ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-65)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ޖުލައި 2026 ގައި)
އެއްވަނަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
މިއީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ރ) އާއި، އެ ގާނޫނުގެ 62 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް، ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތު އަދާކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 99 ވަނަ މާއްދާގެ (ށ) ގެ (19) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދުގެ ނަމަކީ، "ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މައިގަނޑު މަގުސަ ދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
(ހ) ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އޮތޯރިޓީން ހިންގާ ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވާ ކާބޯތަކެތީގެ އިންސްޕެކްޓަރުން އައްޔަނުކުރުމާއި، އެ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުން.
(ށ) ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑު ކަނޑައެޅުން.
(ނ) ކާބޯތަކެތީގެ އިންސްޕެކްޓަރުން މަސައްކަތްކުރުމުގައި ގެންގުޅެންޖެހ އަސާސީ މިންގަނޑާއި އުސޫލުތައް ކަނޑައެޅުން.
(ރ) ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ތެރެއިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅައި ޖޫރިމަނާ ކުރުމުގެ އުސޫލު ބަޔާންކުރުން.
3 ވަނަ މާއްދާ - ގަވާއިދު ހިނގާ ފަރާތްތައް
(ހ) މި ގަވާއިދު ހިނގާނީ، އޮތޯރިޓީން އައްޔަނުކުރާ ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ މައްޗަށެވެ.
(ށ) އޮތޯރިޓީން އައްޔަނުކުރާ، ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.
- އޮތޯރިޓީ ގެ މުވައްޒަފުންގެ ތެރެއިން ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގޮތުގައި އައްޔަނުކުރާ ފަރާތްތައް؛
- ސަރުކާރުގެ އެހެނިހެން އިދާރާތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ތެރެއިން ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތައް ހަވާލުކޮށް އައްޔަނުކުރާ ފަރާތްތައް.
ދެވަނަ ބާބު
ކާބޯތަކެތީގެ އިންސްޕެކްޓަރުން
4 ވަނަ މާއްދާ - ކާބޯތަކެތީގެ އިންސްޕެކްޓަރުން
ކާބޯތަކެތީގެ އިންސްޕެކްޓަރުންނަކީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ކާބޯތަކެތި އުފައްދާ ނުވަތަ ތައްޔާރުކުރާ ނުވަތަ ބަންދުކުރާ ނުވަތަ ލޭބަލްކުރާ ނުވަތަ ރައްކައު ކުރާ ނުވަތަ ގުދަންކުރާ ނުވަތަ ގަނެވިއްކާ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދޭ ތަންތަން ނުވަތަ ކާބޯތަކެތީގެ ހިދުމަތްދޭ އެނޫންވެސް ތަންތަނުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައި ލައިފައިވާ މިންގަނޑުތަކަށް އަމަލުކުރަމުންދޭތޯ ބެލުމަށް ޓަކައި، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ތަންތަން ބަލައި ފާސްކުރުމަށާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތި ބަލައި ފާސްކުރުމަށް އޮތޯރިޓީ އަށް ލިބިދޭ ބާރުގެ ދަށުން އެ މަސައްކަތްކުރުމަށް ޓަކައި އޮތޯރިޓީން އައްޔަނުކުރާ ފަރާތްތަކެވެ.
5 ވަނަ މާއްދާ - މަސްއޫލިއްޔަތުތައް
ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީ އެވެ.
(ހ) ކާބޯތަކެތި އުފައްދާ ނުވަތަ ތައްޔާރުކުރާ ނުވަތަ ބަންދުކުރާ ނުވަތަ ލޭބަލްކުރާ
ނުވަތަ ރައްކައުކުރާ ނުވަތަ ގުދަންކުރާ ނުވަތަ ވިއްކާ ނުވަތަ އުފުލާ ނުވަތަ ފޯރުކޮށްދޭ ތަންތަން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ކަށަވަރުކުރުމުގެ ގޮތުން، އެ ތަންތަން ގަވާއިދުން ބަލައި ފާސްކުރުން.
(ށ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ، ކާބޯތަކެތީގެ ރައްކާ ތެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރުކުރުމުގެ ގޮތުން، އެ ތަކެތި ބަލައި ފާސްކުރުން.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބަލައި ފާސްކުރުމަށްފަހު، ލިޔެކިޔުންތައް ބެލެހެއްޓުމާއި، ރިޕޯޓު ތައްޔާރުކުރުން.
(ރ) ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
(ބ) ކާބޯތަކެތީގެ ރައްކައުތެރިކަމާ ގުޅޭ ގޮތުން އާންމުންގެ ފަރާތުން އަންނަ ށަކުވާތައް ބަލައި، އެ ށަކުވާތަކާ މެދު ފިޔަވަޅު އެޅުން.
(ޅ) ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި މިންގަނޑުތައް ތަންފީޒުކުރުމަށް ޓަކައި އޮތޯރިޓީ އަށް ފުރިހަމަ އެއްބާރުލުން ދިނުން.
(ކ) ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ކާބޯތަކެތީގެ ރައްކައުތެރިކަމާބެހޭ މައުލޫމާތު ފޯރުކޮށްދޭިނުން.
6 ވަނަ މާއްދާ - އިންސްޕެކްޓަރުންގެ ބާރުތައް
(ހ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެއްޗަކީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 58 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓުކުރުން މަނާ ކާބޯތަކެތި ކަމަށް އޮތޯރިޓީ އަށް ގަބޫލުކުރެވިއްޖެ ނަމަ، އަންނަނިވި ކަންކަން ކުރުމުގެ ބާރު، އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ.
- ބަލައި ފާސްކުރުން ނުވަތަ ޓެސްޓުކޮށް ނިމެންދެން އެ ތަކެތި ހިފެހެއްޓުން؛
- މި އަކުރުގެ (1) ވަނަ ނަންބަރުގެ ދަށުން އެ ތަކެތި ބަލައި ފާސްކޮށް ނުވަތަ ޓެސްޓުކޮށް ނިމެންދެން އެ ތަކެތި ހިފެހެއްޓުމަށްފަހު ދޫކޮށްލުން؛
- އެ ތަކެތި ނައްތައިލުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން އެ ތަކެތި ނައްތައިލުން؛
- ބަލައި ފާސްކުރާ ތަކެތީގެ ފޮޓޯނެގުން؛
- ހާލަތަށް ރިއާޔަތްކޮށް އެ ތަކެތި ރީ-އެކްސްޕޯޓުކުރުމަށް ލާޒިމުކުރުން.
(ށ) ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދޭެނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށްތޯ ބެލުމަށް ޓަކައި އަންނަނިވި ކަންކަން ކުރުމުގެ ބާރު، އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ.
- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާބެހޭ ގޮތުން، ދުރާލައި އެންގުމަށްފަހު ނުވަތަ ދުރާލައި ނޯޓިސް ދިނުމަކާ ނުލައި، ކާބޯތަކެތި އުފައްދާ ނުވަތަ ތައްޔާރުކުރާ ނުވަތަ ބަންދުކުރާ ނުވަތަ ލޭބަލްކުރާ ނުވަތަ ރައްކަ އުކުރާ ނުވަތަ ގުދަންކުރާ ނުވަތަ ގަނެ ވިއްކާ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދޭ ނުވަތަ ހިދުމަތްދޭ ތަންތަނަށް ވަދެ، ބަލައި ފާސްކުރުން؛
- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާބެހޭ ގޮތުން، މީހުން ދިރިއުޅޭ ތަނެއް ބަލައި ފާސްކުރާ ނަމަ، އެ ތަނުގެ ވެރިފަރާތުގެ ނުވަތަ ވިޔަފާރިކުރާ ފަރާތުގެ ހުއްދަ ނުވަތަ އެ ހުއްދަ ނެތް ހާލަތެއްގައި ކޯޓު އަމުރެއް ހޯދުމަށްފަހު، ކާބޯތަކެތި އުފައްދާ ނުވަތަ ތައްޔާރުކުރާ ނުވަތަ ބަންދުކުރާ ނުވަތަ ލޭބަލްކުރާ ނުވަތަ ރައްކައުކުރާ ނުވަތަ ގުދަންކުރާ ނުވަތަ ގަނެވިއްކާ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދޭ ނުވަތަ ހިދުމަތްދޭ ތަންތަނަށް ވަދެ، ބަލައި ފާސްކުރުން؛
- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރާ ތަކެތީގެ ފެންވަރާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް ޓަކައި، އެ ތަންތަނުގައި ބޭނުންކުރާ ތަކެތީން ސާމްޕަލް ނަގައި ޓެސްޓުކުރުން؛
- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ތިބޭ މީހުންނާއި މުވައްޒަފުންނާ ބައްދަލުކޮށް މައުލޫމާތު ހޯދުން؛
- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި އެ ތަންތަނުގައިވާ ތަކެތީގެ ފޮޓޯނެގުން؛
- ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެންމެހައި ރިކޯޑުތަކާއި ލިޔުންތައް ބަލައި ކޮޕީ ހެއްދުން؛
- މައުލޫމާތު ހޯދުމަށާއި، ހެކި ހޯދަން ބޭނުންވާ ހާލަތްތަކުގައި ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކޮށް ބަޔާންނެގުން؛
- ކަމާ ގުޅޭ ގޮތުން ހޯދަންޖެހޭ އިތުރު މައުލޫމާތު ހޯދުން.
(ނ) ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް ހުންނަ ކާބޯތަކެތި ހިފެހެއްޓުމާއި ނެގުން، އަދި މިފަދަ ކާބޯތަކެތި ވަގުތ ގޮތުން ރައްކައު ކުރުމަށް ޓަކައި، އޮތޯރިޓީން ކަނޑައަޅައިފައިވާ ވަކި ތަނަކަށް ގެންދިޔުން ނުވަތަ އަވަހަށް ހަލާކުވެދާނެ ފަދަ ނުވަތަ ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކާބޯތަކެތި ނައްތައިލުމުގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން އެ ތަކެތި ނައްތައި ލުމުގެ ބާރު، އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ.
(ރ) ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދުތައް ތަންފީޒުކުރުމަށް ޓަކައި އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުމުގެ ބާރު، އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - ކާބޯތަކެތީގެ އިންސްޕެކްޓަރުން އައްޔަނުކުރުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކާބޯތަކެތީގެ އިންސްޕެކްޓަރުން އައްޔަނުކުރާނ އޮތޯރިޓީންނެވެ.
(ށ) އޮތޯރިޓީން އައްޔަނުކުރާ ކޮންމެ އިންސްޕެކްޓަރަކަށް، އެ ފަރާތަކ އޮތޯރިޓީން އައްޔަނުކޮށްފައިވާ ފަރާތެއްކަން އަންގައިދ ރަސްމީ ފާހެއް ނުވަތަ ލިޔުމެއް ދޫކުރަންވާނެއެވެ.
(ނ) އޮތޯރިޓީން އައްޔަނުކުރާ ކޮންމެ އިންސްޕެކްޓަރަކީ، ތިރީގައިވާ ތަމްރީނުގެ މިންގަނޑުތަކާއި ށަރުތުތައް ފުރިހަމަކޮށްފައިވާ، އަދި އެ މަސައްކަތް ކުރުމަށް ބޭނުންވާ ގާބިލުކަން ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
- އެންމެ ދަށްވެގެން ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށްފައިވުން؛
- އޮތޯރިޓީން ދޭ ބޭސިކް ފުޑް ސޭފްޓީ ތަމްރީނު ނުވަތަ HACCP ތަމްރީނު ޕުރޮގުރާމެއް ނުވަތަ އެ ޔަށް ވުރެ މަތީ ފެންވަރެއްގެ ފުޑް ސޭފްޓީ ތަމްރީނެއް ނުވަތަ ތައުލ މ ސެޓުފިކެޓެއް
ހާސިލުކޮށްފައިވުން؛ - ދިވެހިބަހާއި އިނގިރޭ ސިބަހުން ފަރިތަކަމާއެކު މުއާމަލާތުކުރަން އެނގުން؛
- މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، އޮތޯރިޓީގެ އިންސްޕެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 10 (ދިހައެއް) އަހަރު ވެފައިވާ ފަރާތްތައް، މި މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވުމުން އިސްތިސްނާވާނެއެވެ.
(ރ) ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ދަފުތަރެއް އޮތޯރިޓީން އެކުލަވައިލައި ބަލަހައްޓަންވާނެއެވެ.
ތިންވަނަ ބާބު
ސުލޫކީ މިންގަނޑު
8 ވަނަ މާއްދާ - ނަޒާހަތްތެރިކަން
ކާބޯތަކެތީގެ އިންސްޕެކްޓަރުން، އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމުގައި، ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ހަމަހަމަކަން ހިފަހައްޓާންވާނެއެވެ.
9 ވަނަ މާއްދާ - އިގުތި ސާދުކުރުން
ކާބޯތަކެތީގެ އިންސްޕެކްޓަރުން، އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމުގައި، އޮތޯރިޓީގެ ފައިސާއާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރުމުގައި އިސްރާފުނުކޮށް، އިގުތިސާދު ކުރުމާއެކު، ނަތީޖާ ނެރުމަށް މަސައްކަތް ކުރަންވާނެއެވެ.
10 ވަނަ މާއްދާ - ޖަވާބުދާރ ވުން
ކާބޯތަކެތީގެ އިންސްޕެކްޓަރުން، އެ އިންސްޕެކްޓަރުންނާ ހަވާލުކޮށްފައިވާ ކަންކަމުގައި އެ ފަރާތްތަކާ ހަވާލުވެ ހުންނަ ފަރާތަށް ނުވަތަ އޮތޯރިޓީ އަށް އަދި ގާނޫނ ގޮތުން ލާޒިމުކުރާ ހާލަތްތަކުގައި ފުލުހުންނަށް ނުވަތަ އެހެނިހެން ކަމާބެހޭ އިދާރާތަކަށް ވެސް ޖަވާބުދާރ ވާންވާނެއެވެ.
11 ވަނަ މާއްދާ - ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން
ކާބޯތަކެތީގެ އިންސްޕެކްޓަރުން، އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމުގައި، ދިވެހިރާއްޖ ގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ.
12 ވަނަ މާއްދާ - މަސައްކަތުގެ ފެންވަރު ދެމެހެއްޓުން
ކާބޯތަކެތީގެ އިންސްޕެކްޓަރުން، އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމުގައި، އޮތޯރިޓީން ކަނޑައަޅައިފައިވާ މަސައްކަތްކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.
13 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ކަންކަމާ ދުރުވުން
(ހ) ކާބޯތަކެތީގެ އިންސްޕެކްޓަރުން، އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅިދާނެ ނުވަތަ މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށް، ކާބޯތަކެތީގެ އިންސްޕެކްޓަރަކު ކާބޯތަކެތީގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރުމާއި، އެފަދަ ތަނެއް ހިންގުމާއި، އެފަދަ ތަނެއްގެ ހިއްސާދާރަކަށްވުމާއި، އާއިލީ ގުޅު މުގެ ސަބަބުން ނުވަތަ ކައިވެނީގެ ގުޅުމުގެ ސަބަބުން މަސްލަހަތު ފުށުއަރާނެ ހާލަތެއް ދިމާވެދާނެ ފަދަ ހާލަތެއްގައި، އެފަދަ ތަނަކަށް ލަފާދިނުމަކ މަސްލަހަތު ފުށުއަރާ ފަދަ ކަމެއްގެ ގޮތުގައި ބެލެވ ނެއެވެ.
(ނ) ކާބޯތަކެތީގެ އިންސްޕެކްޓަރަކު، އެ ފަރާތެއްގެ ޒިންމާ އަދާކުރުމުގައި މަސްލަހަތު ފުށުއަރާ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ނުވަތަ ދިމާވެދާނެކަމަށް ގަބޫލުކުރެވޭ ނަމަ، އެ ކަން ވަގުތުން އޮތޯރިޓީ އަށް ލިޔުމުން އެންގުމަށްފަހު، އެ ކަމެއް ކުރުމުން އެ އިންސްޕެކްޓަރަކު ތަނާޒުލު ވާންވާނެއެވެ.
14 ވަނަ މާއްދާ - މަންފާ ލިބިނުގަތުން
ކާބޯތަކެތީގެ އިންސްޕެކްޓަރަކު، އެ ފަރާތެއްގެ ޒިންމާ އަދާކުރުމުގައި، އެ ފަރާތެއްގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާމެދު ސުވާލު އުފެދިދާނެގޮތަކަށް، އެއްވެސް މީހެއްގެ ހަދިޔާއެއް ނުވަތަ އެނޫންވެސް މަންފާއެއް ހޯދައި ނުވަތަ ލިބިގަނެގެން ނުވާނެއެވެ.
15 ވަނަ މާއްދާ - މައުލޫމާތު ރައްކައުތެރިކުރުމާއި ސިއްރު ހިފެހެއްޓުން
ކާބޯތަކެތީގެ އިންސްޕެކްޓަރުންނަށް އެ ފަރާތެއްގެ މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ އެއްވެސް މައުލޫމާތެއް، އެ ފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މެނުވީ، ތިންވަނަ ފަރާތަކަށް އެ މައުލޫމާތެއް ދީ ނުވަތަ ހާމަކޮށްގެން ނުވާނެއެވެ.
16 ވަނަ މާއްދާ - މަސައްކަތަށް ނުރަނގަޅު ނުފޫޒު ފޯރުވާ ނަމަ، ރިޕޯޓުކުރުން
އެއްވެސް ފަރާތަކުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށް ލުމަށް އަންގާ ނަމަ ނުވަތަ ބާރުއަޅާ ނަމަ ނުވަތަ މަޖުބޫރުކުރުވާ ނަމަ ނުވަތަ އިންސްޕެކްޓަރުގެ މަސައްކަތް ނަޒާހަތްތެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް ހުރަސްއެޅ ފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވާ ނަމަ، ލަސްނުކޮށް އޮތޯރިޓީ އަށް އެކަން އަންގަންވާނެއެވެ.
17 ވަނަ މާއްދާ - ކުރުން މަނާ ކަންކަން
ކާބޯތަކެތީގެ އިންސްޕެކްޓަރުން، އެ ފަރާތްތަކުގެ ޒިންމާ އަދާކުރުމުގައި، އަންނަނިވި ކަންކަން ކުރުމަކ މަނާ ކަމެކެވެ.
(ހ) އިންސްޕެކްށަނާ ގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ދޮގު މައުލޫމާތު ހިމެނުން ނުވަތަ އޮޅުވައިލުމުގެ ނިޔަތުގައި އެ ލިޔެކިޔުމުގައިވާ މައުލޫމާތު ބަދަލުކުރުން.
(ށ) އިންސްޕެކްޓް ކުރާ ފަރާތަކުން އެއްވެސް ބާވަތެއްގެ މާލީ، މަންފާއެއް ނުވަތަ އެހެނިހެން މަންފާއެއް ހޯދުން.
(ނ) އިންސްޕެކްޓް ކުރުމަކާ ނުލައި ނުވަތަ ގަވާއިދާއި މިންގަނޑުތަކަށް ނުފެތ ތަނަކަށް ލައިސަންސް ދިނުމަށް ޓަކައި އޮޅުވައިލައިގެން އިންސްޕެކްށަން ރިޕޯޓު ތައްޔާރުކުރުން.
(ރ) އިންސްޕެކްށަނާ ގުޅޭ އެއްވެސް ހެއްކަކަށް ނުވަތަ ސާމްޕަލަކަށް ގެއްލުން ދިނުން ނުވަތަ ނައް ތައިލުން.
(ބ) ރަސްމީ މަގާމުގެ ބޭނުންކޮށްގެން ނުރަނގަޅު ނުފޫޒު ފޯރުވުން.
18 ވަނަ މާއްދާ - ސުލޫކީ މިންގަނޑަށް ތަބާވުން
(ހ) ކާބޯތަކެތީގެ އިންސްޕެކްޓަރުން، އެ ފަރާތްތަކުގެ މަގާމުގެ ވާޖިބު އަދާކުރުމުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ ހަމަތައް ހިފަހައްޓާންވާނެއެވެ.
(ށ) ކާބޯތަކެތީގެ އިންސްޕެކްޓަރަކު، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން އެ ފަރާތަކާމެދު އޮތޯރިޓީން ފިޔަވަޅު އަޅަންވާނެއެވެ.
ހަތަރުވަނަ ބާބު
މަސައްކަތްކުރުމުގެ އަސާސީ މިންގަނޑު
19 ވަނަ މާއްދާ - އިގު ރާރުގައި ސޮއިކުރުން
އިންސްޕެކްށަންތައް ފެށުމުގެ ކުރިން، އޮތޯރިޓީން ކަނޑައަޅާ ކާބޯތަކެތީގެ އިންސްޕެކްޓަރުން، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ އިގުރާރު" ގައި ސޮއިކޮށް، އޮތޯރިޓީ އަށް އެ އިގުރާރު ހުށަހަޅަންވާނެއެވެ.
20 ވަނަ މާއްދާ - ހާޒިރުވުމާއި ވަގުތަށް ފަރުވާތެރިވުން
ކާބޯތަކެތީގެ އިންސްޕެކްޓަރުން، އެ ދުވަހަކަށް ކަނޑައަޅައިފައިވާ އިންސްޕެކްށަން ތާވަލުގައިވާ ތަންތަނަށް ގަޑިއަށް ހާޒިރުވާން ސަމާލުވ،ެ އިންސްޕެކްށަން ނިންމަންޖެހޭ ވަގުތަށް ސަމާލުކަންދީ، އެ ވަގުތުގެ ތެރޭގައި މަސައްކަތް ނިންމަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ކަނޑައަޅައި ފައިވާ ވަގުތަށް ހާޒިރުނުވެވ ނަމަ، މަސައްކަތް ހަވާލުކުރި ފަރާތަކަށް، ވީއެންމެ އަވަހަކަށް އެކަން އަންގަންވާނެއެވެ. އެގޮތުން އެ އިންސްޕެކްޓަރެއް ގާއިމުވެހުރި ރަށެއްގައި އިންސްޕެކްޓްކުރާ ތަނަކަށް ދިޔުން ލަސްވާ ނަމަ، އެކަން ދޫރާލައި އަންގަންވާނެއެވެ.
21 ވަނަ މާއްދާ - އިންސްޕެކްޓްކުރުމުގެ އުސޫލު
(ހ) ކޮންމެ އިންސްޕެކްށަނެއް ވެސް ފަށަންވާނީ، ތަނުގެ ވެރިފަރާތުގެ ނުވަތަ އެ ތަނުގައި އެވަގުތަކު ހުރި އެންމެ އިސް ފަރާތުގެ ހުއްދަ ހޯދުމަށްފަހު، އިންސްޕެކްށަނުގައި ބައިވެރިވާ ފަރާތްތަކުގެ ނަމާއި މަގާމު ބަޔާންކުރުމާއެކު، ކާބޯތަކެތީގެ އިންސްޕެކްޓަރަށް އޮތޯރިޓީން ދީފައިވާ ރަސްމީ ފާސް ނުވަތަ ލިޔުން، ތަނުގައި ހާޒިރުވެ ހުރި ފަރާތަށް ދެއްކުމަށް ފަހުގައެވެ. މ ގެ އިތުރުން، އިންސްޕެކްށަނުގެ މަގުސަދު، ތަނުގައި ހާޒިރުވެ ހުރި ފަރާތަށް ސާފުކޮށް އަންގައިދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިންސްޕެކްޓްކުރާ ތަނަކ މީހުން ދިރިއުޅޭ ތަނެއް ކަމުގައި ވާ ނަމަ އިންސްޕެކްށަން ފަށަންވާނީ، ތަނުގެ ވެރިފަރާތުގެ ނުވަތަ އެ ތަނުގައި ވިޔަފާރިކުރާ ފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ. އެފަދަ ހުއްދައެއް ނެތް ނަމަ، ކޯޓު އަމުރެއްގެ ދަށުންނެވެ.
(ނ) އިންސްޕެކްށަންތައް ކުރިޔަށް ގެންދަންވާނީ، ތަނުގެ ވެރިފަރާތް ނުވަތަ އެ ތަނުގައި ވިޔަފާރިކުރާ ފަރާތް ނުވަތަ އެ ތަނަކާ އެ ވަގުތަކު ހަވާލުވެ ހުރި ފަރާތް ނުވަތަ ތަނުގެ ވެރިފަރާތް ނުވަތަ އެ ތަނުގައި ވިޔަފާރިކުރާ ފަރާތުން ކަނޑައަޅާ އެހެން ފަރާތެއްގެ ހާޒިރުގައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އިންސްޕެކްޓްކުރާ ނަމަ، އިންސްޕެކްށަނުގެ ކުރިން، ކޯޓު އަމުރުގެ ކޮޕީ އެއް އެ ފަރާތަށް ދޭންވާނެއެވެ.
(ރ) އިންސްޕެކްޓް ކުރުމުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދަ އިފައިވާ ގަވާއިދުތަކާއި، އޮތޯރިޓީން ކަނޑައަޅައިފައިވާ އެހެނިހެން މިންގަނޑުތަކާއި އުސޫލުތަކަށް އެ ތަނަކުން ފުރިހަމައަށް އަމަލުކުރަމުންދޭތޯ ބަލައި ޔަގީންކުރަންވާނެއެވެ.
(ބ) އިންސްޕެކްށަނުގައި ފާހަގަކުރެވޭ ކަންކަން ތަފުސީލުކޮށް ނޯޓުކުރުމާއެކު، ބޭނުންވާ ފޮޓޯތައް ނަގައި، ހެކި ރައްކައުތެރިކުރަންވާނެއެވެ.
(ޅ) ކާބޯތަކެތީގެ ސާމްޕަލް ނަގަންޖެހޭ ހާލަތްތަކުގައި، އޮތޯރިޓީން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ސާމްޕަލް ނަގައި، އެކަމާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަކުރަންވާނެއެވެ.
(ކ) އިންސްޕެކްށަނުގައި ގާނޫނާއި ގަވާއިދާއި ހިލާފު ކަމެއް ފާހަގަކުރެވިއްޖެ ނަމަ، އެ ކަންކަން އިސްލާހުކުރުމަށް ލިޔުމުން އަންގައި، އިސްލާހުކުރުމަށް ގިނަވެގެން 6 (ހައެއް) މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތެއް، އެ ތަނުގެ ވެރިފަރާތަށް ލިޔުމުން ދޭންވާނެއެވެ.
(އ) އިންސްޕެކްށަންތަކުގައި ގާނޫނާއި ގަވާއިދުތަކާއި މިންގަނޑުތަކަށް ނުފެތޭ ކަމަށް ފާހަގަކުރެވޭ ކާބޯތަކެތި ނުވަތަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސަބަބުން ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އޮތޯރިޓީން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެ ތަކެއްޗާމެދު ނުވަތަ އެ ތަންތަނާމެދު ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ. އަދި މިފަދަ ހާލަތެއްގައި، ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން އިދާރާއަކަށް މި މައުލޫމާތު ހިއްސާކުރަންޖެހޭ ނަމަ، އޮތޯރިޓީން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް އެކަން ކުރަންވާނެއެވެ.
22 ވަނަ މާއްދާ - ލިޔުން ދޫކުރުމާއި ރިޕޯޓު ހުށަހެޅުން
(ހ) އިމްޕޯޓުކުރާއިރު އަދި އެކްސްޕޯޓު ކުރާއިރު ބޯޑަރުގައި ކުރާ އިންސްޕެކްށަންތައް ފިޔަވައި އެހެން ކޮންމެ އިންސްޕެކްށަނެއް ނިމުމުން، ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ އިންސްޕެކްށަނަކާ ގުޅޭ ފުރިހަމަ ރިޕޯޓެއް، ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އޮތޯރިޓީން ތައްޔާރުކޮށް، އިންސްޕެކްޓްކުރި ތަނަކާ އެ ރިޕޯޓު ހިއްސާކުރަންވާނެއެވެ. އަދި އިންސްޕެކްށަން ރިޕޯޓު، ސަރުކާރުގެ އެހެން އިދާރާއަކާ ހިއްސާ ކުރަންޖެހޭ ނަމަ، އޮތޯރިޓީން ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތަށް، އެ އިދާރާއަކާ އެކަން ހިއްސާކުރަންވާނެއެވެ.
(ށ) ކޮންމެ އިންސްޕެކްށަނަކަށްފަހު އެކުލަވައިލަންޖެހޭ ރިޕޯޓުގައި، އަންނަނިވި ބައިތައް ހިމަނައިފައި ހުންނަންވާނެއެވެ.
- އިންސްޕެކްޓްކުރި ތަނުގެ ނަމާއި އެޑްރެސް؛
- ރަޖިސްޓަރީ ކޮށްފައިވާ ތަނެއް ނަމަ، ރެޖިސްޓްރ ށަން / އެޕްރޫވަލް ނަންބަރު؛
- އިންސްޕެކްޓްކުރި ތަނުން އިންސްޕެކްށަނުގައި ބައިވެރިވި މުވައްޒަފުގެ މައުލޫމާތު؛
- އިންސްޕެކްޓްކުރި ތަނުގެ ބާވަތް؛
- އިންސްޕެކްޓްކުރި ތަނުގެ ވެރިފަރާތް / ތަން ހިންގުމާ ހަވާލުވެހުރި ފަރާތް؛
- އިންސްޕެކްޓްކުރި ތާރީހާއި ގަޑި؛
- އިންސްޕެކްޓްކުރި ސަބަބު؛
- އިންސްޕެކްށަން ހެދި ފަރާތްތަކުގެ ނަމާއި މަގާމު؛
- އިންސްޕެކްށަނުން ފާހަގަކުރެވުނު ކަންކަން (ރިކޮމެންޑ ށަން، އަމަލުކުރަންޖެހޭ ގާނޫނާއި، ގަވާއިދުތަކާއި މިންގަނޑުތައް ހިމެނޭ ގޮތަށް)؛
- އިންސްޕެކްޓްކުރި ދާއިރާ.
(ނ) ބަނދަރުތަކުގައި ނުވަތަ ބޯޑަރު ކްލިއަރަންސް ސަރަހައްދުތަކުގައި ކުރެވޭ އިންސްޕެކްށަންތަކަށް، އިންސްޕެކްށަނުގެ ނަތީޖާ ހުލާސާކޮށް ބަޔާންކުރާ ރަސްމީ ލިޔުމެއް، ބަނދަރުތަކުގެ ބޯޑަރު ކޮންޓްރޯލް ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އޮތޯރިޓީގެ ކަމާބެހޭ ޔުނިޓަކުން ދޫކުރަންވާނެއެވެ.
ފަސްވަނަ ބާބު
ފިޔަވަޅުއެޅުން
23 ވަނަ މާއްދާ - ފިޔަވަޅުއެޅުން
(ހ) ކާބޯތަކެތީގެ އިންސްޕެކްޓަރަކު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ ހިލާފުވެފައިވާކަމަށް ސާބިތުވެއްޖެ ނަމަ، އެ އިންސްޕެކްޓަރަކާ މެދު، އަންނަނިވި ފިޔަވަޅުތައް އެޅިދާނެއެވެ.
- ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން 5,000 (ފަސް ހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން، އަންނަނިވި ފަދައިން
ޖޫރިމަނާކުރުން؛
1.1 ފުރަތަމަ ފަހަރަށް 5,000 (ފަސް ހާސް) ރުފިޔާ.
1.2 ދެވަނަ ފަހަރަށް 10,000 (ދިހަ ހާސް) ރުފިޔާ.
1.3 ތިންވަނަ ފަހަރަށް 25,000 (ފަންސަވީސް ހާސް) ރުފިޔާ.
1.4 ހަތަރުވަނަ ފަހަރަށް 50,000 (ފަންސާސް ހާސް) ރުފިޔާ.
1.5 ފަސްވަނަ ފަހަރު ނުވަތަ އެޔަށް ވުރެ ގިނަފަހަރު ތަކުރާރުކޮށްފި ނަމަ، 100,000 (އެއްލައްކަ) ރުފިޔާ. - ގަވާއިދު ނަންބަރު 2014-311 (ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014) ގެ ދަށުން ފިޔަވަޅު އެޅުން؛
- އެ އިންސްޕެކްޓަރަކާ ހަވާލުވެހުރި ފަރާތް ނުވަތަ އެ އިންސްޕެކްޓަރަކު ވަޒީފާ އަދާކުރަމުންދާ އިދާރާ މެދުވެރިކޮށް އެކަށ ގެންވާ އިސްލާހ ފިޔަވަޅު އެޅުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ޖޫރިމަނާކުރުމުގެ މިންގަނޑުތައް ބަޔާންކޮށްފައިވ ނަމަވެސް، އެ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސް ހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ފުރިހަމަ އިހުތިޔާރު، އޮތޯރިޓީ އަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އަޅާ ފިޔަވަޅުތައް އަޅާނ އޮތޯރިޓީންނެވެ.
24 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ހޯދުމަށް އޮތް ހުރަހަކަށް ނުވުން
(ހ) މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެއްވެސް ފަރާތެއް ޖޫރިމަނާކުރުން ނުވަތަ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން އެ ފަރާތަކާ މެދު ފިޔަވަޅެއް އެޅުމަކީ، އެ ފަރާތުގެ އަމަލުގެ ސަބަބުން ގެއްލުން ލިބުނު މ ހާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ ގާނޫނުގެ ދަށުން ލިބިދޭ ހައްގަކަށް ނުވަތަ ފުރުސަތަކަށް އޮތް ހުރަހެއް ނޫނެ ވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ހެޔޮ ނިޔަތުގައި އަމަލުކުރާ އޮތޯރިޓީގެ މުވައްޒަފަކު ނުވަތަ އޮތޯރިޓީ ތަމްސީލުކުރާ އެހެން ފަރާތަކުން، އެ ފަރާތެއްގެ ރަސްމީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ކުރާ ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލާ އެއްވެސް ކަމަކާ ގުޅިގެން، އެ ފަރާތެއްގެ މައްޗަށް އެއްވެސް ބާވަތެއްގެ ގާނޫނ ދައުވާއެއް އުފުލުމުގެ ފުރުސަތެއް ނޯންނާނެއެވެ.
ހަވަނަ ބާބު
އެހެނިހެން ކަންކަން
25 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) ކާބޯތަކެތީގެ އިންސްޕެކްޓަރަކު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ، އެކަމުގެ ށަކުވާ އޮތޯރިޓީ އަށް ހުށަހެޅުމުގެ ހައްގު ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގެ ދަށުން އިންސްޕެކްޓަރަކު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުމެއް ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޮތޯރިޓީ އަށް ލިޔުމުން ށަކުވާ ހުށަހެޅިދާނެއެވެ.
(ނ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ނަމަ، މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީ އަށް ހުށަހަޅާ ށަކުވާތައް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބަލައި، އެ ހުށަހެޅުމާ މެދު އޮތޯރިޓީން ގޮތެއް ނިންމަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން އޮތޯރިޓީ އަށް ހުށަހަޅާ ށަކުވާއަކާ ގުޅިގެން އޮތޯރިޓީން ނިންމި ގޮތް، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ފޯރުކޮށްދޭ ންވާނެއެވެ.
(ބ) އޮތޯރިޓީން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ، ކަމާބެހޭ ކޯޓަށް އެ މައްސަލައެއް ހުށަހެޅުމުގެ އިހުތިޔާރު، ށަކުވާ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.
26 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) (ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ގާނޫނު) އާއި އެ ގާނޫނަށް ގެނެވ އިސްލާހުތަކަށެވެ.
(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަށެވެ.
(ނ) "އިންސްޕެކްށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 61 ވަނަ މާއްދާއާއި 65 ވަނަ މާއްދާގެ ދަށުން ހިންގާ ބަލައި ފާސްކުރުމަށެވެ.
27 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2024-06)
ކިޔުންތެރިންގެ ހިޔާލު