މާލޭ ޕްލޭނިންގ ގަވާއިދު (ގަވާއިދު ނަންބަރު 2015-192) އަށް 7 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2024-49)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 މޭ 2023 ގައި)
1 ވަނަ މާއްދާ - ގަވާއިދުގެ ދެވަނަ ބައި (ވިލިނގިލި އަވަށުގެ ޕްލޭނިންގ ގަވާއިދު) ގެ 6 ވަނަ މާއްދާ (ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތްކުރެވޭނެ އުސްމިން) ގެ 6.2 ވަނަ ނަންބަރާއި 6.3 ވަނަ ނަންބަރު އުނިކުރުމާއެކު، އެ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތްކުރެވޭނެ އުސްމިން 6.
6.1. މި ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، އިމާރާތުގެ އުސްމިންކަމަށް ބެލެވޭނީ، އެ އިމާރާތުގެ އެންމެ މަތީގައި ފުރާޅެއް ލާނަމަ، ދުވާރުން ފެށިގެން ރޫފްބީމުގެ މަތީކައިރިޔާ ހަމަޔަށެވެ. ނުވަތަ އިމާރާތުގެ އެންމެ މަތީގައި ޓެރަހެއް ހަދާނަމަ، ދުވާރުން ފެށިގެން ޓެރަސް ސްލެބުގެ ނުވަތަ ޑެކުގެ މަތީކައިރިޔާ ހަމަޔަށެވެ.
6.1.1. އިމާރާތް ކުރެވޭނެ އުސްމިން ކަނޑައެޅުމުގައި ފުޓްޕްރިންޓުގެ ގޮތުގައި ބަލާނީ، ގޯތީގެ ކަނަށް ކަނޑައިފައިވާ އޭރިޔާއާއި ހުސްޖާގައިގެ ގޮތުގައި ކަނޑައަޅާ %5 (ފަހެއް އިންސައްތަ) ޖާގަ ވެސް ހިމަނައިގެންނެވެ.
6.1.2 އުސްމިން ބެލުމަށް ހިސާބުހެދުމުގައި، އުސްމިނުގެ ޔުނިޓުގެ ގޮތުގައި ބޭނުންކުރާނީ މީޓަރެވެ. އަދި އޭރިޔާގެ ޔުނިޓް ބޭނުންކުރާނީ ސްކެއަރ މީޓަރުންނެވެ.
6.2. ވިލިނގިލީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ) ފޫޓެވެ.
6.2.1. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އުސްމިން ކަނޑައެޅުމުގައި ބެލޭނީ، އެ އިމާރާތެއްގެ ފުޓްޕްރިންޓަށާއި، އިމާރާތުގެ ވިޑްތު ކޮއިފިށަންޓަށެވެ.
6.2.2 އިމާރާތުގެ ވިޑްތު ކޮއިފިށަންޓް ހޯދަން ބޭނުންކުރާނެ ފޯމިއުލާއަކީ:-
(އިމާރާތުގެ ބޭރުން ބޭރަށް ހުންނަ ސީދާ އެންމެ ދިގުމިން ހޯދުމަށްފަހު، އިމާރާތުގެ ބޮޑުމިން (އޭރިޔާ) އެ މިނުން ގެއްލުމުން ލިބޭ މިނަކީ އިމާރާތުގެ ވިޑްތު ކޮއިފިށަންޓެވެ.)
މި ފޯމިއުލާގައިވާ "އޭރިޔާ" އަކީ، އިމާރާތުގެ ތިރީބުރި (ފުޓް ޕްރިންޓް) ހިމެނޭ ބިމުގެ އޭރިޔާއެވެ.
މި ބަޔާންކުރެވުނު ގޮތަށް ގޯއްޗެއްގެ ނުވަތަ ތަނެއްގެ މިންތައް ހުރިގޮތުން އިމާރާތުގެ ވިޑްތު ކޮއިފިށަންޓް ނުހޯދޭނެ ގޮތެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އާދަޔާ ހިލާފަށް ހަނިދިގުކޮށް ލެނބުން ލައްވައިފައިވާ ފަދަ ގޯއްޗެއްނަމަ، މި ބަޔާންކުރެވުނު ގޮތް ބޭނުމެއް ނުކުރެވޭނެއެވެ. ވުމާއެކު، މިފަދަ ގޯއްޗެއްގެ ނުވަތަ ތަނެއްގެ ވިޑްތު ކޮއިފިށަންޓާއި އެ ގޯއްޗެއްގައި ނުވަތަ ތަނެއްގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައަޅާނީ މިނިސްޓްރީންނެވެ.
6.2.3 ވިޑްތު އިމާރާތެއްގެ ވިޑްތު ކޮއިފިށަންޓާއި އޭރިޔާއަށް ބަލައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށް ޓަކައި ބޭނުންކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ 2 (ދޭއް) ގޮތެވެ.
(ހ) އިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށް ޓަކައި ބޭނުންކުރެވޭނެ ފުރަތަމަ ގޮތަކީ، އިމާރާތެއްގެ ވިޑްތު ކޮއިފިށަންޓަށް ބަލައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމެވެ. މިގޮތުން ބޭނުންކުރެވޭނީ އިމާރާތުގެ ވިޑްތު ކޮއިފިށަންޓ،ް އިމާރާތުގެ އޭރިޔާގެ ސްކެއަރ ރޫޓުގެ ދިހަބައިކުޅަ ހަތްބަޔަށްވުރެ ކުޑަނަމައެވެ.
މިގޮތަށް އުސްމިން ހޯދުމަށް ބޭނުންކުރާނެ ފޯމިއުލާއަކީ:-
(ށ) އިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމަށް ޓަކައި ބޭނުންކުރެވޭނެ ދެވަނަ ގޮތަކީ، އިމާރާތުގެ ފުޓްޕްރިންޓަށް ބަލައި އިމާރާތް ކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމެވެ. މިގޮތް ބޭނުންކުރެވޭނީ، އިމާރާތުގެ ވިޑްތު ކޮއިފިށަންޓް އިމާރާތުގެ ފުޓްޕްރިންޓުގެ ސްކެއަރރޫޓުގެ ދިހަބައިކުޅަ ހަތްބަޔާ އެއްވަރު ނުވަތަ އެއަށްވުރެ ބޮޑުނަމައެވެ.
މި ބަޔާންކުރި ދެގޮތުގެ އިތުރު ތަފުސީލު، މި ގަވާއިދުގެ އިތުރުބައިގެ ނަންބަރު 4 ގައި ބަޔާންކޮށްފައިވާނެއެވެ.
6.3. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއް ބައިކޮށްގެން ވަކިވަކިން އިމާރާތް ކުރާނަމަ، ވަކިން އިމާރާތްކުރާ ބައެއްގެ އޭރިޔާ 100 (އެއްސަތޭކަ) އަކަފޫޓަށްވުރެ ކުޑަނަމަ، 1 (އެކެއް) ބުރިޔަށްވުރެ އުސްކޮށް ނުވަތަ 6 (ހައެއް) މީޓަރަށްވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެއެވެ. އަދި ވިޑްތު ކޮއިފިށަންޓް 6 (ހައެއް) ފޫޓަށްވުރެ ހަނިނަމަ، 1 (އެކެއް) ބުރިޔަށްވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެއެވެ.
6.4 ގޯތި ބައިކުރުމަށް ޓަކައި ގޯޅިއެއް ހަދާނަމަ، އެ ގޯޅީގެ ފުޅާމިނުގައި އެންމެ ހަނިވެގެން 1.524 (އެކެއް ޕޮއިންޓް ފަހެއް ދޭއް ހަތަރެއް) މީޓަރު ނުވަތަ 5 (ފަހެއް) ފޫޓު ހުންނަންވާނެއެވެ.
6.5 މި ގަވާއިދުގެ 6.2 ގައި ބަޔާންކޮށްފައިވާ އުސްމިނަށްވުރެ މައްޗަށް އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެށިންރޫމް ހިޔާކުރާބައި ހެދިދާނެއެވެ. މިގޮތަށް ހެދުމުގައި، ހިޔާކޮށްފައިވާ ބަޔަކީ އިތުރު އެއްވެސް ބޭނުމެއް ނުހިފޭގޮތަށް ހަދައިފައިވާ ތަނަކަށް ވާންޖެހޭނެއެވެ. އަދި މި ބައި އެންމެ އުސްކޮށް ހެދޭނީ، މި ގަވާއިދުގެ 6.2 ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތްކުރެވޭނެ އެންމެ ުސްމިނަށްވުރެ 4 (ހަތަރެއް) މީޓަރު އުސްނުވާވަރަށެވެ. މި މިނަށްވުރެ އުސްވާނަމަ ބަހައްޓަން ބޭނުންވާ ލިފްޓުގެ ތަފުސީލު (މެނުފެކްޗަރަރސް ސްޕެސިފިކޭށަން) ހުށަހަޅަން ޖެހޭނެއެވެ. އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެށިންރޫމް ހިޔާކުރާބައިގައި އަސްކަންޏެއް ލާނަމަ، މި އަސްކަނީގައި އެންމެ ފުޅާވެގެން ބެހެއްޓޭނީ 1 (އެކެއް) މީޓަރު ނުވަތަ 3.280 (ތިނެއް ޕޮއިންޓް ދޭއް އަށެއް ސުމެއް) ފޫޓެވެ. މަތީގައ ބަޔާންކުރި ބައިތަކުގެ އިތުރު ތަފުސީލު، މި ގަވާއިދުގެ އިތުރު ބައިގެ ނަންބަރު 5 ގެ ކުރެހުން 3 އާއި ކުރެހުން 4 އިން ދައްކުވައިދޭނެއެވެ.
6.6 އިމާރާތުގެ އެންމެ މަތީގައި ފުރާޅެއް ލާނަމަ، މި ގަވާއިދުގެ 6.2 ގައި ބަޔާންކޮށްފައިވާ އުސްމިނުގެ އިތުރުން، ފުރާޅު އެޅުމަށް އިމާރާ ތުގެ ރޫފް ބީމުގެ މަތިން ފެށިގެން މައްޗަށް އިތުރުކުރެވޭނީ، ގިނަވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 4.921 (ހަތަރެއް ޕޮއިންޓް ނުވައެއް ދޭއް އެކެއް) ފޫޓެވެ. މިއާބެހޭ އިތުރު ތަފުސީލު، މި ގަވާއިދުގެ އިތުރު ބައިގެ ނަންބަރު 5 ގެ ކުރެހުން 5 ގައި ދައްކުވައިދޭނެއެވެ.
6.7 އިމާރާތުގައި ކޮމިއުނިކޭށަން ބޭނުމަށް ޓަކައި ހަރުކުރާ އެންޓަނާއާއި ސެޓެލައިޓް ޑިށް ފަދަ ތަކެތި އިމާރާތްކުރެވޭ އުސްމިނުގެ ތެރެޔަކު ނުހިމެނޭނެއެވެ. ނަމަވެސް އިމާރާތްތަކުގައި ހަރުކުރާ އެންޓަނާއާއި ސެޓެލައިޓް ޑިށް ބަހައްޓަންވާނީ، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަމާ ގުޅޭގޮތުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ. އަދި އިމާރާތުގައި އެންޓަނާއެއް ޖަހަންވާނީ، އެ އިމާރާތަކީ އެފަދަ ސްޓްރަކްޗަރއެއް ހަރުކުރިނަމަވެސް އިމާރާތުގެ މައި ސްޓްރަކްޗަރއަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާފަދަ އިމާރާތަކަށް ވާނަމައެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ 2 ވަނަ ބައި (ވިލިނގިލި އަވަށުގެ ޕްލޭނިންގ ގަވާއިދު) ގެ 7 ވަނަ މާއްދ،ާ އަންނަނިވި ގޮތަށް އިސްލާހުކުރުން.
ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ދޫކޮށްފައިވާ ބިމެއްގައި ހަދާ އިމާރާތްތައް ހެދޭނެ އުސްމިން 7.
7.1 މި ގަވާއިދުގައި ވަކިގޮތަކަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި މެނުވީ، އިމާރާތުގެ އުސްމިންކަމުގައި ބެލެވޭނީ، އެ އިމާރާތުގެ އެންމެ މަތީގައި ފުރާޅެއް ލާނަމަ، ދުވާރުން ފެށިގެން ރޫފްބީމުގެ މަތީކައިރިޔާ ހަމަޔަށެވެ. ނުވަތަ އިމާރާތުގެ އެންމެ މަތީގައި ޓެރަހެއް ބާއްވާނަމަ، ދުވާރުން ފެށިގެން ޓެރަސް ސްލެބުގެ ނުވަތަ ޑެކުގެ މަތީ ކައިރިޔާ ހަމަޔަށެވެ.
7.2 2 ވިލިނގިލި އަވަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ އިމާރާތްތައް ހެދޭނެ އެންމެ އުސްމިނަކީ 10 (ދިހައެއް) ބުރިއެވެ. އަދި މިފަދަ އެއްވެސް އިމާރާތެއްގެ އުސްމިން 30.48 (ތިރީސް ޕޮއިންޓް ހަތަރެއް އަށެއް) މީޓަރު ނުވަތަ 100 (އެއްސަތޭކަ) ފޫޓަށްވުރެ އުސްވެގެން ނުވާނެއެވެ. މިގޮތަށް 10 (ދިހައެއް) ބުރިޔާ ހަމަޔަށް ހެދޭނީ، އިމާރާތް ހަދާ ގޯތީގެ އޭރިޔާ 185.806 (އެއްސަތޭކަ އަށްޑިހަފަހެއް ޕޮއިންޓް އަށެއް ސުމެއް ހައެއް) މީޓަރު ނުވަތަ 2000 (ދެހާސް) އަކަފޫޓަށްވުރެ ކުޑަ ނޫންނަމައެވެ. އަދި ބިމުގެ އޭރިޔާ 185.806 (އެއްސަތޭކަ އަށްޑިހަފަހެއް ޕޮއިންޓް އަށެއް ސުމެއް ހައެއް) މީޓަރު ނުވަތަ 2000 (ދެހާސް) އަކަފޫޓަށްވުރެ ކުޑަނަމަ އިމާރާތްކުރެވޭނީ، 6 )ހައެއް( ބުރިއަށެވެ. އެއީ 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 54.134 (ފަންސާސްހަތަރެއް ޕޮއިންޓް އެކެއް ތިނެއް ހަތަރެއް) ފޫޓަށްވުރެ އުސްނުވާ ވަރަށެވެ.
7.3 މި ގަވާއިދުގެ 7.2 ގައި ބަޔާންކޮށްފައިވާ އުސްމިނަށްވުރެ މައްޗަށް އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެށިންރޫމް ހިޔާކުރާބައި ހެދިދާނެއެވެ. މިގޮތަށް ހެދުމުގައި ހިޔާކޮށްފައިވާ ބަޔަކީ އިތުރު އެއްވެސް ބޭނުމެއް ނުހިފޭގޮތަށް ހަދައިފައިވާ ތަނަކަށް ވާންޖެހޭނެއެވެ. އަދި މި ބައި އެންމެ އުސްކޮށް ހެދޭނީ، މި ގަވާއިދުގެ 7.2 ގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަށްވުރެ 4 (ހަތަރެއް) މީޓަރު އުސްނުވާވަރަށެވެ. މި މިނަށްވުރެ އުސްވާނަމަ، ބަހައްޓަން ބޭނުންވާ ލިފްޓުގެ ތަފުސީލު (މެނުފެކްޗަރަރސް ސްޕެސިފިކޭށަން) ހުށަހަޅަން ޖެހޭނެއެވެ. އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެށިންރޫމް ހިޔަކުރާ ބައިގައި އަސްކަންޏެއް ލާނަމަ، މި އަސްކަނީގައި އެންމެ ފުޅާވެގެން ބެހެއްޓޭނީ، 1 (އެކެއް) މީޓަރު ނުވަތަ 3.280 (ތިނެއް ޕޮއިންޓް ދޭއް އަށެއް ސުމެއް) ފޫޓެވެ. މަތީގައި މި ބަޔާންކުރި ބައިތަކުގެ އިތުރު ތަފުސީލު، މި ގަވާއިދުގެ އިތުރުބައިގެ ނަންބަރު 5 ގެ ކުރެހުން 3 އާއި ކުރެހުން 4 އިން ދައްކުވައިދޭނެއެވެ.
7.4 އިމާރާތުގެ އެންމެ މަތީގައި ފުރާޅެއް ލާނަމަ، މި ގަވާއިދުގެ 7.2 ގައި ބަޔާންކޮށްފައިވާ އުސްމިނުގެ އިތުރުން، ފުރާޅުއެޅުމަށް އިމާރާތުގެ ރޫފް ބީމުގެ މަތިން ފެށިގެން މައްޗަށް އިތުރުކުރެވޭނީ، ގިނަވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) މީޓަރު ނުވަތަ 4.921 (ހަތަރެއް ޕޮއިންޓް ނުވައެއް ދޭއް އެކެއް) ފޫޓެވެ. މިއާބެހޭ އިތުރު ތަފުސީލު، މި ގަވާއިދުގެ އިތުރުބައިގެ ނަންބަރު 5 ގެ ކުރެހުން 5 ގައި ދައްކުވައިދޭނެއެވެ.
7.5 އިމާރާތުގެ ކޮމިއުނިކޭށަން ބޭނުމަށް ޓަކައި ހަރުކުރާ އެންޓަނާއާއި ސެޓެލައިޓް ޑިށް ފަދަ ތަކެތ،ި އިމާރާތްކުރެވޭ އުސްމިނުގެ ތެރެޔަކު ނުހިމެނޭނެއެވެ. ނަމަވެސް އިމާރާތްތަކުގައި ހަރުކުރާ އެންޓަނާއާއި ސެޓެލައިޓް ޑިށް ބަހައްޓަންވާނީ، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަމާ ގުޅޭގޮތުން ހަދައިފައިވާ ގަވާއިދުތަކާ އެއްގޮތަށެވެ. އަދި އިމާރާތުގައި އެންޓަނާއެއް ޖަހަންވާނީ، އެ އިމާރާތަކީ އެފަދަ ސްޓްރަކްޗަރއެއް ހަރުކުރި ނަމަވެސް އިމާރާތުގެ މައި ސްޓްރަކްޗަރއަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާފަދަ އިމާރާތަކަށް ވާނަމައެވެ.
3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު