ކޯސްތަކަށް ފީ ނެގުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 33/2016)
1 ވަނަ މާއްދާ - ތައާރުފު
މި ގަވާއިދަކީ، ޔުނިވަރސިޓީގައި ހިންގާ ކޯސްތަކަށް ފީ ނެގުމާބެހޭގޮތުން، ގާނޫނު ނަންބަރު 11/2015 (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު) ގެ 48 ވަނަ މާއްދާއިން ބާރުލިނިގެން ހަދާފައިވާ ގަވާއިދެކެވެ.
2 ވަނަ މާއްދާ - ނަން
މި ގަވާއިދަށް ކިޔާނީ، "ކޯސްތަކަށް ފީނެގުމާބެހޭ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހިންގާ ކޯސްތަކަށް ފީ ކަނޑައަޅާނޭ ގޮތް އެކަށައެޅުމާއި ފީ ނެގުމުގައި އަމަލުކުރެވޭނެ ގޮތާއި ފީ ދެއްކި ފަރާތަށް އެފަރާތަކުން ދެއްކި ފީއެއް ނުވަތަ ފީއިން ބައެއް އިއާދަ ކޮށްދެވިދާނެ ހާލަތާއި މިންވަރު ބަޔާންކޮށްދިނުމެވެ.
4 ވަނަ މާއްދާ - ފީއާގުޅޭ އިރުށާދުތައް
(ހ) ޔުނިވަރސިޓީގެ ކޯހަށް ދަރިވަރުން އަތުން ނަގާ ފީތަކަށް، ޔުނިވަރސިޓީ ހިންގުމަށް ހިނގާ ހަރަދަށް ރިއާޔަތްކޮށް ކޮންމެ އަހަރަކު ބަދަލުވެދާނެއެވެ. މި ބަދަލުވުން އިންފްލޭށަން ރޭޓުގައި ހިފެހެއްޓޭތޯ ޔުނިވަރސިޓީން މަސައްކަތް ކުރާނެއެވެ. ކޯސްތަކަށް ނަގާނެ ފީ، ކޮންމެ އަހަރެއްގެ ޖުލައި މަހު ޔުނިވަރސިޓީގެ މަޖިލީހުން ކަނޑައަޅަންވާނެއެވެ.
(ށ) ޔުނިވަރސިޓީގެ ދަރިވަރަކަށް ވުމަށް މީހަކަށް ދޭ ޖާގަ ގަބޫލު ކުރުމުގެ ކުރިން ކޯހަށް ދައްކަންޖެހޭ ފީއާބެހޭ ސައްހަ މައުލޫމާތު ހޯދައި ދެނެގަންނަންވާނެއެވެ.
(ށ) ޔުނިވަރސިޓީގެ ދަރިވަރަކަށް ވުމަށް މީހަކަށް ދޭ ޖާގަ ގަބޫލު ކުރުމުގެ ކުރިން ކޯހަށް ދައްކަންޖެހޭ ފީއާބެހޭ ސައްހަ މައުލޫމާތު ހޯދައި ދެނެގަންނަންވާނެއެވެ.
(ނ) ކިޔަވަމުންދާ މުއްދަތުގެ ތެރޭގައި ދަރިވަރު ބައިވެރިވެފައިވާ ކޯހުގެ ފީއަށް ބަދަލެއް ގެނެވުނު ކަމުގައިވިޔަސް، ދަރިވަރު ދައްކަން ޖެހޭނީ އެ ކޯހެއްގައި ދަރިވަރު ބައިވެރިވިއިރު އެ ކޯހަކަށް ކަނޑައަޅާފައިވާ ކޯސް ފީ އެވެ.
(ރ) ކޯސް ފީގެ ތެރޭގައި ހިމެނޭނީ ހަމައެކަނި އެ ކޯހުގެ ޓިއުށަން ފީއެވެ. އެ ކޯހަކަށް ބޭނުންވާ ޓެކްސްފޮތްތަކާއި، އިމްތިހާނަށް ވަނުމަށްޓަކައި ފީއެއް ނަގަން ކަނޑައެޅިފައިވާނަމަ އެ ފީއަކާއި، ދަސްވެނިވުމުގެ ފީއާއި، ފޮޓޯކޮޕީނެގުމަށް ހޭދަވާ ހަރަދު ފަދަ އެއްވެސް ފީއެއް މީގެ ތެރޭގައި ނެހިމެނެއެވެ.
(ބ) ކޯހުގެ މުގައްރަރުގެ ތެރޭގައި ހިމެނިފައިވާ ރާއްޖޭގައި ތަންފީޒުކުރާ ޕްރެކްޓިކަމް، ފީލްޑް ޓްރިޕް، އިންޑަސްޓްރިއަލް ޓްރެއިނިންގ، އިންޓަރންށިޕް ފަދަ ހަރަކާތްތަކުގެ ދަތުރު ހަރަދު އަދި އެކޮމޮޑޭށަން ހޭދަވާ ހަރަދު ދޭނީ ޔުނިވަރސިޓީންނެވެ.
(ޅ) ސްޕޮންސަރކުރާ ކޯސްތަކާއި، ކޯޕަރޭޓް ޑިވެލޮޕްމަންޓް ކޯސްތަކާއި، ކްރެޑިޓް ޕޮއިންޓް ނުހިމެނޭ ހާއްސަ ކުރު ކޯސްތަކުގެ ފީ ކަނޑައަޅާނީ ޔުނިވަރސިޓީގެ ފިނޭންސް ކޮމިޓީންނެވެ.
(ކ) ރާއްޖެއިން ބޭރުގެ ޖަމްއިއްޔާތަކާއި، މުއައްސަސާތަކުން ހިންގާ ކޯސްތަކަށް ފީނަގާނީ ހިނގާ ހަރަދަށް ބަލާފައެވެ. ކޯހުގެ ބާވަތުން ފީ ނަގާނެ މިންވަރާއި ފީ ދައްކާނެގޮތް ކަނޑައަޅާނީ ފިނޭންސް ކޮމިޓީންނެވެ.
(އ) ދަރިވަރު، އެއްވެސް މާއްދާއަކަށް އަލަށް ރަޖިސްޓަރީވާނަމަ ފީ ކަނޑައަޅާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީންނެވެ.
(ވ) ސްޕޮންސަރށިޕްގެ ދަށުން ކިޔަވާ ކުއްޖެއްނަމަ ސްޕޮންސަރ ކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(މ) މާއްދާއަކުން ފެއިލްވެގެން މާއްދާއެއް ރިޕީޓުކުރާނަމަ، އެ މާއްދާއަކަށް ކަނޑައަޅާފައިވާ ފީ ދައްކަންވާނެއެވެ.
(ފ) ކޮންމެ ސެމިސްޓަރއެއްގެ 2 ވަނަ ހަފުތާ ނިމުމުގެ ކުރިން ރަޖިސްޓަރީވެ، ފީ ނުދައްކާ ދަރިވަރުންގެ އަތުން ފީ ބަލައިގަނެވޭނީ 250 (ދުއިސައްތަ ފަންސާސް) ދިވެހި ރުފިޔާގެ ޖޫރިމަނާއަކާ އެކުއެވެ.
(ދ) އެކިއެކި ކޯސްތައް ހިންގުމަށް ހަމަޖައްސާ އިންތިޒާމުތަކާއި، ޔުނިވަރސިޓީން ކުރަން ގަސްދުކުރާ ކަންތައްތައް ކަމަށް (މިސާލު: ކިޔަވައިދޭނެ މުދައްރިސުން، ކޯސް ހިންގާނޭ ސެމިސްޓަރ) ޔުނިވަރސިޓީން ށާއިއުކުރާ ތަކެތީގައި އާންމުކޮށްފައިވާ ކަންތައްތަކަކީ، ޔުނިވަރސިޓީން ޒިންމާވާންޖެހޭ ހުށަހެޅުމެއް ނުވަތަ އަހުދެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. އިހުތިޔާރީ މާއްދާއެއްގެ ގޮތުގައި ވަކި މާއްދާއެއްކަން ކަށަވަރުކުރަންވާނެއެވެ. ޔުނިވަރސިޓީގެ އެއްވެސް މުވައްޒަފަކު އަނގަބަހުން ބުނާ ވާހަކައެއް ޔުނިވަރސިޓީން ށާއިއުކޮށްފައިވާ ލިޔުމަކާ ތައާރުޒުވާނަމަ ސައްހަ މައުލޫމާތު ކަމުގައި ބަލާނީ ރަސްމީ ލިޔުމުން ފެންނަން ހުންނަ މައުލޫމާތެވެ.
5 ވަނަ މާއްދާ - ކޯސްތަކަށް ފީ ކަނޑައެޅުމާއި އެކަން އާންމުކުރުން
(ހ) ޔުނިވަރސިޓީން ކޯސް ފީގެ ގޮތުގައި ނަގާ އަދަދު ބިނާވެގެންވަނީ ދަރިވަރު ކިޔަވާ ކޯހުގެ ބާވަތާއި، ސަނަދުގެ ފެންވަރާއި، މާއްދާއާއި، އަދި މާއްދާގެ ކްރެޑިޓް ޕޮއިންޓުގެ މައްޗަށެވެ. މި މައުލޫމާތުތައް މިގަވާއިދުގެ ޖަދުވަލު 1 ގައި އެވަނީއެވެ.
(ށ) ޔުނިވަރސިޓީގައި ހިންގުމަށް ނިންމާ ކޯސްތަކަށް ކަނޑައެޅިފައިވާ ފީ އެނގޭނޭ ލިޔުމެއް ޔުނިވަރސިޓީގެ ފަރާތުން ކޮންމެ އަހަރަކު ށާއިއުކުރަން ވާނެއެވެ.
6 ވަނަ މާއްދާ - ބިދޭސީ ދަރިވަރުންގެ ފީ
ބިދޭސީ ދަރިވަރެއްގެ އަތުން ވެސް ނެގޭނީ ދިވެހި ދަރިވަރެއްގެ އަތުން ނެގޭ ފީ އެވެ.
7 ވަނަ މާއްދާ - ކޯހުގެ ފީ ނުދައްކާ ދަރިވަރާމެދު ފިޔަވަޅުއެޅުން
ޔުނިވަރސިޓީގައި ދަރިވަރަކު ކިޔަވަމުންދާ ކޯހަށް ފީ ދެއްކުމަށް ކަނޑައަޅާ މުއްދަތުގައި ފީ ދައްކައި ހަލާސްކުރަންވާނެއެވެ. ޔުނިވަރސިޓީން ކަނޑައަޅާ މުއްދަތުގައި ފީ ނުދެއްކުމުން ދިމާވާ މައްސަލަތަކުގެ ޒިންމާއަކީ ދަރިވަރު އުފުލަންޖެހޭ ޒިންމާއެކެވެ. ދަރިވަރު ނޫން ފަރާތަކުން ސްޕޮންސަރކުރާ ކޯހެއް ކަމުގައި ވާނަމަ، ޒިންމާ އުފުލަންވާނީ އެފަރާތަކުންނެވެ. ދަރިވަރު ނޫން ފަރާތަކުން ސްޕޮންސަރކުރާ ކޯހެއް ކަމުގައި ވިޔަސް ފީ ނުދެއްކުމުން އަޅާ ފިޔަވަޅުތައް އަޅާނީ ދަރިވަރާ މެދުއެވެ. ފީ ނުދައްކާ ދަރިވަރުންނާމެދު ފިޔަވަޅުއެޅުމުގެ އިހުތިޔާރު ފިނޭންސް ކޮމިޓީއަށް ލިބިގެންވެއެވެ. އޭގެތެރޭގައި ހިދުމަތްތައް ހުއްޓާލުމާއި ޓްރާންސްކްރިޕްޓް ހިފެހެއްޓުމާއި، ސަނަދު ހިފެހެއްޓުމާއި، ދަސްވެނި ނުކުރުމާއި، ޔުނިވަރސިޓީގެ ކޯހަކަށް ދެން ނުވެއްދުމާއި، ޔުނިވަރސިޓީން ވަކިކުރުމާއި ފައިސާ ހޯދުމަށްޓަކައި ށަރީއަތަށް ދިއުން ފަދަ ކަންކަން ހިމެނެއެވެ.
(ށ) ހާލަތު ނިޔާކުރާގޮތް، ކަނޑައަޅާފައިވާ ފީ، ފީ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ދެއްކުމަށް ދަތިވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ވޭތޯ ބެލުމަށް، ޔުނިވަރސިޓީގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭށަން ޑިޕާޓްމަންޓާއެކު މަޝްވަރާ ކުރެވިދާނެއެވެ.
8 ވަނަ މާއްދާ - ކޯހުގެ ފީ އަނބުރާ ދަރިވަރަށް ދިނުން
(ހ) ޔުނިވަރސިޓީން ވަކިވާ ދަރިވަރުންނަށް ފީގެ ގޮތުގައި ދެއްކި ފައިސާ އަނބުރައި ދޭންވާނީ ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތީންނެވެ.
( މަތީގައި ބުނެވިފައިވާ ތާވަލުގެ ތަފްސީލު އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ.
ސެމިސްޓަރުގެ ކިޔެވުން ފެށޭ ތާރީޚުން ފެށިގެން ވަކިވާނަމަ ސެމިސްޓަރާށް ރަޖިސްޓްރީވި މާއްދާތަކަށް ކަނޑައެޅިފައިވާ ފީއިން އަބުރާ ދެވޭނެ އިންސައްތަ
2-1 ވަނަ ހަފްތާ | އިދާރީ ފީ ފިޔަވައި މުޅި ސެމިސްޓަރއަކަށް ދައްކާ ފީގެ %100 |
5-3 ވަނަ ހަފްތާ | އިދާރީ ފީ ފިޔަވައި މުޅި ސެމިސްޓަރއަކަށް ދައްކާ ފީގެ %50 |
5 ވަނަ ހަފްތާ އަށް ފަހު | އިދާރީ ފީ ފިޔަވައި މުޅި ސެމިސްޓަރއަކަށް ދައްކާ ފީގެ %0 |
(ށ) ކަނޑައެޅިފައިވާ މުއްދަތަށް ކޯސް ފެށޭގޮތް ނުވެގެން ކޯހަށް ފީ ދެއްކި ދަރިވަރު ކޯހުން ވަކިވާން ނިންމައިފިނަމަ ކޯހުގެ ފީ އަނބުރައި ލިބޭނެއެވެ. ފީ އަނބުރައި ލިބިދިނުމަށް އެދި ޔުނިވަރސިޓީގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭށަން ޑިޕާޓްމަންޓަށް ލިޔުމަކުން ހުށަހެޅުމުން، އެ ހުށަހެޅުން ހުށަހަޅާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި ފީ އަނބުރައި ދެވޭނެއެވެ.
(ނ) ދިވެހިރާއްޖޭގެ ގާނޫނާ ނުވަތަ ޔުނިވަރސިޓީގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެގެން ޔުނިވަރސިޓީން ވަކި ކުރެވޭ ދަރިވަރަށް، އެ ދަރިވަރު ޔުނިވަރސިޓީއަށް ދައްކާފައިވާ ކޯހުގެ ފީ އަނބުރައި ނުދެވޭނެއެވެ.
9 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
މި ގަވާއިދުގައިވާ އެއްވެސް ކަމަކާ ގުޅިގެން ށަކުވާއެއް ހުށަހަޅަން ބޭނުން ނަމަ އަމަލު ކުރެވޭނީ ޔުނިވަރސިޓީގެ "ށަކުވާ ހުށަހެޅުމާބެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
10 ވަނަ މާއްދާ - ޑިސްކްލޭމަރ
ތިރީގައިވާ ޑިސްކްލެއިމަރ، ފީ އާ ބެހޭ ޔުނިވަރސިޓީގެ ހުރިހާ ލިޔުމެއްގައި ހިމަނަންވާނެއެވެ. "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ށާއިއުކުރާ ފީއަކީ ސައްހަ ފީ ތަކެއްކަން ކަށަވަރު ކުރުމަށް ކުރެވިދާނެ ހުރިހާ މަސައްކަތެއް ކުރެވިފައި ވެއެވެ. ނަމަވެސް، ހާލަތެއް ބަދަލުވުމުގެ ސަބަބުން ނުވަތަ އެ ނޫން ސަބަބަކާ ހުރެ ވިޔަސް ކުރިން އެންގުމަކާ ނުލައި ފީއަށް ބަދަލު ގެނުއުމަކީ ޔުނިވަރސިޓީއަށް ލިބިގެންވާ ހައްގެކެވެ."
11 ވަނަ މާއްދާ - ގަވާއިދު އިސްލާހުކުރުން
މި ގަވާއިދަށް އުނިއިތުރު ގެނައުމުގެ ހައްގު ލިބިގެންވަނީ ޔުނިވަރސިޓީގެ މަޖިލީހަށެވެ.
12 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށަނީ، މި ގަވާއިދު ޔުނިވަރސިޓީގެ މަޖިލީހުން ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރާ ދުވަހުން ފެށިގެންނެވެ.
13 ވަނަ މާއްދާ - މި ގަވާއިދުގައި ނެތްކަމެއް ދިމާވުން
މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ އެކަޑެމިކް ބޯޑުގެ ލަފާގެ މަތިން ޔުނިވަރސިޓީ މަޖިލީހުންނެވެ.
(ކޯސްތަކަށް ފީ ކަނޑައެޅުން (ޖަދުވަލު-1) ގެ ތާވަލް އެޓޭޗްކުރެވިފައިވާ މި ގަވާއިދުގެ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި މި ތާވަލް ވަރޑް ޑޮކިއުމަންޓުގައި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ.)
މައި ގާނޫނު
އިސްލާމީ ޔުނިވަރސިޓީގެ ގާނޫނު (ގާނޫނު ނަންބަރު 11/2015)
ކިޔުންތެރިންގެ ހިޔާލު