-

ޖުޑިށަލް ސަރިވިސް ކޮމިށަނުގެ ހިންގާ ގަވާއިދަށް 5 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2016-11)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-167 ގެ 70 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ – ގަވާއިދުގެ 53 ވަނަ މާއްދާގެ (ހ) ތިރީގައިވާ ގޮތަށް އިސްލާހުކުރުން.

53. (ހ) ކޮމިށަނުގެ މުވައްޒަފުން އެއް މަގާމުން އަނެއް މަގާމަށް ބަދަލުކުރާނީ ކޮމިށަނުންނެވެ. މުވައްޒަފެއްގެ ވަޒީފާ ބަދަލުވެއްޖެނަމަ، އެ މުވައްޒަފަކަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ. މުވައްޒަފަކު ހުރި މަގާމަކަށްވުރެ މަތީ މަގާމަކަށް ބަދަލުކުރަންވާނީ ކޮމިށަނުގެ އިދާރީ އޮނިގަނޑުގައި އެފަދަ މަގާމެއް ހުސްކޮށް އޮތްނަމަ، ތިރީގައި މިވާ ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.

  1. ތައުލީމީ ފެންވަރާއި ތަރުޖިބާއަށް ބަލާއިރު، އެ މަގާމަށް ށަރުތު ހަމަވުން.
  2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވޭތުވެދިޔަ 2 (ދޭއް) އަހަރުގެ އެވްރެޖް މާރކްސް ދަށްވެގެން %85 (އަށްޑިހަ ފަހެއް އިންސައްތަ) ލިބިފައިވުން.

 

2 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު - 2011

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު