލައެއް ބަލައި ގޮތެއް ނިންމުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ބަލާ ވަކި މައްސަލައެއް ކަނޑައެޅިގެންވާ މުއްދަތު ތެރޭގައި ނިންމައި، އެ މައްސަލައަކާ މެދު މި ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލައެއް ބެލުމަށްފަހު، ދައުލަތުގެ ވަކި އިދާރާއަކުން އަމަލުކުރަނީ މި ގަވާއިދާ އެއް ގޮތަށް ކަމުގައި ނުވާ ނަމަ، އެކަން ރަނގަޅުކުރުމަށް ދައުލަތުގެ އެ އިދާރާއަކަށް އިންފޮމޭށަން ކޮމިށަނަރު އަންގަންވާނެއެވެ. އަދި އެކަން ރަނގަޅުކުރުމަށްޓަކައި އަޅާންވީ ފިޔަވަޅުތަކަކީ ކޮބައިކަން ދައުލަތުގެ އެ އިދާރާއަކަށް އިންފޮމޭށަން ކޮމިށަނަރު އަންގާންވާނެއެވެ.
58 ވަނަ މާއްދާ - ބާރު ހަވާލުކުރުން
(ހ) މި ގަވާއިދުގެ 61 ވަނަ މާއްދާއާއި 63 ވަނަ މާއްދާއާ 65 ވަނަ މާއްދާގެ ދަށުން އިންފޮމޭށަން ކޮމިށަނަރަށް މައްސަލަ ބެލުމަށް ލިބިދޭ ބާރުތައް، އެކަމަށް ގާބިލުކަމުގައި އޭނާ ކަނޑައަޅާ އެހެން ފަރާތަކަށް ލިޔުމުން ހަވާލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވީ ނަމަވެސް، މައްސަލައެއް ބެލުމުގައި ގޮތެއް ނިންމުމާއި ކަމެއް ރަނގަޅުކުރުމަށް ނުވަތަ އިސްލާހުކުރުމަށް އެންގުމަށް އިންފޮމޭށަން ކޮމިށަނަރަށް މި ގަވާއިދުގެ ދަށުން ލިބިދޭ ބާރު، އެއީ، އެހެންފަރާތަކަށް ދޫކުރެވޭނެ ބާރެއް ނޫނެވެ.
59 ވަނަ މާއްދާ - އިސްތިއުނާފުކުރުމުގެ ބާރު
(ހ) މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުމަކާ ގުޅޭ ގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން، އެ މައްސަލައެއް ނިންމި ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނުވަތަ އެ ނިންމުން ނިންމާންޖެހޭ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް އިލްތިމާސްކުރުމުގެ ފުރުސަތު ލިބިދެއެވެ. އަދި އެފަދަ މައްސަލައެއްގައި، ގާނޫނާ އެއް ގޮތަށް އަމަލުކުރިކަން ސާބިތުކޮށްދޭން ވާނީ އިންފޮމޭށަން ކޮމިށަނަރާ ދެކޮޅަށް މައްސަލަ ހުށަހަޅާ ފަރާތެވެ. (ސްޕްރީމް ކޯޓުގެ ރޫލިންގް ނަންބަރު 2015/SC-RU/02) (ނޯޓް: ގާނޫނާއި ގަވާއިދުތަކުގެ މެދުގައި ކޯޓުތަކުގެ މިފަދަ ރޫލިންގތަކަށް ހަވާލާދޭންޖެހޭ ސަބަބެއް ނުވިސްނޭ)
(ށ) މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ށަރުއީ ކޯޓަކުން ބެލޭނީ، މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުހަލާގައި އެކަންޏެވެ.
60 ވަނަ މާއްދާ - ނިންމުންތަކަށް ތަބާވުން
އިންފޮމޭށަން ކޮމިށަނަރުގެ ނިންމުމަކާމެދު އިސްތިއުނާފު ނުކޮށް އަދި އެ ނިންމުމަށް އަމަލު ވެސް ނުކޮށް ވަނިކޮށް 45 (ސާޅީސް ފަހެއް) ދުވަސް ފާއިތުވެއްޖެ ނަމަ، އެފަރާތަކާ މެދު، ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސޫލުން އަމަލުކޮށް ދިނުމަށްޓަކައި ށަރުއީ ކޯޓަށް ފޮނުވުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ބާރު އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
61 ވަނަ މާއްދާ - ކުށްވެރި ނުކުރުން
(ހ) ކަނޑައެޅިގެން ގާނޫނާއި ގަވާއިދާ ހިލާފުކަމެއް ހިނގާކަމުގެ މައުލޫމާތު ލިބިފައިވުމާއެކު، ގާނޫނަކާ ހިލާފަށް ނުވަތަ އިދާރީ އުސޫލަކާ ހިލާފަށް ނުވަތަ ވަޒީފާގެ އެއްބަސްވުމަކާ ހިލާފަށް މީހަކު އަމަލުކޮށްގެން ނުވަތަ އަމަލުކުރާތީ އެ މައުލޫމާތެއް މީހަކު ހާމަކުރުމުން، އެ މީހަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައި އެއްވެސް އަދަބެއް ދީ ހަދައިގެން ނުވާނެއެވެ. އެއީ، އެ ަކން އޭނާ ކުރީ ހިނގަމުންދާ ކުށެއްގެ އަމަލު ހާމަކުރުމުގެ ތެދު ނިޔަތުގައި، އެ ނޫން އެއްވެސް މަސްލަހަތެއް ނުވަތަ ނުބައި ނިޔަތެއް އޮވެގެން ނޫންކަމުގައި ވާނަމައެވެ.
(ނ) މި ގަވާއިދުގެ ދަށުން މައުލޫމާތެއް ހޯދާން މީހަކު އެދުމުން އެއީ، މި ގަވާއިދުގެ ދަަށުން ސައްހަ ގޮތުގައި ދޫކުރެވިދާނެ މައުލޫމާތެއް ކަމުގައި ދައުލަތުގެ އިދާރާއަކުން ތެދު ނިޔަތުގައި ގަބޫލުކޮށް، އެ މައުލޫމާތެއް ދޫކުރުމުން، އެ މައުލޫމާތެއް ދޫކުރި މީހާގެ މައްޗަށް އަބުރާ ބެހުމުގެ ދައުވާއެއް، ނުވަތަ، ސިއްރު ހިފަހައްޓަންޖެހޭ ހާލަތުގައި ސިއްރު ނުހިފެހެއްޓި ކަމުގެ ދައުވާއެއް ނުކުރެވޭނެއެވެ.
(ރ) މި ގަވާއިދުގެ ދަށުން މީހަކު މައުލޫމާތެއް ހޯދާން އެދުމުން، އެއީ މި ގަވާއިދުގެ ދަަށުން ދެވިދާނެ ސައްހަ މައުލޫމާތެއް ކަމުގައި ގަބޫލުކޮށްގެން ދައުލަތުގެ އިދާރާއަކުން އެ މައުލޫމާތެއް ދިން ކަމުގައި ވީ ނަމަވެސް، އެ މައުލޫމާތު ދޭން ކަނޑައެޅި މީހާ އާއި، އެ މައުލޫމާތު ދިނުމުގައި އެހީތެރިވި މީހާ، އެ ހާލަތުގައި ކުށްވެރިއެއް ނުވާނެއެވެ.
(ބ) ދައުލަތުގެ އިދާރާއަކުން ކުރާ ކަމަކުން ނުވަތަ ހިންގާ އަމަލެއްގެ ސަބަބުން، އެ އަމަލަކީ، މި ގަވާއިދުގެ ދަށުން ތަންފީޒުކުރާން ޖެހޭ ކަންކަން ތަންފީޒުކުރުމަށްޓަކައި ތެދު ނިޔަތުގައި ހިންގައިފައިވާ އަމަލެއް ނުވަތަ ކޮށްފައިވާ ކަމެއް ކަމަށްވާ ނަމަ، އެކަން ކުރި މީހާ އުފުލާންޖެހޭ އަމިއްލަ ޒިންމާއެއް ނޯންނާނެއެވެ.
62 ވަނަ މާއްދާ - ޒިންމާއިން ބަރީއަވުން
މި ގަވާއިދުގެ ދަށުން އަދާކުރާން ޖެހޭ މަސްއޫލިއްޔަތެއް އަދާކުރުމުގެ ތެދު ނިޔަތް އޮވެގެން، އެ މަސްއޫލިއްޔަތު އަދާކުރުމުގެ ޒިންމާ އޮތް މީހަކު ކުރާ ކަމަކުން އެއްވެސް މަދަނީ ދައުވާއެއް ނުވަތަ ޖިނާއީ ދައުވާއެއް އެ މީހަކާ މެދު އުފުލުމުގެ ފުރުސަތެއް ނޯންނާނެއެވެ.
63 ވަނަ މާއްދާ - ޖޫރިމަނާކުރުމުގެ ބާރު
(ހ) އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް އިންފޮމޭށަން އޮފިސަރަކު ކޮޮށްފިކަމުގައިވާ ނަމަ، 5،000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން، އިންފޮމޭށަން ކޮމިށަނަރު އެ އިންފޮމޭށަން އޮފިސަރަކު، ޖޫރިމަނާ ކުރާންވާނެއެވެ.
- މައުލޫމާތު ހޯދާން ހުށަހަޅާ ހުށަހެޅުމެއް މަގްބޫލު އުޒުރެއްނެތި ބަލައި ނުގަތުން.
- މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މަގްބޫލު އުޒުރެއް ނެތި، މައުލޫމާތު ފޯރުކޮށް ނުދިނުން.
- މައުލޫމާތު ދޭން، ނުރަނގަޅު ނިޔަތުގައި އިންކާރުކުރުން.
- ފުރިހަމަ ނޫން މައުލޫމާތު ނުވަތަ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ނުވަތަ ނުރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން.
(ށ) މި ގަވާއިދާ ތަކުރާރުކޮށް އިންފޮމޭށަން އޮފިސަރަކު ހިލާފުވާކަމަށް އިންފޮމޭށަން ކޮމިށަނަރަށް ފާހަގަކުރެވިއްޖެ ނަމަ، އޭނާއާ މެދު، ދައުލަތުގެ އިދާރާއެއްގެ ފެންވަރުގައި ސުލޫކީ ފިޔަވަޅު އަޅާން، އެ އިދާރާއަކަށް އިންފޮމޭށަން ކޮމިށަނަރު އަންގާންވާނެއެވެ.
(ނ) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ އެމީހަކު 25،000 (ފަންސަވީސް ހާސް) ރުފިޔާ އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
- މި ގަވާއިދުގައިވާ ގޮތުގެ މަތިން އަދާކުރާންޖެހޭ ވާޖިބެއް އަދާކުރާން ދައުލަތުގެ އިދާރާއަކުން ނުވަތަ އިންފޮމޭށަން އޮފިސަރަކު ހުރަސްއެޅުން.
- މި ގަވާއިދުގައިވާ ގޮތުގެ މަތިން އިންފޮމޭށަން ކޮމިށަނަރު އަދާކުރާންޖެހޭ ވާޖިބެއް އަދާކުރާން ހުރަސްއެޅުން.
- މި ގަވާއިދުގެ ދަށުން ހޯދާން އެދިފައިވާ މައުލޫމާތެއް ނުރަނގަޅު ނިޔަތުގައި ނެތިކޮށްލުން.
- ދައުލަތުގެ އިދާރާއެއްގައި ހުރި މައުލޫމާތު، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އޮޅުވައިލުން ނުވަތަ އެއަށް ބަދަލުގެނައުން.
64 ވަނަ މާއްދާ - ބައެއް ޖަމާއަތްތަކަށް ގާނޫނު ހިނގުން
ދަައުލަތުގެ ބަޖެޓުން ފައިސާގެ އެހީ ލިބިގެން ނުވަތަ ބޭރު ގައުމެއްގެ ސަރުކާރެއްގެ ފައިސާގެ އެހީ ލިބިގެން ނުވަތަ ބައިނަލްއަގްވާމީ ޖަމާއަތެއްގެ ފައިސާގެ އެހީ ލިބިގެން ރާއްޖޭގައި ހިންގާ ޖަމްއިއްޔާ ޖަމާއަތްތަކުގެ މައްޗަށް، އެހެން ގާނޫނެއްގައި ނުވަތަ އެހެން ގަވާއިދެއްގައި އެހެން ގޮތަކަށް އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ދައުލަތުގެ އިދާރާއެއްގެ މައްޗަށް ހިނގާ ހަމަ ކޮންމެ އުސޫލެއް ފުރިހަމައަށް ހިނގާނެއެވެ. އަދި، އެއިން ކޮންމެ ޖަމްއިއްޔާއެއް، ޖަމާއަތެއްގެ މައްޗަށް މި ގަވާއިދު ގައި ބަޔާންވެގެން ވާ އުސޫލުތައް ދައުލަތުގެ އިދާރާއެއްގެ މައްޗަށް ވެސް ތަންފީޒުކުރެވޭ އުސޫލުން ފުރިހަމައަށް ތަންފީޒުކުރެވޭނެއެވެ.
65 ވަނަ މާއްދާ - ގަވާއިދު ހެދުން
(ހ) މި ގަވާއިދުގައި ބަޔާންވެގެންވާ ކަންކަން މި ގަވާއިދުގެ ނިޔަތާ އެއް ގޮތަށް ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް އެކަށައަޅައި ހިންގާނީ އިންފޮމޭށަން ކޮމިށަނަރެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލުތައް ހަދައި ހިންގުމުގައި، އެ އުސޫލުތަކުގެ އަސަރުކުރާނެ ނުވަތަ އެ އުސޫލުތަކަށް އަމަލުކުރުން ލާޒިމުވާ ފަރާތްތަކާ އިންފޮމޭށަން ކޮމިށަނަރު މަށްވަރާކުރާންވާނެ އެވެ.
(ނ) މި މާއްދާގެ (ހ) އިން އިންފޮމޭށަން ކޮމިށަނަރަށް ލިބިދޭ އިހުތިޔާރުގެ ދާއިރާ ހަނިނުވާނެ ގޮތުގެ މަތިން، އަންނަނިވި ކަންކަމާ ގުޅޭ ގޮތުން ގަވާއިދު ހަދައި ހިންގުމުގެ ބާރު، އިންފޮމޭށަން ކޮމިށަނަރަށް ލިބިގެންވެއެވެ.
- މައުލޫމާތު ށާއިއުކުރުމުގެ އިތުރު އުސޫލުތައް.
- މުވައްޒަފުން ތަމްރީނުކުރުން.
- އިންފޮމޭށަން ކޮމިށަނަރަށް ރިޕޯޓު ހުށަހެޅުން.
- މި ގަވާއިދުގެ ދަށުން ދޭންޖެހޭ ނޯޓިސް ދިނުން.
- މި ގަވާއިދަށާއި މި ގަވާއިދުގެ ފުރަތަމަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނަށް ފުރިހަމައަށް އަމަލުކުރުމަށް ހަދާންޖެހޭ އިދާރީ އުސޫލުތަކާއި ހަމަތައް.
(ރ) މި މާއްދާގެ ދަށުން ހަދަންޖެހޭ އުސޫލުތައް، މި ގަވާއިދުގެ ދަށުން އިންފޮމޭށަން ކޮމިށަނަރު އައްޔަނުކުރާ ތާރީހުން ފެށިގެން 3) ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި އިއުލާނުކުރަންވާނެއެވެ.
66 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގެ އެކިއެކި މާއްދާތައް ތަންފީޒުކުރުމުގައްޔާއި މާނަކުރުމާއި ތަރުޖަމާކުރުމުގައި، އެންމެ އިސް މަސްލަހަތެއް އޮންނާނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އޭގެ ފުރިހަމަ ގޮތުގައި ލިބިދިނުމުގެ މައްޗަށެވެ. އަދި މި ގަވާއިދުގެ ކޮންމެ މާއްދާއެއް ވެސް މާނަކުރާންވާނީ މައުލޫމާތު ހޯދައި ލިބިގަތުމަށާއި މައުލޫމާތު ހާމަކުރުމަށް އިސްކަންދެވޭ ގޮތުގެ މަތީންނެވެ.
67 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު:
(ހ) "އިންފޮމޭށަން ކޮމިށަނަރު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 2014-01 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ ދަށުން އައްޔަންކުރާ އިންފޮމޭށަން ކޮމިށަނަރަށެވެ. ނުވަތަ އޭނާގެ މަސްއޫލިއްޔަތު ހަވާލުކުރާ މުއައްސަސާ ނުވަތަ ފަރާތަށެވެ.
(ށ) "އިންފޮމޭށަން އޮފިސަރު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކުރާ ވެރީން ފެންވަރުގެ މަގާމުތައް ނޫން މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން މި ގަވާއިދުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތީން އެ މަސްއޫލިއްޔަތުތައް ދައުލަތުގެ އެއިދާރާއެއްގެ ފެންވަރުގައި އަދާކުރާން ދައުލަތުގެ އެ އިދާރާއެއްގެ އިސްވެރިޔާ ހަވާލުކުރާ، އެ އިދާރާގެ މުވައްޒަފަށެވެ. ނުވަތަ މުވައްޒަފުންނަށެވެ.
(ނ) "މައުލޫމާތު" ކަމަށް ބުނެފައި އެ ވަނީ، ކޮންމެ ބާވަތެއްގެ މައުލޫމާތެއް ކަމުގައިވީ ނަމަވެސް ނުވަތަ ކޮންމެ ތާރީހެއްގައި އުފައްދައިފައިވާ މައުލޫމާތެއް ކަމުގައިވީ ނަމަވެސް ނުވަތަ ކޮންމެ ފަރާތަކުން އުފައްދައިފައިވާ މައުލޫމާތެއް ކަމުގައިވީނަމަވެސް، ނުވަތަ ކޮންމެ ވަސީލަތެއްގައި ރައްކާތެރި ކުރެވިފައިވާ މައުލޫމާތެއް ކަމުގައިވީ ނަމަވެސް ދައުލަތުގެ އިދާރާއަކުން ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތުގެ ތެރެއިން ތިން ވަނަ ފަރާތެއްގެ މިލްކަކަށްނުވާ ހަމަ ކޮންމެ މައުލޫމާތަކަށެވެ.
(ރ) "މީހަކު" ކަމަށް ބުނެފައި އެ ވަނީ، ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭ ގޮތުންނެވެ.
(ބ) "މުރާޖައާ ކޮމިޓީ" ކަމަށް ބުނެފައި އެ ވަނީ، އިންފޮމޭށަން އޮފިސަރު ނިންމާ ނިންމުން މުރާޖައާކޮށްދިނުން އެދި ހުށަހެޅުމުން އެ ކަން ބެލުމަށް ދައުލަތުގެ އިދާރާތަކުގައި ވެރިންގެ ފެންވަރުގައި ތިބި މީހުންގެ މަދުވެގެން 3 މީހުންގެ މައްޗަށް މި ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) ގައިވާ ގޮތުގެމަތިން އެކުލަވައިލެވޭ ކޮމިޓީއަށެވެ.
(ޅ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެ ވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނު އަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލުތައް ހިމެނޭގޮތުގެ މަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނަކާއި ދައުލަތުން އުފައްދައިފައިވާ ކުންފުނިތައް ވެސް މި ގަވާއިދުގެ ބޭނުމަށްޓަކައި ބަލާނީ ދައުލަތުގެ އިދާރާ ކަމުގައެވެ.
(ކ) "ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު" ކަމަށް ބުނެފައި އެ ވަނީ، ދައުލަތުގެ އިދާރާއަކުން އުފައްދާ މައުލޫމާތެއް ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތެއް ނުވަތަ ގެންގުޅެމުންދާ މައުލޫމާތަކަށެވެ.
(އ) "ތިންވަނަ ފަރާތް" ކަމަށް ބުނެފައި އެ ވަނީ، ރައްކާތެރިކޮށްދީފައިވާ މައުލޫމާތު ނިސްބަތްވާ، އަދި އެ ފަރާތެއްގެ މަސްލަހަތު އެ މާއްދާތަކުން ރައްކާތެރިކޮށްދޭ ފަރާތަށެވެ. ދައުލަތުގެ އިދާރާއެއް ނުވަތަ މައުލޫމާތަށް އެދޭ ފަރާތެއް މި މާނަކުރުމުގައި ހިމެނިގެނެއް ނުވެއެވެ.
(ވ) "ސިވިލް ސަރވިސް މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ސިވިލް ސަރވިސް ކޮމިށަންގެ ފަރާތުން ވަޒީފާދޭ ދާއިމީ މުވައްޒަފުންނަށެވެ.
(މ) "ޕަބްލިކް ސަރވިސް މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މިނިވަން މުއައްސަސާތަކުގައި އެ ތަންތާގެ މަސައްކަތް ކުރުމަށްޓަކައި އެ މުއައްސަސާއިން ވަޒީފާ ދޭ މީހުންނަށެވެ.
(ފ) "ޕްރެޒިޑެންށިއަލް ސަރވިސްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރިޔާސީ ގަނޑުވަރުގައި ވަޒީފާ އަދާކުރާ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ފިޔަވައި އެހެން މީހުންނަށާއި، ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ނާއިބުގެ ހިދުމަތުގައި ތިބޭ އެކިއެކި މުވައްޒަފުންނަށެވެ.
(ދ) "ޖުޑިށަލް ސަރވިސްގެ މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގައި ހިދުމަތްކުރާ މުވައްޒަފުންނަށެވެ.
(ތ) "ޔުނީ ފޯމު ހިދުމަތުގެ މުއައްޒިފުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މީހުންނާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި މަސައްކަތްކުރާ މީހުންނާއި އިމިގްރޭށަނާއި ކަސްޓަމާއި ކަރެކްށަނަލް ސަރވިސް ފަދަ ހިދުމަތްތަކުގައި ތިބޭ، ހިދުމަތް ދޭ މީހުންނަށް ވަކި ޔުނީފޯމެއް ކަނޑައެޅިފައިވާ މުވައްޒަފުންނަށެވެ.
(ލ) "އޮފީހުގެ ވެރީން" ކަމުގައި ބުނެފައި އެ ވަނީ ޑިރެކްޓަރު ނުވަތަ އެ ފެންވަރުގެމަގާމުތަކުން ފެށިގެން މަތީގެ މަގާމުތަކުގައި ތިބޭ މުވައްޒަފުންނެވެ.
(ގ) "ބެލެނިވެރި އިދާރާ" ކަމަށް ބުނެފައި އެވަނީ އެ އިދާރާއެއް ޖަވާބުދާރީވާންޖެހޭ އަދި އެ އިދާރާއެއް ރިޕޯޓުކުރާންޖެހޭ އިދާރާއަށެވެ.
68 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތް
މި ގަވާއިދުގައި އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ވަކި ގޮތަކަށް ބަާޔާންކޮށްފައި ނެތް ކަމެއް ދިމާވެއްޖެ ނަމަ އެ ކަމަކާ މެދު ގޮތެއް ނިންމާނީ ބަންޑާރަ ނާއިބުގެ މަށްވަރާގެ މަތީން އިންފޮމޭށަން ކޮމިށަނަރެވެ.
69 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރުން
(ހ) މި ގަވާއިދަށް އަމަލުކުރާން ފަށާނީ، 1 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުން ފެށިގެންނެވެ.
(ށ) މި ގަވާއިދަށް އަމަލުކުރުން، ދައުލަތުގެ އެންމެހާ އިދާރާތަކަށާއި ދިވެހި ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުވާނެއެވެ.
(ނ) މި ގަވާއިދަށް އަމަލުކުރާން ފެށުމާއެކު މީގެ ކުރީން މި އޮފީހުން އެކުލަވައިލައި 23 ނޮވެންބަރު 2014 ގައި އަމަލުކުރާން ފެށި "މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު" ބާތިލުވީއެވެ.
ޖަދުވަލު އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި
އުވި ގަވާއިދު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދު (ގަވާއިދު ނަންބަރު 2024-30)
އުވުނު ގަވާއިދު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-384)
މައި ގާނޫނު
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނު (ގާނޫނު ނަންބަރު 2014-01)
ކިޔުންތެރިންގެ ހިޔާލު