ކްލެމެންސީ ބޯޑުގެ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2016-42)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 29 ޖޫން 2016 ގައި)
1 ވަނަ މާއްދާ - ކްލެމެންސީ ބޯޑުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހު ގެނައުން.
(ށ) ދެކޮޅަށް ލިބޭ ވޯޓު އެއްވަރުވެއްޖެ ހާލަތެއްގައި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާ ފަރާތަކަށް ވޯޓު ދެވިދާނެއެވެ.
2 ވަނަ މާއްދާ - ކްލެމެންސީ ބޯޑުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (އ) އުނިކޮށް، އަކުރުތައް ތަރުތީބުކުރުން.
3 ވަނަ މާއްދާ - ކްލެމެންސީ ބޯޑުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (މ) އަންނަނިވި ގޮތަށް އިސްލާހު ގެނައުން.
(މ) ރިޔާސީ ކޮންމެ ދައުރެއްގެ ތެރޭގައި ގާނޫނު ނަންބަރު 2010-02 (މައާފުކޮށްދިނުމުގެ ގާނޫނު) ގެ ދަށުން އެއްވެސް ގޮތަކުން އަދަބަކަށް ލުއިދިނުމަށް ނުވަތ ނުދިނުމަށް ނިންމުމެއް ނިންމާފައިވާނަމަ، ދެވަނަ ފަހަރަށް އެ ނިންމުމުގެގައި ބަޔާންކޮށްފައިވާ ގަޒިއްޔާއާ ގުޅޭގޮތުން އެ ރިޔާސީ ދައުރެއްގައި އިލްތިމާސް ހުށަހަޅަން ބޭނުންވަނަމަ ހުށަހަޅަންވާނީ އެ ނިންމުގައިވާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ފަހުންނެވެ.
3 ވަނަ މާއްދާ - ކްލެމެންސީ ބޯޑުގެ ގަވާއިދަށް މި ގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގަވާއިދު
ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010
ކޮންސޮލިޑޭޓެޑް ގަވާއިދު
ކްލެމެންސީ ބޯޑުގެ ގަވާއިދު - 2010 (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-00)
ކިޔުންތެރިންގެ ހިޔާލު